ސެލީނާ ގޮމެޒް(ވ) އާއި އޭނާގެ ބެސްޓްފްރެންޑް ފްރާންސިއާ ރައިސާ: ސޯޝަލް މީޑިއާގައި މި ދެމީހުންގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި
08 ނޮވެމްބަރ 2022 - 06:21
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމެޒް އާއި އޭނާއަށް ކިޑްނީ ހަދިޔާކުރި އެންމެ ގާތް އެކުވެރިޔާ ފްރާންސިއާ ރައިސާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ.
ފްރާންސިއާ ރައިސާ ވަނީ 2017 ވަނަ އަހަރު އޭނާގެ އުމުރުން 30 އަހަރުގައި ސެލީނާ އަށް އޭނާގެ އެއް ކިޑްނީ ހަދިޔާކޮށްފަ އެވެ.
މި ފަހުން ސެލީނާ ނެރުނު އޭނާގެ ޑޮކިއުމެންޓްރީގައި އޭނާގެ ސިއްހަތާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. ނަމަވެސް އެއްވެސް ވަރަކަށް ފްރާންސިއާ ރައިސާގެ ވާހަކަ ގެނެސްފައި ނުވިޔަސް، ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓަކީ ހަމައެކަނި އޭނާގެ ހުރި ސެލެބްރިޓީ ރަހުމަތްތެރިޔާ ކަމަށް ބުނެފައިވެ އެވެ.
މި ސަބަބާހުރެ، ފްރާންސިއާ ރައިސާ ވަނީ އިންސްޓަގްރާމުން ސެލީނާ އަންފޮލޯ ކޮށްފަ އެވެ.
އާދިއްތަ ދުވަހު ޓިކްޓޮކްގައި ފްރާންސިއާ ރައިސާ، ސެލީނާ އިންސްޓަގްރާމުން އަންފޮލޯކުރި ކަމުގެ ވީޑިއޯއަކަށް ސެލީނާ ވަނީ "އައިރޯލް" އިމޯޖީ އަކާ އެކު ކޮމެންޓެއް ވެސް ކޮށްފަ އެވެ. އަދި އޭނާ ދަންނަ އެންމެންގެ ވާހަކަ އެ ޑޮކިއުމެންޓްރީގައި ނުދައްކާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފްރާންސިއާ ރައިސާ ފަހުން ވަނީ އޭނާގެ ކޮމެންޓު ޑިލީޓް ކޮށްފަ އެވެ. ނަމަވެސް ސެލީނާ އަދިވެސް އިންސްޓަގްރާމުން އޭނާ ފޮލޯއެއް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަ
08 November 2022
ހަރުފައެއް ނޫން ނަގުލަންދާށި ކަށި ޖެހިކަމަށް ސިޔަރަތުގައި ކިޔަނީ
ކައިލީ
08 November 2022
މޮޔަވެގެން ތި ކިޑްނީ ހަދިޔާ ކުރީ
ބދބދބދބ
08 November 2022
މިދުނިޔޭގަ ހަގީގީ ރަހުމަތްތެރިންނެއް މިޒަމާނަކު ނުލިބޭނެ. ހަގީގީރަހުމަތްތެރިން ނަކީ ކީރިތި ރަސޫލާ ޞައްލﷲ ޢަލައިހި ވަސައްލަމް އާ އެކަލޭގެ ފާނުގެ ޞަޙާބީ އަބޫބަކުރުގެފާނު. ރަސޫލާ އަވަހާރަޕުޅުލައްޕަވާފައިވަނިކޮށް ހަރުފަ ވިހަލީމަވެސް ގުޑާވެސް ނުލާ އިންނެވި ވާހަކައަކީ އެކުވެރިކަމުގެ މިސާލު ހަމަ
ކޮތަރޭ
08 November 2022
އެހެންވެގެން އަހަރެމެން ބުނަނީ ކިތަންމެ ގާތް ވިޔަސް ކިޑްނީ ނުދޭށޭ. މި ޤައުމުން ނިކަން ފިލާވަޅު ހޯދަބަލަ