ވިޔަފާރި / އެޑްވަޓޯރިއަލް

އިންވެސްމަންޓު ބޭންކިން: ރާއްޖެއަށް މުހިންމު ބޭންކިން ނިޒާމެއް

އިންވެސްޓުމަންޓު ބޭންކިން އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އަދާ ކުރާނެ ނިޒާމެއް

27 އޮކްޓޯބަރ 2022 - 11:37

3 comments

އިންވެސްޓްމަންޓް ބޭންކިން އަކީ ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގައި ގާއިމްކޮށްފައިވާ ޑިވިޝަނަކުން ސަރުކާރަށާއި ވިޔަފާރިތަކަށް އަދި އެހެނިހެން އިދާރާތަކަށް ބޭނުންވާ ފައިސާ ހޯދައިދިނުމަށް "އަންޑަރައިޓިން"ގެ ހިދުމަތްތައް ފޯރުކޮށްދީ، ވިޔަފާރިތައް އެއްކޮށްލުމަށް (މާޖަސް އެންޑް އެކުއިސިޝަންސް)އަށް ބޭނުންވާ އެޑްވައިޒަރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ ނިޒާމެކެވެ. އިންވެސްޓްމަންޓް ބޭންކުތަކުން މަސައްކަތް ކުރަނީ އިންވެސްޓަރުން އަދި ވިޔަފާރިތައް ގުޅުވައިދޭ ފަރާތެއްގެ ގޮތުގަ އެވެ.

އިންވެސްޓުމެންޓު ބޭކިންގެ ތާރީހު

އިންވެސްޓްމަންޓް ބޭންކުތައް އުފެދިގެން އައީ ދިގު މުއްދަތަކަށް ބޭނުންވާ ފައިސާގެ ކަންކަން އިންތިޒާމް ކޮށްދިނުމުގެ މަގުސަދުގަ އެވެ. އެގޮތުން، އިންވެސްޓްމަންޓް ބޭންކުތައް އުފެދި ކުރިއަރަމުން އައިސްފައިވަނީ ތިން ދުވަސްވަރެއްގައެވެ.

ފުރަތަމަ ދުވަސްވަރަކީ މިޑީވަލް ދުވަސްވަރުން ފެށިގެން 19 ވަނަ ގަރުނުގެ ކުރީކޮޅު ގެ ދުވަސްވަރެވެ. އެ ދުވަސްވަރު "މާޗަންޓް ބޭންކު"ގެ ނަމުގައި އިންވެސްޓްމަންޓް ބޭންކުތައް އުފެދުނެވެ. އެއަށްފަހު ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމާ އެކު، "އަންރެގިއުލޭޓަޑް މޮޑަން އިންވެސްޓްމަންޓް" ބޭންކުތަކުގެ ގޮތުގައި އިންވެސްޓްމަންޓް ބޭންކުތަކާއި ބޮޑެތި އިންޑަސްޓްރީތައް އުފެދުމާ ގުޅިގެން "ކޯޕަރޭޓް ސެކިއުރިޓީސް" ތައާރަފުވި އެވެ. އެ ދުވަސްވަރު 1920 އިން 1930 އަށް ރެގިއުލޭޓް ކުރެވިފައިވާ އިންވެސްޓްމަންޓް ބޭންކުތައް ވުޖޫދުވެގެން ދިޔައެވެ.

ނަވާރަސަތޭކަ އަށްޑިހައިން 1990 އާއި ދެމެދުގެ އަހަރުތަކުގައި ފާހަގަ ކުރެވެނީ ޑީރެގިއުލޭޓް ކުރެވުނު ދުވަސްވަރެއްގެ ގޮތުގައެވެ. އެގޮތުން، އެ ދުވަސްވަރުގެ "ބިގް ބޭންގް- ފައިނޭންޝަލް ޑީރެގުއުލޭޝަން" (އިނގެރޭސި ވިލާތުގެ ފައިނޭންޝަލް ސަރވިސަސް އެކްޓް 1986) ފާހަގަކޮށްލެވެއެވެ. އެއަށްފަހު 2007 އިން 2008 އަށް ހިނގާދިޔަ "ގްލޯބަލް ފައިނޭންޝަލް ކްރައިސިސް"ގެ ސަބަބުން އާ ރެގިއުލޭޝަންތަކެއް އުފެދި އޭގެ މައްޗައް ބިނާވެގެން އޮޕަރޭޓްކުރަމުން ގެންދާ އިންވެސްޓްމެންޓް ބޭންކުތައް އުފެދިގެން ދިޔައެވެ.

