ޑރ. މުނައްވަރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
24 އޮކްޓޯބަރ 2022 - 19:40
ޗާގޮސްގެ ރަށްތަކުގެ ކަނޑުގެ ސަރަހައްދު ކަނޑައަޅަން ހުށަހަޅާފައިވާ ގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ މައްސަލަ ބައިނަލްއަގުވާމީ ކޯޓުގައި ހިނގަމުން ދަނިކޮށް، ސަރުކާރުން ކުއްލި ގޮތަކަށް އެއާ ގުޅޭ މޮރިޝަސް މައްސަލައިގައި ސްޓޭންޑް ބަދަލު ކުރުމުގެ ފައިދާ ކުރާނީ އިންޑިއާ އަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
މެރިޓައިމް ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަދި މޮރިޝަސްގެ މައްސަލައިގައި މީގެ ކުރިން ސަރުކާރަށް ލަފާ ދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ޑރ. މުނައްވަރު އެހެން ވިދާޅުވީ، އެކަމުގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުނައްވަރު ވިދާޅުވީ، މި ސަރުކާރުން ކުއްލި ގޮތަކަށް ސްޓޭންޑް ބަދަލުކުރަން ނިންމި ސަބަބެއް ގޮތުގައި ބެލެވެނީ އިންޑިއާ އިން ބޭނުންވެގެން ކަމަށެވެ.
މޮރިޝަސްއަކީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި އެ ގައުމުގެ އާބާދީގެ ބޮޑު ބަޔަކީ ވެސް އިންޑިއާގެ މީހުން ކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ގާތް ގުޅުމުގެ ތެރެއިން މޮރިޝަސް އަށް ޗާގޮސް އައިލެންޑް ލިބުމަކީ އިންޑިއާ އިން ބުރަ ވާނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހަނިމާދޫ އާއި އުތުރުތިލަފަޅާއި އައްޑޫ އަތޮޅުގައި އިންޑިއާ އިން ބަނޑަހަ ޖަހާފައިވާ ކަމަށާއި ދެން އެ މީހުންނަށް ބޭނުން ވާނީ އައްޑޫގެ ދެކުނު ކަމަށް ވިދާޅުވި އެވެ.
ޑރ. މުނައްވަރު
"ރާއްޖޭގެ އުތުރާއި ދެކުނާއި މެދުގައި ޖަހާފައި ދެން އެ މީހުންނަށް [އިންޑިއާ އަށް] ބޭނުން ވަނީ އައްޑޫ އަތޮޅުގެ ދެކުނު. ދެކުނުގައި އޮންނާނީ ޗާގޯސް. އެ ތަން މޮރިޝަސް އަށް ދިނުމާ އެއްކޮށް އެ މީހުންނަށް އިންޑިއަން އޯޝަން އެއްކޮށް ކޮންޓްރޯލް ލިބުނީ،" އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވި ޑރ. މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންޑިއާގެ ކަނޑުގެ ކޮންޓްރޯލް ލިބުމުން ޗައިނާ އަށް ވެސް ވެސްޓަން އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަށް ކަނޑުމަގުން ދަތުރު ކުރެވޭނީ އިންޑިއާގެ ހުއްދަ ލިބިގެންނެވެ.
އެހެންވެ، ރާއްޖެ އުފެދިފައި އޮތް ތަނުން ލިބިފައިވާ ހުރިހާ ސްޓްރެޓެޖިކް ފައިދާތައް ގެއްލޭނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރާއި ދެކުނާއި މެދުގައި ޖަހާފައި ދެން އެ މީހުންނަށް [އިންޑިއާ އަށް] ބޭނުން ވަނީ އައްޑޫ އަތޮޅުގެ ދެކުނު. ދެކުނުގައި އޮންނާނީ ޗާގޯސް. އެ ތަން މޮރިޝަސް އަށް ދިނުމާ އެއްކޮށް އެ މީހުންނަށް އިންޑިއަން އޯޝަން އެއްކޮށް ކޮންޓްރޯލް ލިބުނީ،"---ޑރ. މުނައްވަރު
"އެހެންވީމާ އިންޑިއާ އިން އެގޮތަށް އެކަން ކުރުމަށް ބާރު އެޅުމަކީ ވަރަށް ގާތް ކަމެއް. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެކަން އެ މަގުން ހިނގި ކަމަށް،" މި ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހިކުރާ އިންޑިއާއާ ގުޅޭ ގޮތުން ޑރ. މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭ އާއި ޗާގޮސްގެ އީއީޒެޑް ފުށުއަރާ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމާ އެކު، ރާއްޖެ އިން ވަކާލާތު ކުރަމުން އައީ ޗާގޮސްއަކީ އިނގިރޭސި ވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދެއް ކަމަށާއި އެހެންވެ އެ މައްސަލައިގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސި ވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި އެއީ މޮރިޝަސްގެ ބައެއް ގޮތުގައި ނިންމައިފަ އެވެ.
