ޚަބަރު

މިޕްސްޓާ އާއި ޑރ. ނާޒްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް

ޑރ. އައިޝަތު އަލީ ނާޒް: ނާޒް ގާތުން ފަރުވާ ހޯދި ބައެއް މީހުން އޭނާގެ މައްޗަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި ނަފުސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތްކުރައްވާތާ 22 އަހަރުވެފައިވާ ޑރ. އައިޝަތު އަލީ ނާޒްގެ ގާތުން ފަރުވާ ހޯދި ބައެއް މީހުން އޭނާގެ މައްޗަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް މިއަދު ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓެއްގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ޑރ. ނާޒް އާއި އޭނާ ހިންގަވާ ނަފުސާނީ ފަރުވާދޭ ކްލިނިކް، މިޕްސްޓާއިން ފަރުވާ ހޯދި ބައެއް ކަސްޓަމަރުންނަށް ފަރުވާދިނުމުގައި ވަނީ ފަރުވާކުޑަކޮށްފަ އެވެ. އަދި ބަލި މީހުން ނުބައިކޮށް ޑައިގްނޯސްކުރުމާއި އެ ކްލިނިކުގައި ކަމުގެ ތަޖުރިބާ ނެތް މީހުން ލައްވާ މަސައްކަތް ކުރުވާ ކަމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ.

އެ ކްލިނިކުގައި މަސައްކަތްކުރި ބައެއް މުވައްޒަފުންނަށް މުސާރަ ނުދީ ހުރި ކަމަށް ވެސް އެ ޕޯސްޓްގައި ބުންޏެވެ. އަދި ފަރުވާ އަށް ގިނަ އަދަދެއްގެ ފައިސާ ނަގައި، ރަނގަޅަށް ފަރުވާ ނުދޭ ކަމުގެ ބޮޑެތި ތުހުމަތުތައް ވެސް ކޮށްފައިވެ އެވެ.

ނާޒް އަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެ ޕޯސްޓް ޖެހީ ޓީވީއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޝަމްރާ ޝަމީމް (ކުޑޫ) އެވެ. އެ ޕޯސްޓުގައި ކުޑޫ ބުނި ގޮތުގައި އޭނާ އަކީ ވެސް އަހަރުތަކެއް ކުރިން ނާޒް ގާތަށް ފަރުވާ ހޯދަން ދިޔަ މީހެކެވެ. އޭނާއާ މެދު ވެސް ނާޒް ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށް ބުންޏެވެ.

ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.

"ޑރ. ނާޒްއާ އެކު އަޅުގަނޑަށް ކުރަން ޖެހުނު ހިތްދަތި ތަޖުރިބާ ކިޔައިދޭން އުޅޭތާ ހަތް އަހަރުވެއްޖެ،" އިނގިރޭސި ބަހުން ކުރި ދިގު ޕޯސްޓުގައި ކުޑޫ ބުންޏެވެ.

ކުޑޫ ބުނީ ނަފުސާނީ މައްސަލައެއްގައި ނާޒް އަށް ދެއްކުމުން، މަޝްހޫރު ދީނީ އިލްމުވެރިއެއް ގާތަށް ރުގްޔާކުރަން ދާން އޭނާ ވިދާޅުވި ކަމަށެވެ. އެއީ ކުޑޫ އަށް އޭރު ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ކަމަށް އޭނާގެ މަންމަ އަށް ވެސް ނާޒް ވިސްނައިދެއްވި ކަމަށް ބުންޏެވެ. އެކަމަކު، ޓީވީ ޕްރޮގްރާމްތަކަށް ނާޒު އަރައި، ނަފުސާނީ ބައްޔާއި އީމާންތެރިކަމާ ގުޅުމެއް ނޯންނަ ކަމަށް ވިދާޅުވެ އަދި އެއީ ހަމަ ބައްޔެއް ކަމަށް ވިދާޅުވެ، އޭނާގެ އަމަލުތަކުން އާންމުންނަށް އެކަން އޮޅުވާލަމުން އަންނަ ކަމަށް ކުޑޫ ބުންޏެވެ.