އިންވެސްޓްމަންޓް ބޭންކުގެ ނަމުގައި އެންމެ ފުރަތަމަ ބޭންކެއް ގާއިމުކުރީ 1861 ވަނަ އަހަރު އެވެ. އެ އިންވެސްމެންޓު ބޭންކަކީ އެމެރިކާގެ ފިލަޑަލްފިއާ އަށް ނިސްބަތްވާ ފައިނޭންސަރެއް ކަމަށްވާ ޖޭ ކުކްގެ އިސްނެގުމުގެ މަތިން ގާއިމު ކުރި ބޭންކެކެވެ. އެ ބޭންކް އުފެދިގެން އައީ އެމެރިކާގެ ދާހިލީ ހަނގުރާމަ ހިނގަމުންދިޔަ ދުވަސްވަރުއެވެ.

އެ ބޭންކުގެ ފުރަތަމަ ކްލައިންޓަކީ އެމެރިކާ ސަރުކާރެވެ. އެ ދުވަސްވަރަކީ އެމެރިކާގެ އިގުތުސާދު ހަލުވިކަމާއެކު ކުރިއަރަމުންދިޔަ ދުވަސްވަރަކަށް ވުމުން އެކި ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ސަރުކާރުން އައީ ބޮންޑު އިޝޫކުރަމުންނެވެ. އެގޮތުން،ބޮންޑު އިޝޫކޮށްގެން ކުރިއަށްގެންދިޔަ އިންފްރާސްޓަރަކްޗާ ޕްރޮޖެކްޓެއްގެ ގޮތުގައި ހިމެނޭ ރެއިލްވޭ ޕްރޮޖެކްޓް ފާހަގަކޮށްލެވެއެވެ.

އެފަދަ ބޮންޑުތަކަކީ ބޮރޯވަރުން އަދި ލެންޑަރުން ގެ މެދުގައި ގާނޫނީ ގޮތުން ނުބަނދެވޭ އެއްބަސްވުމެއް ކަމަށްވާ އައިއޯޔޫގެ ދަށުން ސަރުކާރުން ކުރަން ބޭނުންވާ ބޮޑެތި ހަރަދުތައް ކުރަންޖެހޭ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ އިންތިޒާމުކުރުމަށް އިޝޫކުރެވުނު ބޮންޑުތަކެކެވެ.

އިންވެސްޓްމަންޓް ބޭންކްތަކުން އައީ ސަރުކާރުގެ ބޮންޑުތައް ގަތުމަށް ފަހު ޕްރައިވެޓް އިންވެސްޓަރުންނަށް މި ބޮންޑުތަކަށް ފައިދާއެއް ލުމަށް ފަހު ވިއްކަމުންނެވެ. މިހާރު ވެސް އެ ޕްރޮސެސް އޮތީ ދާދި އެއްގޮތަކަށެވެ.

އިންވެސްޓްމަންޓް ބޭންކިން ސެކްޓާ

މާލީ ބާޒާރުގައި އިންވެސްޓްމަންޓް ބޭންކިން ސެކްޓަރަކީ އެންމެ ފައިދާވާ އެއް ސެކްޓަރެވެ. އެގޮތުން، 2020 ވަނަ އަހަރު ދުނިޔޭގެ ނިސްބަތުން އިންވެސްޓްމަންޓް ބޭންކިން މާކެޓްގެ ސައިޒަކީ 102.84 ބިލިއަން ޔޫ.އެސް ޑޮލަރެވެ. އަދި 2021 ވަނަ އަހަރު 111.45 ބިލިއަން ޔޫ.އެސް ޑޮލަރަށް އަރާނެ ކަމަށް 2021 ވަނަ އަހަރުގެ "އިންވެސްޓްމަންޓްސް ގްލޯބަލް މާކެޓް ރިޕޯޓް"ގައި ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ މާކެޓް ހިއްސާކުރާގޮތައް ބަލާލާއިރު އެއްވަނައި ގައި އޮތީ 46 ޕަސެންޓާ އެކު ނޯތު އެމެރިކާއެވެ. ދެ ވަނައަށް އޮތީ 26 ޕަސެންޓާއި އެކު އޭޝިއާ ޕެސިފިކް އެވެ. އަދި އެންމެ ކުޑަ ހިއްސާއެއް އޮތީ އީސްޓަން ޔޫރަޕްގައެވެ.

