ޚަބަރު / ރާއްޖެ-މޮރިޝަސް

ޗާގޮސް މޮރިޝަސްއާ ހަވާލުކުރަން ވޯޓު ދިނަސް އިމުގެ މައްސަލަ ދޫނުކުރާނެކަން ވާނީ އަންގާފައި: ފޮރިން މިނިސްޓްރީ

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ ހިލާފާ ގުޅޭ ގޮތުން އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ރާއްޖޭގެ ގާނޫނީ ޓީމުން މަސައްކަތްކުރަނީ

25 އޮކްޓޯބަރ 2022 - 07:52

24 comments

ޗާގޯސްގެ ޑީކޮލޮނައިޒޭޝަން ނުވަތަ އެ ރަށްތައް އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެން ހުށަހަޅާ ގަރާރަކަށް އދ.ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ރާއްޖޭން ނިންމި ނަމަވެސް ކަނޑުތަކުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ އިމުގެ މައްސަލާގައި ރާއްޖޭން މޮރިޝަސް އަށް ދޫ ނުދޭނެކަން އެ ގައުމުގެ ސަރުކާރަށް ވާނީ އަންގާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދިވެހިރާއްޖޭގެ ދެކުނަށް އޮތް ޗާގޮސްގެ އިސްތިއުމާރު އިނގިރޭސި ވިލާތުން ނިމުމަކަށް ގެނެސް އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ފެބްރުއަރީ 2019 ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ކަނޑައަޅާފައިވަނީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމަށެވެ. އެކަމަކު އެ ލަފާ ތަންފީޒުކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ހުރިހާ ގަރާރަކަށް ހުރިހާ ސަރުކާރެއްގައި ވެސް ރާއްޖޭން ވަނީ ދެކޮޅުހަދައިފަ އެވެ. މި ވިސްނުން މިހާރު ބަދަލުކޮށްފައިވާކަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހިނގަމުންދާ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ރާއްޖޭން ވަނީ ހާމަކޮށްފަ އެވެ.

މިގޮތަށް ވިސްނުން ބަދަލުކުރުމަކީ އިޓްލޮސްގައި ހިނގާ މައްސަލަ މޮރިޝަސް ކޮޅަށް ނިންމަން އެޅުނު ބާރެއް ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

"އަދި އދ.ގެ އާންމު މަޖިލީހުގައި ޗާގޮސްގެ މައްސަލައާ ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފި ނަމަ، އެ ގަރާރަށް ވޯޓުދިނުމުގެ ކުރިން "އެކްސްޕްލެނޭޝަން އޮފް ވޯޓް" ގެ ފުރުސަތުގައި، އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެއް ކަމުގައި ބުނުމަށް ނިންމައި، އެކަން މޮރިޝަސްގެ ސަރުކާރަށް ވާނީ އަންގާފައެވެ." ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިލާފް އުފެދޭ ސަރަހައްދު ދަނބު ކުލައިން ފާހަގަކޮށްފައި

އެ ބަޔާނުގައި ބުނެފައިވަނީ 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށް ފަހު ސެޕްޓެމްބަރު 21، 1965 ގައި އދ.ގެ މެންބަރަކަށްވެ، ރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުން ވެސް އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ވަނީ އުފުލާފައި ކަމަށެވެ. މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދެމުން އައިސްފައިވާ، ދެގޮތެއްނުވާ ކޮންސިސްޓަންޓް ސިޔާސަތެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މިގޮތުގެ މަތިން ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން ލިބުމަށް ފަހު ދުނިޔޭގެ އެކި ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ހުރި އެތައް ގައުމެއް މިނިވަންވެ، އދ.ގެ މެންބަރުންގެ ގޮތުގައި މިއަދު އެބަތިއްބެވެ. އަދި އެހުރިހާ މައްސަލަތަކަކަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރުތަކަކުން ވަނީ ތާއިދުކޮށްފައެވެ." އިސްތިއުމާރުތައް ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން ރާއްޖޭން ދަމަހައްޓަމުުން އަންނަ ސިޔާސަތު ބަޔާންކޮށް ބުނެފައިވެ އެވެ.

