ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނުގެ ބައެއް ވެއްޓިފައި.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
05 ޑިސެމްބަރ 2022 - 16:06
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނެއްގެ ބައެއް ވިލިމާލޭގެ ކަނޑަށް މިއަދު ވެއްޓިއްޖެ އެވެ.
އެ ޕްރޮޖެކްޓުގައި އިސްކޮށް އުޅުއްވާ ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވެއްޓުނީ ކެރޭނުގެ ބޫމް ކިޔާ ބައެއް ކަމަށެވެ.
މިހާރު ކުރިއަށް ގެންދަނީ އެ ބައި ވެއްޓުނީ ކީއްވެތޯ ބެލުމާއި ކަނޑުން އެ ނެގުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު މެންދުރުފަހު ހިނގި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ކެރޭންގެ ބައެއް ވެއްޓުނު ނަމަވެސް މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭނެ އެވެ. އަދި ބެކަޕް ޕްލޭނެއް އޮތުމުން ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އޮގަސްޓް 16 އިގައި ވިލިމާލެ ފަރަށް އެރި އެވެ. އެކަމަކު، އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުންކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.
ކެރޭނުން ބައެއް ވެއްޓިފައި.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
އެ މައްސަލާގައި ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެކަމަކު، އެ ފައިސާ އަދި ނުދައްކާ ކަމަށް ވެ އެވެ.
ހާދިސާ ހިނގިތާ ގާތްގަނޑަކަށް ތިން މަސް ފަހުން ޖޫރިމަނާ ކުރިއިރު ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވަނީ އެ މައްސަލާގައި ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވިލިމާލެ ފަރުގެ ސާވޭއެއް ހެދުމަށް ފަހު އީޕީއޭ އިން އެންމެ ފުރަތަމަ ފޮނުވި ރިޕޯޓް އެފްކޯންސް އިން ގަބޫލެއް ވެސް ނުކުރި އެވެ. އެހެންވެ، އެފްކޯންސް އިން އަމިއްލަ އަށް ވެސް ސާވޭ ކުރުމުގެ ފުރުސަތު އީޕީއޭ އިން ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްްޕު ހަސަނު
05 January 2023
ތި ބުރިޖު އަޅަން ކޮންޓްރެކްޓް ނަގައިގެން ތިއުޅޭ އިންޑިއާގެ ކުންފުނި އެފްކޯންސް އަކީ އައިސްކޯނާއި ޕާޕަރު އަދި އެހެނުހެން ލުއިކާނާ އުފައްްދާ ކުޑަވަރެއްގެ ކާރުޚާނާއެެއް އިންޑިއާގައި ހިންގަމުންދާ ކުންފުންޏެއް. އިންޑިއާގެ ސިޔާސީ ވެރިންތަކެއްް އަޑީގައި ތިބެގެން ތިޔަ ބުރިޖު ޕްރޮޖެކްޓު ހޯދައިދީފައި އޮތީ.
ސަރުދާރުު
06 December 2022
ކަމެއް ވެގެން ކޮންސްޓްރަކްޝަން ދާއިރާގެ ގިނަ ރިކޯޑްތަކެއް ޗައިނާއިން ހަދާފައި އެހުރީ. އަދިވެސް ދުނިޔޭގައި އެއްވަން އެދާއިރާއިން. އެޕްކޮން ކުދިން އަދި ހަމަ އަލީމިކަމަށް
ހުސެންް
06 December 2022
ތިއޮތީ ބުރިޖު އެޅިފަ.
މޯރޭ
06 December 2022
ރައްޔިތުންނޭ ރައްކާވެތިބިއްޔާ ދަތުރު
އެއްކަލަ އިބުރާ
06 December 2022
ތިޔަ ބުރި ޖް އަޅާ ނުނިމެނީސް ބުރިޖް ކަން ނޭގެ ކަނޑައް ވެއްޓޭނީ.
އަސްލު؟
06 December 2022
އަޅާ ނުނިމޭ ބްރިޖެއް ކިހިނެތްތަ ކަނޑަށް ވެއްޓޭނީ؟
އެފްކޮސް
06 December 2022
ވުޖޫދަށް ތިޔަ ބުރިޖު އަންނާނީ ޗައިނާއާއި އެއވަރަށް ތިޔަ އިންޑިޔާ ހޭލުންތެރިވި ދުހަކުން ދެއްތޯ
ތަކެތީގެ އަފު ބޮޑުކުރަނީ
06 December 2022
ކުރިންވެސް ލީޑަރަކު ބުރިޖު އެޅި މިހާ ހީނަރެއް ނޫންދޯ
ހުވޭ
06 December 2022
ނޫސްވެރިން ތަކޮޅެއް ކައިރިން ފޮޓޮއެއް ނަގާބަލަ. ދާއިމީ ތަނބެއް ޖަހަންއުޅެނިކޮށް ވެއްޓނުކަމަށްވަނީ. ދާއިމީ ތަނބުވެސް ފެންނަށްއިތީ ބަނރިގަނޑުލާފައި ފައްތާއެއްޗެއްގޮތަށް.
ގެރިގުއިމޯޑީ
06 December 2022
ނުފޯރާ ފޮތިން ފޫގަޅަން ނޫޅެބަޔަ
އަރުން މެތިއު
06 December 2022
ބުރިޖްއަޅާ ޕްލެޓްފޯރމެއް މެނޭޖް ނުކުރެވޭ ބަޔަކަށް ބުރިޖެއް އެޅޭނެގޮތެއް ނުވިސްނޭ އަޅުގަނޑަކަށް