އިންވެސްޓްމަންޓް ބޭންކްތަކުން ރިސްކުނެގުން

ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް އިންވެސްޓްމަންޓް ބޭންކެއް މެދުވެރިނުކޮށް، ފީއެއް ނުދައްކާ ހަރަދު ކުޑަކޮށް ސެކިއުރިޓީސް މުއާމަލާތްކުރުމުގެ ފުރުސަތު އޮއްވާ އިންވެސްޓްމަންޓް ބޭންކެއް މެދުވެރިކޮށް އެ ވިޔަފާރި ކުރަނީ ސެކިއުރިޓީސްގެ މުއާމަލާތުގައި އެންމެ ބޮޑު ރިސްކެއް އުފުލާ ފަރާތަކީ "މިޑިލް މޭނެއް"ގެ ގޮތުގައި ހަރަކާތްތެރި ވަނީ އިންވެސްޓްމަންޓް ބޭންކު ތަކުން ކަމަށްވާތީއެވެ.

އިންވެސްޓްމަންޓް ބޭންކުން ސެކިއުރިޓީސްގައި އިންވެސްޓު ކުރުމަށްފަހު ތިންވަނަ ފަރާތަކަށް ފީއަކާ އެކު އެ ސެކިއުރިޓީސް ވިއްކައެވެ. އިންވެސްޓްމަންޓް ބޭންކުތަކަށް އިންވެސްޓަރުން ނުލިބިއްޖެ ނަމަ ބޭންކުން ބައެއް ސެކިއުރިޓީސް ބޭންކުގެ ނަމުގައި ބަހައްޓަން ޖެހެއެވެ.

އިންވެސްޓްމަންޓް ބޭންކުގެ ހިދުމަތްތައް އަމާޒުވަނީ ބޮޑެތި ވިޔަފާރިތަކަށާއި ރިސްކް އެކުލެވޭ ސްޓާޓްއަޕް ވިޔަފާރިތަކަށެވެ.

ކޮމާޝަލް ބޭންކިން އަދި އިންވެސްޓްމަންޓް ބޭންކިން ހިދުމަތް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން

ކޮމާޝަލް އަދި އިންވެސްޓްމަންޓް ބޭންކިންގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ބޭންކުތަކަށް ކިޔާ ނަމަކީ ޔުނިވާސަލް ބޭންކެވެ.

އެ ފަދަ ބޭންކެއް އޮތުމުން އެއް ކްލައިންޓަކަށް ގިނަ ޕްރޮޑަކްޓްތަކެއް ވިއްކުމަށް މަގުފަހިވެ، ބޭނުންވާ ހުރިހާ ހިދުމަތެއް އެއްތަނަކުން ލިބި، ކްލައިންޓުން ބޭނުންވާ އިތުބާރު ހިފޭ އެޑްވައިޒަރެއްގެ ގޮތުގައި އާންމު ވިޔަފާރި އާއި ކުންފުނިތަކަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ދަރަނި ނުވަތަ އިކުއިޓީ ވަސީލަތް ބޭނުންކުރުމަށް ބެނުންވާ އަދި ކްލައިންޓް ގެ ވިޔަފާރި ހިނގާނުހިގާ ގޮތް އެންމެ ގާތުން އެނގޭ ބައެއްގެ ގޮތުގައި އެ ބޭންކުތައް ވެގެންދެއެވެ.

ރެގިއުލޭޓަރީ އޭންގަލަކުން ބަލާއިރު އެއީ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެކެވެ. ސަބަބަކީ، ކްލައިންޓުންގެ ގިނަ މައުލޫމާތުތަކެއް އިނގި، އެ ކްލައިންޓުންނަކީ އެ ބޭންކުގެ ބޮރޮވަރުންނަށް ވުމުން ބޭންކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރިސްކް އެކުލެވޭ ސެކިއުރިޓީސް، އިންވެސްޓަރުންނަށް ވިއްކާތީ އެވެ. އެކަމުގެ ސަބަބުން ބޭންކުގެ ރެޕިއުޓޭޝަންއަށް ނޭދެވޭ އަސަރު ކުރި ނަމަވެސް، އެ ފަދަ އިންވެސްޓްމަންޓަކުން ލިބޭ މާލީ ގެއްލުންތަކުން ސަލާމަތްވެއެވެ.

