ފިނޭންސް މިނިސްޓަރު އަމީރު: އޭނާ ގާނޫނު އަސާސީއާ ޚިލާފްވި ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
08 ޑިސެމްބަރ 2022 - 16:13
ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފުވި ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
އަމީރުގެ މައްސަލަ މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ހުށަހެޅީ ވަކީލް އަސްއަދު ޝަރީފާއި ވަކީލް އިބްރާހިމް ރަމީޒެވެ.
އަސްއަދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން ހަރަދު ކޮށްފައިވާކަން ހާމަވެފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން މަޖިލީހުގައި އެދުނުއިރު، އެ ހަރަދުތައްކޮށް ނިންމާފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އަސްއަދު ވިދާޅުވި އެވެ.
"ހަރަދުކޮށް ނިންމާފައި ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ހުށަހަޅާފައި އޮތީ. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް. މިނިސްޓަރު އަމީރު ގާނޫނުއަސާސީއާ ހިލާފުވި ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުގައި އެދިފައި އޮންނާނީ،" އަސްއަދު ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހެޅީ އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާ އެއްކޮށެވެ. އެ މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، އިންކުއަރީއެއް ހަދަން ވެސް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންވާ ނަމަ އެއް މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް އެ ބަޖެޓް ފާސްކުރަން ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ އަންނަ އަހަރުގެ ބަޖެޓާއި އަދި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ވެސް ފާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރެޑް މެޓަރސް
09 December 2022
ފިނޭންސް މިނިސްޓްރީ އާއި ފެނަކައަކީ ދުވަހަކުވެސް ރާއްޖެ މިފަހުން ދެކުނު އެއްވެސް ވެރިކަމެއްގައި ދައުލަތުގެ ލާރިއަށް ޚިޔާނާތްތެރި ވެފައި ނުވާ މިންވަރަށް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ދެ މުއައްސަސާއެވެ. މިދެ މުއައްސަސާގެ ވެރިން އެހެން މީހުންނަށް ވިސްނައިދެނީ، ނޫސްވެރިން މިވެރިންގެ ވާހަކަ ދައްކަނީ ތަފާތު ދައްކަވާތީ އަދި ފުރިހަމަ ކަމުން ހަސަދަވެރިވެގެންނެވެ. މިހެން ބުނީމާއި، ރައީސް ޤަބޫލުކުރަނީ ނޫންބާ؟ ނޫނީ ރައީސް އިންވޯލްވަނީ ތޯއްޗެއް!
ކައްކާ ހަބީބު (ހަބީ)
09 December 2022
ތިޔަ ޖެހުނީ އަނެއް ކަންތަކާ. މިފަހަރު ބަލާނީ ފަނޑިޔާރުގެ ހެނދުނު ސައިފޮދަށް ބިސްގަނޑު އަޅަން ބިސްގަތް ފިހާރަ ކަންނޭނގެ.
މމއޭ
09 December 2022
ސުފުރީމު ކޯޓަކައްނޫން ދަާންވީ ގެފުޅަްއ ގޮސް އުމުރާއެެއް ކޮްއްލަބަަލަ އޭރުްނ ވެސް އިސްލާހުވޭތޯ
ސެމި
09 December 2022
އިސްލާހު ވާންވީ އަމީރެއްނުން . ކީކޭތަ ތިކިޔަނީ
ސަރުދާރުު
09 December 2022
މިހާރު ގަވައިދާ ހުލާފަށް ކުރިޔަސް ވާނެ ކަމެއްނޯންނާނެ. ވެންޓިލޭޓަރ ގަންނަން ހުއްދަދިނީވެސް ހަމަ ފިނޭންސްްއިން އެކަމަކު އަމީރު ނުޖެހޭ ޒިންމާނަގާކަށްވެސް
އާވަސް
09 December 2022
ވެއްޓިލޭޓަރު އެއީ 2 މިލިޔަން ޑޮލަރ އަދި އެއީ ވެސް ބޮޑު ހިޔާނާތެއް، 37 ފަޅާ ރަށް ވިއްކައިގެން އެ ކައިގެން ތިބި މީހުން ވެސް އެ އުޅެނީ ބޯކިރު ކޮޅަކަށް ވެގެން. ހެސްކިޔާފަ އަމިއްލަ އެކައުންޓް އެހެރީ ފުރާލާފަ ވާކަމެއް ހަރާމް
އަބްޑޫޅް
09 December 2022
ފުޓުބޯޅަ ބަޖެޓުގެ މައްސަލައިގަ، ގަތޮރުގެ އަމީރު ގޮވައިގެން ކޯޓަކަށް ނުދޭތަ؟
ބަތޭލި
08 December 2022
ކޑކހ އް ގޮވައިގެން ޝަރީއަތަށް ދާނީވެސް އޭގެ މީހެއް.
ކުރަންވީ
09 December 2022
ކަޑުކޮހެއް ވިޔަސް ބުއްދިވެރިއެއްވިޔަސް މީހަމަ ކުރަން ރަނގަޅު ކަމެއް.
އިލުޔާސް
08 December 2022
ގައުމަށް ކޮންމެގޮތެއްވިޔަސް ހެވޭކިޔާފަ ގާތްމީހުންނައް ހަމަ ބަހާލަނީ...ދަރިންގެ ދަރިންނައްވެސް ގެއްލުން މިބަޔަކު އައިފަހުން މަވެސް މިވަރު ބައެއްކަން އިނގުނުނަމަ ވޯޓެއްނިލީމުން ހަމަޔަގީން
ވާސިފު
08 December 2022
40 ބިލިނައް ބަޖެޓު ފާސްކޮއްފަ ކުރެވޭކަމެއް ނުފެނޭ ކޮންވައްތަރު ސަރުކާރު... މަވެސް ވޯޓުޑދިނީ ވ އުންމީދާ އެކު އެކަމަކު ހަމަ ފެނަށް
އައްޑޫ މަގު ނެހެދުނު
08 December 2022
މަގޭ ވޯޓެއް އެމްޑީޕީޔަ ނުދޭނަން. ޢިންޑިޔާގެ މީހުން ދިވެހިންގެ ވަޒީފާ ތަކުގަ. ކީއްކުރާނީދޯ މި ސަރުކާރު ކަޑަ.
ޥިސްނަމާ
08 December 2022
ބޮޑުތަނުން ކަޑަ
ގުދުގުދުލީބެއްޔާގެ ތެދުބަސް
08 December 2022
އަސްއަދު ޝަރީފޭ މިކިޔަނީ ހިންދީފިލްމް ދަޅުކަން ކުޅުނުމީހާއަށްތަ؟
މަ ހީހީ......
09 December 2022
ޕަކާސް