ޗާގޯސްގެ ރަށްތައް
26 އޮކްޓޯބަރ 2022 - 07:15
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުން ފުށުއަރާ ސަރަހައްދު ބަހަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގައި ރާއްޖޭން ދޫ ދީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލީ ކަމުގެ ތުހުމަތަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ރައްދު ދެއްވައި މާ ކުރިން "ފޯޅަވަހީގެ ބައުންޑަރީ" ކަނޑައަށް ރާއްޖޭން ވާހަކަ ދެއްކި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ފައްޔާޒްގެ ޓްވީޓެއްގައި އެއްސެވީ 1992 ގައި އޭރުގެ އެޓާނީ ޖެނެރަލް އިނގިރޭސިވިލާތާ އެކު ދިވެހިރާއްޖެއާ ފޯޅަވަހީގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަދެކެވުނީ ކީއްވެތޯ އެވެ.
ފައްޔާޒް އިޝާރާތްކުރެއްވި ވާހަަކަތަކުގެ މައުލޫމާތު އެނގޭ ބޭފުޅުން ވިދާޅުވި ގޮތުގައި ޗާގޮސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ބެހުމާ ބެހޭ ގޮތުން އިނގިރޭސި ވިލާތާ އެކު 1992 ވަނަ އަހަރު މަޝްވަރާ ބައްދަލުވުމެއް ބޭއްވި އެވެ. އެކަމާ ގުޅުން ހުރި ބައެއް ލިޔުންތަކުން ފެންނަ ގޮތުގައި އެއީ 1992 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ކުރި މަޝްވަރާއެކެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިމުގައި މައްސަލަޖެހިގެން އުޅޭ ހިސާބު (ދަނބު ކުލައިން ފާހަގަކޮށްފައި)
މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތް ހުރިހާ ބޭފުޅުންނަކީ ވެސް ފޮރިން މިނިސްޓްރީގެ ބޭފުޅުންނެވެ. ފައްޔާޒްގެ ޓްވީޓްގައި "އޭރުގެ އެޓާނީ ޖެނެރަލް" އޭ ވިދާޅުވި ނަމަވެސް އެ މުއްދަތުގައި ސީދާ އެޓާނީ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ހުންނެވި ކަމެއް އެނގޭކަށް ނެތެވެ.
އެކަމަކު ފައްޔާޒް ރައްދު ދެއްވާފައި ވަނީ ރާއްޖެ-މޮރިޝަސް މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ދައްކަވާ ވާހަކަތަކަށް ކަމަށްވާ ނަމަ އޭނާ އަކީ އޭރު ފޮރިން މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ހަމައެކަނި ފޮރިން މިނިސްޓްރީގެ ބޭފުުޅުން ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައީ އިމުން ފުށުއަރާ ސަރަހައްދު ބެހުމުގައި އިކިއުޑިސްޓެންޓް ޕްރިންސިޕަލް ބޭނުންކުރުމަށެވެ. މުނައްވަރު އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަންޔަންކުރެއްވީ ނޮވެމްބަރު 11، 1993 ގަ އެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަޒު ޗާގޮސް މައްސަލާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެއީ ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއް ކަމަށް ގަބޫލުކޮށްގެން ތިބެ ކޮށްފައިވާ މަޝްވަރާއެކެވެ. އޭނާ އެ މަޝްވަރާގެ މުހިންމު ބައެއް ޕޮއިޓްތައް ފާހަގަކުރެއްވި އެވެ.
● ޗާގޮސްއާ ފުށުއަރާ ބޯޑަރުގެ ދެ ގައުމުގެ ބަހާލުމުގެ ކުރިން ރާއްޖޭން އެކަމަށް ބޭނުންވާ ގާނޫނުތައް ހަދާނެ ކަމަށް ބުނި
●ބޯޑަރު ބެހުމުގެ އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރާނީ ރާއްޖޭގައި އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑައެޅުމާ ބެހޭ އަދި އެކަމާ ގުޚުން ހުރި ގާނޫނުތަކަށް މިކަމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނެސްފައި ކަމަށް
● ދެ ފަރާތަށް ވެސް އެންމެ ފައިދާ ބޮޑުވާނީ އިކުއިޑިސްޓެންސް ފޯމިއުލާ އެޕްލައިކޮށްގެން ކަމަށް އެއްބަސްވި.