ވިސްނުން ބަދަލުކުރީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ގުޅުމަށާއި ދިވެހިރާއްޖެ މިނިވަން ވީއްސުރެ އދ.ގެ އާންމު މަޖިލީހުގައި ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް: ފޮރިން މިނިސްޓްރީ

ނަމަވެސް އައިސީޖޭ އިން މޮރިޝަސްއާ އެއްކޮޅަށް ނެރުނު އިސްތިޝާރީ ލަފައާ ގުޅުވައި މޮރިޝަސް އާއި އެފްރިކާގެ ގައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތް (ނޮން އެލައިންޑް މޫވްމަންޓް) ގެ ގައުމުތަކާ ގުޅިގެން މެއި 22، 2019 ގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ރާއްޖޭން އޮތީ ދެކޮޅު ހަދައިފަ އެވެ. އޭގެ ކުރިން 2017 ގައި ވެސް ވަނީ ދެކޮޅަށް ވޯޓު ދީފަ އެވެ.

އެންމެ ފަހުން 2019 ގައި ރާއްޖޭން ދެކޮޅަށް ވޯޓު ދިން ގަރާރުގައި އޮތީ ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް، މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައިފަ އެވެ. އެ ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނީ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީއެލްސީއެސް) އަށް ޖުލައި 26، 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އެކަމަށް އިއުތިރާޒުކޮށް މާޗް 24، 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ މި ވިސްނުން ބަދަލުކުރީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ގުޅުމަށާއި ދިވެހިރާއްޖެ މިނިވަން ވީއްސުރެ އދ.ގެ އާންމު މަޖިލީހުގައި ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށެވެ. އަދި އެފަދަ ގައުމުތަކަށް ތާއީދުކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކޮންސިސްޓެންސީ ހިފެހެއްޓޭނެ ގޮތްކަމުގައި ފެންނާތީ އެގޮތަށް ނިންމީ ކަމަށް ބަޔާނުގައިވެ އެވެ. އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިޓްލޮސް ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށް ސަރުކާރުން ބުނާ ބުނުން ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.

"ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. އަދި ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫނެވެ."

އދ.ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމަކު ރާއްޖޭގެ ފަރާތުން އިޓްލޮސްގައި އިސްކޮށް ވަކާލާތުކުރައްވާ ޕްރޮފެސަރު ޕަޔަމް އަޚަވަން ރޭ ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި ގޮތުގައި ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖޭން ބައެއް ނުގެއްލޭނެ އެވެ. ހިލާފް އުފެދިގެން އުޅެނީ ދެ ގައުމުގެ އިން ފުށުއަރާ ސަރަހައްދުގެ 3000-4000 ކިލޯމީޓަރުގެ ސަރަހައްދަކާ މެދުގައި ކަމަށާއި އެއީ ފުށުއަރާ ހިސާބުގެ އެންމެ ފަސް ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.

24 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 8%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންކޮއި

25 October 2022

އަނެއްކާވެސް އާ ކާޕެޓް ދިނީމަ ދޯ އެއްބަސްވި؟

The name is already taken The name is available. Register?

ދިވެހިސަލީމް

25 October 2022

މިގޮތަށް ކިޔާބަލަ ސާފުވާނެ ހެން.( ފޯޅަވެހި ދޫކޮއްލަން ނިންމައިފީ މޭ ، އެކަމަކު ކަނޑު ގެ ސަރަހަދުން 200މޭލު ލިބޭ ތޯއޭ މިއުޅެނީ.. ލަފާ ކުރެވެނީ ޖެހޭނީ 50-50 ހަދަން ށޭ.މިޔޭ މިކަން އޮންނަ ގޮތަކީ).

The name is already taken The name is available. Register?

ދޫކޮއްލީޔޭ

25 October 2022

ރާއްގެއިން ޖެހޭނެ 200 މޭލުހޯދަން.. އެކަން ނުކޮއް ދޫކޮއްލާފަ މިކިޔަނީ ކީކޭ؟؟ އޮޅުވާލަންނޫޅޭ... 200 މޭލޫ، ނުވަތަ ތިފޮޓޯއިން ފެންނަގޮތުގަ ޓާކޮއިސްކުލައިން ތިއިނީ ރާއްޖޭގެ ބައެއް، މިހާރު ދޫދިފާ ހަމަ ބައި އަޅަނީ.. މަ ބުނާނީ ދިވެހިން މަސްވެރިންނަވެފަ، އަދި ފިއުޗާގަ ފޯޅަވައްސަކީ މޮރިށެސް ތަނަކަށްވިނަމަވެސް ފުރަތަމަ ހިނަގަމާހޭ މި 200 ސެކުއާކުރަން ހިފަމާ.. އެކަމަކު ތިޔޮށް ދޫކޮއްލީޔޭ

The name is already taken The name is available. Register?

