މެންބަރު މުހައްމަދު ސައީދު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަނީ--ފޮޓޯ:މިހާރު
13 ނޮވެމްބަރ 2022 - 14:55
ދަރަނި ހުރި ވަރު އޮޅުވާލުމަށް ޓަކައި ބަޖެޓުގައި ފޭކް އަދަދުތައް ޖަހާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ތުހުމަތުކުރައްވައިފި އެވެ.
މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ސައީދު ވިދާޅުވީ، އުފެއްދުންތެރި ކަމުގެ ނިސްބަތުން ދަރަނި ޖެހޭ ވަރު ކުޑަ ކުރުމަށްޓަކައި ޖީޑީޕީގެ ނޮމިނަލް އަދަދު ބޮޑުކޮށް ޖަހާފައިވާ ކަމަށެވެ. އެއީ ބޮޑު ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ސްކޫލުތަކުގައި އިކޮނޮމިކްސް ކިޔަވައިދޭ ޓީޗަރުން ހިސާބު ޖެހިޔަސް މިއީ ފޭކް އަދަދުތަކެއް ކަން ސާފުވާނެ ކަމަށެވެ.
"އެއީ ރާއްޖޭގެ ޖީޑީޕީ އިންފްލެޓްކޮށްފައިކަން ރީއްޗަށް ފަޅާ އަރާ ވަރަށް މި ބަޖެޓުގައި މިކަން ކޮށްފައި، ޑެޓް ޓު ޖީޑީޕީ ދަށްކުރަނީ. ޑެޓް ޓު ޖީޑީޕީ ދަށްކުރަނީ އެކްސްޕެންޑިޗާ ކުޑަކޮށްގެންނެއް ނޫން. ބޮރޮއިން [ލޯނަށް ފައިސާ ނެގުން] ދަށް ކޮށްގެންނެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
އާންމުގޮތެއްގައި ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި ފިނޭންސް މިނިސްޓްރީން އަދަދުތައް ޖަހާނީ އިތުރުވާ ގޮތަށެވެ. މިއީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް ބަޖެޓު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެ އެވެ. އެހެން ނަމަވެސް، މިގޮތަށް އަދަދު ޖެހުމުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަ ކަމަށް ދައްކާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި އަންނަ އަހަރު 113 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރު ދައުލަތުގެ ދަރަނި ހުންނާނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 108 ޕަސެންޓުގަ އެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 111 ޕަސެންޓުގަ އެވެ. އެއީ ރުފިޔާއިން ނަމަ 106 ބިލިއަނެވެ. ފިނޭންސް މިނިސްޓްރީގެ އަމާޒަކީ 2025 ވަނަ އަހަރު ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 102 ޕަސެންޓަށް ދަށް ކުރުމެވެ. އެކަން ކުރަން ނިންމާފައިވަނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެންނެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ ގޮތަށް ހަރަދާއި އާމްދަނީ ހަމަޖައްސާފައިވާ ކަމަށެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 7.6 ޕަސެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓުބެ
13 November 2022
މަޑުކޮއްބާ!!!! ގާނޫން އާ ހިލާފް ވެއްޖިއްޔާ މިނިސްޓަރުން އަދި ވެރި މީހާ ކުއްވެރި ނުވޭތަ ؟ ގާނޫންގަ ނޯވޭތަ %100 އައް ވުރެން ދަރަނި ބޮޑުވެގެން ނުވާނެކަން އުފެއްދުންތެރިކަމާއަޅުވާއިރު ؟ މީ ކޮން ގޮތަކައް ހިންގާ ސަރުކާރެއް ؟
ސވލ
13 November 2022
ފޭކުމީހުނަށް ފޭކުފެންނާނީ މުޅިން އެހެންގޮތަކަށް. ދައުލަތުގެ މާލިއްޔަތުން މުސާރަލިބޭވަޒީރުންގެ މަޖިލީހުގެ މެންބަރަކަށްހުންނެވިއިރު، ދައުލަތުގެ ހަރުމުދަލުގައިހިމެނޭ ރަށްތަކަކާއި ފަޅުތަކެއް ވިއްކާހެދިއިރު ޗުުއްޕުވެސް ވިދާޅުނުވެ ހުންނެވުނުއިރު ފޭކު އެނގިވަޑައެއްނުގަތް! މިއަދު ފޭކުއެބަފެނިވަޑައިގަނޭ. މިއީ ކޮންކަހަލަ ސިޔާސަތެއްބާ؟
އެސިޔާސަތު
14 November 2022
އެއީ މިހާރު ވެރިކަމުގަ ތިބި މީހުންނަށް އޭރު ގައުމު ދަރުވާކަން ފެނި މިހާރު ގައުމު ދަރުވާ ނިންމައިފިކަން ނުފެންނަ ސިޔާސަތު. ވެރިކަމުގަ އާއްމުކޮށް ތިބޭނީ އަމިއްލަ އަމަލުތަކަށް އަނދިރިވެފަ ތިބޭ މީހުން. އެކަމުވެސް ޔާމީނު ދަރަނި ނެގީ ދަރަނި އަދާކުރާނެ ގޮތުގެ ޕްލޭންތައް ކޮށްފައި. ދެވަނަ ދައުރެއް ދިންނަމަ އެތަން ދެއްކީސް. މިހާރު ދެން އެއޮތީ އެކަމު ގައުމު އަތްނުފޯރާ ހިސާބަށް ދުއްވާލާފަ.
ހަސަނު
13 November 2022
2023 ގެ ބަޖެޓުގާ އޮންނާނީ 2023 ގެ ވާހަކަ.. 2023 ގާ ޖީޑީޕީ ބޮޑުވާނެ ކަމަށް އަންދާޒާކުރާ ވަރު 2023 ގެބަޖެޓުގާ އޮންނާނީ... އެހެން އެދިމާވަނީ އިކޮނޮމިކް މިނިސްޓަރު ކަން ކުރިން ކުރީ ސުކޫލަށް ނުގޮސް.. ދިޔަޔަސް އުޅުނީ ކޮންމެސް އެހެން ކަމަކާ..
ސާފު
13 November 2022
ފިނޭންސުން ކަންކުރާނީ ރަނގަޅަށް، ނޭނގޭ މީހުން ވާހަކަ ނުދައްކާ.
ހުސްނޫ
13 November 2022
މީނައަށް ހަމަ ނޭނެގެނީތަ މިއޮއްހާދުވަހު މަޖްލީހުގައި ހުރިއިރުވެސް ބަޖެޓްއަކީ އަންދާޒާތަކެއްކަން. ފިނޭންސުން ބަޖެޓް ހަދާނީ ވަރަށް ގިނަ ކަންކަމަށް ބަލާފަ ޑޭޓާ އެއްކޮށްފަ ހަމަ އެއްޗެއް ހަދަނީކީއެއްނޫން ތީގަ ޖަހާ ހުރިހާ އަދަދުތަކަކީ އެކްޗުއަލްސްއަށް ވާކަށް ނުޖެހޭ