އެ ކަންތައްތައް ހިނގާ ގޮތް ބަދަލު ކުރުމަށް، އެމެރިކާގައި 1933 ވަނަ އަހަރު ގްލާސް ސީގަލް އެކްޓު އުފައްދާ، ކޮމާޝަލް ބޭންކް މެދުވެރިކޮށް އިންވެސްޓްމަންޓް ބޭންކް ހިދުމަތްތައް ފޯރުކޮށްދިނުމަށް ނިމުމެއް ގެނުވިއެވެ. ނަމަވެސް އޭގެ 66 އަހަރު ފަހުން 1999 ވަނަ އަހަރު ގްރާމް-ލީޗް-ބްލައިލީ އެކްޓް އުފައްދާ، އަލުން އެއް ފުރާޅެއްގެ ދަށުން އެ ދެ ހިދުމަތް ލިބޭނެ އިންތިޒާމު ފަހިކޮށްދިނެވެ. އެގޮތުން އުފެދިގެން އައި ބޮޑެތި ފައިނޭންޝަލް ސެކްޓަރާއި ގުޅުންހުރި ތާފަތު ހިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުނިތަކެއްގެ މައްޗަށް އެކުލެވިގެންވާ ކުންފުނިތައް ކަމަށްވާ ފައިނޭންޝަލް ކޮންގްލޮމެރޭޓްސް ކުންފުނިތަކެއް އުފެދުނެވެ.

އެފަދަ ކުންފުނިތަކަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ކުންފުނިތަކެކެވެ. މިސާލަކަށް ބޭންކިން، ސެކިއުރިޓީޒް އަދި އިންޝުއަރެންސްގެ ހިދުމަތްތައް ދޭ ކުންފުނިތަކެއް އެއް މެނޭޖްމެންޓެއްގެ ދަށުން ހިންގާނަމަ ބެލެވޭނީ ފައިނޭންޝަލް ކޮންގްލޮމެރޭޓެއް ކަމުގައެވެ. އެ ފަދަ ތަންތަނުގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ކުންފުނިތަކަކީ، ޖޭ.ޕީ މޯގަން، އެޗްއެސްބީސީ، ބެންކް އޮފް އެމެރިކާ އަދި ޑޮއިޗާ ބޭންކެވެ.

ހަމައެކަނި އިންވެސްޓްމަންޓް ބޭންކުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ދެމިއޮތީ ގޯލްޑްމަން ސާކްސް އާއި މޯގަން ސްޓޭންލީ އެވެ.

ގްލޯބަލް ފައިނޭންޝަލް ކްރައިސިސްއާ ގުޅިގެން ނަން މަޝްހޫރު އިންވެސްޓްމަންޓް ބޭންކުތައް ކަމަށްވާ އެމެރިކާގެ ބެއާ ސްޓާންޒް އާއި ލީމަން ބްރަދާޒް އާއި މެރީލް ލިންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ. އިންވެސްޓްމަންޓް ބޭންކުތަކުގެ އޮނިގަނޑު، ދާއިރާ އަދި ސައިޒު (ސްޓަރަކްޗާ، ސްކޯޕް، ސްކޭލް)ގެ ސަބަބުތަކުގެ އިތުރުން އިންވެސްޓްމަންޓް ބޭންކިން އާއި ކޮމާރޝަލް ބޭންކިންގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިން ބޭންކުތަކުގެ އެ ދެ ހިދުމަތް ވަކިކުރުން ވެގެން ދިޔައީ އުނދަގޫކަމަކަށެވެ.

