ޚަބަރު / އައްޑޫ

އައްޑޫގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިތަން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ސިޓީ ކައުންސިލުގެ އެހެން އިސްވެރިން ބައްލަވާލައްވަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލު ކޮށްގެން ހަދަމުން އަންނަ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ، ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށީ ސ. ފޭދޫން ކަމަށެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރާ ހަވާލާދީ، އެ ކައުންސިލުގެ ވެބްސައިޓްގައި ބުނީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް އަތޮޅުގެ ތެރޭގައި ސަރުކާރަކުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ. ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކެއް ނެތުމުގެ ސަބަބުން އައްޑޫގެ މީހުންނަށް މިހާތަނަށް ދިމާވެފައިވާ ދަތިތަކާއި ފެންބޮޑުވުން ފަދަ މައްސަލަތަކަށް އެ މަޝްރޫއާއެކު ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް މޭޔަރާ ހަވާލާދީ ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އެއްވެސް ސަރުކާރެއްގައި އައްޑު އަށް އަދި ހާއްސަކޮށް ފޭދު އަށް ކޮށްދީފައި ނުވާ އެތައް ކަމެއް މި ސަރުކާރުން ކޮށްދެމުން އަންނަ ކަމަށް ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ފޭދޫގެ މަގުތަކުގެ މަސައްކަތް ލަސްވެ، ފެންވަރު ދަށް ކަމުގެ ޝަކުވާ ވެސް މި ފަހުން ބޮޑުވި އެވެ. ސިޓީ ކައުންސިލުން އޭރު ބުނީ އާންމުންގެ ޝަކުވާތަކެއް ލިބިފައި ވާތީ ކަންކަން ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިތަން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ސިޓީ ކައުންސިލުގެ އެހެން އިސްވެރިން ބައްލަވާލައްވަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން، 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރު ފެބްރުއަރީ 18ގަ އެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ހަދައި، ފެން ހިންދުމުގެ ނިޒާމެއް ވެސް ގާއިމު ކުރާނެ އެވެ.

އައްޑޫގެ ހުރިހާ މަގެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެފްކޮންސްއާ ހަވާލުކުރީ މިދިޔަ އަހަރު ފެބްރުއަރީގަ އެވެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އެ މަޝްރޫއުގެ ދަށުން އައްޑޫގެ 107 ކިލޯމީޓަރުގެ މަގު ހަދަން ނިންމާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގައި ތާރު އެޅުމަށާއި ގާ އަތުރަން ނިންމާފައިވެ އެވެ.

އައްޑޫގައި 104 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި ރަށްތަކުގައި މަގުތަކުގައި 376 ސީސީޓީވީ ކެމެރާ ހަރުކުރުމާއި މަގުތަކުގައި 3،600 ހޮޅިބުރި ހަރުކުރުމަކީ ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ ކަމެކެވެ.

14 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

23 November 2022

ތާރު އޭ ޒަމީން ޕަރް، ފްރޮމް ބޮލީޑިޔާ ޓު މޮލީޑިވްސް

The name is already taken The name is available. Register?

ކުދުބެއްޔާ

23 November 2022

"އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން، 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރު ފެބްރުއަރީ 18ގަ އެވެ." 1.2 މިލިޔަން ރުފިޔާއިން އައްޑޫގެ 80 މަގު ހެދުމަކީ ދޮޅުމުށް ފޮތިން 80 ކޯރި ފެހުންކަހަލަ ކަމެކެވެ.

The name is already taken The name is available. Register?

ނިދާފަ

23 November 2022

އަދިކިރިޔާ؟ މިގައުމު ދުނިޔޭގައި އޮންނަތާ ކިހާދުވަހެއް ވެއްޖެ. ދުނިޔޭގެ ގައުމުތަކުގައި ތާރަ އެޅިތާ ކޮންޒަމާނެއް؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 November 2022

ކ.އަތޮޅު މާލޭގެ ކުނިގޮނޑަށް ބްރިޖް އެޅުމަށާއި "މާލޭގެ ބިންވެރިންގެ އާމްދަނީ އިތުރުކޮށްދިނުމަށް" ދައުލަތުންވެދޭ އެހީތެރިކަމެއްގެ ގޮތުގައި އެމީހުނަށް އާމްދަނީ ހޯދާނެ ވަސީލަތެއްކަމުގައިދޭ ފުލެޓް ތައް އެޅުމަށް އިންޑިޔާގެ އެގްޒެމް ބޭންކުން ނެގި 800 މިލިޔަން ޑޮލަރުގެ ތެރެއިން ކުޑަމިންވަރެއް ހޭދަކޮށްގެން އައްޑޫގެ މަގުތަކުގައި "ނަމަކަށް" އަޅާ ތާރު އަޅަމުންދަނީ ވަރަށް ފެންވަރު ދަށްކޮށް. އެހެންކަމުން ތާރުއަޅާނިމުމާއިއެކު ތިމަގުތައް މަރާމާތު ކުރާންޖެހޭނެ.