ޙިނި

25 October 2022

ލަދަކާހެދި ތަދެއް ނުފިލާނެ. ކާކައް ބުނަން ކެރޭނީ ފޯޅަވައްސަކީ އަދި މަލިކަކީ ރާއްޖޭކެބަެކޭ. ބުނަން ނުކެނުނީ ތީ މިތަންތަން ގެއްލުނީ. ދެން ވެސް ހިޔަޅުވިސް ނުމުން ރާއްޖޭގެ އަތޮޅުތައް، ކަޑުގެ ސަރަހައްދު ބާރުގަދަ ގައުމުތައް ދަމައިގަންނާނެ. އެކަމައް ފޫގަޅައިގެން އިންޑިޔާ މޮރިޝަް އެއޮތީ.

The name is already taken The name is available. Register?

ޙިނި

25 October 2022

ޖޯގްރަފިކަލީ އަދި ތާރީހް ދައްކާ ގޮތުން ރާއްޖޭގެ ރައްތަކެއް މޮރިޝަސް އިން ޖައިގަންނައިރުވެސް މިތިބެނީ އަނގަނަގައިގެން. އަދިވެސް ނޫޅޭ މިރައްތައްކައް ކައުޓާ ކުލެއިމެއް ހުޝަހަޅާކައް. އެއްޒަމާނެއްގަ އިންގިރޭރިން ބޮޑުބޭބެ، މިހާރު އިންޑިޔާ ބޮޑުބޭބެ، ދެންތިބި މީހުން ވެރިކަމައް އަރައިފިއްޔާ ޗައިނާ ބޮޑުބޭބެ. ދިވެހި ވެރިންނައް މިތިބެބީ ސްޓްކްހޯލްމް ސިންޑުރޯމް ބަލިޖެހިފަތަ. ދިވެހިންނައް މަލިކު ގެއްލުނުގޮތް ވެސް އެއުލެނީ ފޮރުވައިގެން.

The name is already taken The name is available. Register?

ގިނި

25 October 2022

ރާއްޖެއިން އެތަނަށް ކްލެއިމްކުރަންވީ ދުވަސް މާބޮޑަށްވެސް ފާއިތުވެ ގޮއްސި. މޮރިޝަސްއަށް ޗޭގޮސް ލިބެންވާނެ ކަމަށް ނިންމި އައިސީޖޭގެ 13 ޖަޖުންނާ 116 ގައުމުން ތާރީޚާ އެހެން ކަންކަން ނުބަލައެއް ނޫން އެގޮތަށް ނިންމީކީ. ޗޭގޮސް އެއީ މޮރިޝަސް އަށް ގެއްލިގެން އުޅޭ ތަނެއް، ރާއްޖެއިން އެތަން ގެއްލިގެން ދުވަހަކުވެސް ނުއުޅޭ. މޮރިޝަސްގެ ގާނޫނު އަސާސީގައި އެތަނަކީ އެމީހުންގެ ތަނެއް ކަމަށް ލިއެވިފައިވަނީ މާ ކުރިއްސުރެ.

The name is already taken The name is available. Register?

ޕަދުމާޖީ

25 October 2022

އެއްމައްސަލައެއްގަވެސް ދޫދޭކަށްނުޖިހޭ ދޫދީފިނަމަ އެކަމުގެ ނުރައްކާއަންނަން އޮތްޖީލުތަކަށް އިންތޮހާއަށް ނުރައްކާވާނެއެވެ.ފަހުންބުނާނެ ފޯޅަވަހިން ދުއިސައްތަ މޭލުބޭކަންޑުގެ ސަރަހައްދަކީ ފޯޅަވަހީ ބައެކޭ އަނެއްކާވެސް މިއައްވުރެ ބޮޑުމައްސަލައެއްއުފެދޭނީ ގައުމުގެވެރިންއެތިބ އިންޑިއާށް ވިކިހުސްވެފަ

The name is already taken The name is available. Register?

