ސިޓީ ޕާކް: މި ތަން ތަރައްގީކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައި.-- ފޮޓޯ: މިހާރު
14 އޮކްޓޯބަރ 2022 - 16:32
ރަނގަޅަށް ބޭނުން ނުކުރެވި އޮތް ސިޓީ ޕާކުގައި އާ ޕާކެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައި، އެ ތަނުގެ ކުރެހުންތައް ދައްކާލައިފި އެވެ.
އެ ކައުންސިލްގެ ވެބްސައިޓުގައި ރޭ ބުނީ ގަލޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ތަރައްގީކުރާ ޕާކުގައި ކުޑަކުދިން ކުޅޭ "ޕްލޭ އޭރިއާ" އަކާއި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ އުނދޯއްޔެއް ހަދާނެ ކަމަށެވެ.
- ކުޑަކުދިން ކުޅެން ދޫކޮށްލުމަށް ފަހު ބެލެނިވެރިން އަރާމުކޮށްލަން ކުޑަކުދިން ކުޅޭ ސަރަހައްދުގައި އިށީންނާނެ ޖާގަ
- ހާއްސަ ތީމަކަށް ހަދާ "ފްލާވާ ސީޓް" އަދި "ލީފް ސީޓް"
- އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމެއް އަދި ކަސްރަތު ކުރުމަށް ހިނގާ ޓްރެކެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އައުޓްޑޯ ޖިމެއް
- ފާހަނާ ބްލޮކް (އަންހެން ފިރިހެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ)
މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމައިފި. މިޕާކުގައި:-
— Mayor Muizzu (@MuizzuMayor) October 13, 2022
- އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމް އަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކް އެއް ބެހެއްޓޭނެ
1/4 pic.twitter.com/M6vk9oxuoc
ކައުންސިލްގެ ވެބްސައިޓުގައި ބުނީ އެ ޕާކުގެ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއް ހަދާނެ ކަމަށެވެ. އެ ސްޕޯޓްސް އޭރިއާގެ ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނަކާއި އެ ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ކަނޑައަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
މަގުގެ ޓްރެފިކާއި ޕާކާ ދެމެދު ބަފައެއް ލުމަށް ޕޭވްމަންޓްގައި ހަނި ޕްލާންޓާ ފޮށިތަކެއް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އެ ޕްލާންޓާ ފޮށިތަކުން ޕާކް ތެރެއަށް ވެޔޮއަރާ ގޮތަށް ޓްރެލިސް ތަކެއް ޑިޒައިން ކޮށްފައިވެ އެވެ. ކައުންސިލުން ބުނީ ޕްލާންޓާ ފޮށިތަކުގެ ސައިޒް ވީހާވެސް ހަނި ކޮށް، ޕޭވްމަންޓް ގައި ޕްރޭމް އަދި ފުރޮޅީގޮނޑި ދުއްވާ ޖާގަ ދީފައިވާނެ ކަމަށެވެ.
ޕާކާ ސަލާހުއްދީން މިސްކިތާ ދެމެދުގައިވާ ހަނި ގޯޅީގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރަން އެ ސަރަހައްދު އަލިކުރަން ކައުންސިލުން ވަނީ ޕާކްގެ ފާރުގައި "އެމްބެޑެޑް ލައިޓް" ހަރުކުރަން ނިންމައިފަ އެވެ. އޭރުން، ޕާކްގެ އެތެރޭގައި ދިއްލާ ލައިޓްތަކާއެކު އެ ސަރަހައްދަށް އެކަށީގެންވާ އަލިކަން ލިބޭނެކަން ފާހަގަކުރި އެވެ.
ސިޓީ ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމިއިރު، ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކުގައި އެކި މަސައްކަތްތައް ކުރި އެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް" ގެ ނަމުގައި ދިއްލޭ ގޮތަށް މީހުންނަށް ހުޅުވާލި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ހަލާކުވެގެން ދިޔައީ އެވެ.
