މިއަދު އެންއެޗްގޭމް އިން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 ޑިސެމްބަރ 2022 - 23:46
ލޯކަލް ޓޫރިޒަމްގައި ރާއްޖެ އަށް އޮތް އެންމެ ބޮޑު ފައިދާއަކީ ރަށްތަކުގެ ތަފާތު ކަން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ހޮޓެލް ޖެންގައި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) އިން ބޭއްވި ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ލޯކަލް ޓޫރިޒަމުން ރާއްޖެ އަށް އޮތް އެންމެ ބޮޑު ފައިދާ އަކީ 'ޑައިވާސިޓީ'' ނުވަތަ އެއް ރަށާ އަނެއް ރަށާ ހުރި ތަފާތު ކަންކަން ކަމަށެވެ.
"ރާއްޖޭގެ 186 ރަށުގެ ކަންކަން ޓޫރިސްޓުންނަށް ގެންދަން އުނދަގޫ ވެދާނެ. ޖެހިޖެހިގެން ހުންނަ ދެ ރަށުގެ ކަންކަން ވެސް ތަފާތު. އެކަމަކު އެއީ ރާއްޖޭގެ ސްޓްރެންތަކީ. އެ ސްޓްރެންތު ޓޫރިސްޓުންނާ ހަމައަށް ގެންދިޔައިމަ އިރާދަކުރެއްވިއްޔާ ހަމަ މަތިމައްޗަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހޯދޭނެ،" މައުސޫމް ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ރާއްޖެ ނަން މަޝްހޫރު ވެފައި ވަނީ އެހެން އެއްވެސް ގައުމެއްގައި ނުދޭހާ ރަނގަޅު މެހެމާންދާރީއެއް ދޭ ގައުމެއްގެ ގޮތުގައި ކަމަށެވެ.
މިއަދު އެންއެޗްގޭމް އިން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މައިގަނޑު ގެއްލުމެއްގެ ގޮތުގައި ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތުމުން ދިމާވާ ދަތުރުފަތުރު ކުރުމުގެ ދަތިތަކުގެ ސަބަބުން ލޯކަލް ގެސްޓް ހައުސްތަކާއި ކުދި ހޮޓެލްތަކަށް ބޮޑެތި އަސަރުތައް ކުރާ ކަމަށެވެ.
ހޯމް ސްޓޭ އަށް އަލިއަޅުއްވާލައްވައި ޑރ. މައުސޫމް ވިދާޅުވީ، އެއީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ވަރަށް ކުޑަ ބައެއް ކަމަށާއި ބޮޑު ބަޔަކީ ޒުވާން ޓޫރިސްޓުންނަށް ރާއްޖޭގެ ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.
މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މައުސޫމް އަދި އެންއެޗްގޭމްގެ ރައީސްގެ އިތުރުން އެހްން ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މިހާރު ގިނަ އާ ޓޫރިސްޓުން ބޭނުންވަނީ ތަފާތު ކަންކަން ތަޖުރިބާ ކުރަން" މައުސޫމް ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ޓޫރިޒަމެއް ގާއިމްކުރުމާއެކު 'ލީޑިން ސަސްޓެއިނެބަލް ޓޫރިޒަމް ޑެސްޓިނޭޝަން' ގެ ލަގަބު ރާއްޖެ އަށް ލިބުމަކީ މިހާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވަނީ މިއަދު އެންއެޗްގޭމް އިން ހިއްސާކުރި އާ ޕްލޭންތަކަށް ތައުރީފް ކުރައްވާ މަރުހަބާ ދަންނަވާފަ އެވެ. އެ އެސޯސިއޭޝަން ރީބްރޭންޑް ކުރުމަށް ފަހު މިހާރުގެ އަމާޒަކީ މުޅި ރާއްޖެއާއި ރާއްޖޭގެ ސަގާފަތާއި، ތަރިކަ އަދި ރަށްފުށުގެ ދިރިއުޅުން ޕްރޮމޯޓު ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
07 December 2022
ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ މީހަކަށް ޓޫރިޒަމް މިނިސްޓަރު ކަން ދީގެން ޓޫރިޒަމް ކުރިއަށް ދާނެ އެވެ.
