މަރުވުމުން އުކާލާފައި ކަމަށް ބެލެވޭ ވައްލަތަކެއް.-- ފޮޓޯ: އީޕީއޭ
27 ނޮވެމްބަރ 2022 - 17:48
ރާއްޖެއިން ހިމާޔަތް ކޮށްފައިވާ ދޫނީގެ ބާވަތެއް ކަމަށްވާ ވައްލަތަކެއް، މަރުވެ، މާލޭގެ ދެކުނުފަރާތު ފަޅުތެރެއިން އޮޔާދަނިކޮށް ފެނިއްޖެ އެވެ.
އީޕީއޭ އިން މިއަދު ބުނީ، އެ 15 ވަރަކަށް ވައްލަ ފެނުނީ މާފަންނު ސްޓޭޑިއަމާ ދިމާލުން ފަޅުތެރެއިން ކަމަށެވެ. އެ ދޫނިތައް ފެނުނީ މޫދުގައި އޮޔާދަނިކޮށެވެ.
އީޕީއޭ އިން ބުނީ، އެއީ ގެންގުޅުމުގެ ތެރޭގައި މަރުވުމުން އެ ސަރަހައްދުގެ މޫދަށް އެއްލާލާފައިވާ ދޫނިތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
އެ ވައްލަތަކާ ގުޅޭ އިތުރު މައުލޫމާތެއް އެނގޭ މީހެއް ނަމަ އެކަން އަންގައި ދިނުމަށް އީޕީއޭ އިން އެދުނެވެ.
About 15 tern carcasses have been found floating on the Southern harbor entrance near Maafanu stadium. These birds were suspected to have died from being handled & were likely dumped into the sea. We urge the public to please come forward if further information is available. pic.twitter.com/Aem9Gsi9Ez
— EPA Maldives (@EPAMaldives) November 27, 2022
ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކަކީ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ.
ހިމާޔަތް ކޮށްފައިވާ އެއްވެސް ދޫންޏެއް ނުވަތަ ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކަށް އަނިޔާކޮށް، ގެއްލުންދީ ނުވަތަ ހިފާ ގެންގުޅުމަކީ މަނާކަމެކެވެ. އެފަދަ ކަންނަ ކުރާ ފަރާތްތައް ބޮޑު އަދަދުން ޖޫރިމަނާ ވެސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
28 November 2022
މިދާ ، ކުރަފި ، މަދިރީގެ އަގު އިންސާނުންގެ އަގަށްވުރެ ބޮޑު ގައުމެއް.އެހެންވީމަ މުޅި ގައުމު އެލާޓަށް އަންނަންވީ.ވ.ވެދުން
ލިލިމީ
28 November 2022
ރަންކޮޅާ ޖަވާހިރާ ތިޔަ ދޫކޮށްނުލާތި. ދޫންޏަކަށް 50،000 އިން ޖޫރިމަނާކޮށްލާން ފެނޭ، އެކަން ކުރި ގޮލަޔަކު އަތުޖެހުނުހާ އަވަހަށް
ޙަސަން ކުރުސީ
27 November 2022
އަވަހަށް ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ފެނޭ!
ޙަބީބު.
27 November 2022
ކޮބާ އެއާޕޯޓުން މަރާލިހާ ދޫނިތަކުގެ ވާހަކަ
މާކަނާ
27 November 2022
އަވަހަށް ޕޯސްޓް މޯޓަމް ހަދަން ފެންނަނީ މަރުވި ސަބަބު ދެނެގަތުމަށް
ކޮރަލް
27 November 2022
އެ ވައްލަތަކާ ގުޅޭ އިތުރު މައުލޫމާތެއް އެނގޭ މީހެއް ނަމަ އެކަން އަންގައި ދިނުމަށް އީޕީއޭ އިން އެދުނެވެ. ހިމާޔތް ކޮށްފަ ދޫނި ދިރިއުލޭ އަދި ބިސްއަޅާ ފިނޮޅު ތަކާ އަދި ކުދި ފަޅު ރަށް ތައް ވަނީ ރިސޯޓް ހަދަން ދީފަ އެވެ. ނޫނީ ހިއްކާ ފަ އެވެ. އެސޮރުމެން އުޅޭތަންތަން ހަލާކު ކުރި ބަޔަކު އެންމެނަށް ވެސް އެނގެ އެވެ. ތިޔަ ދޫނި ތަކަށް ވީގޮތެއްވެސް ބަލަން ޖެހެ އެވެ.
ފުޅުކުންފުނި
27 November 2022
މަރާއުކާފަ އެހުރީ ރާއްޖެއކީ ފައިސާ ހޯދުމުގެ ބޭނުމުގަ ނަމުގަ ހިމާޔަތްކުރާ ގައުމެއް