ޚަބަރު / ޖުމްހޫރީ ދުވަސް

ގުރުއާން ހިތުދަސްކުރި 13 ހާފިޒަކަށް ހާއްސަ މެޑަލް، އެންމެ ހަގު ކުއްޖަކަށް އަށް އަހަރުގެ އަމަން

ގުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖަގައިގައި ފާސްވެގެން 13 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް ރޭ އަރުވައިފި އެވެ.

މަތީ ދަރަޖަ ހޯދާ މީހުންނަށާއި ގުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ހާއްސަ މެޑަލް ދެއްވާފައިވާނީ އެކަމަށް ހާއްސަކޮށްގެން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ޖަލްސާގައި އިއުލާނުކުރި ގޮތުން ނަމަ، ބ. ހިތާދޫ ކުއްޖެއް ކަމަށްވާ އަމަން އަހުމަދު އާތިފަކީ މި އަހަރު އެ މެޑަލް ހާސިލްކުރި 13 ހާފިޒުންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ.

ކުޑައިރުއްސުރެ ގުރުއާނަށް ޝައުގުވެރިކަން ހުންނަ އަމަން ގުރުއާން ހިތުދަސްކޮށްފައިވަނީ އެއް އަހަރުގެ ތެރޭގަ އެވެ.

ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން ހުރިކަން މައިންބަފައިންނަށް ފާހަގަކުރެވިގެން ގޭގައި ގުރުއާން ހިތުދަސްކުރަން ފަށާފައިވަނީ ފަސް އަހަރުގަ އެވެ. ހަ އަހަރުގައި ގޭގައި ގުރުއާން ހިތުދަސްކުރުމަށްފަހު އެކްސެލް އިންޓަނޭޝަނަލް ސްކޫލުގައި ގުރުއާން މުރާޖައާކުރުމަށްފަހު، ހާފިޒުކަމުގެ ސަނަދު ހާސިލްކުރީ މިިދިޔަ އޮކްޓޯބަރު 14ގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަށް އަހަރުގައި ގުރުއާން ހިތުދަސް ކުރި އަމަން އަކީ މި އަހަރުގެ ޖުމްހޫރީ ދުވަހު ގައުމަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ ކަމަށެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒް އުމުރުން އަށް އަހަރުގެ އަމަން އަހުމަދު އާތިފަށް، ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހާފިޒުކަމުގެ ސަނަދު ހާސިލްކުރި އިތުރު 12 ހާފިޒުންނަކީ

- ފާތިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ

- ޝިފާ ބިންތު އަބްދުﷲ ހަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން

- ހޫދު މުހައްމަދު އަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް

- މުހައްމަދު އަނީސް ހުސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް

- ސަފިއްޔާ އަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް

- މުހައްމަދު ފަލާހު ސޯލިހު، އިތާމުތްގެ، ސ. ހިތަދޫ

- އަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ

- ފާތިމަތު ހަސަން، ރޯޒްބޯލް، ސ. ހިތަދޫ

- މުހައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ

- އަބްދުލްބާސިތު ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ

- އައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ

- މަރްޔަމް ނައިސަމް ސައީދު، ކުރިބޯށި، ސ. ފޭދޫ

މަތީ ދަރަޖަ ހޯދައިގެން މި އަހަރު 65 މީހަކަށް ވަނީ އިނާމު ދީފަ އެވެ. އޭގެ ތެރޭގައި ޕީއެޗްޑީން އެއްވަނަ ހޯދައިގެން 10 ބޭފުޅަކާއި މާސްޓާސް އިން އެއްވަނަ ހޯދި 26 އަދި ޑިގްރީ ކޯހުން އެއް ވަނަ ހޯދި 15 ބޭފުޅުން ހިމެނެ އެވެ.

ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި، އީޖާދީ މަސައްކަތުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހޯދައިގެން އދ. ދަނގެތީ، އޯޝަންވިލާ، މުހައްމަދު އަކްރަމް ވަނީ ރައީސްގެ އިނާމު ހާސިލްކޮށްފަ އެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރިއެރުންތަކެއް ހޯދާފައިވާތީ ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސް ކުންފުންޏަށް ވެސް ރައީސްގެ އިނާމު ދީފައިވެ އެވެ.

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 90%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިމްޕަލް

12 November 2022

12 ހާފިޒުންގެ ތެރެއިން 8 ހާފިޒުން ނިސްބަތްވަނީ ރާއްޖޭގެ އެންމެ ދެކުނުގެ، އަައްޑޫ އަދި ފުވައްމުލަކަށް. ރާއްޖެއަށް އިލްމީ ދަންމަރުގެ އަލިފަތުރާ ދީފައިވަނީ މި ދެއަތޮޅުން. މާލޭގެ އިއްޒަތްތެރިންވެސް ދެ އަތޮޅުގެ އެދުރުންގެ އަރިހުން އިލްމު ހޯދުމަށް އެ އަތޮޅުތަކުގައި ދިރއުޅުނު. ދެ އަތޮޅަށް ލިބިފައިއޮތް އިލްމީ ބާރު ކަޑުވާލަން 70ގެ މެދުތެރެއިން ފެށިގެން، ރޭވިގެން ކުރެވުނު މަސައްކަތެއްގެ ނަތީޖާއަކީ މާލެ ތޮއްޖެހި، ކުށްގިނަ، ބަލިގިނަ، ތަނަކަށް މާލެ ވުން.

The name is already taken The name is available. Register?

ޖަމީލުބެ

12 November 2022

الحمد لله

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454