ދިވެހިއްޔާ

25 October 2022

މޮރިޝަސް މީހުން މާ ބޯބޮޑެއްނު އެމީހުން އެވިސްނަނީ އެމީހުންގެ އިގްތިސާދު ކުރިއަރުވަން. ފެހެންދީބަކީ ރާއްޖެޔަށްވެސް ކްލޭމް ކުރެވޭނެ ތަނެއް އެކަމު ދިވެހި ސަރުކާރުތަކުގެ އިގްސާދީ ވިސްނުން ނެތީމަ އެތަނަށް ބަސް ނުކިޔާ އޮތީ.މޮރިޝަސް މީހުން ބޯ ހުރޭ މޮރިޝަސްއަށްވަންޏާ ކީއްވެ ރާއްޖެޔަށް ނުކުރެވެންވީ.ކީއްވެ ފެހެންދީބާ ފޯޅަވަހި ކުލޭމް ނުކުރެވެންވީ.

The name is already taken The name is available. Register?

ނުކުރެވޭނެ

25 October 2022

ރާއްޖެއަކަށް އެކަމެއް ނުކުރެވޭނެ ކިތަންމެ ބޭނުންވިއަސް. ތާރީޚު ދައްކަނީ އެއީ އިނގިރޭސިން މޮރިޝަސްއަށް އަނބުރާ ދޭންޖެހޭ ތަނެއް ކަމަށް. ޗޭގޮސްއިން ބޭރުކުރެވުނު މީހުން ދެކެނީ ޗޭގޮސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް. އައިސީޖޭއިންނާ ދުނިޔޭގެ 116 ގައުމަކުން ދެކެނީ އެތަން ލިބެންވާނީ މޮރިޝަސްއަށް ކަމަށް. މޮރިޝަސްގެ ގާނޫނު އަސާސީގަ މާ ކުރިން ލިއެފައި އޮތީ ޗޭގޮސް އެއީ އެމީހުންގެ ތަނެއް ކަމަށް. ދިވެހިން މިހާރު އެކަމަށް ބޭނުމުގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

ހުސައިން 803

25 October 2022

ކޮންކަހަލަ ކޮސްވާހަކަ ތަކެއް އަރާތިބެ މިދައްކަނީ.. މޮރިސަސް އިން ފުރަތަމަ މިކުރާކަމީ ޗާގޮސް އާކިޕެލާގޯ އަކީ އެމީހުންގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމާއި އެތަން ހޯދުމުގެ މަސައްކަތް. އޭގެ ފަހުގައި އޮންނާނީ އިން ބައިކުރުމުގެ މަސައްކަތް. ކޯޓްތަކުން ސަރީއަތް ނިމެނީ ދޫދީގެންތޯ؟ ޗާގޮސް އާކިޕެލާގޯ އަކީ މޮރިސަސް ގެ ތަނެއްގެ ގޮތުގައި އަދި އެއްވެސް ތާކުން ކަނޑަނާޅާ. ވަރަށް ބޮޑު ޑީއެއްހަދައިގެން މިއުޅެނީ އިންޑިއާއެކު.

The name is already taken The name is available. Register?

ކޮސްވާހަކަ

25 October 2022

މޮރިޝަސްއިން އެކަމާ އުޅޭތާ ކިތައް އަހަރުބާ ވީ؟ އިނގިރޭސިން މޮރިޝަސް ދޫކޮށްލިއިރު މޮރިޝަސްގެ ޗާގޮސް ނުދިނީ އިނގިރޭސިންގެ އަމިއްލަ ބޭނުމަށް އެމެރިކާއާއެކުވެގެން އަސްކަރީ ތަނެއް އެތަނުގަ ހަދަންވެގެން. އައިސީޖޭގެ 13 ޖަޖުންގެ އޮޕިނިއަން އެއީ އެއްޗެއްކަމަށް ނުބަލާ އދ.ގެ ގަރާރަށް ތާއީދުކުރި 116 ގައުމު އެއީ ގައުމުތަކެއްކަމަށް ނުބަލާ ތިބޭހާ ހިތްވަރު ރާއްޖޭގައި އެބަހުރިތަ؟ ޗާގޮސް މޮރިޝަސްއަށް ލިބުމާ ގާތްއިރު މޮރިޝަސްއާ ދެކޮޅުވެގެން މާ މޮޅުތަކެއްބާވާނީ

The name is already taken The name is available. Register?