"އެއީ ޗާގޮސް ކޮންޓްރޯލްކުރަމުން އަންނަ އިނގިރޭސި ވިލާތުން އިސްނަގައިގެން ކުރި މަޝްވަރާއެއް. ދެ ގައުމުން ވެސް ބޭނުންވީ އިކިއުޑިސްޓެންސް އެޕަލައިކޮށްގެން އެ ސަރަހައްދު ބަހަން." އޭނާ ވިދާޅުވި އެވެ.
އެއީ ފުށުއަރާ ހިސާބު ވީހާވެސް އިންސާފުވެރި ގޮތަކަށް ހަމަޔަށް ބަހާލަން ބޭނުންކުރާ މެތަޑެކެވެ. އިޓްލޮސްގައި މިހާރު ވެސް ރާއްޖޭން އެދެނީ އެގޮތަށެވެ.
މި މަޝްވަރާތަކަށް ފަހު ރާއްޖޭން ވެސް ބޭނުންވާ ބަދަލުތަކާ އެކު އެއްބަސްވުމުގެ ޑްރާފްޓެއް ހެދި އެވެ. އަދި އިމުގެ ސަރަހައްދު ބަހާނެ ގޮތުގެ ޗާޓުތައް ވެސް ހުށަހަޅައި އެއާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. މި ހުރިހާ ކަމެއް ކޮށްފައިވަނީ އެއީ އިނގިރޭސިންގެ ތަނެއް ކަމަށް ބަލައިގެންނެވެ. ޗާގޮސް ލިބެން ޖެހޭނީ ރާއްޖެއަށޭ ބުނެފައެއް ނުވެ އެވެ.
ޗާގޮސްގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ސަރަހައްދާ ފުށުއަރާ ހިސާބު މި ހުރިހާ ދުވަހު އޮތީ ދޫކޮށްލައިފަ އެވެ. އެތަނާ މެދު އިނގިރޭސި ވިލާތުން ވެސް ރާއްޖެއަށް ޝަކުވާއެއް ނުކުރެ އެވެ. އެކަމަކު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން، ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮންނާނެ ކަމަށް ބުނެ ލަަފަޔަށް ރިއާޔަތްކޮށް މޮރިޝަސް އިން ބޭނުންވީ އެ ގައުމުން ބޭނުންވާ ގޮތަށް އިން ކަނޑައަޅާށެވެ. އިޓްލޮސްގައި މި މައްސަލަ ފެށީ އޭގެ ފަހުންނެވެ.
ރާއްޖޭން ކޮންމެ ވިސްނުމެއްގައި ތިބި ނަމަވެސް ދެން ޖެހޭނީ އިން އަލުން ކަނޑައަޅައި، ފުށުއަރާ ސަރަހައްދުން ބައެއް ދޫކޮށްލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރުއަރާ
28 October 2022
ފޯޅަވަހި ބޭނުންވެގެން އުޅޭ ދިވެހިންނަށް ހޭއަރާނީ ކޮން ދުވަހަކުންބާ؟ ކައިރީގަ އޮތަސް ދުވަހަކުވެސް މިގައުމުން ހޯދަން އުޅުނު ތަނެއް ނޫން ފޯޅަވައްސަކީ. ކައިރީގަ އޮތީތީ އެގައުމަކަށް ތަންތަން ލިބެންވާނަމަ އިންޑިއާ ކައިރީގަ އޮވެގެން ރާއްޖޭގެ އުތުރުގެ އަތޮޅުތައް އިންޑިއާއަށް ލިބެންޖެހޭ ކަމަށް އެމީހުން ކިޔަން ފަށައިފިނަމަ ދެން ކިހިނެތްބާވާނީ؟
hasan
27 October 2022
މިރާއްޖެ މިހާރު އެދެނީ ، ހަރުދަނާ ، ހަރުކަށި ވާންޖެހޭ ތާގައި ފިސާރި ހަރުޖަށި ވެވޭ ޒާތުގެ ، އަދުލު ވެރިއެއް ، ބުނެލަން ފިސާރި ލުޔަސް ، މިއީ ނިކަން އުދަގޫ މަރްހަލާއެއް . މިފަހަކުން ފެނުނު ޔާމީން . އެބޭފުޅާގެ ހުރޭ އަޅުގަޑު މިދެންނެވި ސިފަތައް . ދެރައީ ކާލިވަރުން ، އެފާޑުގެ ވެރިއެއް މިރާއްޖެއަށް ބޭނުން ވަނީ ! އެކަމަކު ، މިހާރު ވަކިން ކުޑަތޯ ޕަކަޅާ ކޮއްލާވަރު ؟ ބުނާތީ އިވޭގޮތުގައި ، ޔާމީނު ނުވާނެއޯ ހުވަދަކަށް ވެސް ، މި ސޯލިހު އުޅޭނީ މާކުރީގައޯ . . .
