ވިޔަފާރި / ހޮޓެލް އޭޝިއާ އެގްޒިބިޝަން

ހޮޓެލް އޭޝިއާ: މީރު ރަހަތައް، ބްރޭންޑްތައް ހާހުން!

ތަފާތު އުފެއްދުންތަކާ އެކު ކޮންމެ އަހަރަކު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު، ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ސްޓޯލެއްގައި ބަޔަކު މައުލޫމާތު ހޯދަނީ. -- ފޮޓޯ:ނިޝާން އަލީ/މިހާރު

ހޮޓެލް އޭޝިއާގައި މި އަަހަރު ވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެތައް ކުންފުންޏަކުން ބައިވެރިވެ ހާހެއްހާ ބްރޭންޑާއި ޕްރޮޑަކްޓު މި އަހަރު ވެސް ޝޯ ކޭސް ކޮށްފައިވެ އެވެ. ކުންފުނިތަކުން އެންމެ ބޮޑަށް ތައްޔާރުވި އެއް ކަމަކީ ކޮންމެ އަހަރަކު ވެސް އާއްމުންގެ ތަރުހިބޭ އެންމެ ބޮޑަށް ލިބޭ "ޓޭސްޓް ޓެސްޓިން" އަށެވެ.

ހެޕީ މާކެޓުން އެ ކުންފުނިން އެތެރެކުރާ "ބެގާ" ބްރޭންޑުގެ ޗީޒުން މިނީ ޗީޒް ކޭކާއި މިނީ ޕިއްޒާ ހަދައި އޭގެ ރަހަ ދައްކާލި އެވެ. އަދި އެ ކުންފުނިން އެތެރެކުރާ ނޮން ޑައިރީ ވިޕިން ކްރީމާއި ޑާކް ޗޮކްލެޓުން މޫސް ވެސް ހަދާފައި ހުއްޓެވެ.

ބީބީއެމް އިން ހޮޓެލް އޭޝިއާގައި ހަދާފައިވާ ޕެވީލިއަން. -- ފޮޓޯ:ނިޝާން އަލީ/މިހާރު

ހޮޓެލް އޭޝިއާގައި މި އަހަރު އެންމެ ބޮޑު އަދި އެންމެ ގިނަ ޕްރޮޑަކްޓުތައް ޑިސްޕްލޭކުރި ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) ގެ ބޮޑު ޕެވީލިއަންގައި އެކި ބްރޭންޑުގެ އެކި ޕްރޮޑަކްޓުތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ. އެ ސްޓޯލްގައި، އެމްއެންޔޫގެ ކަލިނަރީ ސްކޫލުގެ ދަރިވަރުން "ލައިވް ކުކިން" ގައި އެ ކުދިންގެ ހުނަރު ވެސް ދައްކާލި އެވެ. ބީބީއެމްއިން ބުނީ އެ ސްޓޯލުގައި ތައްޔާރުކުރާ ކާއެއްޗެއްސަކީ އެ ކުންފުނިން އެތެރެ ކުރާ "ފްޓް ފްރީ" ޕްރޮޑަކްޓުތައް ބޭނުންކޮށްގެން ތައްޔަރު ކޮށްފައިވާ ތަކެތި ކަމަށެވެ.

އެކްސްޕޯގައި ބީބީއެމްއިން ކާޓިޑޯ ބްރޭންޑުގެ ގިނަ ޕްރޮޑަކްޓުތަކެއް ލޯންޗުކޮށް، ސެވަން ސްޓާ ބްރޭންޑުގެ ފައިބަ ޕްލަސް ވީޓް ތައާރަފްކުރި އެވެ. އަދި އެ ސްޓޯލުގެ ސްޓޭޝަންތަކުން އެ ބްރޭންޑުތަކުގެ ޕްރޮޑަކްޓްތައް ތަޖުރިބާ ކޮށްލުމަށް ލެމަނޭޑް އަދި ޕާސްތާ ވަނީ ތައްޔާރުކޮށްފަ އެވެ. އޭގެ އިތުރުން އެކި ވައްތަރުގެ ތެލާއި ސޯސް އަދި އަލުވީގެ އެކި ބާވަތްތަކުގެ ރަހަތައް ދެއްކުމަށް، ފްރައިޑް ޗިކަން، ފްރެންޗް ފްރައިޒް، ނަގެޓްސް، ޕާސްތާ ސެލެޑް އަދި ޖޫސް ސާމްޕަލްތައް ހުއްޓެވެ.

އެމްއެންޔޫގެ ކަލިނަރީ ސްކޫލުގެ ދަރިވަރުންގެ ހުނަރު ބީބީއެމް ސްޓޯލުން ދައްކާލި. -- ފޮޓޯ:ނިޝާން އަލީ/މިހާރު

މި އަހަރު ޔޫރޯ ސްޓޯރުން އިސްކަންދިނީ އެ ފިހާރައިން ވިއްކާ "ޗިމްބަލީ" ބްރޭންޑުގެ ކޮފީ މެޝިން ޕްރޮމޯޓް ކުރުމަށެވެ. އެ މެޝިނުން ތައްޔާރުކޮށް، ވިޒިޓަރުންނަށް ކޮފީ ސާމްޕަލް ދެމުން ދިޔަ އެވެ. އަދި އެ ފިހާރައިން ވިއްކާ ޕްރިމިއަމް ގިނަ ޕްރޮޑަކްޓުތަކެއް ވެސް ވަނީ ދައްކާލި އެވެ.

