ޚަބަރު / ރާއްޖެ-މޮރިޝަސް

ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެ ތަމްސީލްކުރާ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ގޮތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށާއި ދެ ގައުމަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ދެ ގައުމުގެ އިގްތިސާދީ ސަރަހައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކަމަށް މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަތް، އިންޓަނޭޝަނަލް މެރިޓައިމް ލޯގެ ޕްރޮފެސަރެއް ކަމަށްވާ ޕަޔަމް ވިދާޅުވީ، ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދެއް ނުގެއްލޭނެ ކަމަށެވެ. ފުށުއަރާ ސަރަހައްދު އެއްކޮށް ރާއްޖެ އަށް ލިބެންޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި އެކަމަކު އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށް ވިދާޅުުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސުވާލެއް އޮތީ ދެ ގައުމުގެ އިން ފުށުއަރާ 100،000 އަކަ ކިލޯމީޓަރުގެ ތެރެއިން 3،000 - 4،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކާ މެދުގަ އެވެ.

އެއީ ހިލާފު އުފެދޭ ސަރަހައްދުގެ ގާތްގަނޑަކަށް ފަސް ޕަސެންޓުގެ ސަރަހައްދެވެ.

މިއީ ފުޓްބޯޅަ މެޗެއްގައި އޮންނަ ގޮތަށް އެއްބަޔަކު މޮޅުވެ، އަނެއް ބަޔަކު ބަލިވާ ގޮތަށް އޮންނަ ކަމެއް ނޫން...އެއްވެސް ބަޔަކަށް ހުރިހާ އެއްޗެއް ނުދޭނެ: ޕްރޮފެސަރު ޕަޔަމް

ކޮންމެ ގައުމެއްގެ ވެސް އިގްތިސާދީ ހާއްސަ ސަރަހައްދު ކަމުގައި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައި އޮންނަ 200 މޭލު އެއްކޮށް އެ ގައުމަކަށް ލިބެނީ އެހެން ގައުމެއްގެ އިމާ ފުށުނާރާ ގޮތަށް އޮތުމުން ކަމަށާއި ފުށުއަރާ ނަމަ އެ އޮންނަ އުސޫލަކުން ބަހަންޖެހޭނެކަން ޕަޔަމް ފާހަގަކުރެއްވި އެވެ. އޭނާ އިޝާރާތް ކުރެއްވީ އެގޮތަށް ބަހަން ޖެހުމުން ގެއްލޭ ބަޔަކީ އިގްތިސާދީ ސަރަހައްދު ގެއްލިގެން ދިއުން ނޫން ކަމަށް މާނަ ކުރައްވަމުންނެވެ. މިސާލެއްގެ ގޮތުން ދެއްކެވީ ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާ އަށް ބައެއް ދޭންޖެހިފައި އޮތުމެވެ.

ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް ބައެއް މީހުން ބުނާ ވާހަކައާ ގުޅޭ ގޮތުން ޕަޔަމް ވިދާޅުވީ ހިޔާލު ތަފާތުވާ ސަރަހައްދު ބަހަން ޖެހިގެން އުޅެނީ ރާއްޖޭން އދ. ގައި ވޯޓު ދޭ ގޮތެއްގެ ސަބަބުން ނޫން ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިން ފުށުއަރާ ހިސާބު ބެހުމުގައި ހިޔާލު ތަފާތުވާ ސަރަހައްދު (ދަނބުކުލައިން ފާހަގަކޮށްފައި)

އޭނާ ވިދާޅުވިގޮތުގައި، އިމުގެ މައްސަލަ ހައްލުކުރަން ޖެހެނީ މޮރިޝަސްއިން ހުށަހެޅި މައްސަލާގައި އައިސީޖޭގެ ނިންމުމަށް ބިނާކޮށް އިޓްލޮސް އިން މޮރިޝަސް އަށް އެ ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރެވޭނެ ކަމަށް ކަނޑައެޅުމުން ކަމަށެވެ. އެއާ އެކު އިން ކަނޑައެޅުމުގައި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ހިޔާލު ތަފާތުވެ އެ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރު ވެއްޖެކަން ޕަޔަމް ފާހަގަކުރެއްވި އެވެ.