ދަތްނެތްކުއްޖާ
07 December 2022
ވަޒީރޫ! ޓޫރިޒަމޭ! ޓޫރިޒަމޭ މަމެން ގާތުގާ ކިޔާނެ ކަމެއްނެތް. ޓޫރިޒަމް ރާއްޖެތެރެއަށް ފުޅާ ވެގެން ރައްޔިތުންނަށް ވާނެ ފައިދާއެއްނެތް. ރާއްޖެދަނީ ތި ދާއިރާއިން ފަހަތަށް. ރައްޔިތުމީހާ ތިޔަބުނާ ޓޫރިޒަމުން ޑޮލަރ ގަންނަންލިބެނީ 17.35 ރުފިޔާ އިންމަތީގައި. ދެން ކޮން ޓޫރިޒަމޭކިޔާކަށް. އަހަރަކަށް ވުރެ އަހަރެއް ތި ދާއިރާ ދަނީ ފަހަތަށް. ރާއްޖެއަކަށް ނުވަތަ ރައްޔިތު މީހާއަށް ކުރާ އެއްވެސް ފައިދާ އެއް ނޯވޭ! މަމެން ރުޅި އަރުވަން ނުލޭ ވަޒީރޫ!
ޙިނި
07 December 2022
މިނިސްޓަރު ސަމާލުކަމައް މިކަން ގެނެސްދީބަލަ، ބައެއް ޒިސޯޓުތަކުގެ މިސްކިތުގައި އިމާމުން ނެއް ނުތިބޭ އަދި މިހާރު ވަޒީފާ އިސްތިހާރުކުރާއިރު މިޖަހަނީ އިމާމު ކަމް ސޮޕްކީޕާ. މިކަން ހުއްޓުމަކައް ގެންނަން ޖެހޭ. މިސްކިތު އިމާމު ކަމަކީ ވަކި ވަޒީފާއަކައް ވާންޖެހެ. މިނިސްޓުރީއިން މިކަންކަން ނުބަލަނީ ކިއްވެބާ؟ އަހަރުމެންގެ ދީން ހިމާޔަތް ކޮއް ދަމަހައްޓަންޖެހޭ، މިހެން ކޮންމެ ކަމެއް ވަރިހަމަ ވެގެން މިކަމެއް ނުވާނެ
ދަ ލޯކަލް
07 December 2022
ކޮން ލޯކަލް ޓޫރިޒަމެއް ؟ ތިޔަ ގެސްޓް ހައުސް ތަކަށް ދަނީ މައިގަނޑު ގޮތެއްގަ ބޭރުން އަންނަ ޓޫރިސްޓުން . ޢެއީ ލޯކަލް ޓޫރިޒަމަށް ވަނީ ކިހިނެތް؟ މިނިސްޓަރު މަނިކުފާނު ޕީއެޗްޑީ ހެއްދެވިއިރު ވެސް ޓޫރިޒަމްގެ މިވަރު ނޭގުމީ ދެރަވަރު ނުހަނު ލަދުވެތި ކަމެއް.
ޑެލްބޯއި
07 December 2022
ލޯކަލް ޓުއަރިޒަމާއި ޑޮމެސްޓިކް ޓުއަރިޒަމްގެ ތަފާތު ދަސްކޮށްލަނިކޮށް ޖަވާބު ލިބިދާނެ. ދަސް ކުރާއިރު ވެކޭޝަން އާއި ސްޓޭކޭޝަންގެ ތަފާތު ވެސް ދަސްކޮށްލާތި. އޭރުން މައުލޫމާތު އިތުރުވާނެ. ގެސްޓް ހައުސް އާއި ހޮލިޑޭ ހޯމްސްގެ ތަފާތާއި ކޭޓަރޑް އާއި ނޮން ކޭޓަރޑްގެ ތަފާތާއި، އަދި ކެއަރ ހޯމްސް އަކީ ކޮބައިކަން ބަލާލާތި. ތިމާ އަށް ލިބިފައިވާ އިލްމުގެ ކުޑަކަން އެނގޭނީ ތިމާ އިލްމު އުނގެނިގެންދާ މިންވަރަކުން.
ޝިފްނީ
07 December 2022
ރާއްޖޭގައި މިކިޔާ ލޯކަލް ޓޫރިޒް ދުނިޔޭގެ އެހެން އެއްވެސް ތަނެއްގަ ނޯވޭ. ޑެލްބޯއި ތިއުޅެނީ ފޮތުގެ ބޭރުގަނޑު އެކަނި ކިޔައިގެން..