އެންސިސް މަސް ފެކްޓަރީ އަށް އައި ދޯންޏަކުން މަސް ކިރުވަން ތައްޔާރުވަނީ.---ފޮޓޯ: އެންސިސް
27 ނޮވެމްބަރ 2022 - 19:21
މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުޅުމާލޭން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި އެވެ.
ހުޅުމާލޭގައި މަސްވެރިންގެ ބަނދަރުގައި ކުރިން ތެޔޮ ވިއްކަމުން އައީ މަސް ގަނެ ޕްރޮސެސްކުރާ އަމިއްލަ ކުންފުނި އެންސިސް އިންނެވެ. އެކުންފުނިން ތެޔޮ ވިއްކަނީ މިފްކޯއަށް ވުރެ 2ރ. އަގު ބޮޑުކޮށެވެ.
އަގު ހެޔޮކޮށް ތެޔޮ ވިއްކަން ފެށީ އެންސިސް އިން ހަދާފައި ހުރި ތެޔޮ މަރުކަޒު ހިންގުމާ އެފްއެސްއެމް އިން ހަވާލުވުމަށް ފަހު އެވެ. އެހެންވެ، ކުރިން 19.3ރ. އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު މަސްވެރިންނަށް 17ރ. އަށް ލިބޭނެ އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، ހުޅުމާލޭ ބަނދަރުގައި ތެޔޮ ވިއްކަން ނިންމީ، ހުރިހާ ހިސާބަކުން ވެސް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަދަން ކަމަށެވެ.
"މިސަރަހައްދުން ހުރިހާ މަސްވެރިންނަށް އެ ރޭޓުގައި ތެޔޮ ލިބޭނެ. މަސްވެރިން ބޭނުންވާ ވަރަށް ލިމިޓެއް ނެތި ތެޔޮ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މަސްވެރިންނަށް އެންސިސް އާއި ހޮރައިޒަން މެދުވެރިކޮށް އަގު ހެޔޮކޮށް ނުވަތަ މިފްކޯއިން ވިއްކާ ރޭޓުގައި ތެޔޮ ނުލިބޭތީ މީގެ ކުރިން ވެސް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޑުލްމޭން
28 November 2022
ދެން މަސްވެރިކަން ނުކޮށް ތެޔޮ ތާނގިޔަށް އަޅައިގެން އެހެން ބަޔަކަށް ތެޔޮވިއްކަން ތިޔަތަނުގައި "މަސް ދޯންޏެއް" ނުބާއްވައިފިއްޔާވާ ރަނގަޅު
އޮނަރަބްލް އަފީފު ދީދީ
27 November 2022
ވޭރުވެދިޔަ 60 އަހަރުންފެށިގެން ވެރިކަމުގެސިޔާސަތުކަޑައަޅާ ތަންފީޒުކުރާންތިބި ކ.އަތޮޅުމާލޭމީހުން އެމީހުންގެރަށަށް ޖަމާކޮށްފައިއޮތް ދައުލަތުގެބާރުތަކާއި ވަސީލަތާއި މުއްސަނދިކަން ރާއްޖޭގެ ރައްޔިތުންގެމެދުގައި ޙިއްސާކުރާނެސަރުކާރެއް ގެންނާންޖެހޭ. # މިގޮތުން ރާއްޖެއަށްބޭނުންވާ ތެޔޮ ކ.އަތޮޅު މާލޭގެ އިތުރުން އުތުރުގެ ހަނިމާދުއާއި ދެކުނުން ލާމް ނުވަތަ އައްޑޫގައި ސްޓޯރ ކުރެވޭގޮތް ހަދާ ބޭރުން ތެޔޮގެންނަ ބޯޓުން އެތަންތަނަށް އަންލޯޑް ކުރެވޭނެގޮތް ހަދާންޖެހޭ.