ޕަޔަމް ވިދާޅުވީ މެރިޓައިމް މައްސަލަތައް ބަލައި ގޮތް ކަނޑައެޅުމުގައި އަމަލުކުރާ ގޮތްތަކެއް ހުންނަ ކަމަށާއި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމަކުން ޓްރައިބިއުނަލްގައި ހިނގާ މައްސަލަ އަށް އަންނާނެ ބަދަލެއް ނެތް ކަމަށެވެ.

ޕްރޮފެސަރު ޕަޔަމް ވިދާޅުވީ ރާއްޖޭގެ ކޭސް ވަރަށް ވަރުގަދަ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭން ޓްރައިބިއުނަލްގައި ވަކާލާތުކުރަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

މެރިޓައިމް އެކި މައްސަލަތަކުގައި އެކި ގައުމުތައް މީގެ ކުރިން ތަމްސީލް ކުރައްވާފައިވާ ޕަޔަމް ވިދާޅުވި ގޮތުގައި މޮރިޝަސް އާއި ރާއްޖެއާ ދެމެދު މާބޮޑު "ޑިސްޕިއުޓް"އެއް ނެތެވެ. މައްސަލަ ހައްލު ނުވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތަށް ކޮންމެ ގައުމެއްގެ އައްސޭރިފަށުން 200 މޭލު ގުނާއިރު ފުށުއަރާ ހިސާބު ބެހުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހިލާފަކީ މޮރިޝަސްގެ ބްލެމެން ރީފުން ފެށިގެން އެ ގައުމުން މިން އަޅަން ބޭނުންވާއިރު ރާއްޖޭން އެކަމާ ދެކޮޅު ހެދުމެވެ.

ޕްރޮފެސަރު ވިދާޅުވީ މިން އަޅަން ފަށަން ޖެހޭނީ ހިކިފަސް ރަށަކުން ފެށިގެން ކަމަށް ވާއިރު ބްލެމެން ރީފަކީ ހިކި ދިޔާގައި ނޫނީ ނުވެސް ފެންނަ ތަނަކަށް ވުމުން އެއީ ރަށެއްގެ ގޮތުގައި ޓްރައިބިއުނަލުން ބަލައިނުގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެއްވޭ ކަމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެ ތަމްސީލްކުރާ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ރާއްޖޭގެ ދިފާއުގައި ވާހަކަ ދައްކަވަނީ.

ރާއްޖޭން ވަކާލާތުކުރާ ގޮތަށް މައްސަލަ ނިމޭނެ ކަމުގެ އޮތީ ކިހާ ޔަގީންކަމެއްތޯ ސުވާލުކުރުމުން ޕްރޮފެސަރު ވިދާޅުވީ މި ކަހަލަ މެރިޓައިމް މައްސަލަތަކަކީ ވަކި ބަޔަކު މޮޅުވެ އަނެއް ބަޔަކު ހުސްއަތާ ދާންޖެހޭ ކަހަލަ މައްސަލަތައް ނޫން ކަމަށެވެ.

"މިއީ ފުޓްބޯޅަ މެޗެއްގައި އޮންނަ ގޮތަށް އެއްބަޔަކު މޮޅުވެ، އަނެއް ބަޔަކު ބަލިވާ ގޮތަށް އޮންނަ ކަމެއް ނޫން. މި ކަހަލަ މައްސަލަތަކުގައި ޓްރައިބިއުނަލުން ކޮންމެވެސް ވަރަކަށް ކޮމްޕްރަމައިޒް ކޮށްގެން ދެ ފަރާތަށް ވެސް އެ ބަޔަކު އެދޭ ގޮތަކަށް ކަންތައްތައް ކޮށްދެވޭތޯ ބަލާނެ. އެއްވެސް ބަޔަކަށް ހުރިހާ އެއްޗެއް ނުދޭނެ،" ޕްރޮފެސަރު ޕަޔަމް ވިދާޅުވި އެވެ.

ޕްރޮފެސަރު ވިދާޅުވީ ސުވާލަކީ ކޭސް ކާމިޔާބުވުމާއި ނުވުން ނޫން ކަމަށާއި ސުވާުލު އޮތީ މައްސަލަ އުފެދިފައިވާ ސަރަހައްދު ބަހާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ކަނޑައެޅުމާ މެދުގައި ކަމަށެވެ.

