ޚަބަރު / ގޭންގް ހަމަނުޖެހުން

ދެ ގޭންގެއްގެ މެދުގައި މާރާމާރީ: ގެއަކަށް ވަދެ ވަޅި ޖެހީ ނިދަން އޮއްވައި

ފުލުހުން މީގެ ކުރިން މަރުގެ މައްސަލައެއް ތަހުގީގު ކުރަން ސީން ބަންދުކުރަން ޓޭޕު ދަމާފައި. -- ފޮޓޯ: ފަޔާޒު މޫސާ

17 އޮކްޓޯބަރ 2022 - 12:57

68 comments

މާލޭގެ ދެ ގޭންގެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި، ގެއަކަށް ވަދެ މީހަކު ނިދަން އޮއްވައި ތޫނު އެއްޗަކުން ރޭ ހަމަލާދީފި އެވެ.

އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުން ފުރަތަމަ ފެށީ މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގަ އެވެ. އެ ތަނުގައި ގޭންގެއްގެ މީހަކު، އެހެން ގޭންގަކަށް ނިސްބަތްވާ މީހަކާ ދެމެދު ޖެހުނު މައްސަލައެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އެވެ.

އޭގެ ފަހުން މާލޭގެ ގެއަކަށް ވަދެ ހަމަލާދިނީ، ބަދަލު ހިފުމުގެ ގޮތުންނެވެ. މާފަންނުގައި ހުންނަ ގެއަކަށް ގޭންގުން ވަދެގަތީ އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ކަމަށް ވެ އެވެ. އޭރު، ހަމަލާދިން ޒުވާނާ އޮތީ ނިދާފައި ކަަމަށް މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

ގޯޅިގަނޑެއްގެ ތެރޭގައި ލަކުޑި ސިޑިއަކުން އަރަން ޖެހޭ ގޮތަށް ހަދާފައި ހުރި އެއް ކޮޓަރީގެ އެ އެޕާޓްމެންޓުގެ އެތެރެ ފެންނަ ވީޑިއޯއެއް "މިހާރު" އަށް ލިބިފައިވާއިރު އެ ވީޑިއޯ އިން ފެންނަނީ އެނދާއި ބެޑްޝީޓާއި ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓަ އެވެ.

އެނދުމަތީގައި އަޅާފައި އޮތް ރީނދޫ ކުލައިގެ ކުއިލްޓެއް ބިންމައްޗަށް ވެއްޓިފައި އޮތް އިރު އޭގައި ވެސް އޮތީ ހުސް ލެ އެވެ. އެނދުން ފެށިގެން ސިޑިއާ ހިސާބަށް ލޭ ތިކިތައް ޖަހާފައި ހުރި މަންޒަރު ފެނެ އެވެ. އަދި ސިޑީގެ ތަނބެއްގައި ލޭ ހޭކިފައި ހުއްޓައި ވެސް ފެނެ އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓް ހައުސްއެއްގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް ރޭ ދަންވަރު 2:38 ގައި ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ސީނުން ދިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ފަހުން، މާފަންނު ގެއެއްގައި މީހަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭގެ 3:34 ހާއިރު އެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ދެ މައްސަލަ ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

68 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 7%
icon angry icon angry 83%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

18 October 2022

ތިމަންމެންނީ ހަމަ އިސްލާހު ކުރަން އުޅޭ ބަޔަކީމުއޭ އެބައިމީހުން ބުނެފޫއެވެ. ނޫނެކެވެ. އެހެންނެއްނޫން. އަދި ކިއެއް. ހަމަކަށަވަރުން ފަސާދަކުރާ މީހުންނަނީ ހަމަ އެއުރެންނެވެ. އަމިއްލަ އަތްތަކުން އިސްކުރި އަމަލުނާމާއިން އެއްގަމާއި ކަނޑުގައި ފަސާދަ ފައުޅުވެއްޖެއެވެ. ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ ގައުމެއްގެ ހާލާތެއް، ނުވާނަމަ، ގައުމުގައި ބަދަލު ކުރުމުގެ ޚިޔާލާތެެއް،

The name is already taken The name is available. Register?