ރާއްޖޭގެ ސްޓޭންޑާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުންނާއި އިޓްލޮސް އިން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރާއްޖެ އިން ވަނީ، ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ކުރިން ގެންގުޅުނު ވިސްނުން ބަދަލުކޮށް، އެ ކަމުގައި މޮރިޝަސް އަށް ތާއީދު ކުރަން ނިންމައިފަ އެވެ.
އެކަން އެގޮތަށް ނިންމުމުގެ ސަބަބުން އިން ކަނޑައެޅުމުގެ މައްސަލަ އަށް ވަރަށް ބޮޑަށް ގެއްލުންވެ، ރާއްޖެއިން ބޮޑު ސަރަހައްދެއް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ވެސް އަންނަނީ ބަހުސް ކުރަމުންނެވެ.
ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ، އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާ މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަކީ ދެ މައްސަލައެއް ކަމަށެވެ.
"ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ،" ބަންޑާރަ ނައިބުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަންޖާ87
25 October 2022
މީނާ އަދިވެސް އެބަ އުޅޭތަ...މިކަލޭގެ އަބަދު ފެންނަނީ ކޮންމެވެސް ގޭސްގަނޑެއް ކައްކައިގެން ސަރުކާރާ ރައްޔިތުން ޖައްސަންއުޅޭތަން..މިއީ ކިހިނެތްވެފަ ހުންނަ މީހެއްތަ އަޅެ..
ކުރުނބާ
25 October 2022
އަސްލަމްޓެއާ ޗާގޮސް ހަވާލުކުރޭ އޭރުވެސް އެތަންވާނޭ މާލޭގެ ބަޔަކަށް :ޕ
މާރިޔާ
25 October 2022
ބޯގޯސް މީހަކީ ކާކުތޯ ބަލަމާ. ކަމެއް އަޑިން ނަމަވެސް ބޭރުން ނަމަވެސް ނުހިންގާނަމަ މިވާހަކަ އެއް މީހަކު ނުވަތަ ބަޔަކު ނުދައްކާނެ.
ތީ އެހެން ވާހަކައެއް
25 October 2022
ޗާގޯސް މޮރިޝަސް އައް ލިބުމުން އޭގެ ފައިދާ ކޮންމެ ބަޔަކައް ކުރިއަސް މިހާރުއެއީ ނިމިފަ އޮތްކަމެއް. ރާއްޖެއައް އެކަމާ ކުރެވޭނެ ކަމެއްވެސް ނެތް. މިގޮތައް ނިމުނީ އެތަކެއް އަހަރު ކުރިން މޮރިޝަސް މިކަމާ އުޅުނީމަ. އޭރު މުނައްވަރުމެން ދައުލަތުގެ ބޮޑެތި މަގާމުތަކުގަ ތިބިއިރު ޗާގޯސް އަކީ ދިވެހިންގެ ހައްގެއް އޮތްތަނެއްކަމައްވާނަމަ އެކަމާ ނޫޅުނީކީއްވެ. މިއަދު މިހާރު މާލަސްވެއްޖެ ނިންމުން ނިންމައިފި.
