ބީއެމްއެލްގެ އާ ސީއީއޯއަކަށް އައްޔަންކުރާ ކާލް ސްޓުމްކަ.
11 އޮކްޓޯބަރ 2022 - 15:25
ބީއެމްއެލްގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ދެކުނު އެފްރިކާގެ ބޭފުޅަކު އައްޔަން ކުރަން އެ ބޭންކުން ނިންމައިފި އެވެ.
ކާލް ސްޓުމްކަ އަކީ ބޭންކުތަކުގެ އެގްޒެކެޓިވް އަދި ބޯޑު ލެވެލްގެ ތަޖުރިބާކާރު ބޭފުޅެކެވެ.
ރާއްޖޭގެ މައި ބޭންކުން މިއަދު ބުނީ، ކާލް ވަނީ މެދުއިރުމައްޗާއި އެފްރިކާ އާއި އޭޝިއާގެ ބައެއް ގައުމުތަކާއި އިނގިރޭސި ވިލާތުގެ ރީޓެއިލާއި ކޯޕަރޭޓް ބޭންކުތަކުގެ އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 36 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައި ކަމަށެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގަ އެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތާ، ކާލް ގުޅިވަޑައިގަތީ 2010 ވަނަ އަހަރު އެވެ.
އެ ބޭންކުގެ އިންޓަނޭޝަނަލް ޖެނެރަލް މެނޭޖަރު މަގާމުގައި ހުންނަވައި، ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބެލެހެއްޓެވުމަށް ފަހު، އެ ބޭންކުން ޔޫއޭއީގައި ހިންގާ އޮޕަރޭޝަންތަކުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތާ ގުޅިވަޑައިގަތުމުގެ ކުރިން ކާލް ވަނީ ބަހުރައިންގެ ބޭންކު މަސްކަޓް އިންޓަނޭޝަނަލްސްގެ ރީޖަނަލް ކޯޕަރޭޓް ޑިރެކްޓަރުގެ މަގާމާއި ބާކްލޭޝް ބޭންކް މޮރިޝަސްގެ އިންޑިއާ ކަނޑުގެ ރީޖަނަލް މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
ކާލް އަކީ ޗާޓާޑް އިންސްޓިޓިއުޓް އޮފް ބޭންކާސް (ސައުތު އެފްރިކާ) ގެ އެސޯސިއޭޓެކެވެ. އޭނާ ވަނީ ޔުނިވަސިޓީ އޮފް ސައުތު އެފްރިކާ އިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.
ފްރާންސާއި ސްވިޒަލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެެޓިވް ޕްރޮގްރާމްތައް ވެސް ފުރިހަމަ ކުރައްވާފައި ކަމަށް ބީއެމްއެލުން ބުންޏެވެ.
ކާލްއާ ހަވާލާދީ، ބީއެމްއެލްގެ ބަޔާނުގައި ބުނީ، އެ ބޭންކުގެ ސްޓްރެޓެޖީގެ ލަނޑުދަނޑިތައް ހާސިލުކުރަން، ބޭންކުގެ ބޯޑާއި އެގްޒެކެޓިވް މެނޭޖުމަންޓް އަދި މުވައްޒަފުންގެ އެހީތެރިކަމާއެކު އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި އެންމެ މުހިންމު އިސްކަމެއް ދޭނީ ކަސްޓަމަރުންނަށް އީޖާދީ ބަދަލާއި އިތުރު ފުރިހަމަ ކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުންމީދު ކުރާ ވަރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް،" އޭނާއާ ހަވާލާދީ، ބީއެމްއެލުން ބުންޏެވެ.
ކާލް ވިދާޅުވިގޮތުގައި، ބީއެމްއެލަކީ ވަރަށް ވެސް ކާމިޔާބު ތާރީހެއް އޮތް ބޭންކެކެވެ.
"...އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އަޅުގަނޑު މި ހުރީ ތައްޔާރަށް،" އޭނާ ވިދާޅުވި ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމު އެންމެ ފަހުން ފުރުއްވީ އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ޓިމް ސޯޔާ އެވެ. ކޮވިޑްގެ އެންމެ ނާޒުކު ދަނޑިވަޅުގައި އެ ބޭންކުގެ އެންމެ އިސް މަގާމު ފުރުއްވި ޓިމް ސޯޔާ، އެ މަސްއޫލިއްޔަތާ ދުރަށް ވަޑައިގަތީ ތިން އަހަރުގެ ކޮންޓްރެކްޓް އާ ކުރައްވަން ބޭނުން ނުވުމުންނެވެ.