ޗާގޮސް އަކީ ރާއްޖޭގެ ބައެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވާހަކަ ދައްކަވާފައި ވާތީ، އެގޮތަށް ރާއްޖޭން ކްލެއިމް ކުރުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޕްރޮފެސަރު ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށާއި އައިސީޖޭ އިން މިހާރު ވަނީ ޗާގޮސް އަކީ މޮރިޝަސްގެ މިލްކެއް ކަމަށް ކަނޑައަޅާފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެހެންވެ އެތަން ދޫކުރެވެން ނެތް ކަމަށެވެ. އެ މަނިކުފާނުގެ އެ ވާހަކަފުޅަށް ބާރު ދީ، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައެއް އެހެން މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ.

65 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަން.

25 October 2022

ކުށްވެރިން ތަމްސީލުކުރާ ވަކީލުންވެސް އެއީ ކުށްވެރިއެއްކަމަށް ހީވިޔަސް ސަބަބުތަކާހެދީ ވަކާލާތު ކުރަންޖެހެނީ ވީހާވެސް ބޮޑަށް އެމީގެއްގެ ކޮޅަށް ބުރަވެ އެމީހަކު ދިފާއު ކުރަން. އެކަމަކު ރާއްޖޭގެ ފަރާތުން ރާއްޖެ ތަމްސީލުކުރަން ހުރި އިސް ވަކީލުގެ ވާހަކަ ތިހިރީ ރާއްޖެ ކޮޅަށް ބުރަވެފައެއް ނޫން. ތިއީ ފަނޑިޔާރުންގެ ބެންޗުގަ ކޮޅަކަށް ބުރަވެފަ ނެތް މީހެއްގެ ސްޓޭންޑް ނޫނީ އަނެއް ކޮޅަށް ވިކިފަ ހުރި މީހެއްގެ ސްޓޭންޑް.

The name is already taken The name is available. Register?

މުޖުކެޑާ

25 October 2022

ހިކިދިޔައިގައި ފެންނަ ލޯޓައިޑް އެލެވޭޝަންއަކީ މޮރިޝަސްގެ ބައެއްކަމުގައި ކަނޑައަޅާފައިވާ ރަށަކާ 12 ނޯޓިކަލް މޭލުގެ ތެރޭގައި އޮތްތަނެއް ނަމަ، މޮރިޝަސް ބޭނުންވާ ގޮތަށް 200 ނޯޓިކަލް މޭލުގުނަންޖެހޭނީ ބްލެނަމް ރީފުން ފެށިގެންކަމަށް ހާވާޑް ބެލްފަ ސެންޓަރގެ ލިޔުމެއް ކިޔާލީމަ އެނގުނު. މިހާރުން ބަލާދޭންވީ، ބްލެނަމް ރީފް އޮތީ މޮރިޝަސްއާ މިބުނާ ހިސާބުގަތޯ؟ އަދި މިހެން ބުންޏަސް ދެކުނު ޗައިނާ ކަނޑުން ޗައިނާވެސް ނިމުނީ އެއްޗެއް ނުލިބި. ކަންބޮޑުވުން އެބަހުރި

The name is already taken The name is available. Register?

ލޮލް222

25 October 2022

500 ނޯޓިކަލް މޭލެއް ނުން 320 ނޯޓިކަލް މޭލު ޗާގޯސް އާ ރާއްޖެއާ ހުރީ!

The name is already taken The name is available. Register?

މުގުރިހަވާދު

25 October 2022

ޕްރޮފެސަރު ގަޔަށްވާން ނުވާގޮތަށް ދެކޮޅުން ކާ ކަމަށް ބެލެވެނީ...................................

The name is already taken The name is available. Register?

ކޮރަލް

25 October 2022

ޕްރޮފެސަރު ޕަޔަމް އަށް ފުރުސަތެއް ލިބުނީމަ ސިޔާސީ މަދު ބަޔަކާ ގުޅިގެން އަމިއްލަ ފައިދާ ހިންގާލީ އެވެ. ގައުމީ މައްސަލަ އެއް އެންމެ ދެތިން މީހުން ބޭނުން ވާ ގޮތައް ނުނިންމޭނެ އެވެ. ސިޔާސީ މަންފާ އަކަށް ނޫނީ މަދު ފައިސާ ކޮޅަށް ގައުމުން ބައެއް ވިއްކާ ލަނީ އެވެ.

The name is already taken The name is available. Register?