އަފްރާސިޔާބު
26 October 2022
"ރާއްޖެ އިން ވަކާލާތު ކުރަމުން އައީ ޗާގޮސްއަކީ އިނގިރޭސި ވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދެއް ކަމަށާއި އެހެންވެ އެމައްސަލައިގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ." ނަމަވެސް އައިސީޖޭ އިންވަނީ އެއީ މޮރިޝަސްގެ ބައެއް ގޮތުގައި ނިންމައިފަ އެވެ. ދެން މުނައްވަރު ނިންމަންވީ ނޫންތޯ އެއީ ރާއްޖޭގެ ތަނެއްކަމަށް! ބައިނަލް އަގްވާމީ ކޯޓުން މިގޮތަށް ނިންމީމާ ދެން ރާއްޖެ މައްސަލަ ހުށަހަޅަން އޮތީ މުނައްވަރުގެ ކޯޓަށާއި ޔާމީނުގެ ކޯޓަށާއި އަންނިގެ ކޯޓަށް
އިސްތިއުފާއޭ
25 October 2022
ސަރުކާރު އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ
0976
25 October 2022
ލައްބަ އިސްތިއުފާދޭނަން
ށަވިޔަނި
25 October 2022
އައިސީޖޭ އިން ޗާގޮސް އައިލޭންޑަކީ މޮރިޝަސްގެ ތަނެއްކަމަށް ބުނެ ނިންމި މައްސައަކީ ގޯސް މައްސަލައެއް. ކަނޑުގެ އިންކަނޑައެޅުމުގައި ރާއްޖެ ދޫދީގެނުވާނެ. ދޫދިނަސް ނުދިނަސް އިންޑިއާއަކީ ސަރަހައްދުގެ ބާރަކަށްވީމަ އުޅޭނީ ބޭނުންގޮތަކަށް. އަހަރުމެން ރުހުނަސް ނުރުހުނަސް އަމަލީގޮތުން ބާރުގަދަ މީހުން ބޭނުންކަމެއްކުރާނެ. ދާޚިލާ ކަންކަމުގަވެސް ރައްޔިތުން ކިތަންމެ ނުރުހުނަސް ސަރުކާރު ބޭނުންކަންތައްކުރޭ. ނަމެއްގަ އެންމެން ޑިމޮކްރޭޓުން.
ޑަވިޔަނި
25 October 2022
އައިސީޖޭގެ އެމައްސަލަ ބަލައި ނިންމި 14 ޖަޖުންގެ ތެރެއިން 13 މީހުންނަށް ހަމަ ނުބައިކޮށްތަ އެހީވީ؟ އަދި މޮރިޝަސްއާ އެއްކޮޅަށް އދ. ގެ ގަރާރަށް ތާއީދުކުރި 116 ގައުމު އެއީ ހަމަ އެހާ ކަމެއްދަމެއް ނޭނގޭ ދުނިޔޭގެ ތާރީޚު ނޭނގޭހާ ގަމާރު ގައުމުތަކަކީތަ؟ ށަވިޔަނީގެ އެންމެ ސިކުނޑިއެއް އެ 13 ޖަޖުންގެ ސިކުނޑިއާ ނުބައްދަލުވީމަ މިގައުމުގެ ވެރިކަމަށް ށަވިޔަނި އަރުވާވަރުވޭ.
ރަދުން
25 October 2022
ތީ ސޯލިހު އަނބުރާ ބާޤީ ގޭސްގަނޑެއް.
ހާމިދު ޝާހިދު
25 October 2022
ވަރަށް އުފާވެއްޖެ ޑރ މުނައްވަރު ކުރީގެ އެމްޑީޕީގެ ލީޑަރުކަންވެސް ކުރެއްވި ބޭފުޅަކު ނުކުމެވަޑައިގެން މިމަޢުލޫމާތުތައް ހާމަކޮށްދެއްވިކަން. ހަމަ ކެތް ނުކުރެވިގެންގޮސް! އަހުރެން މިހުރީ ހަމަ މިނިކުފާނާ އެކު، ހަގީގަތުގައިވެސް މިސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލް ވެފައި. ޑީފެންސަށް ފައިބައިގެން ލައްކަ ވާހަކަ ދެކެވިދާނެ. އެކަމަކު މިހާރު ދެނެއް ހަމަ ބުއްދި ގަބޫލުކުރާ އެކަކުވެސް އިބްރާހިމް ސޯލިހު ދައްކާ ވާހަކައެއް އަޑެއް ނާހާނެ. ރިޔާސީ ކެންޑިޑޭޓު ބަދަލުކުރޭ
ހަމިއްޓޭޒް
25 October 2022
އަމައްޔާއި...