ފަލސްތީ
27 October 2022
ވަރައް ކަޑަސަރުކާރެއް
ޝޮކްތެރަޕީ
26 October 2022
ރާއްޖޭގަ އންނަ ރައްތަކެއް މޮރިޝަސްއައް ލިބެންޖެހޭނެ އެއްވެސް ސަބަބެއް ނެއް. މީ ސީދާ ދިވެހިންގެ ތަނެ. އެފްރިކާޔާ އޭޝިޔާއާ އެއްވެސްގުޅުމެއްނެއް.
އެމެރިކާ
26 October 2022
އެމްޑީޕީގަ އޮތީ ދޮގާ މަކަރާ އޮޅުވާލުން
މުޙުއްމާ
26 October 2022
މިއުވާން ސިކުނޑި ހަމަޖެހޭތޯ ބަލަން އެބަޖެހޭ. އިނގިރޭސި ވީލާތާ ދެކޮޅަށް ވޯޓް ދިނަސް އެމީހުން ރުޅި ނައައްނާނެއޭ ބުނީމަ ހަމަ ހިނިއައްނަނީ.
ހާމިދު ޝާހިދު
26 October 2022
ފައްޔާޒު އަހަރުމެންގެ ބޯކާލަން ފާޑު ފާޑުގެ ވާހަަކަ ދައްކާނެކަމެއްނެތް. މައުމޫނު ދައުރުގައި އެމަނިކުފާނަކީ "ނޮންއަލައިޑް" މޫވްމަންޓު ވެފައި ހުންނެވި ބޭފުޅެއްވީމާ. މިބާވަތުގެ ކަންކަމުގައި މާކަބޮޑަކަށް އަނގައެއް ނުތަޅުވާނެ. މަޑުމަޑުން ހުންނަވާނީ. ރާއްޖޭގެ ދިފާއުގައި އިންޑިއާއާ ދެކޮޅަށްވެސް ބަހެއް ބުނެލަން ކުރުނު ލީޑަރަކަށް އައީ ރައީސް ޔާމީން. އެމަނިކުފާނު އީރާނާވެސް ގުޅުން ކަނޑާލި ނޫންތޯ. އެފަދަ ލީޑަރެއް ގެނެސްގެން ދެން ފޯޅަވަހި އަނބުރާ ހޯދޭނީ.
އަލިބެއްޔާ، އެކުވެރިސުވައިދީބް
26 October 2022
އަމިއްލަ މަސްލަހަތު އިސްކޮށް އެބަޔަކަށް ކަންކަން ފަހިވާނެހެން ކޮންމެފަދަ ވާހަކައެއްވެސް ދެއްކިދާނެ، އެހެނަސް ކަމުގެ ހަގީގަތާއި ތާރީޚް ބަދަލެއް ނުކުރެވޭނެ. ޚާއިނުންނާއި ޤައްދާރުން އަބަދުވެސް އުޅޭކަން ދިވެހި ތާރީޚް ހެކިދެއެވެ. "އިލާހީ މިބިން ކުރައްވާށި އަމާން، މިއަޅާގެ އުފާން ދިވެހިންގެ މިބިން."
ޖަޒުބާތު
26 October 2022
މިހާރު ހުރި ރަށްތައް ވެސް ރަގަޅަށް ނުބެލިގެން އުޅޭއިރު މަލިކަކާ ފޯއްވަޅިއަކާ ނުލިބިގެން މިއުޅެނީ އޯ. ތިޔަ ތަނެއް ލިބޭއިރަށް ބަދަރަކާ ފުޓްސެލް ދަޑަކާ ވޮލީ ކޯޓެއް އަޅަން ޖެހޭނެ. ތިޔަ ކަމެއް ކުރަން ހަދާގެން ދަރާ ވިކެނީ މިއޮއް.