ބޮޑުރިޔާ

25 October 2022

ސިޔާސީވެސް ވާންޖެހޭނީ ވަކިވަރަކަށް އިންޓަނޭޝަލް ކޯޓްން ހުކުމްކޮށްފައި އޮތްކަމެއްގާ ރާއްޖެއިން ވޯޓްލިޔަސް ނުލިޔަސް އެއަށްއަންނާނެ ބަދަލެއްނޯންނާނެ އަދި އެރާއްޖޭގެ މިލްކިއްޔާތަކަށް ނުވެސް އަންނާނެ މައްސަލަ ކޯޓްގައި ހިނގީއިރު އެކަމަށް ވަކާލާތުނުކޮށް ހުކުމްކުރުމުން އެއީ އަހަރެމެންގެ ތަނެކޭބުނުންކަޑަ މިހާރު އެއޮތީ ވަގުތުފާއިތުވެފާ ދެންރަނގަޅުވާނީ ގާނޫނަށް ތަބާވުން

The name is already taken The name is available. Register?

އަބްޑޫޅް

25 October 2022

އެ ނަމަކީ ޕަޔާމް އަޚަވާން پیام اخوان މިއީ ފާރިސީ ނަމެއް. އެއްކަލަ، ރަތްލާޖެހި، ލެޓިން އަކުރުން ލިޔެފަ ކިޔަން އުޅުނީމަ އިޝްޕެލިންކު އޮޅިފަ ތިޔަ އޮތީ.

The name is already taken The name is available. Register?

މުސްކުޅިޔާ

25 October 2022

މިތާ ކޮމެންޓް ކުރަންމިތިބޭ ގިނަމީހުން ނަކީ ގްރޭޑް ފަހެއްގެ ފެންވަރުގެ ތައުލީމެއްވެސް ނެތް ބަޔެއް. ބަލަ ކަލޭމެން ބަމިވެގެން ޑޮކްޓަރަށް ދައްކާފައި ޑޮކްޓަރާއި ޗެލެންޖް ކުރަންތަ. އެއީ ކަލޭމެންގެ އަމިއްލަ އެދުމުގެ ބޮޑުކަމުން ޑޮކްޓަރު ވަރައްމޮޅު ކަމަށް ބެލެނީ. އެކަމަކު މުނައްވަރު އަކީ މިދާއިރާއިން ޕީއެޗްޑީ ހައްދަވާ އަދި އެތައް ބައިވަރު ތަބުރިބާ ހޯދަވާފއި ހުރިބޭފުޅެއް.އެކަމަކު އެބޭފުޅާއާއކ ތި ޗެލެންޖު ކުރަނީ އަނގަ އޮތީމައި.

The name is already taken The name is available. Register?

މުސްކުޅި ބޭބެއަށް

25 October 2022

މުސްކުޅިޔާ ތިހުންނަނީ ފިކުރީ ގޮތުން އިސްތިޢުމާރުވެފަ. ޑޮކްޓަރެކޭ ނުވަތަ ޕީއެޗްޑީ ނުވަތަ ޕްރޮފެސަރެކޭ ކީމަ ދެން އެނގޭތޯ އެއީ ކިހިނެތް ކޯއްޗެއް ކިޔަވައިގެން ކޮންތާކުން ދޭ އެއްޗެއްތޯ؟ ތިބޭފުޅާ ގްރޭޑު 5އާ ހަމައަށް ކިޔެވުނަސް އަދި ދެން އުޅެނީ އެފަދަ މީހުން ކަމަށް ނުދެކުން ރަނގަޅުވާނެ. މިހެން މިބުނަނީ، ތިބުނާ ލަޤަބުތައް ދޭގޮތާ، އެ ދެނީ ވަކި ދާއިރާއެއްގެ ކުޑަކުޑަ މިންވަރެއްނަމަވެސް ރަނގަޅަށް އެނގޭތީއާ، އަދި ލިބުމުން އިންސާނީ ސިފަ ނުގެއްލޭކަން އެނގޭތީ.

The name is already taken The name is available. Register?