މުކޮސްސްސް ލިބި ނުލިބި

25 October 2022

ދަނަނަވާލުމެއް. ދެންފަހެ، މޮރިސަސަް އަށް ޗާގޮސް ދިނަސް ދެން ކަނޑުގެ ސަރަހައްދު ކަނޑައަޅާއިރު މޮރިސަސް އިން ދޫ ނުދޭނެ. ބޮޑުބައެއްް ދަމާ ގަންނާނެ. ހޭއަރާ .ނާސިރު ދައުރުގަ ޗާގޮސް ރާއްޖެ އާއި ހަވާލު ކުރުމަށް އަންގާފައިވޭ. ޗާގޮސް ދޫނުކޮށް ރާއްޖެއަށް ލިބޭގޮތަށް ވަކާލާތު ކޮށް ފިނަމަ ރާއްޖެ އަށް ލިބޭނެ ކަމަށް ދަންނަވަން. ރާއްޖެޢަ ކައިރީ ވެސް. ނޫންނަމަ މުކޮސްވެސް ނުލިބޭނެ ކަމަށް ދަނަނަވަން.

The name is already taken The name is available. Register?

ކާކުބުނީ

25 October 2022

ނާސިރު އިރު ކޮންއިރަކު އެންގީ. ހަމަ ވާހަކައެއް ހަދާލީ ތިޔަ. ރާއްޖެ ޗާގޮސްއަށް ދޫކުރޭތޯ ނުކުރޭތޯ އަދި އެއްވެސް ތަނަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތް. އެމައްސަލަ ސާފުކޮށްގެން ތިޔަ ކަހަލަ ވާހަކަ ދެއްކިއްޔާ މާ ރަގަޅުވާނެ. އިނގިރޭސިން މަކަރުން ނުހައްގުން މޮރިޝަސް އަތުން އަތުލި ތަނެއް ޗާގޮސްއަކީ. އިނގިރޭސިން ޗާގޮސްއާ އެއްކޮށް ދެން ދަމައިގަތް ސޭޝެލްސްގެ ރަށްތައް އަނބުރާ ސޭޝެލްސްއަށް ދިން ގޮތަށް ޗާގޮސް މޮރިޝަސްއަށް ދިނުން ރަގަޅު ގޮތަކީ.

The name is already taken The name is available. Register?

ފެރީސަބް

25 October 2022

އެއްވެސް ޒަމާނެއްގަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އައްޑޫއިން 200 މޭލަށް އޮތްތަ؟ ކުރިން އިނގިރޭސިންގެ ރަށްތަކެއް ވިއްޔާ އެމީހުންނާވެސް ފުށު އަރާނެ. އެކަމަކު ރާއްޖޭގެ މަސްވެރިން އެތަނަށް ގޮސް ބޯޓު ފަހަރު ދުއްވުމުން އެކަމާ އަޅާ ނުލުމަކީ އެެހެން ކަމެއް. ދިވެހި ދޯނި ތަކާ ސުވާލު ކޮށްފަ އެބަހުރި އެއްވެސް ފިޔަވަޅެއް ނާޅާ. އެއީ ތަފާތަކީ.

The name is already taken The name is available. Register?

އެއީ

25 October 2022

ރާއްޖެއިން މާ ކުރިން ހުށަހެޅި ހުށަހެޅުމެއް އެއީ 200 މޭލަށް އިތުރުކުރަން. ލޯ އޮފް ދަ ސީގައި ގައުމުތަކުގެ ވަށައިގެންވާ ކަނޑުތައް ބެހެނީ ހަމަހަމަކަމާ އެކުކަމާ ވަކި ގައުމެއް މަސްވެރިކަން ކުރާތީއާ އަނެއް ގައުމުން މަސްވެރިކަން ނުކުރާތީ ވަކި ގައުމަކަށް ލިބެންވާ ސަރަހައްދުން ބައެއް އުނިއިތުރު ކުރުމަކީ ލޯ އޮފް ދަ ސީގައި އޮންނަ ކަމެއް ނޫންކަމުގެ ތަފްސީލު އެކަން ރަގަޅަށް އެނގޭ ބޭފުޅާ ޓީވީއަށް އަރާ ދޭހިތްނުވީހެން ހީވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454