ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ---ފޮޓޯ:ފޮރިން މިނިސްޓްރީ
29 ނޮވެމްބަރ 2022 - 20:55
ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާއިން ރާއްޖެ އަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހިންގާ އެންމެ ބިޔަ އުމްރާނީ ޕްރޮޖެކްޓްތަކަކީ އިންޑިޔާގެ ލޯނާއި އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއުތައް ކަމަށެވެ. އޭގެ ތެރޭގައި މާލޭ އާއި ވިލިމާލެ އާ ދެމެދު އަޅާ ބްރިޖާއި ގުޅިފަޅުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް ޕޯޓާއި ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލާއި ސ. ގަމާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުން ހިމެނެ އެވެ.
"އިންޑިއާއިން އަންނަނީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން. އަދި ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ރާއްޖެއިން ކުރިމަތިލަނީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެކު ކަމަށެވެ. ސަރުކާރުން މިއަދު ވަނީ އިންޑިއާގެ އެސްބީއައި ބޭންކަށް ޓީބިލްގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވިއްކައިފަ އެވެ. އެ ފައިސާ ހޯދީ މި އަހަރުގެ ބަޖެޓަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށެވެ.
އަމީރު ވިދާޅުވީ އިންޑިއާއިން ލިބުނު 1.5 ބިލިއަން ރުފިޔާއާ އެކު މި އަހަރުގެ ބަޖެޓަށް ބޭނުންވި ފައިނޭންސްގެ 95 ޕަސެންޓް ހަމަޖެއްސިފައިވާ ކަމަށެވެ. މި އަހަރުގެ ބަޖެޓަށް 17 ބިލިއަން ރުފިޔާގެ ފައިނޭންސް ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ކުރިން މި އަހަރު ބޭރުގެ މާކެޓަށް ބޮންޑު އިޝޫ ކުރަން ނިންމި ނަމަވެސް ދުނިޔޭގެ އިގްތިސާދީ ހީނަރުކަމާ ގުޅިގެން ބޭރުގެ ކެޕިޓަލް މާކެޓު އޮތީ އެފަދަ ތަނަވަސް ހާލަތެއްގައި ނޫން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
30 November 2022
ސުރުހީ ރަނގަޅު ކޮށްލަން ފެނޭ. ރަނގަޅު ގޮތަކީ އިންޑިއާގެ އެއްް ބިލިއަން ޑޮލަރުގެ "އެހީ" ލިބިއްޖެ.
ގޮތްނޭނގޭ 1 ބިލިއަން
30 November 2022
ތިޔަ 1 ބިލިއަނުގެ ތެރެއިން ހިލޭ އެހީގެ މިންވަރަކީ ކޮބައިތޯ؟ "ހިލޭ އެހީ" ގެ ބަދަލުގައި ކޮށްދޭން ޖެހުނީ ކޮންކަމެއްތޯ؟ 1 ބިލިއަނުގެ ތެރެއިން ދަރަނީގެ އަދަދާއި، އިންޓަރެސްޓާއެކު ދަރަންޏަށް އަރާ ޖުމުލައަކީ ކޮޮބައިިކަމާއި، ދަރަނި ހަލާސްކުރަން ޖެހެނީ ކޮންއިރަކުން ކަން ރައްޔިތުން ބޭނުން އެނގެން. ހެވިފަ 1 ބިލިއަން ޑޮލަރޭ ބުންޏަަކަސް ބޮލެއް ހުރި ރައްޔިތަކުން އުފަލަކުން ނޫޅޭނެ. އަޅެ މިހާރު ނޫހުންވެސް މި އަދަދުތައް ހާމަކޮށްލަ ދީބެ.