The name is already taken The name is available. Register?

ކުދުބެއްޔާ

23 November 2022

އެހެންވެޔޭ މިބުނަނީ ދޮޅުމުށް ފޮތިން 80 ކޯރި ފެހުން ކަހަލަ ކަމެކޭތީ!!!!!!!

The name is already taken The name is available. Register?

ނޯޓީ ބޯއި

23 November 2022

ޖަޒީރާ ރާއްޖެ މެކުހަށް..

The name is already taken The name is available. Register?

ޢެމެރިކާ

22 November 2022

4 އަހަރުން ތަންކޮޅެއް. މީ ގަޑަތެޅެނީ.

The name is already taken The name is available. Register?

ހހ3333

23 November 2022

ފްރެނޤދ ގަޑަތެޅުމެއް ނޫން ގަނަތެޅުން

The name is already taken The name is available. Register?

ޢެމެރިކާ

22 November 2022

2ބިލިޔަން ޑޮލަރުގެ ލޯނުތަކެއް ދިވެހިންގެ ބޮލުގަ އަޅުވާފަ ތަރައްގީޔެއް ނުފެނޭ.

The name is already taken The name is available. Register?

ޔޫކޭ

23 November 2022

އަދުރޭގެ ހިސާބު؟

The name is already taken The name is available. Register?

1206

22 November 2022

މިއީ ޖަޒީރާ ތާރަ އެއް. މިއީ ހިރި އަކިރި، އަޅި އަނގުރުގައި ދަވައިގެން މަގުތަކުގައި އަޅާ ތާރަ އެއް. މިޔަށް ކިޔަނީ ޖަޒީރާ ތާރަ. މާލޭ ރަށްފުޅުގައި އަޅަނީ ތެލު ދަގުއި ގޮތުގައި އުފެދޭ އެސްފަލްތު ނުވަތަ ތަބައީ ގޮތުން ބިމު އަޑީގައި އުފެދިފައި އެސްފަލްތު ވަޅުތަކުން ނަގާ، އެސްފަލްތާއި ހިލަވެލި ގަށައިގެން ތައްޔާރު އެއްޗަކުން.

The name is already taken The name is available. Register?

ހާމަ333

22 November 2022

މަތިބަރު ސަރުކާރުގެ ހުރިހާ ގޮށްފުޅަގިތައް ހަމަ ތާރަމެޝިނަށް އަރާ ފޮޓޯނެގީމަ އެތާރުއެޅީކަމަކަށްވޭތަ...ތިޔަހެން ފޮޓޯނަގާފަ ކާށިފަޅާފަ އަޅުކަންކޮށް ހިތަދޫގަވެސް ތާރުއަޅަންފެށި...100ފޫޓަށް ތާރުނޭޅެނީސް އެކަން އެއޮތީ ހުއްޓިފަ...އެތަން މިތަންކޮނެ އެއްތަނެއްވެސް ނުނިމި މުޅި ހިތަދޫގެ މަގުތައް ބޭނުންނުކުރެވޭ ހާލަތުގަ..އަދިވެސް ތާރަމެޝިނަށް ޓްރެކްޓަރަށް ބޮޑުލޮރީއަށް އަރާ މޮޅެތި ފޮޓޯނަގާފަ އެފްބީއަށް ލާނެ...މިއީ ކޮންމެ ތިން މަހަކުން ފަށާ ތާރައެޅުމެއް...

The name is already taken The name is available. Register?

ކަތުރުވިލާމޫސާފުޅު

22 November 2022

ކ.ވިލިނގިލީގަ އެއަތޮޅު މާލޭގެ އެކިގަބީލާތަކުގެ ހާހެއްހާމީހުން ވަޒަންވެރިވުމާއިއެކީ މީގެ ތިރީހަކަށްއަހަރު ކުރީގަ ގާއަތުރައިގެން ހުރިހާ މަގުތަކާއި ގޯޅިގޯޅިތައް ހަދައިފި، އިންޖީނުލީ އެއްޗެހި ދުއްވުން މަނާ ރަށެއް އެއީ، އެކަމަކު ދުވާރާއި ކަފިހުރަސްވެސް ނިކަން ފެންވަރުގަ ހަދާފަ ހުރީ. މިއިރު ހާހުން ވެހިކަލްދުއްވާ ރަށްރަށުގެ އެންމެ މަގެއްގަވެސް ގާބުރިއެއް އެޅޭނެގޮތެއްނުވި އޭރު ފީޒިބުލް ނުވެގެން.

The name is already taken The name is available. Register?

ސސސސސ

23 November 2022

ވަރަށްރަގަޅު ވާހަކަ ކޮޅެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454