ޢަލިމަނިކު
26 October 2022
މިރާއްޖެއަކީވެސް މަރުނުވެ ދިރިއޮތް އާބާދީއެއް އޮތް ރާއްޖެއަކަށްވާއިރު، އަދި ޤައުމުގެ އާބާދީ އިތުރުވެ ބިންބޮޑެތޮ ރައްތައްކަުގައި އާބާދުކުރުމާއި، ބޮޑެތި ބިން ނެތިގެން އެއްފަސްކުރުމުގެ ބޭނުމުގައި ފަޅު ހިއްކަމުންދާ ޒަމާނެއްގައި ރާއްޖޭގެ ޖިއޮގްރަފީ ޗާޓުގައި އެންމެ 600ކމ ކައިރީގައިވާ ދުނިޔޭގެ އެންމެ ބޮޑު އަތޮޅު ހޯދަން އުޅުމަކީ ރަނގަޅު ކަމެއް. މޮރިޝަސް އޮތީ ފޯޅަވައްސާއި މާދުރުގައި 2100ކމ ދުރުގައި އެފްރިކާ ބައްރުގެ ކަރައިގެ ގޮނޑުދޮޑުގައި.
އަލިމަނިކާ
28 October 2022
ރާއްޖެއަކަށް ނެތޭ ފުރުސަތެއް ފޯޅަވަހި ހޯދާކަށް. ބޮޑުބޭބެ އިންޑިއާވެސް ގަބޫލުކުރާނެ އެކަން. ދިވެހިންނަށް ވެގެން މިއުޅޭ ގޮތެއް އެބަ ބަލަންޖެހޭ. އެއްދުވަހު ހޭލާފަ ފޯޅަވަހި ބޭނުންވެގެން އުޅުނަކަސް އެކަން އެހެން ވާކަށް ނޫންކަން އޮންނަނީ އެނގޭނެ ކަމާބެހޭ މީހުންނަށް. ކިތަންމެ ކައިރީގަ އޮތަސް ލިބެން ނެތް ތަނެއް ނުލިބޭނެ. ތާރީޚުގައި އެތަނެއްގެ މިލްކުވެރިކަން ލިއެވިފަވާ ގޮތް އެއީ ބަލާ އުޅޭނެ އެއްޗަކީ. އިންޑިއާއާ ކައިރިކަމުން ހަނިމާދޫ ހޯދަން އުޅެފިނަމަ ކީކޭ
ފެހެންޑިވްސް
26 October 2022
ފެހެންދީބް މައްސަލައިގަ އަދިވެސް ވަކާލާތު ކުރަންޖެހެނީ އަބަދުވެސް ރާއްޖޭގެ މަސްލަހަތު އޮންނަގޮތަށް އެތަނަކީ މޮރިޝަސް ސީދާ ބަޔަކު ވަޒަންވެރިވި ތަނެއްނޫން. އަނެއްކާ އެތާ އެކި އެކި ސަބަބުތަކާ ހެދި ވަޒަންވެރިވި މީހުންވެސް އެބަބުނޭ ދެކޮޅޭ ސިޔަދަތީ ބާރު މޮރިޝަސް އަށް އޮންނަން. އެތަން ބާއްވައްވީ އެއްވެސް ބަޔަކު ކުލެއިމް ނުކުރާ ތެނެއްގޮތުގައި އޭރުން ރާއްޖެޔަށް ފައިދާވަނީ.އެތަން މޮރިޝަސް އަށް ލިބިއްޖެނަމަ ރާއްޖެޔަށް ވަނީ ގެއްލުންކަން އެންމެނަށް އެބައިނގޭ
ސްމޭޝ
26 October 2022
ކޮން ފެހެންދީބެއް ތިކަިޔަނީ؟ ދިވެހި ތާރީޚުގައި ދުވަހަކުވެސް ބަޔަކު ފޯޅަވައްސަށް ފެނެހްނދިބޭ ބުނެފައި ޥާކަން އެނގޭކަށެއް ނެތް؟