"އަޅުގަނޑުގެ މަންމަ ގާތުގައި ނާޒު ބުނީ ރުގްޔާކުރުމަކީ ވަރަށް ގިނަ ދިވެހިން ކުރާ ކަމެކޭ، އެއީ އަޅުގަނޑަށް ވަރަށް ރަނގަޅުވާނެ، އުއްމީދީ ފަރުވާއެކޭ،" ކުޑޫ ބުންޏެވެ.

ނާޒް ކަހަލަ މަޝްހޫރު ނަފުސާނީ ޑޮކްޓަރަކު އެގޮތަށް ބުނުމުން ރުގްޔާކުރާ މީހަކަށް ދައްކަން އޭނާގެ މައިންބަފައިން ވެސް ބޭނުންވުމުން، އެކަން ކުރި ކަމަށް ބުންޏެވެ.

އޭނާ ބުނީ ރުގްޔާކުރާ މީހުން ބުނާ ގޮތަށް ދިރިއުޅުން ބަދަލުކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި އެ ދިޔަ އަހަރުތަކުގައި ރުގިޔާކުރަން އޭނާގެ މައިންބަފައިންގެ އަތުން ވަރަށް ބޮޑު ހަރަދެއް ވެސް ކުރަން ޖެހުނު ކަމަށެވެ. އެކަމަކު އެ ހިސާބުން އޭނާގެ ހާލަތު މާ ބޮޑަށް ގޯސްވެ، އެންމެފަހުން "އެކްސްޓްރީމް އެންޒައިޓީ" އަށް ހުށަހެޅުނު ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން، ރަނގަޅު ތަނަކުން ނަފުސާނީ ފަރުވާ ހޯދުމުން އޭނާ "ބައިޕޯލާ ޑިސްއޯޑާ" އަށް ޑައިގްނޯސްވި ކަމަށް ވެސް ބުންޏެވެ.

ނަފުސާނީ ބަލީގައި ކުރި ހިތްދަތި ތަޖުރިބާ އާއި އެ ބަލިން އަރައިގަންނަން އޭނާ ކުރި މަސައްކަތް މިދިޔަ ރޯދަ މަހު "މިހާރު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވެސް ކުޑޫ ކިޔައިދިނެވެ.

"ޑރ. ނާޒް ކަންްތައް ކުރެއްވި ގޮތުން އަސްލު އެހީ ހޯދަން މީހުންނަށް އިތުބާރުކުރަން ވަރަށް އުނދަގޫވި،" ކުޑޫގެ ޕޯސްޓުގައި ބުންޏެވެ.

"ރަނގަޅަށް ޑައިގްނޯސްކޮށް އަދި ރަނގަޅު ފަރުވާ އަކީ ކޮބައިކަން، އޭރު ޑރ. ނާޒް އަޅުގަނޑުގެ މައިންބަފައިންނަށް ކިޔައިދެއްވި ނަމަ، އަޅުގަނޑު އެ ހާލުގައި އުޅެން ނުޖެހުނީސް. އެހެންވެ، އަޅުގަނޑު ގަބޫލުކުރަނީ ޑރ. ނާޒް އަކީ ފަރުވާކުޑަ، ޕްރޮފެޝަނަލް ކަމެއް ނެތް އަދި އެއްވެސް ވަރަކަށް އިތުބާރުނުކުރެވޭ މީހެކޭ،" އޭނާ ބުންޏެވެ.

ކުޑޫ ބުނިގޮތުގައި ސޯޝަލް މީޑިއާގައި މި ވާހަކަދައްކަން ޖެހުނީ ނާޒްގެ ފަރާތުން ކުރަން ޖެހުނު ތަޖުރިބާ، ނާޒްގެ ޕޯސްޓެއްގައި އޭނާ ކޮމެންޓްކުރުމުން އެކަމަށް ނާޒް ދެކޮޅު ހަދައި، އޭނާގެ ކޮމެންޓް ޑިލިޓްކުރުމުން ކަމަށެވެ. އަދި ފަހުން ނާޒް، އޭނާގެ ޕޯސްޓް ވެސް ޑިލިޓްކޮށްލި ކަމަށް ބުންޏެވެ.

ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.

"[ނާޒް] ފަހުން އަޅުގަނޑު ބްލޮކް ކޮށްފައި އެ ޕޯސްޓް، ރީޕޯސްޓް ކުރި. އެހެންވެ، އަޅުގަނޑު އެ ވާހަކަ އަޅުގަނޑުގެ އިންސްޓަގްރާމްގައި ޝެއާކުރީ. އެހިސާބުން އެހެން ވަރަށް ގިނަ މީހުން ވެސް ނާޒް ކަންތައްކޮށްފައި ހުރި ގޮތުގެ ވާހަކަދައްކަން ފެށީ،" ކުޑޫ ބުންޏެވެ.

ފަރުވާގައި ފަރުވާކުޑަކުރި ކަމުގެ ތުހުމަތު

ނާޒް ގާތުން ފަރުވާ ހޯދި އަދި އޭނާއާ އެކު މަސައްކަތް ކުރި ބައެއް މުވައްޒަފުން، އެ މީހުންނަށް ކުރެވުނު އުނދަގޫ ތަޖުރިބާތަކުގެ ވާހަކަތައް ލިޔެ، ކުޑޫ އަށް ފޮނުވާފައި ހުރި ބައެއް މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއް ވެސް އެ ޕޯސްޓުގައި ހިއްސާކުރި އެވެ.

ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.

"މިޕްސްޓާގައި އަހަރެންގެ ބައެއް ރައްޓެހިން މަސައްކަތްކުރި. އަދި އެތަނުގައި މަސައްކަތްކުރޭ އަހަރެން ދަންނަ ބައެއް މީހުން ވެސް. އެ މީހުން ބުނީ ކޮންމެ މަހަކު މުސާރަ ދޭން ވެސް ޖެހެނީ އާދޭސްކުރާށޭ. އެ މީހުން [މިޕްސްޓާގެ މަސައްކަތަށް] ވަރަށް ގިނައިން ރަށްރަށަށް ދަތުރުކުރަން ވެސް ޖެހޭ. އެއިން ކޮންމެ ދަތުރަކުން ނާޒު ވަރަށް ގިނައިން ފައިސާ ވެސް ހޯދާ. އެކަމަކު އޭގެން ކުޑަކުޑަ އެއްޗެއް ސްޓާފުންނަށް ދެނީ،" އެކަކު ބުންޏެވެ.

"އެ ކްލިނިކުގައި އަންކޮލިފައިޑް ސްޓާފުން އެސެސްމަންޓްސް ހަދައި، ރިޕޯޓްތައް ވެސް ލިޔޭ."

އެހެން މީހަކު ބުނީ، 2004 ވަނަ އަހަރުގެ ސުނާމީ އަށް ފަހު، ނާޒު ގާތުން ޕީޓީއެސްޑީ އަށް ފަރުވާ ހޯދި މީހަކަށް އޭނާ ވަރަށް އިހާނެތިކޮށް ކަންތައް ކުރެއްވި ކަމަށެވެ.

"ޝީ ކޮންސަލްޓެޑް ޑރ. ނާޒް އަށް. އެ ދުވަހު ދައްކަން ގޮސް ވާހަކަދައްކަން އިނދެފައި ބުނެއްޖެ ތިމަންނަ ވަރަށް ބިޒީ ވެއްޖެޔޭ، ވީގޮތް ކިޔައިދޭށޭ. ކިޔައިދިނީމަ ބުންޏޯ މި ދަނީ އޭ، އެހެން ދުވަހަކުން އަންނާށޭ،" އެ މެސެޖުގައި ބުންޏެވެ.

އޭގެ ފަހުން ތިން ދުވަހުގެ މަތިން ވެސް ނާޒް އަށް ދައްކަން ދިއުމުން އޭނާ ޚަބަރެއް ނުވި ކަމަށް ޕޯސްޓްގައި ވެއެވެ.

ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.

