11 އޮކްޓޯބަރ 2022 - 14:52
ލިވާތު ކުރުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށުގެ އަދަބު ބޮޑު ކުރަން ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވި އެވެ.
ލިވާތު ކުރުމާއި ސިހާގު ކުރުމުގެ ކުށް އަދި އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ގާނޫނުތަކުން ކަނޑައަޅާފައިވާ އަދަބު ބޮޑު ކުރަން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރަން ގާނޫނުލްއަގޫބާތަށް ހުށަހެޅި އިސްލާހަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހީ 42 މެމްބަރުންގެ ހާޒިރުގަ އެވެ. ނަމަވެސް އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރެކެވެ. އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު އިންނެވި އެވެ.
ލިވާތާއި ސިހާގުގެ ކުށަކީ ރާއްޖޭގައި ޖިނާއީ ބޮޑު ކުށެއް ކަމުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައި ގަންނަން ފެންނަ ކަމަށް ވެސް ވޯޓު ދެއްވީ 13 މެމްބަރެކެވެ. ނުފެންނަ ކަމަށް 23 މެމްބަރުން ވޯޓު ދެއްވި އެވެ.
ގާނޫނުލްއަގޫބާތުގެ 114 ވަނަ މާއްދާގައި މިހާރު އޮތް ގޮތުން ކައިވެނި ކޮށްގެން ހުރި މީހަކު އެއްޖިންސުން ގުޅުން ހިންގައިފި ނަމަ ދެވޭނީ ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގެ ޖަލު ހުކުމެކެވެ.
ގާސިމް، އެ އިސްލާހު ހުށަހެޅުއްވީ ބަންގްލަދޭޝްގެ އަލަމްގީރާއެކު ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން އެއްޖިންސުން ގުޅުން ހިންގި ބޮޑު މައްސަލައެއް ފެންމަތިވެ، އިސް މަގާމުތަކުގައި ތިބި އެތައް ބަޔަކަށް އެ މައްސަލައިގައި ތުހުމަތުކޮށް، ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނިކޮށެވެ.
އެ މައްސަލައިގައި ދޭ އަދަބު ކުޑަވެގެން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އެތައް މައްސަލައެއް ފުލުހުން ވެސް ތަހުގީގު ކުރަމުން އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާފި
23 October 2022
ޕާލިމަންޓް އުވާލަން ޖެހޭ... ވޯތު ނުދިނީ ހުސް އެމްޑީޕީ މެމްބަރުންތަ؟
ޤާނޫނަކީކުޅޭކުޅޭއެއްޗެއްނޫން
13 October 2022
ލިވާތު ދެކެ އަންނަ ރުޅީގަ މީހުން މި ކޮމެންޓް ކުރަނީ. ފުންކޮށް ވިސްނައިފިނަމަ، ބޭނުންވާންޖެހޭނީ ފާހިޝް ހުރިހާ ޢަމަލަކަށްވެސް ޙައްޤު އަދަބުދީ އެކަންކަން މުޖްތަމަޢުން ހުއްޓުވުން. ފާޙިޝް އެއް ކަމަކާ ހައްދުން ނައްޓާފަ އުގޫބާތް ބޮޑުކޮށް ދެންހުރި ކަންކަމަށް އަދަބު ބޮޑު ނުކުރުމުން ދެވޭ މެސެޖަކީ އެކަން އޯ.ކޭ އޭ. ޒިނޭގެ ސަބަބުން މުޖްތަމަޢު ފަސާދަވެ ޢާއިލާތައް ރޫޅި، އަޅާލާނެ މީހަކުނެތް ދަރިންތަކެއް އުފަންވާއިރު، އެކަމުގެ އަދަބު ލުއިކޮށް ބާއްވަންވީތޯ؟ވިސްނާ
ކަނބިލި
12 October 2022
ރާއްޖޭގައި އިސްލާމް ދީން ބަލިކަށިކޮށް ، އިސްލާމްދީން ނަހީކުރާ ފާހިޝް އަމަލުތަކަށް ހިތްވަރުދީ، ރައްޔިތުން ގައިގައި ކޮޅުފައިން ޖެހުމުން، ކުރިޔަށް އޮތް އިންތިޚާބުގައި ވަރަށް ހިތިކޮޮށް ތިޔަ ކުރާ ކަންކަމުގެ ނަތީޖާ ފެންނާނެ. ބަހާއި އަމަލު ދިމައެއް ނުވޭ
އިސްމާލި
12 October 2022
މިކަމުގައި ކޮންފްލިކްޓް އޮފް އިންޓަރަސްޓް އޮތް ކަމަށް ބެލެވޭ. ކުށުގެ އަދަބު ބޮޑުކުރަން ތިބި ބަޔަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ކުށް ކޮށްގެން ގިނަގުނަ އުފާ ހާސިލް ކުރުމަށް ދެވިހިފާފައިވާ ބަޔަކަށް ވުން އެކަށީގެންވޭ. މިހެން ކަމުން މި ކަމުގެ އަދަބު ބޮޑު ކުރަން ބޭނުން ނުވާނެ ކަމީ ގަބޫލުކުރެވޭ ކަމެއް.