ބީއެމްއެލަށް އާ ސީއީއޯއަކު ހޯދީ އިއުލާނު ކޮށްގެންނެވެ.
އެ މަގާމަށް ބޭފުޅަކު ހޯދަން މިދިޔަ ޖޫން މަހު އެ ބޭންކުން ކުރި އިއުލާނުގައި ވާ ގޮތުން، މަގާމަށް ހޮވޭ މީހެއްގެ މުސާރަ ކަނޑައަޅާނީ އެ މީހެއްގެ ތަޖުރިބާ އާއި ތައުލީމީ ފެންވަރަށް ބަލައިގެންނެވެ. މުސާރައިގެ އިތުރުން ހުންނަވާނެ ތަނަކާއި ކާރަކާއި ސިއްހީ އެލަވަންސްތައް ސީއީއޯ އަށް ބީއެމްއެލުން ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
12 October 2022
ދިވެހިން ދިވެހީން ބާކީ ކުރާކުރުން ހުއްޓަންޖެހޭ! ބިދޭސިއެއް ވީމަ މުސާރައިގެ އިތުރުން ކެއުމާއި ބުއިން އަދި ހުރުންވެސް އޮވެފަ، ދުއްވާނެ ކާރަކާއި ބޭސްފަރުވާވެސް؟ ދިވެއްސެއް ވިއްޔާ މުސާރަކޮޅު އެކަނި! ނަސްލީ އިމްތިޔާޒްގެ ނަމޫނާއަކީ ރާއްޖެބާ؟
އާތިފާ
12 October 2022
މިރާއްޖޭގެ ފައިނޭސް އެންޑް ބޭންކިންގ ދާޢީރާކުރިއަރާނީ ބޭރުގެ ތަޖްރިބާހުރި މޮޅުމީހިން ރެކްރޫޓް ކުރވިގެން.
އެމްސް
12 October 2022
ކަންކަމަށް ބިދޭސީން ގެނެސް ގެނެސް އާބާދީގެ 2 ބައި ކުޅަ 1 ބައި ބިދޭސީންނަށް ވެއްޖެ! އެ އެންމެން މައްޗަށް މަހަކު އެތައް ސަތޭކަ މިލިޔަން ޑޮލަރެއް މިޤައުމުން ބޭރުވެސް އެބަވޭ! އެއްވެސް ދާއިރާއެއް ކުރިއަރާނީ ރަގަނޅު ސްޓެރެޖެޑީއެއް އޮވެގެން، ކޮންމެ ރައީސަކާއި އެކު ބަދަލުވަމުންދާ މާސްޓަރ ޕްލޭން ނެތިކޮށްގެން! ޤައުމެއް ކުރިއަރާނީ ރަޢިއްޔަތުން ކުރިއަރައިގެން! އެކަންވާނީ ކަންކަމަށް ރަޢިއްޔަތުން އިސްކޮށްގެން، ނަސްލީ ތަފާތުކުރުމާއި ދުރަަށް ގޮސްގެން!
ބެންކްތަޖުރިބާ އެކަނި ތަ މުސްކުޅިނުވަނީ
11 October 2022
މިރާއްޖޭގައި 50 އަހަރު އުމުރުން ވެއްޖިއްޔާ ދެން އެއްކަމަކަށްވެސް އެމީހަކު ކަމަކު ނުދާނެ. މިމީހާގެ 36 އަހަރުގެ ޚިދުމަތް އޮތިއްޔާ އޭނަ އުމުރުން މިހާރު 55 އަށްވުރެން މައްޗަށް ނުގޮސް ނުހުންނާނެ. ދެން މިހާ ދުވަސްވީ މީހަކު ބޭރުން މިގެނައީ މިރާއްޖޭގައި މީހަކަށް ދުވަސްވެއްޖިއްޔާ ކިހިނެއްވާތީތަ؟
އެމްސް
12 October 2022
ނަސްލީ ތަފާތުކުރުން އެންމެ ބޮޑީ މިޤައުމުގަ! ދޭސީމީހާ މައްޗަށް އަބަދުވެސް އިސްވާނީ ބިދޭސީމީހާ! ޕީޕީއެމް މީހާ ތަޅާފޮޅާނީ އެމްޑީޕީ މީހާއާއި! މާލޭމީހާ ނިކަމެތި ކުރާނީ ރާއްޖެތެރޭ މީހާ! މިހާ ބައިބައިވުން ބޮޑު ޤައުމެއް ދުވަހަކުވެސް ކުރިއަރާފާނެބާ؟ 1 ބަހަކުން ވާހަކަ ދައްކާ، 1 ދީނެއްގެ ބަޔަކު އަބަދު ބިދޭސީންނަށް އީމާންވެގެން ތިބެންޖެހެނީ ކީއްވެބާ؟ ދިވެހިން ދިވެހީންނަށް އެހާ ގޯހީ ކީއްވެބާ؟ ހުރިހާ ދިވެހިންނަށްވެސް ތެދުމަގު ދައްކުވައިފާދޭވެ!
