އީން އައްބާސް: ތައިލެންޑްގެ އުމުރުފުރާ މުބާރާތުގައި އޭނާ ވަނީ ބިނަ ކާޟިޔާބުތަކެއް ހޯދާފަ
24 އޮކްޓޯބަރ 2022 - 11:32
ތައިލެންޑްގެ އުމުރުފުރާ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ އުމުރުން ހަގު ފެތުންތެރިޔާ އީން އައްބާސް ޝަރީފް ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގައި އީން ވަނީ 15 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާފައި ވާދަ ކުރި ނުވަ އިވެންޓްގައި ވެސް މެޑަލް ހޯދައިފަ އެވެ.
އޯގަސްޓް މަހު ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ވާދަކުރި އީން ވަނީ ތައިލެންޑްގެ މުބާރާތުން ހަތަރު ރަން މެޑަލް އާއި ހަތަރު ރިހި މެޑަލް އަދި އެއް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އޮގޮތުން 400 މީޓަރުގެ އިންޑަވިޖުއަލް މިޑްލޭ އިވެންޓާއި 200 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓާއި 400 މީޓަރު ފްރީ ސްޓައިލް އަދި 800 މީޓަރު ފްރީ ސްޓައިލްއިން އީން ވަނީ ރަން މެޑަލް ހޯދައިފަ އެވެ.
ރިހި މެޑަލް ހޯދީ 50 މީޓަރު ބްރެސްޓް ސްޓްރޯކް އާއި 200 މީޓަރު ބްރެސްޓް ސްޓްރޯކް އާއި 200 މީޓަރު ފްރީ ސްޓައިލްއިން އަދި 200 މީޓަރު އިންޑަވިޖުއަލް މިޑްލޭއިންނެވެ. ބްރޯންޒް މެޑަލް ހޯދީ 100 މީޓަރު ބްރެސްޓް ސްޓްރޯކުންނެވެ.
އީން ރަން މެޑަލް ހޯދި 400 މީޓަރުގެ ރޭސް އޭނާ ނިންމީ އެ އިވެންޓްގެ ޝޯޓް ކޯސް ރެކޯޑަށް ވުރެ އަވަހަށެވެ. އީން ރޭސް ނިންމީ 5 މިނެޓާއި 29.88 ސިކުންތުންނެވެ. އެ އިވެންޓްގެ ގައުމީ ރެކޯޑަކީ 5 މިނެޓާއި 49.74 ސިކުންތުން ނިންމާފައިވާ ރެކޯޑެކެވެ.
އީންގެ އެ އިވެންޓް ގައުމީ ރެކޯޑަކަށް ވާނީ ސްވިމިން އެސޯސިއޭޝަނުން، ގައުމީ ރެކޯޑެއްގެ ގޮތުގައި ލިސްޓް ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
24 October 2022
ވަރަށް ބޮޑު މަރުހަބާ..
މަޒް
24 October 2022
ލިސްޓު ކުރިއަސް ނުކުރިއަސް ގައުމީ ރެކޯޑެއް އެއީ..
ފަރޭ
25 October 2022
ފައިސާ ހުރިއްޔާ ކަންކަންވާނެ. މީގެކުރިންވެސް ގަުމީ ރެކޯޑަށް ވުރެ ބާރަށް އެކި މުޞަރާތްތަކުގައި ފަތާފައި އެބަހުރި. ގައުމީ ރެކޯޑަކަށް ވަނީ ރާއްޖޭގެ ގައުމީ ޓީމް ތަމްސީލް ކުރާ އިންޓަނޭޝަނަލް އިވެންޓްތަކުގައި ހަދާ ރެކޯޑްތަކަށް.. އެހެން ނޫނީ ކޮންމެ މީހަކުވެސް ގޮސް ކޮންމެ ފެންވަރެއްގެ ތަނެއްގައިވެސް ރެކޯޑެކޭ ބުނެވިދާނެ.