ބޮޑުމީހާ
12 October 2022
ތިއޮތީ ޖަޒީރާ ރާއްޖޭގެ ނުދެވިއޮތް ހިސާބަށް ދެވިފައި! މިވަރުންވެސް 2023 ގައި މި މީހުންނަށް ވޯޓްދޭނެ އެތައް ބަޔަކު ތިބޭނެ
ލިޔާލާ
12 October 2022
ހުރިހާ ނުލަފާ މުޖުރިމުން، މަސްތުވާތަކެތި ބޭނުންކުރާ ކުށްވެރިން މިނިވަން ކުރާ އަނިޔާވެރި ސަރުކާރެއް.....
އައްޔަ
12 October 2022
އެބަޔަކު ދިރިއުޅުނު ރައް މައްޗައް އުފުއްލަވާ ބަންޑުން ޖެއްސެވީ އެރަސުގަ އުޅުނު މީހުން ކޮންކަމެއް ކޮއްގެންތޯ, އެކަމަކީ އެއީ ބޮޑުކަމަކައް ނުވާނަމަ އެވަރުގެ އަޒާބެއް ބަޔަކައް ދެއްވާނެތޯ, އެހެންކޮން ފާފައެއް ކޮއްގެންތޯ އެވަރުގެ ބޮޑުއަޒާބެއް ދެއްވާފަ އޮތީ!
ހާބުރި
12 October 2022
ލޮލް. ބޯހަމަ ނުޖެހޭ ވާހަކަ
ާލޮލީ
12 October 2022
ވޯޓު ނުދިން މެމްބަރުންގެ ނަން ހާމަ ކުރޭ!!
ހަމައޭނަ
12 October 2022
ތިފެންނަނީ އެޖެންޑާ 19ގެމޮޅުކަން 2023ހުގާވެސް ހަމަމިއެޖެންޑާ!
1828
12 October 2022
2023ގެ ރިޔާސީ އިންތިހާބަށްފަހު ލިވާތު ކުށުގެ އަދަބު ބޮޑުތަނުން ބޮޑުވެގެންދާނެ. މިއަދު ސްޕަރ މެޖޯރިޓީ އޮތުމުން ބޭނުންހައިއެއްޗެއް ހެދިދާނެ. އެއްޖިންސުން ކައިވެނިކޮށް ގުޅުން ހިންގަން ބޭނުންވަނީ ނިސްވަތުން މަދު ބަޔަކު. އެއީ މަޑުކަށި ފިކުރުގެ، ލާދީނީ ބައެއް. ޤައުމު ސިއްސުވާލި ވީޑިއޯތަކުން ފެންނަ މީހުންނަށް ދިން އަދަބަކީ ކުރިން މިބުނި ބައިގަނޑަށް ހިތްވަރު ދިނުމުގެ ގޮތުން ދިން 'ރަމްޒީ' އަދަބެއް.