އޭގެ މައިގަނޑު ސަބަބަކީ އެ ފަދަ އިންސްޓިޓިއުޓްޝަންތަކަކީ "ޓޫ ބިގް ޓު ފެއިލް" ނުވަތަ ބަނގުރޫޓުވާ ހާލަތުގައި ވެސް ގައުމެއްގެ އިގުތިސާދަށް އެ ބޭންކް ނެތުމުން ކުރާނެ ނޭދެވޭ އަސަރު ބޮޑުވާނެ ބޭންކުތަކަކަށް ވުމުންނެވެ. އެ ކަމުން އަރައިގަތުމަށްޓަކައި ގާނޫނީ އޮނިގަޑަށް ގެނެވުނު ބޮޑެތި ބަދަލުތަކުގެ ތެރޭގައި އެމެރިކާގެ ޑޮޑް – ފްރޭންކް އެކްޓް ފާހަގަކޮށްލެވެއެވެ.

އެ އެކްޓް ގެ ދަށުން ހަދާފައިވާ ވޮލްކާ ރޫލް ގެ ސަބަބުން ބޭންކުތަކަށް އެފަރާތްތަކުގެ ހެޖް ފަންޑް، ޕްރައިވެޓް އިކުއިޓީ އަދި ޕްރޮޕްރައިޓަރީ ޓްރޭޑިން ޑައިވެސްޓް ކުރުމަށް މަޖުބޫރުވެއެވެ.

ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކިން ހިދުމަތް ދިނުމުގެ މުހިންމުކަން

ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ހުރުމުން ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންޑު ހޯދުމަށް މަގުފަހިވާނެއެވެ. އެގޮތުން، ސޯޝަލް ހައުސިން މަޝްރޫއުތަކާއި، ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާ އިންފްރާސްޓަރަކްޗާ ގާއިމްކުރުމަށާއި ރިނިއުއަބަލް އެނާޖީ ޕްރޮޖެކްޓްތަކަށް އިންވެސްޓްމަންޓް ބޭންކުތައް މެދުވެރިކޮށް، ސަރުކާރުން ބޮންޑު ވިއްކުމުން އެ ޕްރޮޖެކްޓަށް ބޭނުންވާ ފަންޑު ލިބުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

އެފަދަ ބޭންކުތަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފާ، ބޮންޑު އަގުކުރާނެ ގޮތް، ބޮންޑުގެ ޝަރުތު ކަނޑަޅެމުގައި ވަކިފަރާތަކަށް ނުޖެހި، ވަކިވަކި އިންވެސްޓަރުންގެ ހައްގުތައް ކަށަވަރުވާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ. ގިނަ އިންވެސްޓްމަންޓް ބޭންކުތައް ކުރިއަރާ ދިއުމުގެ މައިގަނޑު އަސްލަކީ އިންވެސްޓަރުން ބޭންކަށް ކުރާ އިތުބާރެވެ. އެގޮތުން ރާއްޖޭގައި ގާއިމްކުރެވޭ އެފަދަ ބޭންކުތަކުގެ ރެޕިއުޓޭޝަން ރަނގަޅުވުމަކީ ވަރަށް މުހިންމުކަމެކެވެ.

ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކަކުން ފޯރުކޮށްދޭ ބައެއް ހިދުމަތް މިވަގުތު ފޯރުކޮށްދެމުން ގެންދަނީ ތިން ކުންފުންޏަކުންނެވެ. އެއީ، 2006 ވަނަ އަހަރު ރާއްޖޭގައި އަލަށް އުފެއްދި ސެކުއުރިޓީޒް ޑީލިން ކުންފުނި ކަމަށްވާ ސްޓޮކް ބްރޯކާސް މޯލްޑިވްސް އާއި އެ އަހަރު އުފެދުނު އާރިޔާ ސެކިއުރިޓީޒް އާއި 2021 ވަނަ އަހަރު އުފެދުނު ފަސްޓް ނެޝެނަލް ފައިނޭންސް ކޯޕަރޭޝަނެވެ.