އިބްރ

18 October 2022

މަޑުކަށި ފިކުރުގެ ބޭފުޅުން ހިންގަވަނީ ޑިމޮކްރަޓިކް ޙަރަކާތްތަށް. ގޭގޭގެ ދޮރު ވައްޓާލައިގެންވެސް މިހާރު މަޑުކަށި ފިކުރު ހިންގަނީ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އެމްޑީޕީން ކަށަވަރުކޮށްދެއްވާ ގޮތަކީ މިއީތޯ؟

The name is already taken The name is available. Register?

ޙަސަން އަޙްމަދު

18 October 2022

ބޯރިންގ

The name is already taken The name is available. Register?

ގޭންގްސްޓާރސްޕެރަޑައިސް

18 October 2022

ހިތްފަސޭހަ ގޯޅީގައި ފިސާރި ހިތްފަސޭހަކަން އެބަހުރިތާ

The name is already taken The name is available. Register?

އުދުހޭ

18 October 2022

ޔޯގާ ހަރަކާތް ހުއްޓުވަން ގޮވާލަން މައިކު ހިފައިގެން ބޭރުގަ ތިބި ޝޭޚުންނަށް ޓެރެރިޒަމުގެ ދައުވާކޮށްފި. ގޭގާއި ދިނާފައިއޮއްވާ ދޮރުވައްޓާލައިގެން ވަދެ ތޫނުހަތިޔާރުން ހަމަލާދިން މީހާ އަށް ވާނެގޮތް ކިޔުންތެރިންނަށް ދޫކޮށްލީ...

The name is already taken The name is available. Register?

ދެރަ

17 October 2022

ގެދޮރުގެ ހުރުމަތެއްވެސް ނެތް ހިސާބަށް މިޤައުމުގެ އަދުލުވެރިކަން މިދަނީ

The name is already taken The name is available. Register?

ގެދާނޯމޮސް

18 October 2022

ކޮންއިރަކު އޮތް ކަމެއްގެ ވާހަކަ ތޯއެވެ؟

The name is already taken The name is available. Register?

ހޮޓްކިންގ

17 October 2022

ފުލުހުންނަކަށް ނުވާނެތިކަމެއް. ނުވެސް އުޅޭހުއްޓުވާކަށް. ނެޑެލްތައްޖަހައިގެން ބޮޑުމުސާރަނަގަންތިބީ ލަދުނުގަންނާތީ ގޭންގުތަކުގެ އަދަދު ކިޔައިިދޭން.

The name is already taken The name is available. Register?

އޮޕަރޭސަންދަންވަރަށްފަރިވެފޮޅޭ

17 October 2022

އަދި އެއްޗެކޭ ނުބުނެވިގެން މިއުޅެނީ މަރުނުވިއަކަސް ޕޯސްމޯޓަން ނެހެދިގެން. އޭތިހެދިގެން އިގޭނީ ހަމަލައެއް ދިންކަން ފަހުންވެސް ދިންކަން ބަޔަކަށް ގެއްލުންވިކަންވެސް.

The name is already taken The name is available. Register?

ދހސތވސ

17 October 2022

މިވަރުވާއިރު ވެސް މިމީހުން މައިތިރި ކުރެވޭ ގޮތެއްނެތީތަ. ނޫނީ ބޭނުން ނުވަނީތަ. ތަފާސް ހިސާބު ހާމަކުރީމާ ހުރިހާ ކަމެއް ނިމުނީ

The name is already taken The name is available. Register?

އެމްސް

17 October 2022

ދެން ޖެހޭނީ ބޮންދުން ކޮޅެއް ފުލުސް އޮފީހަށްވެސް ލާން، ދިވެހިން ލައިގެން ނުވިތާ، ވަރަށް ބެލިއްޖެއެއްނުން!

The name is already taken The name is available. Register?

ސްލައިމް

17 October 2022

ސީޕީ ޙަމީދުގެ ޓުވީޓެއް ނާންނަ ތާ ދުވަސް ކޮޅެއް ވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454