ޑްރޯންގެ ދައުރު އިތުރު ކުރުމަށް ބޭއްވި ޕްރޮގުރާމަކީ ދިރާގާއި ޔޫއެންޑީޕީއާ ގުޅިގެން ބޭއްވި ޕްރޮގުރާމެއް. -- ފޮޓޯ: ދިރާގު
04 ނޮވެމްބަރ 2022 - 16:09
ކާރިސާތަކުގައި ލިބޭ ގެއްލުންތައް ދެނެގަތުމުގައި ޑްރޯން ޓެކްނޮލޮޖީގެ ދައުރު އިތުރު ކުރުމުގެ ގޮތުން "ޑްރޯންސް ފޯ ރިޒެލިއެންސް"ގެ ނަމުގައި ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފި އެވެ.
އެ ޕްރޮގްރާމްގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލްޖީ އައިމިނަތު ޝައުނާ ވިދާޅުވީ ޑްރޯނާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީ އަކީ އެކި ދާއިރާތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ޓެކްނޮލޮޖީތަކެއް ކަމަށެވެ. އަދި ސިޓީތަކާއި ރަށްރަށަށް ދިމާވެފައި ހުރި ގައުމީ ގޮންޖެހުންތަކުގައި އެފަދަ ޓެކްނޮލޮޖީގެ ބޭނުންތައް އިތުރުކުރުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވަނީ އެ ފަދަ ޕްރޮގްރާމެއް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން މޫސުމީ ބަދަލާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދިމާވެދާނެ ކަރިސާއަކަށް ތައްޔާރުވުމުގައި އެ ފަދަ ޓެކުނޮލަޖީގެ ސަބަބުން ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި ތިމާވެއްޓަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނިން ނުހަނު އިސްކަންދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޝައުނާ އާއި އެ ރަސްމިއްޔާތުގައި ބައިވެރިވި އިސްވެރިން. -- ފޮޓޯ: ދިރާގު
އައްޑޫ ސިޓީގެ ކައުންސިލްގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމާ ގުޅޭ ގޮތުން މޭޔަރު އަލީ ނިޒާރު ވަނީ ޑްރޯން ޓެކްނޮލޮޖީ އަކީ ކާރިސާތަކުން އަރައިގަތުމަށް މުހިންމު ވަސީލަތެއްކަން ފާހަގަ ކުރައްވައި އެ ވަސީލަތުގެ ސަބަބުން އެ ފަދަ ކާރިސާތަކަށް އެ ސިޓީ އިތުރަށް ތައްޔަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންިދޔަ ޕްރޮގުރާމަކީ އެ ސިޓީގައި މަސައްކަތްކުރާ ރެޑް ކްރެސެންޓުގެ ވޮލެންޓިއަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގައި ޑްރޯން ޓެކުނޮލޮޖީ ބޭނުންކޮށްގެން ގުދުރަތީ ކަރިސާތަކުން ރައްކާތެރިވުމާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ދެނެގަންނާނެ ގޮތާއި، އެ ފަދަ ހާލަތެއްގައި ޑްރޯން ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ގޮތްތަކުގެ ތަމްރީނު ވަނީ ދީފަ އެވެ. އެގޮތުން އައްޑޫ ސިޓީގައި ހިމެނޭ ހުރިހާ ރަށްރަށެއްގައި ޑްރޯނު ޓެކްނޮލޮޖީން ނަގާފައިވާ ފޮޓޯތަކުން ތައްޔާރު ކޮށްފައިވާ އޯތޮމޮޒައިކު މެޕު ވަނީ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.
ދިރާގުން ބުނި ގޮތުގައި އެފަދަ ޕްރޮގްރާމެއް ހިންގުމުގެ މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތަކަށް ޑްރޯން ޓެކުނޮލޮޖީގެ އެހީގައި ތައްޔާރުވުމެވެ. އަދި ކާރިސާތަކުން ލިބިދާނެ ގެއްލުން ދެނެގަތުމާއި ކަރިސާތަކަށް ތައްޔާރުވުމުގައި އެންމެ ފަހުގެ ޓެކުނޮލޮޖީގެ އެހީގައި، އެންމެ ރަނގަޅު މައުލޫމާތުތައް ލިބި އެ ފަދަ ކަންތައްތަކަށް ތައްޔާރީތައް އިތުރުކުރުން ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
05 November 2022
ޑްރޯން ޓެކްނޮލޮޖީއަކީ ވަރަށް ދުރަށް ވިސްނާފަ، ވަރަށްގިނަ ގަވާއިދުތަކާ ގައިޑްލައިންތަކެއްގެ ދަށުން އޮޕަރޭޓްކުރަންޖެހޭނެކަމެއް. އަމިއްލަ ފަރުދުންވެސް ތިއެއްޗެހި ބޭނުންކުރާއިރު ރާއްޖޭކަހަލަ ސީޕްލޭންތަކާ ވައިގެ ދަތުރުތައްގިނަ ތަނެއްގައި ވަކި ޚާއްސާ ނޮންޕްލައި ޒޯންތައް ހެދި އެކަންވެސް ރަގަޅަށް ސަވެއިލެންސްކުރިގެން ނޫނީ ތިފަދަކަމަކުން ވެދާނެ ގެއްލުންބޮޑު. ލަންޑަނުގެ ހީތްރޯ އެއާޕޯޓްގެ ހާދިސާއިން އިބްރަތް ލިބިގަންނަންޖެހޭ.
ބައްޕީލެހެރީ
05 November 2022
ތި ޑްރޯން ދުއްވިންތަ ދިރާގް ހެޑްއޮފީސްމަތިން....! އަޅެ ނިކަން ދުއްވާލަބަ! މުޅި އެހިސާބް ވައި އޮންނަނީ ޔަގީން އެއްކޮށް ތަޔައްޔަރުވެފައިކަން، ޖެހިގެން ހުރީ އެތައްސަތޭކަ ބަލިމީހުުން ވަދެ ނިކުމެ ހަދާ ރާއްޖޭގެ މައި ހޮސްޕިޓަލް. ކަނބާއައިސާރަނި ހިގުމަށް ވާގޮތައް ދިރާގު އިންޖީނެއްގެ ކަންނޭގެ ބޮޑު ކަޅު ދުންހޮޅިއެއް އެހިސާބް ވައި ނުސާފުކުރަން 24/7.