މިޕްސްޓާއިން މީހުން ރަނގަޅަށް ޑައިގްނޯސް ނުކޮށްދޭ ކަމަށް ވަރަށް ގިނަ މީހުން މެސެޖުތަކުގައި ބުނެފައި ހުއްޓެވެ. އަދި ދެން އެންމެ ގިނައިން ހުރީ މަސައްކަތް ކުރުވާފައި މީހުންނަށް މުސާރަ ނުދީ ހުރި ކަމަށް ބުނާ ތުހުމަތުތަކެކެވެ.

ތުހުމަތުތަކަށް ނާޒު އިންކާރުކުރޭ!

އެ ތުހުމަތުތަކަށް އިންކާރުކުރައްވައި ނާޒު މިރޭ "މިހާރު" އަށް ވިދާޅުވީ މި ދާއިރާގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީއްސުރެ، އަދިވެސް އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އޭނާގެ ކްލައިންޓުންނަށް ކަމަށެވެ. އަދި އޭނާގެ ފަރާތުން ގޯހެއް ހެދިފައި އޮވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި އެ ވާހަކަދެއްކުމުގެ ބަދަލުގައި ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅަން އެދޭ ކަމަށް ނާޒް ވިދާޅުވި އެވެ.

"އެކަންކަން އެގޮތަށް ގެންދަންވީ ދެއްތޯ. ހެކިބަހުން ސާބިތުކޮށްފައި އެކަން ކުރުން ދެއްތޯ ރަނގަޅުވާނީ،" ނާޒް ވިދާޅުވި އެވެ.

"އަޅުގަނޑު މުސާރައެއް ނުދެޔޭ ކިޔާފައި، އިނާނެއްނުންތޯ އެކަމާ ބެހޭ މުއައްސަސާ. އަދި އިހުމާލެއް އޮވެއްޖެއްޔާ ހަމަ އެ ކަންތައްތަކާ ބެހޭ ފަރާތަށް [ހުށަހަޅާ]. މާ ކުރީގައި ހިނގި ހާދިސާއެއް، އެވިޑެންސެއް ނެތި، މީހެއްގެ މުޅި ހަޔާތުގައި ކިޔެވި ކިޔެވުމާއި، ކުރި މިންނެތް މަސައްކަތުގެ އަގުވައްޓާލާފައި، ޕްރޮފެޝަންގެ އަގުވައްޓާލައި، އެގޮތަށް ސްޕްލެންޑް ކުރަމުން ގެންދިއުން އެއީ އަޅުގަނޑަށް ހީވަނީ އެ ކަންތައްތައް ވާން ޖެހޭނެ ގޮތެއް ނޫން."

ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.

ނާޒް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި އެ މައްސަލަ ތިލަކޮށްގެން އުޅުނު ނަމަވެސް، އެއްވެސް ކްލައިންޓަކު އޭނާ އަށް ނުވަތަ މިޕްސްޓާ އަށް ވެސް އެކަމާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައެއް ނުވެ އެވެ.

"ވަރަށް ދެރަވެއްޖައިން، އަޅުގަނޑުގެ ފަރާތުން ގޯހެއް ހެދިފައި އޮވެއްޖެ ކަމަށްވާ ނަމަ މާފަށް އެދެން. އެ ކުދިން ނެތް އަޅުގަނޑު ކައިރިއަށް އައިސްފައެއް ވެސް [މައްސަލަ ޖައްސާކަށް]،" އޭނާ ބުންޏެވެ.

ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.

ކްލިނިކުން ދޭ ހިދުމަތްތަކަށް ކަނޑައަޅާފައި އޮންނަ އަގަށް ވުރެ ބޮޑުކޮށް އެއްވެސް ކްލައިންޓެއްގެ އަތުން ފައިސާ ނުނަގާ ކަމަށް ނާޒް ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ދިމާވެފައި އޮތަސް، އެ ކަހަލަ މައްސަލައެއް ކްލައިންޓަކުން ހުށަހަޅާފައި ނެތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މިސާކަށް މުސާރަ ނުލިބިގެން ޓްރައިބިއުނަލަށް ގޮސް، އެ ކަހަލަ ކަމެއް ވެސް ނެތް ހިނގާފައެއް،" އޭނާ ވިދާޅުވި އެވެ.