އޯލް ލައިވްސް މެޓާ
11 October 2022
ނަސްލީ ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް އުއްމީދު ކުރަން... ސައުތު އެފްރިކާއަކީ ނަސްލީ ތަފާތުކުރުމުގެ ދިގު މާޒީއެއް އޮތް ގައުމެއް... އެގައުމުގެ މީހަކު މިވަޒީފާއަށް ހޮވިއިރު މިކަން އިވެލުއޭޓްކުރި ބާ؟
އެމްސް
12 October 2022
ނަސްލީތަފާތު ކުރުމޭތޯ؟ ސައުތު އެފްރިކާގަ ގިނަވާނީ ކަޅުމީހުން! ޔޫރަޕްދޮން، އެއީ 10 ވަރަކަަށް ޕަސެންޓް! އެތަނުގަވެސް ނަސްލީ އިސްވީ ކަޅުމީހުން މައްޗަށް ދޮންމީހުން އިސްވެގަތުމުން! ރާއްޖޭގަ ގިނަވާނީ ރާއްޖެތެރޭމީހުން! އެކަމަކު ހުރިހާ ގޮތަކުންވެސް އިސްވަނީ މާލެ، މާލޭމީހާ، އެހެން ނޫންތޯ؟ އެހެންކަމުން ތިކަމަކުވެސް ރާއްޖެއަކަށްވުރެ އެފްރިކާ ކުރިއެއް ނުވާނެ، އެހެން ނޫންތޯ؟ ވަޒީފާއެއްގަވެސް ދިވެހިން އިސްކުރާނީ ދިވެއްސަކަށްވުރެ ބިދޭސީއެއް! މިއީ ތެދު ޙަޤީގަތް!
Happy 1234
11 October 2022
ދިވެހިންނަށް މިހާރު އިތުބާރެއް ނުކުރެވޭ…ވާއްކަންކުރާލެއް ގިނަކަމުން!!
އެމްސް
12 October 2022
ވައްކަން ނުކުރާ ޤައުމަކުން ވައްކަން ގިނަ ޤަައުމަކަށް، ޑްރަގް ފްރީ ޤައުމަކުން ޑްރަގްގެ ހާއްޔަކަށް، ކަރަޕްޝަން ނެތް ތަނަކުން ކަރަޕްޝަންގެ ސުވަރުގެއަކަށް! ދަރިއަކު ގޯސްވާ ކޮންމެ ފަހަރަކު އެދަރިއަކު އެކަހެރިކޮށް، ބޮންދު ކުދިން އެޑޮޕްޓްކޮށްކޮށް ޤައުމު އެއްކޮށް ބިދޭސީންނަށް ވީމަ ދެން މިދައްކަނީ ވިޔަފާރިތައް ދަށް ވާހަކަ! އިޤްތިސާދު ރަގަނޅުވާނީ ރަޢިއްޔަތުންގެ އަތްމަތި ތަނަވަސްވި ވަރަކުން! ބިދޭސީންނަށް ވަޒީފާ ދީގެން ދިވެހިންގެ އަތްމަތި ތަނަވަހެއް ނުވާނެ!
