އައިޖީއެމް: ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ސެންޓަރު ހުޅުވީ މި ތަނުގައި.-- ފައިލް ފޮޓޯ: މިހާރު
10 އޮކްޓޯބަރ 2022 - 18:16
ނަފުސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ސެންޓަރުގެ ވެއިޓްލިސްޓުގައި ތިބި މީހުންގެ އަދަދު 500 އަށް ދަށްވެއްޖެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ފަރުވާ ހޯދަން އަބަދު ވެސް ދިގު ކިއުއެއް އޮވެ އެވެ. އެކަމަކު، ހިންގުމަށް މި ފަހުން ގެނައި ބަދަލާއެކު ވެސް، ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން އޮތް ކިއު ކުޑައެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
މެންޓަލް ހެލްތު ސެންޓަރުގެ ހެޑް، ޑރ. ޝަނޫހާ މަންސޫރު "މިހާރު" އަށް މިއަދު ވިދާޅުވީ މި ފަހަކާ ޖެހެންދެން ވެސް އެ ސެންޓަރުގައި މަސައްކަތްކުރީ ހަތަރު ސައިކޭޓްރިސްޓަކު ކަމަށެވެ. އެކަމަކު، އިތުރު ސައިކޭޓްރިސްޓުންނާއެކު އެ އަދަދު 8 އަށް އިތުރުވެ، ގިނަ މީހުން ބަލަން ފެށުމުން ކިއު ކުޑަވީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
World Mental Health Day 2022 pic.twitter.com/X0sgTJXq56
— IGMH (@igmhmv) October 10, 2022
ފަރުވާ ހޯދަން މިދިޔަ މާޗު-އޭޕްރީލް މަހާ ހަމައަށް ވެސް 3،500 އެއްހާ މީހުން ލިސްޓުގައި ތިއްބެވެ. ނަމަވެސް، މިދިޔަ މަސް ނިމުނުއިރު އެ އަދަދު ވަނީ 510 އަށް ދަށްވެފަ އެވެ.
އެ ސެންޓަރުން ފަރުވާ ހޯދަން މީގެ ކުރިން އެވްރެޖުކޮށް އަހަރެއް ހޭދަވެ އެވެ.
ޝަނޫހާ ވިދާޅުވީ މިހާރު އެ މަރުކަޒުން ގުޅަމުން އަންނަނީ މިދިޔަ ޖޫން މަހު ނަން ނޯޓު ކުރި މީހުންނަށް ކަމަށެވެ. އޭގެ މާނައަކީ، ކިއުގައި ހޭދަވާ މުއްދަތު އެއް އަހަރުން ތިން މަހަށް ކުޑަވީ އެވެ.
މީގެ ތިން އަހަރު ކުރިން، މާޗު 2019 ގައި ހުޅުވި ސެންޓަރުން މިދިޔަ މަހުގެ ނިޔަލަށް 55،608 ކޮންސަލްޓޭޝަން ހަދާފައިވެ އެވެ.
ޝަނޫހާ ވިދާޅުވި ގޮތުގައި ނަފުސާނީ އުނދަގޫތަކުން އަރައިގަތުމަށް އަމިއްލަ އަށް އަދި މުޖުތަމައަށް ކުރެވޭނެ ބައިވަރު ކަންކަން އެބަހުއްޓެވެ. ސްޒިފްރެނިއާއާ ބައިޕޯލާ ފަދަ ސީރިއަސް ބަލިތައް ހުންނަ މީހުންނަށް ހުރިހާ ދިމާލަކުން ވެސް ސަޕޯޓު ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
10 October 2022
މިދުވަސްކޮޅު އެންމެ ގިނައިން ރަޖިސްޓަރީ ވަނީ މެންޓަލް ވިޔަފާރިތައް!
އާރުލާމަކުޑި
10 October 2022
ލިސްޓު އަދަދު މަދުވަނީ މީހުން ނިޔާވެގެން . ނޫނީ ރަށުގައި ނެތީމައި. ފަރުވާ ދޭ ތަންތަން ތިވަރުވީމައި ހިންގަން ތިބޭމީހުން ތަންކޮޅެއް ރަނގަޅަަށް ނިކަމެތިން މަތިން ހަނދާން ކޮށްލާނަމަ. މުސާރަ ނަގަނީ ރައްޔިތުންގެ ފައިސާއިން . ޙިދުމަތް ދެނީ ވަގުތު ވީ އިރަކުން. ނަމްބަރު ބަހާލަނީ ބާރުވެރިންނަށް.