"މުސާރަ ނުދީ މީހުން ލައްވާ މަސައްކަތްކުރުވާ މީހެއް ނޫން އަޅުގަނޑު މިއީކީ."

100 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 15%
icon angry icon angry 68%
icon wow icon wow 7%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޒީރާ

30 October 2022

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އަކީ ގާނޫނީގޮތއެލައިޑް ހެލްތް ޕްރޮފެޝަނަލަސް ގެ އެންމެހާ ކަންކަން ބަލަން އޮތް ކައުންސިލް އެކަމަުކު މީނާ އުޅޭ މޯލްޑިވް ސައިކޮލޮޖިކަލް އެސޯސިއޭޝަން ކިޔާޖަމިއްޔާއެއް އަމިއްލައަށް އުފައްދައިގެން

The name is already taken The name is available. Register?

ސިދުގީ

30 October 2022

އަމިއްލަ ތަޖުރިބާއެކެވެ. ޑރ.ނާޒް އަޅުގަނޑުން ރަށަށް އައެވެ. ސްކޫލާއި ގުޅިގެން ސްކޫލް ކުދިންނާއި ރަށުގެ ރައްޔިތުންނަށް ހުޅުވާލެވިގެން ނަފްސާނީ މައްސަލަ ހުރިތޯ ޓެސްޓުތަކެއް ހެއްދިއެވެ. ފުރަތަމަ ޓެސްޓަށް 200 އާއި 350 ދެމެދު އަގެކެވެ. އަގަކީ ބޮޑުއަދަދަށް ނުވާތީ ގިނަ ޕޭރަންޓުން އެމީހުންގެ ކުދިން ހެއްދިއެވެ. ގިނަކުދިންގެ ނަފްސާނީ ކަމެއް އުޅޭ ކަމަށް ބުންޏެވެ. އަދިއިތުރު އެސެސްމެންޓަށް ހަދަން އަނެއްކާ އިތުރު 2500 (ގާތްގަނޑަކަށް) ކުއްޖަކު އަތުންނެގިއެވެ.

The name is already taken The name is available. Register?

ޕްރޭމްޗޯޕްރާ

30 October 2022

އަސްލު ގިނަ ދިވެހިން ކަމެއް ލިބި އެއްޗެއް އެގިޖެއްޔާ ވަރަށް ބޮޑާވެ ކިބުރުވެރިވޭ. އެހެންވީމަ މިހާރު ނާޒްވިޔަސް އެހެންމީހެއްވިޔަސް އަބަދު ބޭނުންގޮތެއް ހެދޭނެކަމަށް އުންމީދުކޮށްގެން ނުވާނެ. ކޮންމެސް ދުވަހަކުން ތިމަންނަވެސް ސައިޒްވާންޖެހޭ ދުވަހެއް ވަގުތެއް އަންނާނެކަން އެގެންޖެހޭނެ. ކުރިއަށްއޮތްތަން ރަގަޅުކޮށްލުން މަގޭ ނަސޭޙަތަކީ.

The name is already taken The name is available. Register?

ހަސަނު

30 October 2022

އަޅޭ ނޫސްވެރިންވެސް ރަނގަޅު ދެއްތޯ ނާޒު އަތުގާ އޮތް ފާހަކީ ކޯއްޗެއްތޯ ޗެކު ކޮށްލަންވެސް...

The name is already taken The name is available. Register?

ލޭޝް

30 October 2022

ތިބާ ސައިކޮލޮޖީ އިން 4100 އެސެސްމަންޓް ހަދަން ނެގި، 4 މަސް ވީ އިރުވެސ ރިޕޯރޓް ނުލިބޭ، ކުޖާ އުމުރު ދާ ވަރަކަށް ގޯސްވެޔޭވެސް މިމީހުން ބުނަނީ، ވީގޮތް ބަލަން ހަދާއެސެސްމަންޓް ނުލިބިމުން ދެން ކުރިއަށްދާކަށް ނޭގޭންދޯ، ސައިކޮލޮޖިސްޓްން ބިޒީކަމުން ނުވެފަ، ނުވާވަރަށް ޕޭޝަންޓް އިން ނަގަނީ ކީއްކުރަން.