ކާބޯތަކެއްޗާ ގުޅުން ނެތް ބައެއް ޕްރޮޑަކްޓުތަކަށް ބަލާއިރު، ރިސޯޓުތަކަށް ބެޑިން އާއި ދަބަސް އަދި ތަށި ފަދަ ތަކެތި ސަޕްލައިކުރާ އެތައް ކުންފުންޏަކުން ވަނީ ސްޓޯލްތައް ހަދައިފަ އެވެ. އަދި ރާއްޖޭގެ ރިސޯޓު މާކެޓަށް ނުކުންނަން ބޭނުންވާ ބޭރުގެ ގިނަ ކުންފުނިތަކެއްގެ ސްޓޯލުތައް ވެސް ފާހަގަ ކޮށްލެވެ އެވެ. އޭގެ ތެރެއިން އެކޯން އަކީ އެއް ކުންފުންޏެވެ. އެ ކުންފުންޏަކީ ރިސޯޓުތަކަށް ސެކިއުރިޓީގެ އެކި ޓެކްނޮލަޖީތައް ސަޕްލައިކުރާ ކުންފުންޏެވެ. އެ ކުންފުނީގެ ސްޓޯލްގައި ސެކިއުރިޓީ ވަރުގަދަ އެކި ވައްތަރުގެ ތަޅާއި ކެމެރާ ފަދަ ތަކެތި ވަނީ ޝޯކޭސް ކޮށްފަ އެވެ. އެކޯންއިން ބުނީ މި އެކްސްޕޯގައި ރިސޯޓުތަކުގެ އިސްވެރިންނާ ބައްދަލުވެ، ރާއްޖެއަށް ވިޔަފާރި ގެނައުމަށް މަގު ފަހިވި ކަމަށެވެ.

ފާހަނާއަށް ބޭނުންވާ އެކި ކަހަލަ ލަގްޒަރީ ސާމާނު ޝޯ ކޭސްކޮށްފައިވާ ސްޓޯލެއް. -- ފޮޓޯ:ނިޝާން އަލީ/މިހާރު

އެ އެކްސްޕޯގައި ސްރީ ލަންކާ، އިންޑިއާ އަދި ތައިލެންޑުގެ އެކި ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ރާއްޖެއަށް ސީފުޑް ސަޕްލައިކުރާ ކުންފުނިތަކާއި މޭވާ އަދި ތަރުކާރީ އެތެރެކުރާ ފަރާތްތައް ވެސް ހިމެނެ އެވެ. އަދި ފާހަނާއަށް ބޭނުންވާ ސާމާނާއި ވޯލްޕޭޕާ ފަދަ ތަކެތި ވިއްކާ ދިވެހި ކުންފުނިތަކާއި، ރިސޯޓުތަކަށް ބޭނުންވާ ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ބައެއް ކުންފުނިތަކުން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ޕްރައިމް ފާޓިލައިޒާ ފާހަގަ ކޮށްލެވެ އެވެ. ޕްރައިމް ފާޓިލައިޒާގެ ސްޓޯލުން އެ ތަނުގެ އެކި ޕްރޮޑަކްޓުތަކުގެ މައުލޫމާތާއި އެ ޕްރޮޑަކްޓުތައް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު އަންނަނީ ދެމުންނެވެ.

ހޮޓެލް އޭޝިއާގައި ފުޑް އެންޑް ހޮސްޕިޓާލިޓީ ދާއިރާއާ ގުޅުން ހުރި އެތައް ޕްރޮޑަކްޓެއްގެ މައުލޫމާތު ލިބޭނެ އެވެ. އަދި ރިސޯޓު އިންޑަސްޓްރީގެ އިތުރުން، ރާއްޖޭގެ އެކި ދާއިރާތަކަށް މުހިންމު ގިނަ ޕްރޮޑަކްޓުތަކެއް މައުލޫމާތާއި ރާއްޖެއިން ލިބެން ހުރި ގިނަ ބާވަތްތަކެއްގެ މައުލޫމާތު ވެސް ލިބޭނެ އެވެ.

ހޮޓެލް އޭޝިއާ ކުރިއަށް ދާނީ މިރޭ 7:00 އާ ހަމައަށެވެ. ނަމަވެސް ޑިމާންޑު ބޮޑުވެ، ވިޒިޓަރުން ގިނަ ނަމަ ގަޑިއެއްހާ އިރަށް ވަގުތު އިތުރުކުރާނެ އެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝައިނާ

13 October 2022

ލަންކާ އިންޑިޔާ މީހުންގެ ކޮންޓުރޯލު އޮށްވަރު ފެނިގެންދަނީ ފުރަތަމަކަމަކަށް ދިވެހިން ތިއެގުޒިބިޝަނަށް ވެއްދުންވެސް މަނާ ދާއިރަށްބުނަނީ ވިޔަފާރި ވެރިންނަށް އެކަނި ކަމަށް ވަދެވޭނީ. މިރާއްޖޭގަ ހިގާ ޓުއަރިޒަމް ވެސް އެއީވަކިސަރުކާރުތަކެއް

The name is already taken The name is available. Register?

ކައިސް

12 October 2022

ވ. ބޮޑު ތެދެއް. ތީ ހުސް ލަންކާ މީހުން ރާއްޖޭގައި ހިންގާ ވިޔަފާރި ތަކުގެ އެގްޒިބިށަން އެއް. ގިނަވާނީވެސް އެ އޮރި ގުރޫޕް.

The name is already taken The name is available. Register?

ކުޗީ

12 October 2022

ލަންކާ އިންޑޮޔާ ހާއްސަކޮށް އަތްގަދަކުރަމުން އަންނަ ލަންކާ ގެ ނުފޫޒް އޮތްވަރު ފެނިގެން ދަނީ.... ދިވެހިންގެ ނަމުގައި ހިންގާ ބޭރު ވިޔަފާރިތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454