އެ ތިން ކުންފުނިންވެސް ސެކުއުރިޓީޒް ޑީލަރުންގެގޮތުގައި ހަރަކާތްތެރިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ޕަބްލިކް ލިމިޓެޑް ކުންފުނިތަކުގެ ހިއްސާ ގަނެވިއްކުމުގައި، މެދުވެރިއެއްގެ ރޯލު އަދާކުރުމުގައެވެ. ފުލް-ފްލެޖްޑް އިންވެސްޓްމަންޓް ބޭންކުތައް މިހާރު މިޒަމާނުގައި ފެންނަން މިއޮތް ގޮތަށް އަންޑަރައިޓިން ހިދުމަތާއި ކޯޕަރޭޓް ސެކިއުރިޓީސްގެ މުއާމަލާތްތައް ކުރިއަރަމުން އައީ ސަރުކާރުތަކުން ކުންފުނި އުފެއްދުމަށް ބޭނުންވާ ރެގިއުލޭޓަރީ ކަންކަމަށް ލުއި ދިނުމުން، ބޮޑެތި ކޯޕަރޭޝަންތައް އުފެދި އެފަރާތްތަކުން ބޭނުންވާ ފައިސާ ފަހި ކޮށްދިނުމުންނެވެ.

ކުރިއަރަމުން އަންނަ އިގުތިސާދުތަކުގައި، އިންވެސްޓްމަންޓް ބޭންކުތައް އުފެދެމުން އަންނަނީ އެ ގައުމެއްގެ ސަރުކާރުގެ މިލްކުވެރިކަމުގެ ދަށުގައި ހެދިފައިވާ އިންސްޓިޓިއުޝަންތަކުން ނުވަތަ ބޮޑެތި ފޮރިން ސަބްސިޑިއަރީ އަދި މަލްޓިނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިވެގެންނެވެ. މިސާލަކަށް، 2000 ވަނަ އަހަރު ބްރެޒިލްގެ މައި އިންވެސްޓްމަންޓް ބޭންކުތަކުގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ސުވިސްގެ ބޮޑު ދެ ކުންފުންޏެއް ކަމަށްވާ ސުވިސް ޔޫބީއެސް އާއި ކްރެޑިޓް ސުޒީ ފާހަގަކޮށްލެވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން 2020 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަނީ 26 ޕަސެންޓަށް ދަށްވެފައެވެ. އެ ކަމުގެ ސަބަބުން ރާއްޖޭގެ ހިއްސާގެ ބާޒާރަށްވެސް އަސަރުތަކެއް ވަނީ ކޮށްފައެވެ. ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފައިނޭންޝަލް އަދި ވިޔަފާރީގެ ހިދުމަތްތައް ފުޅާކުރުމުން އިތުރު ވަޒީފާތައް އުފެދުމުގެ ޖާގަ އޮތް ނަމަވެސް އެ ސެކްޓާތައް ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ގާބިލް ފަރާތްތަކެއް ނެތުމަކީ ގޮންޖެހުމެކެވެ.

އެ ފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެހުމަށްޓަކައި އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސެކިއުރިޓީޒް މާކެޓް ފުޅާކުރަން ޖެހެއެވެ. އެގޮތުން ކްލައެންޓުންނާއި އިންވެސްޓަރުން ގުޅުވާދޭނެ ފައިނޭންޝަލް އިންޓަމީޑިއަރީއެއްގެ ގޮތުގައި އިންވެސްޓްމަންޓް ބޭންކެއް ގާއިމްކުރުމަކީ މުހިންމު ކަމެކެވެ.

ނޯޓު: މިއީ ސީއެމްޑީއޭއިން ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

28 October 2022

ޕޭޕަލް ރާއްޖެއަށް ނުގަނެވޭ އިރު ކޮންއިންވެސްޓްމަންޓް ބޭންކެއް ލިބޭނީ

The name is already taken The name is available. Register?

ލައިބިލިޓީ

27 October 2022

ރާއްޖެއަށް އެންމެ މުހިންމީ ވައުދަށް ކަމޭހިތާ، އަމާނާތްތެރި، ރިބާޔާ ދުރު ރައްޔިތުން އުފެއްދުން. ދަރަނި ނަގާފަ އަނބުރާ ނުދައްކާތީ މިހާރު ހުރި ބޭންކުތައްވެސް ފަސްޖެހެނީ

The name is already taken The name is available. Register?

ގާދިރު

27 October 2022

މި ޤައުމުގަ އުޅޭ 5 ވަރަކަށް މީހުނާހެދި ތިކަހަލަ ބޭނަކް އަކަށް މިތަނަށް ނާދެވޭނެ އޭރުން މިތާގަ ދިވެހިން އުޅޭނީ ވަރަށް ފުދިގެން މިބުނާމޯހުން އެމަންޒަރުބަލަން ކުޅަދާނައެއް ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454