އެ ޕާކަށް މިހާރު ވެސް މީހުން ވަދެ އެވެ. އެކަމަކު، އެ ތަން ހުރީ މާލޭގެ އެހެން ޕާކްތަކާ ހިލާފަށް މީހުންނަށް ފަސޭހައިން އިށީނދެވޭ ގޮތަކަށް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިޝާ
16 October 2022
މަސްތުވާތަކެތިގެ ހާއްޔަކުން އެތަން ސަލާމަތް ކުރުމަށް މޭޔަރ މުއިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް. އަދުގެ ދަރިން ބޭނުންވަނީ ހިތްހަމަޖެހިގެން އާއިލާއިއެކު ވަގުތުކޮޅެއް ހޭދަކޮއްލެއްވުމަށް.
ހަނަފީ
16 October 2022
ގޭތެރޭގައި ބަންދުވެފައިވާ ބަންދުވުން ނިމުމަކަށް ގެނެސްދިނުމަށް މުއިއްޒު ކުރައްވާ އެއްވަނައިގެ މަސައްކަތެއް. ޕާކަކަށްފަހު ޕާކެއް. ޝުކުރިއްޔާ މޭޔަރު
ޒިނާ
16 October 2022
ކޮންމެ މީހަކީވެސް ދުޅަހެޔޮ ސިއްހަތެއް ކޮންމެހެންވެސް ބޭނުންވާނެ މީހެއް. މި ޕާކުން އެކަން ފަހިކޮއްދޭނެ. ޝުކުރިއްޔާ މޭޔަރު
ހަފްސާ ސާއިދު
16 October 2022
މިއީ ނޫންތޯ ރައްޔިތުން ބޭނުންވާ ތަރައްޤީ އަކީ. މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވެފައި މާލޭގެ ތޮއްޖެހުން ކުޑަ އެބަކުރެވޭ ކަމަށް އިހުސާސް ވުމަށް މިކަހަލަ އެތައް ޕާކެއް ތަރައްޤީ ކުރަން ޖެހޭ.
ޒާހިޔާ ޒަރީރު
16 October 2022
މާލޭގެ އެތެރަޔާއި މަލަމަތި ރީތި ކުރުމަށް ކެޑިނޭޅި މޭޔަރު ދަނީ މަސައްކަތް ކުރަމުން. ކުޑަކުދިންނާއި މުސްކުޅިންނަށް ހިތްހަމަ ޖައްސާލުމަށް އެތަށް ތަނެއް ތަރައްޤީ ކުރަމުން.
އައިމަން ތައުފީގް
16 October 2022
ސާބަހޭ މުއިއްޒު ރައްޔިތުން އެދޭ ގޮތަށް. ރައްޔިތުން އެދޭ އަމާޒަށް
ހީސަބޭ
16 October 2022
ތީ ނުވެ އޮތް ކަމަކީ.
ހުޝާމް
16 October 2022
އަހަރުމެން ދިން ވޯޓް ބޭކާރު ނުވާކަން މުޢިޒް މި ޔަޤީންކޮށްދެނީ. ޝުކުރިއްޔާ މުޢިޒް
ޖިނާހް
16 October 2022
ޕާރކު ކުރަން ހުންނަ ތަންކޮޅު މި ސަރުކާރުން ކަޓުވާލާފި. ދެން މި ޖަހަނީ ސްޓިކާ، އަހަރުމެން ފެލާލަން ވެގެން. ތިތަން ހުޅުވުނީމަ ތި ސަރަޙައްދުގެ ކިތަންމެ ބަޔަކަށްވެސް ފައިދާވާނެ.
ޝުހުދާ
16 October 2022
ކަސްރަތު ކުރެވޭ ގޮތަށް ހުރީމަ ވަރަށް ފުރިހަމަ. މާމަމެން މި ދާންޖެހެނީ ރަސްފަންނުގަ ހުންނަށް ޕާރކްތަކަށް