މުއިއްޒު: އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓުން ވެސް ވަނީ ބޭރުކޮށްލާފައި --- ފޮޓޯ/މިހާރު
16 އޮކްޓޯބަރ 2022 - 14:28
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓުން ވެސް މިއަދު އޭނާއަށް ނާކާމިޔާބުވެއްޖެ އެވެ.
ދޮގު ބަޔާންދިނުމުގެ ދައުވާ ކުރަނީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަންގައި އެ ކުންފުންޏާ އެއްކޮޅަށް ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ނާކާމިޔާބުވުމުން އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފްކުރި އެވެ. މުއިއްޒުގެ ފަރާތުން އިސްތިއުނާފްކުރީ އާބިޓްރޭޝަނަށް ބަޔާންދިނީ ކޮން ތަނެއްގައި ހުރެކަން ދައުވާގައި ބުނެފައި ނެތުމަކީ ދައުވާ ފުރިހަމަ ނުވާ ކަމެއް ކަމަށް ބުނާ ނުކުތާ އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މުއިއްޒުގެ ފަރާތުން އިސްތިއުނާފް ހުށަހަޅާފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 106 ވަނަ މާއްދާއާ ޚިލާފަށް ދަށު ކޯޓުން އަމަލުކުރި ކަމަށް ބުނެ ކަމަށް ވިޔަސް، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުންތަކަކީ އެ މަރުހަލާގައި ނިންމާ ނިންމުންތަކެއް ނޫން ކަމަަށެވެ.
ގާނޫނުގެ 106 ވަނަ މާއްދާއަކީ އިބްތިދާއީ މަރުހަލާގެ ވާހަކަ ބަޔާންކުރާ މާއްދާ ކަމަށްވާއިރު، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އެ މަރުހަލާގެ އުސޫލު ހިނގާނެ ގޮތެއް މުއިއްޒުގެ ފަރާތުން ބުނެނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުންތަކަކީ މަދަނީ މިންގަނޑުން ބެލުމަށްފަހު ނިންމާ ނިންމުންތަކަކަށް ވާތީ ޝަރީއަތުގެ މަރުހަލާގައި އެކަންކަމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތު ނުގެއްލޭނެ އެވެ.
އެހެންވެ، މުއިއްޒުގެ ފަރާތުން ފާހަގަކުރި ކަންކަމަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރާ މައްސަލައަކަށް ނުވާތީ އެ މައްސަލަ އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައިކޯޓުން ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
17 October 2022
ހާދަ ނާތަހުޒީބު މީހެކޭ، މީނަ ކޮންޓުރޯލު ކުރެވޭނީ ޔާމިނައް އެކަނި. ޢޭނަ ކަރީ ފުޅިޔަކައް ލެވޭވަރައް ކުޑަވާނެ
އެމްސް
16 October 2022
އަމިއްލަ ފައިސާއެއް ނޫންވީމަ، ޤައުމާއި ދޭތެރޭ ފިކުރެއް ހުންނަނީ ހަމަ މަދު މީހެއްގެ! މިސަރުކާރުގެ މިނިސްޓަރެއްގެ ޢާއިލީ އެތައް ކުންފުންޏަކަށްވެސް ދައުލަތުންވަނީ ބިލިޔަނަކާއި ގާތަށް ބަދަލު ނަގާދީފަ! ދައުލަތުން ހަދާ ގޯހެއް ވިއްޔާ އެކަން ކުރާމީހަކު ޒިއްމާވާން ނުޖެހުމީވެސް ރަގަނޅު ބުއްދިއެއް ނޫން!
ވިސްނާލުމަށް އެދެމޭ
16 October 2022
މިސަރުކާރު ދެމިއޮތްހާ ދުވަހަކު ސަރުކާރާދެކޮޅު ނިންމުމެ ކޯޓަކުން ނިންމަފާނަކަމަށް ބަލަން ހެޔޮނުވާނެ...ޕޖ އަކީ ސިޔާސީމީހެއް..ދައުލަތުގެ މިނިވަން ޕޖއެއް ލިބުނު ދުވަހަކުން އިންސާފު ކަށަވަރުކުރެވޭނީ..ޖޭއެސްސީގެ ބާރު ރައީސްގެ އަތުންދޫވިޔަނުދީ މުއް ބާރުކޮއްގެން އެހުންނަނީ..އެކަމަކު ކޮއްމެ ކަމަކަށްވެސް ނިމުންއަންނަފަދައިން މިކަންވެސް ނިމޭދުވަހެއް އަންނާނެ..އެދުވަހަކުން އިންސާފުލިބިދާނެ.
