ވިޔަފާރި / ސްރީ ލަންކާ އިންޝުއަރެންސް

ސްރީ ލަންކާ އިންޝުއަރެންސްގެ ހިދުމަތްތައް 2012 ގައި ވަނީ ހުއްޓާލާފައި: އެމްއެމްއޭ

އެސްއެލްއައިގެ މެނޭޖިން ޑިރެކްޓަރު ޓީއެމްއާރު ބަންގްސަ ޖަޔާ: އެ ކުންފުނިން ރާއްޖޭގައި ހިންގާ އޮޕަރޭޝަންތައް ހުއްޓާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ޑެއިލީ ނިއުސް

ސްރީ ލަންކާ އިންޝުއަރެންސް (އެސްއެލްއައި) އިން ރާއްޖޭގައި ދެމުން އައި ހިދުމަތްތައް 2012 ގައި ހުއްޓާލާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ކުންފުނި އުވާލުމުގެ މަސައްކަތް ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

އިންޝުއަރެންސްގެ ހިދުމަތް ދޭ ސްރީ ލަންކާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްއެލްއައިން ރާއްޖެ އާއި ސީޝެލްސްގައި ދެމުން އަންނަ ހިދުމަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޓީއެމްއާރު ބަންގްސަ ޖަޔާ ވަނީ ލަންކާގެ ޑެއިލީ ނޫހަށް އިއްޔެ ވިދާޅުވެފަ އެވެ. އެ ގޮތަށް ނިންމީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، އެސްއެލްއައި އަށް ވުރެ ފަހުން ރާއްޖޭގައި ހިދުމަތް ދޭން ފެށި ލަންކާގެ އަމިއްލަ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ ސިލިންކޯ އިން މާކެޓް ޝެއާ އަތުލުމާ ގުޅިގެން އެސްއެލްއައި އަށް ގެއްލުން ވަމުން ދާތީ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ ގަވާއިދުތަކާ ހިލާފަށް އެސްއެލްއައިން ބައެއް ކަންކަން ކުރާކަން ފާހަގަކުރެވިގެން، އެ ކަންކަން ރަނގަޅުކުރަން އެ ކުންފުންޏަށް އަންގާފައިވެ އެވެ. އެކަމަކު، އިސްލާހީ ފިޔަވަޅުތައް ނޭޅުމުން، އެސްއެލްއައި އަށް ދޫކޮށްފައިވާ ލައިސެންސް 2012 ގެ ކުރީކޮޅު ވަގުތީ ގޮތުން ހިފެހެއްޓި ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ފަހުން އެ ކުންފުނިން އަމިއްލަ އަށް ބޭނުންވެގެން މާޗު 2012 ގައި ލައިސެންސް ބާތިލުކޮށް ދީފައި ވާނީ،" އޮފިޝަލް ވިދާޅުވި އެވެ.

ލަންކާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެސްއެލްއައިން ރާއްޖޭގައި ހިންގާ ސަބްސިޑަރީ ކުންފުނި އުވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި އާއްމުންނަށް ދޭންޖެހޭ ފައިސާ ދައްކައި ނިންމާފައިވާ ކަމަށް އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ. އެ ފައިސާ ހަމަޖައްސަން، އެ ކުންފުނިން އެމްއެމްއޭގައި ބަހައްޓާފައިވާ ޑިޕޮސިޓުން ބައެއް ވެސް ބޭނުންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ކުރިއަށް ދަނީ ކުންފުނި ލިކުއިޑޭޓް ކުރުމުގެ އެންމެ ފަހުގެ މަރުހަލާ،" އޮފިޝަލް ވިދާޅުވި އެވެ.

އިންޝުއަރެންސް ކުންފުނިތަކުން އެމްއެމްއޭގައި ދެ މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ. އެސްއެލްއައިގެ މެނޭޖިން ޑިރެކްޓަރު އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން ޑިޕޮސިޓުގެ ގޮތުގައި ދެއްކި 250،000 ޑޮލަރު (3.9 މިލިއަން ރުފިޔާ) އަދި އަނބުރައެއް ނުލިބެ އެވެ.

އެސްއެލްއައިން ރާއްޖޭގެ އޮޕަރޭޝަންތައް ހުއްޓާލާފައި ވާއިރު، އެ ކުންފުންޏަށް ވަނީ މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ މައްސަލަތައް ކުރިމަތިވީ ލަންކާގެ ކުރީގެ ސަރުކާރުން އެ ކުންފުނި ހިންގަން ހަވާލުކުރި ފަރާތްތަކުން ހިންގި ކޮރަޕްޝަނާ ހެދި ކަމަށް އާ ސަރުކާރުން ތުހުމަތު ކުރާއިރު، އެ މައްސަލަތައް ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ދަނީ ތަހުގީގުކުރަމުންނެވެ.

އެސްއެލްއައިގެ އިތުރުން، ލަންކާގެ ސިލިންކޯ އާއި އަމާނާ ތަކާފުލް އިން ވެސް ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން އިންޝުއަރެންސްގެ ހިދުމަތް ދޭ ފަރާތްތަކުގެ ގޮތުގައި ދެން ރާއްޖޭގައި ހަރަކާތްތެރި ވަނީ ދިވެހި ކުންފުނިތައް ކަމަށް އެލައިޑާއި ސޮލަރެލް އަދި ދިވެހި އިންޝުއަރެންސެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުބޭނޭތި

12 January 2017

ސްރީލަންކާ އިންޝުއަރެންސް ހުއްޓާލިތާ 4 އަހަރު ވިޔަސް އެއީ މިގައުމަށް އެހާ މުހިއްމު ބަޔެއް ނޫނޭ. އެމެންގެ ސަބަބުން މިގައުމުގެ އިގްތިސާދަށް ކުރާ އެެއްވެސް ފައިދާ އެއް ނެތޭ. އެމެން މިގައުމުން ފައިބައިގެން ދާށޭ ހެޔޮ ނުވާނެއޭ މަމެންގެ ގައުމުގެ އިންޝުއަރެންސް ކަންކަން ހިންގާނީ މަމެންގެ ގައުމުގެ ސަރުކާރުގެ އިންޝުއަރެންސް ކުންފުނި ކަމަށް ވާ އެލައިޑް އޭ. ސްރީލަންކާ އިންޝުއަރެންސް އިން މީގެ ތެރެއަށް ބޭނިގަންނަން ނޫޅޭ އަދި އަމިއްލަ އިންުޝުއަރެންސް ކުންފުނި ތަކުން ވެސް މީގެ ތެރެއަށް ބޭނިގަންނަން ނޫޅޭ.. އެއީ ތަމެންނަށް ހުރި އެންމެ ރަނގަޅު ގޮތަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454