ޗަމަން

25 October 2022

ކަޝްމީރަކީ އިންޑިޔާ ވެސް ޕާކިސްތާން ވެސް އެމީހުންގެ ތަނެއްކަމަށް ވަކާލާތު ކުރާ ތަނެއް. އަފްޢާނިސްތާނުން މިޔަދާ ހަމައަށް ވެެސް އިނގިރޭސިން އެގައުމުގެ ފަޓާ ޓްރައިބަލް އޭރިޔާ އަތުލާ ބޮޑަރެއް ކަމަށް ކަނޑައަޅާފައި އޮތް ދުރާންދު ލައިން ގަބޫލެއްނުކުރޭ. އިންޑިޔާގެ އަރުންޗަލް ޕުރދޭޝްގެ އެއީ އެމީހުންގެ ތަނެއް ކަމަށް ޗައިނާއިން ބުނޭ.. ދެ ގައުމަކުން އެއް ބިމަކަށް ކްލެއިމްކުރުން އެހެން ބަޔަކު ކަނޑައަޅާފައި އޮތް ބޮޑަރު ގަބޫލުނުކުރުމަކީ އައު ކަމެއް ނޫން

The name is already taken The name is available. Register?

ހާސަރު

25 October 2022

މުނައްވަރު ކިތަންމެ މޮޅަސް ދެއްކީ ވަރަށް ތާކުންތާކު ނުޖެހޭ ސިޔާސީ ވާހަކަ ، ދެން ދެއްކީ ޚިޔާލީ ވާހަކަ ، ގާނޫނީ ގޮތުން އެއްވެސް އެއްވެސް އޮއްޓަރެއް ނެތް.

The name is already taken The name is available. Register?

އިންޗިއެއްވެސް

25 October 2022

އިންޓަނޭޝަނަލް ކޯޓުން ޗާގޯސްއަކީ އެފްރިކާ ބައްރުގެ މޮރިޝަސްކަމަށް ނިންމިއިރު ބްލެމިންފަރަކީ ހިކިފަސްތަނެއްކަމަށް ޓްރައިބިއުނަލުން ނިންމަފާނެހެން ހީވާތީއޭ މޮރިޝަސްކޮޅަށް ނާރަން ގޮވަނީ. 4000 އަކަކިލޯމީޓަރަކީ މަސްކަނޑުގެ ރައްޔިތުން ލައްކަބޮޑުއެއްޗެއް.

The name is already taken The name is available. Register?

ޖޮބޭ

25 October 2022

އޮޅުވާލާނީ މިހާވަރަށް. އެހެނީ އަދިވެސް ނުބުނެވޭ ޗާގޯސް އެއީ ރާއްޖޭގެ ތަނެއްކަމުގައި ވަކާލާތުކުރަން ޖެހެޔޭ. ޢެކަން އެއޮތީ އަޑިއަޑިން ޑީލް ނިންމާފަ.

The name is already taken The name is available. Register?

ގޮބޭ

25 October 2022

ޗާގޮސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ރަދުންގެ ޒަމާނުގެ ސިޓީއެއްގަ އޮތަސް އެތަނުގެ މިލްކުވެރިކަމަށް އެތައް ހެއްކަކާއެކު އެންމެ ކުރިއްސުރެ ވަކާލާތުކުރަމުން އަންނަ މޮރިޝަސްއަށް އެތަން ލިބޭނީ އެއްވެސް އިރެއްގައި އދ. ކަހަލަ ދުނިޔޭގެ ބެލެނިވެރި ފަރާތަކަށް ރާއްޖެއިން ރަސްމީކޮށް ޗޭގޮސް ހޯދަން ހުށައަޅާފައިނުވާތީ. އެކަމާ އެތައް އަހަރަކުއްސުރެ ހަމައެކަނި އެއުޅެނީ މޮރިޝަސް. ޗޭގޮސްއިން ބޭރުކުރެވުނު މީހުންވެސް ދެކެނީ އެއީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި.

The name is already taken The name is available. Register?

ސްމޭޝ

25 October 2022

ޖޮބޭ! މިއަދު ސިޔާސީ ނުވެ ހަގީގަތް ގަބޫލުކުރޭ! 9 ވަނަ ހަސަން ރަސްގެފާނު އެހެން ބުންޏަސް އެކަން ޕޯޗްގީޒުން އޭރުވެސް ބަލައިގެންފައެއް ނުވޭ! އަދި ރާއްޖޭގެ ބަޔަކު މިގެ ކުރިން ދުވަހަކުވެސް އެއީ ރާއްޖޭގެ ތަނެކޭ ބުނައެއް ނުވޭ! މަދުމަދުން ބެހިގެން އެތަނަށް ދިވެހިންނަށް ދެވިފައިވޭ، އޭގެ މާނައެއް ނޫން އެއީ ދިވެހިންގެ ތަނެއް ކަމަށް ވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454