ސިވިލު އަޅު
30 November 2022
އަހުރެން، ސިވިލް އަޅުގެ މުސާރަ ބޮޑުނުކޮއް އެތައް އަހަރެއްވެއްޖެ ކުލިބޮޑުވެއްޖެ އެއްޗިސް އަގުބޮޑުވެއްޖެ ޓެކުސްބޮޑުކޮއްފި. މުސާރަހުރީ 10 ހާހުގަ. ގޭގެކުލި އެކަނި 12 ހާސް. 1ކޮޓަރީގެ ކުޑަތަންކޮޅެއް.ސިވިލުސާވިސުގެ އުލުބައިންދާ ކޮމިއުނުސިޓު ގަވައިދުގެ ހަރުކަށިކަމުން ދަރުފުޅު ސުކޫލައް ލާފަ 1 މިނެޓު އޮފީހައް ލަސްވިއަސް ހުންނަންޖެހެނީ ވަޒީފާގެ ބިރުވެރިކަމެއްގައި. 2 ޖޮބު ނުކޮއް ސަވައިވު ނުވޭ. ރޭގަނޑު ދިހައެއް އެގާރަ ޖަހަންދެންވެސް މިކުރަނީ މަސައްކަތް.
ޅޮސްބޭ
30 November 2022
ޅޮސްމިނިސްޓަރ ތީ އެއްބިލިއަން ޑޮލަރ ރައްޔިތުންނަށްވީ ފަސޭހައެއް ނުފެނޭ!
ބަރަކޫޑާ
30 November 2022
1 އަހަރުތެރޭ ޑޮލަރުން އަނބުރާދައްކަން ޖެހޭ ބޮޑު ދަރަންޏެއް 1 އަހަރުދުވަހު ތެރޭ އިތުރު 5 ލައްކަ ޑޮލަރައެކު ނޫފުލޭ ވަރުގެ ބޮޑު ހިލައެެއް. 1 އަހަރުފަހުން އިންތިހާބުވާ ސަރުކާރެއް ބުރަކައްޓަށް އެރުވި ހިލައެއް
ޓިނޭއްލީ
30 November 2022
އެއްބިލިއަން ކިޔަނީ އެއްހާސް މިލިއަނަށް ހިސާބު އަކުރު އޮޅުން ނުފިލަނީބާ ނުވަތަ ގަސްތުގައި ދޮގެއް ފަތުރަނީބާ
މޮހިތު
30 November 2022
ކޮބާހޭ ގަން އެއާޕޯޓް؟ ތިޔަ އިންޓަނޭޝަނަލް އެއާޕޯޓަކީ އިންޑިޔާ މީހުންގެ މިލިޓަރީ އެއާޕޯޓެއް! އެއަށްވެސް ދިވެހިންތޯ ލާރިދައްކަނީ؟
މަންނަ
30 November 2022
1 ބިލިއަން ދަރަނި. އަދި އެވެސް މިގައުމަށް ފައިސާ ނުވަދެ އިންޑިޔާއިން ވިއްކާ ސެކަންޑް ކްލާސް ގެ މުދާ. އެމީހުންނަށް ފައިސާ. އެމީހުނަށް ޕްރޮފިޓް. ރާއްޖެއަށް ގެއްލުން. ބޮޑު އިންޓެރެސްޓް ދައްކަންޖެހޭ. ނަގާ ފައިސާއަކީ ކައިގެން ފާހާނާތައްޓަށް އަޅާގޮތަށް ކުރާ ޚަރަދު. އެއްވެސް ގޮތަކުން އިގްތިސާދީ ކުރިއެރުމެއް ލިބޭނެގޮތެއް ހޯދާފައިވާ އެންމެ ލޯނެއްވެސް ނެތް. ހަދަންފެށި ބުރިޖުވެސް އެއޮތީ ހުއްޓިގައި. ތަނބުޖަހަން އުޅެ ޖެހުނީ ގުދު ބުޑެއް.
ފފފފފފ
30 November 2022
މިހާރު ކޮން ކެމްޕޭންއެއް މިޖައްސަނީ؟ އަނެއްކާ ރާއްޖޭގެ މިނިވަންކަމުގެ މައްޗަށް އަރައިގަތުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއްބާ މިއީ؟
ކައުންސެލަރު
30 November 2022
ޗައިނާއިން ލޯނުނެގީމާ ވަނީ ޒައްގޫމަށް. އިންޑިޔާއިން ލޯނުނެގީމާ ވަނީ މަންނައާ ސަލްވާއަށްތަ؟ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީތަ؟