The name is already taken The name is available. Register?

އިސްލާހުޖާޑި

30 October 2022

ނާޒްއަކީ ގަދަމީހެއް

The name is already taken The name is available. Register?

ފެންފޯއް

30 October 2022

ޗީޑި

The name is already taken The name is available. Register?

މާމިނގިލާ ޒާހިރު

30 October 2022

ތިޔަ ނާޒް އަކީ ވަރަށް ފަރުވާ ކުޑަ މީހެއް. މީ އަހަންނަށް ދިމާވި ކަމެއްގެ ތަޖްރިބާ…!

The name is already taken The name is available. Register?

ވަހީދު

30 October 2022

އަޅުގަނޑުމެންގެ ކޮއްކޮއެއް ފުޓްބޯޅަ ކުޅެނިކޮށް ވަރަށް ބާރަށް އަތުގެ ކުޑަހުޅުގައި ބޯޅައިންޖެހި ހުޅުބިނދުނު. ކަށީގެ ޑޮކްޓަރަކަށް ދައްކައިގެން އެކްސްރޭ ނެގި. އެބަލައިގެން ހުޅުބިނދިފައި އިންކަމެއް ޑޮކްޓަރަކަށް ނޭނގުނު، އެތައް ވޭނަކަށްފަހު ޑޮކްޓަރ ޝާނަށް ދެއްކުނު އިރު ކަށިގަނޑުގެ ކުރި އިނީ މަރުވެފައި. އެހެންވެ އެބައި ބުރިކޮށްގެން ރަނގަޅު ކުރެވުނު އިރު އަތުގައި ބޮޑު އައިބެއް މިހާރު އިނދޭ... މިކަހަލަ ކިތަންމެ ކަމެއް ހިނގާ.ނޫހަކު ނުޖަހާހ. ޭޭ ް

The name is already taken The name is available. Register?

ޒަޒުބާތު

30 October 2022

ނަފްސާނީ ބަލިހުންނަ މީހަކު އެކުޒްކުރުމިން އަދި އޭނަގެ އަގުވައްޓާކައްވެސް ނުޖެހޭ މެޑިކަލް ކައުންސިލުން މިކަންތަހްޤީގްކުރީމަ ވީތާ އެއިރުންތާ އިންގޭނީ އަދި އިނގިލދިއްކުރުމަކުން ނުނިމޭނެ ސޯސަލް މީޑިއާގަ ކެރެކްޓަރ އެސޭސިނޭޓް ކުރުމަކީ ޓްރެންޑެއް މިހާރު އެއްމެ ގިނަވާނީ ސެކްސުއަލް ހެރޭސްމަންޓް މިއީ ފާޑެއްގެ ބްލެކްމެއިލެއް މިކަހަލަ ކަންކަން ސާބިތުކުރަންވާނެ ނުނީ ކިހާބޮޑުގެއްލުމެއް އޭގެ ބަދަލްވެސް ޖެހޭނެގެން

The name is already taken The name is available. Register?

ވެން

30 October 2022

މެޑިކަލް ކައުންސިލާ ފަތުވާ ކައުންސިލާ ރާގޮޑި ކަންސިލް ހިގާތަ މިގައުމުގަ ކަލޯ؟؟ އެއީ ޕާކުކޮއްފަ ހުރި ތަންތަން ހިރިވެސް ނުލާނެ.

The name is already taken The name is available. Register?

ލިޓުލް މާމައިޑު

29 October 2022

މަބުނީ އަހިވަކާޖެހި އަހިވައް ފާނޭ ކިޔައެއްނޫންހޭ. ތިޔަ މިޕުސްޓާ އަކާ ޖެހިގެން އެހެނީ އަބަދު ފައިސާ ފައިސާ، އެ ފައިސާ މި ފައިސާ ކިޔާ މީހެއްގެ "ގަނޑުވަރު".

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454