ސީޒަން ޖެކުހަން
11 October 2022
ދެކުނު އެފްރީކާއަށް ގޮސް އެގެނައީ ދޮންމީހެއް. ޝަރުތުހަމަވާ ކަޅުމީހަކު ނުލިބުނީތަ؟
އެމްސް
12 October 2022
މިއަކީ ދެކުނު އެފްރިކާއެއް ނޫން، ދިވެހިރާއްޖެ! މިޤައުމުގެ ވެރިއަކަށް ދިވެއްސަކު ކަމުދޭ، މިނިސްޓަރުންނަށް ދިވެހިން ވަރެއް ނެތް، މަޖިލިހުގަ ތިބީ ދުނިޔޭގެ ފެންވަރު މީހުން، އެކަމަކު ދިވެހި ބޭންކަށް ލާނެ ދިވެއްސަކު ނުލިބުނު! ބޭންކުގެ ސީއެސްއާރު ބަޖެޓުން ކުރަނީ ކީއްބާ؟ މީހުން ބިނާކުރަން އިސްކަމެއް ދެވުނު ނަމަ ފަންނީމީހުން މިޤައުމުގަ ގިނަވާނެ! ޑޮކްޓަރުން ނެތިގެން އުޅޭކަށް ނުޖެހޭނެ! ދެންވެސް ދިވެހިން ދިވެހީންނަަށް ރަގަނޅުވާން ފަށަންވެއްޖެ އެއް ނޫންބާ؟
ފޭކާސް
11 October 2022
ކޮންމެވެސް އޮނަރަބަލަކު އުޅޭނެ އަބަދުވެސް މާލޭބޭފުޅުންގެ ކިބައިން ސަލާމަތްނުވެވިގެން. މިހާރު މިވީގޮތުން ސައުތުއެފްރިކާގަވެސް ބޭފުޅުން އުފެދުނީ.
އެމްސް
12 October 2022
ބީއެމްއެލް އުފެދުނީއްސުރެ ބޭންކުގެ ވެރިއަކަށް ބިދޭސިއަކު ލައިގެން އުޅެންޖެހުމީ ބޭންކުގެ ސްޓްރެޖެޑީއަށްވެސް އޮތް ލަދެއް! މީހުން ބިނާކުރަން އިސްކަން ނުދިން ކަމުގެ ހެއްކެއް! ދިވެހިންގެ ކަންކަމަށް ދިވެހީން އިސްކުރަމާ! ބިދޭސީންނީ ޤައުމުން ބޭރުވާ ބޭރު ފައިސާ! ހުރިހާ ކަމެއްގަވެސް މީހުން ގެންގުޅުމީ އެންމެ އުނދަގޫ ކަންތައް، އެއަކީ 18 އަހަރު ފުރިފަވީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން! އެކަމަކު އެކަން މިޤައުމުގެ ބަސްކިޔަން ތިބި މީހުނަށް ނޭގެންޏާ ދެނޯ؟
ޣހހހހހގހހ
11 October 2022
ލާރި ކާލެއް ގިނަކަމުން ދިވެއްސަކު ނުލެވެނީ!!
އެމްސް
12 October 2022
އެހެން ވިއްޔާ އެންމެ ފުރަތަމަ ބިދޭސީންނަށް ބަދަލު ކުރަންޖެހެނީ މިޤައުމުގެ ވެެރިން! އެހެނީ އެއްވެސް ސަރުކާރެއްގަ ކަރަޕްޝަންގެ އަޑު ކަނޑައިގެނެއް ނުދޭ!
އާރީ
11 October 2022
ބެންކުއޮފް މޯލްޑިވްސް އަށް އެއްވެސް އިތުބާރެއް ނުކުރަށް. މިހާރު މުސާރަވެސް ޖަމާކުރަށް ބޭނުންވަނި އެހެން ބެންކަކަށް. ކުންފުންޏަށް އެކަށް އަށްގާނަށް
ހާއިބްރީ
11 October 2022
ކުފޫ ހަމަވާ އެންމެ ދިވެއްސެއްވެސް ހަމަނެތީތޯ؟ ނޫނީ ފުރުސަތު ދެއްވަން ބޭނުންފުޅު ނުވަނީތޯ؟ ކުރީ ދުވަހުވެސް ހަބަރުގައޮތް މެލޭޝިޔާ ބޭންކެއްގެ ވަގުތީ ސީއީއޯއަކަށް ދިވެހި ޒުވާނަކު އައްޔަނު ކުރެވުނު ވާހަކަ. އެހެންވީމާ މީހުން ނެތީއޭވެސް ބުނެވެންނެތްތާ.
އެމްސް
12 October 2022
މީހުން އުފެދޭނީ މީހުން އުފައްދައިގެން! މީހުން އުފެދޭނީ އެކަމަށް ފުރުސަތު ދީގެން!