އޮނަރަބްލް އަފީފު ދީދީ
16 October 2022
މިވަރުމީހަކު މާލޭމީހުން އެމީހުންގެ ރަށުގެ މޭޔަރަކަށް ހޮވުމުން މާލޭމީހުންގެ ހޭލުންތެރިކަމާއި ތައުލީމީ ފެންވަރާއި މެދުވެސް ސުވާލު އުފެދޭ. # ތަހުޒީބް ޤައުމުތަކުގައި މިފަދަ އަމަލެއްކޮށްފައިވާ މީހެއްގެ މައްޗަށް ޝަރުޢީ ކޯޓަކުން ޙުކުމް ނުކުރި ކަމުގައިވިޔަސް އެމީހުންގެ މޭޔަރަކަށް މިފަދަ މީހަކު އިންތިޙާބުކުރަން އެމީހުން ވޯޓެއް ނުދޭނެ. # އަދި ލަދު ހުތުރު އޟަލަކަށްވާތީ މިފަދަކަމެއްގެ ތުހުމަތު ކުރެވުނަސް އެފދަ ޤައުމުގެ މީހުން މޭޔަރުކަމަށް ކުރިމަތިވެސްނުލާނެ.
ކަކުނިބޯ
16 October 2022
އޮނަރަބްލް އަފީފު ދީދީ އިޤްތިސޯސްގައި އުޅުމަށް ދަންނަވަން. މާލޭރައްޔިތުން ނިންމާނީ މާލޭރައްޔިތުންގެ ކަންކަން މާލެ ކިޔަނީ މާލެ، ވިލިމާލެ ހުޅުޅެ އަދި ހުޅުމާލޭގެ ކަނޑާފަޅާއެއްކޮށް،
އަފްރާސިޔާބު
16 October 2022
ތިޔަވިދާޅުވާ ތަހުޒީބު ގައުމުތަކަކީ ކޮބައިތޯ؟ އެމެރިކާތޯ؟ ޔޫރަޕުތޯ؟ ތަހްޒީބު ގައުމުތަކުގެ ހާލަތަކީ އެމީހުން ނުރުހޭ މީހަކުގެ ރައްޓެއްސެއް ކަމުގައިވާނަމަ އެމީހާގެ މުދާވެސް ޝަރީއަތަކާ ނުލައި ފޭރުން. ކުށެއްނުކުރާ މީހަކަށް ދައުވާކޮށް އަދި ދިފާއުވެސް ކޯޓުން އަމިއްލައަށް ހިންގައިގެން މީހުންގެ މުދާ ފޭރުން. ކުޑަމިސާލެއް ޗެލްސީ ފުޓްބޯޅަ ކްލަބުގެ ވެރިޔާއަކީ ރަޝިޔާގެ ރައީސާ ރަހްމަތްތެރި މީހަކަށްވާތީ ކްލަބާއި އޭނާގެ އެތައްބިލިއަން ޑޮލަރެއް އިނގިރޭސީން ފޭރިގަތީ
ކާމިލް ދީދީ
16 October 2022
މާލެ އަކީ ވަކި ގައުމެއްތަށް ؟؟؟؟ ވަކު ސަރުކާރެއްތަ؟
އޮނަރަބްލް އަފީފު ދީދީ
16 October 2022
ކަކުނިބޯއަށް: މިފަދަ މީހަކަށް ވޯޓްދިން މީހުންގެ ޤަމާރުކަމާއި ޖާހިލުކަމުގެ ވާހަކަ ބުނުމަކީ ކޮންމެ މީހަކަށްވެސް އޮތް ޙައްޤެއްކަން ނޭގުމަކީވެސް ލަދު ހުތުރުކަމެއް. # ދެން ތިޔަބުނާ މާލެއެއްގެ ވާހަކަ ޤާނޫނުއަސާސީގެ ޖަދުވަލުގައި އެއޮތީ ސާފު ދިވެހިބަހުން ލިޔެފައި. ޤާނޫނުއަސާސީގައި އޮތް އެއްޗެއްގެ މައްޗަކަށް ރައީސްގެ ޤަރާރަކުން ބާރު ހިންގުމަކީ ދައުލަތުގެ ޤާނޫނުއަސާސީ ނުދަންނަ ޤާނޫނާއި ބީރައްޓެހި ކަމެއްކަންވެސް ކަކުނިބޯ އަކަށް ނޭގޭދޯ.؟