ހާމިދޫ
25 October 2022
އެބޭފުޅާ އެ ހިފަހައްޓަނީ އެބޭފުޅާ އެކަމާ ހަވާލުވެ ހުރިއިރު ނެގި ސްޓޭންޑެއް ދިފާއުކުރަން ކުރާ މަސައްކަތެއްގަ. އަދިވެސް އިނގިރޭސިވިލާތާ އެއްކޮޅަށް އަރަންވެގެން ކުރާ މަސައްކަތެއްގަ. މޮރިޝަސްއަށް ޗޭގޮސް ލިބެންޖެހޭ ސަބަބަކީ އިނގިރޭސިން ޗޭގޮސްއާއެކު ހިފައިގެން ތިބި ސޭޝެލްސްގެ އެ ހިސާބުގެ ރަށްތައްވެސް އަނބުރާ ސޭޝެލްސްއާ ހަވާލުކޮށްފަވާތީ އަދި އައްޑޫވެސް ރާއްޖެއާ ހަވާލުކޮށްފަވާތީ މޮރިޝަސްއަށްވެސް ލިބެންވާ ހައްގެއް ލިބެންޖެހޭތީ.
އަފްރާސިޔާބު
26 October 2022
ހާމިދޫ! ހަމަހޭގައިތަ ތިހުރީ. ރާއްޖޭން ބައިނަލްއަގްވާ ކޯޓުގައި ވަކާލާތު ކުރަމުން އައީ ޗާގޯސް އައިލެންޑަކީ އިނގިރޭސިންގެ ތަނެއްކަމުގައި ބުނެ. އެއީ ނަމުގެ ކުރިއަށް. ޑރ ލައިގެން ތިވާހަކަ ދެއްކިމީހާ ކުރިން ވަކާލާތުވެސް ކުރަމުން އައިގޮތް. ދުނިޔޭގައި އަދިވެސް ގިނައީ ހަމަހޭވެރިކަން ހުންނަމީހުން ކަމަށްވާތީއާއި އަދި އެރަށް ހޯދަން ރާއްޖޭން މިހާހިސާބަށް އުޅެފައިނުވާތީ ހުރިހެކިތަކުގެ މައްޗަށް ބަލައި އެތަން މޮރިޝަސްއާ ޙަވާލުކުރަން އެކޯޓުން ނިންމާފައިއެވަނީ.
ހިޔަޅުކާފަނި
25 October 2022
ހިޔަޅަކަށްފަހު ހިޔަޅެއް ހޮރުން ނިކުންނާގެ ޔަޢުމުލް އިންތިޚާބު ކައިރިވާތީ
އަފްރާސިޔާބު
26 October 2022
ހިޔަޅުވެސް ވަރަށް ދެކޮޅު ނުޖޭ ކަންކަން ކުރޭ. އެކަހަލަ ކަމެއް މުނައްވަރު އެކުރީ. އޭނާއަކަށް ނޭނގުނު ރާއްޖޭން ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫންކަމަށް ވަކާލާތު ކުރަމުންދަނިކޮށް ރާއްޖެއާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓުން ނިންމައި އަދި އެނިންމުން އދ.ގެ އާންމު މަޖިލީހުންވެސް ބަލައިގަތީމާ ރާއްޖެއަށް ދެން ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެކަން. ބަދުރު ހަނގުރާމަޔަށް ކާފަރުންނަށް ހިތްވަރުދޭން ދިޔަ ނަޖުދު މީހާ ދެއްކި ވާހަކަޔާ ބޮޑަށް މުނައްވަރުގެ ވާހަކަ ގާތީ.
އަސްލު...
24 October 2022
ސަރުކާރު ވައްޓާލަން ބޭނުމެއްނޫން ސަރުކާރަށް އިތުބާރުކުރަން، މިވަގުތުންފެށިގެން މުނައްވަރު އަށް ކުރަމުންއައި ޔަގީންކަމަޢި އިތުބާރު ގެއްލިއްޖެ....
އަސްލު.....
25 October 2022
ސަރުކާރަކީ އިތުބާރުކުރެވޭވަރުގެ ބައެއް ނޫން މުނައްވަރަށް އިތުބާރު ނުކުރިއަސް. މުނައްވަރާމެދުގެ ނިޔަތާމެދުވެސް ސުވާލު އުފެދޭ ހަގީގަތް އޮޅޭފަދަ އެތައް ވާހަކައެއް ދައްކާފައިވާތީ. ކަނޑުގެ އެތަންކޮޅު ގެއްލިގެން މިގައުމަށް އަންނަން ތިބި މަސްކޮޅު ދާ ޖަހައިގެން ކަހާލާ ވާހަކަ ދެއްކިއިރު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުން ކިތައް ގައުމުބާ ދާ ޖަހައިގެން އެ މަސްވެރިކަން ކުރަނީ؟ ރާއްޖެއިން މަސް ހުސްވެއްޖެބާ؟