ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގެން ތަކެތި.
09 ޑިސެމްބަރ 2022 - 18:04
ފައިވާނެއްގެ ދަށްފުށް ކަފާލައިގެން އޭގައި ދެ ފޯނާއި ސިމްތަކަކާއި ޗާޖަރެއް ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު، ކުރެއްވި ޓްވީޓެއްގައި އެކަން ހާމަކުރައްވައި، ފޮޓޯއެއް ވެސް އާންމުކުރެއްވި އެވެ. އޭގައި ފެންނަނީ ދެ ފައިވާން ކިބައިގެ ދަށްފުށް ކަފާލައި، އެ ދޭތެރޭގައި ފޯނު ފޮރުވަން މަސައްކަތްކޮށްފައިވާ ތަނެވެ.
އެ ފޮޓޯގައި ފައިވާނާ އެކު ދެ ފޯނާއި 14 ސިމްކާޑުގެ އިތުރުން ޔޫއެސްބީ ވާގަނޑެއް ވެސް ފެނެ އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި މިއީ ބަންދުގައި ހުރި މީހަކު ކޯޓު އަޑުއެހުމަކަށް ގެންދިއުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔަ ވަގުތުގައި އޭނާއާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށް، ޖަލަށް ތަކެތި ވައްދަން މަސައްކަތްކޮށްފަ އެވެ.
އެ ފައިވާނުގެ ދަށްފުށުގައި ރައްކާކޮށްގެން އެތަކެތި ޖަލަށް ވައްދަން މަސައްކަތްކުރި ނަމަވެސް އެތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
"އެ ފައިވާނުގެ ދަށްފުށް ކަފާލައި ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރައްކާކޮށް ޖަލަށް ވައްދަން މަސައްކަތްކުރަނިކޮށް ވަނީ އަތުލައިގަނެވިފައި،" ޕްރިޒަން ކޮމިޝަނަރު ވިދާޅުވި އެވެ.
ބަންދުމީހަކު ކޯޓު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ވަނީ ފައިވާން ބަދަލުކޮށްފައި. އެ ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރަށްކާކޮށް ޖަލަށް ވައްދަން މަސައްކަތްކުރަނިކޮށް ވަނީ އަތުލާގަނެވިފައި. pic.twitter.com/dSPyiZQirQ
— Ahmed Mohamed (@ahumadhumohamed) December 9, 2022
ފައިވާނުގައި ފޮރުވައިގެން ފޯނު ޖަލަށް ވައްދަން މަސައްކަތްކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި ވަނީ ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ބޮޑު އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި ވެސް ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.
ޖަލަށް ފޯނު ވައްދައިގެން ބޮޑެތި ސްކޭމްތައް ހިންގަމުންދާއިރު ފުލުހުން ބުނެފައިވާ ގޮތުގައި 2019 އިން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް 1،423 ސްކޭމް ކޯލުގެ މައްސަަލަ ރިޕޯޓްކޮށްފައިވެ އެވެ. މިފަދަ ގިނަ ކޯލްތަކަކީ ޖަލުގައި ތިބޭ ގައިދީން ވަގަށް ފޯނުު ވައްދައިގެން ކުރާ ކޯލުތަކެއް ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުރާ
11 December 2022
އެއްވެސް އަދަބެއް ނުލިބެންޏާ މައްސަލައެއްނެތެއްނު؟
އިމަނާ
11 December 2022
އަޅުގަނޑަށް ޝައްކުކުރެވެނީ ޖަލަށް ފޯނުވައްދާ، ސްކޭމްގެ ކަންކަން ހިންގަނީ ސަރުކާރުގެ ތެރެއިން ރޭވިގެން ހިނގާ ކަމެއްކަމަށް. އެހެންނޫނީ މިކަމެއް މިހާ ފުޅާކޮށް ނުހިނގާނެ.
އިބްރ
10 December 2022
ފައިވާން ހަވާލުކުރި މީހާއަށް އެއްވެސް ފިޔަވަޅެއް އެޅުއްވިތޯ؟
ޖައްލާދު
10 December 2022
ޖަލުގަ އެއްވެސް ފޯނެއް ޗާޖުނުކުރެވޭގޮތް ހަދައިފި ނަމަ އެފޯނުތަކުގެ އެއްވެސް ބޭނުމެއް ނުކުރެވޭނެ މިކަމަކީ ކުރަން ފަސޭހަ ހަރަދުކުޑަ މިކަމުން ސަލާތްވާން ފަސޭހަގޮތަކީ ކަރަންޓްނު ބޭނުންކުރެވޭ އެއްވެސް ވަސީލަތެއް ނުބެހެއްޓުން
ޖޖޖހބބވ
10 December 2022
ރައްކާތަ ރަށްކާތަ؟؟؟؟
އަހުމަދުބޭ
10 December 2022
ތިޔަ ޖަލު މާފުށިން ބަދަލްކޮށްގެން މިހާރު ތިޔަހިނގާ ކަންކަން ވަރަށް ބޮޑަށް މަދުކުރެވޭނެ، ވަކިރަށެއްގައި ޖަލުހަދާ ޖަލުބަލަހައްޓައިމީހުންވެސް އެރަށުގައި ތިބޭގޮތަށް ހެދުމުން ދެން ރަށަށް އަރާފައިބާމީހުން މޮނިޓަރ ކުރަން ފަސޭހަވާނެ
މާފުށީހުސޭނު
10 December 2022
ޙަދަންވީގޮތަކީ މާފުށިން ޖަލު ބަދަލުކުރަންވީ މާލެ ކައިރި ފަޅެއް ހިއްކާފަ...ދެން މާފުށީގެ އާބާދީވެސް ބަދަލުކުރަންވީ މާލެ ކައިރި އެހެން ފަޅެއް ހިއްކާފަ...އެވަރަށް ލާރި ލިބޭނެ މިހާރު ރަށު ހުރި ގެސްޓްހައުސްތަކުން...ދެން މާފުށި ބަދަލުކުރަންވީ މަލްޓިޕަލް ސާވިސްތަކާއެކު ފުލް ފްލެޖް ގެސްޓް ހައުސް އައިލޭންޑަކަށް
LaamuonlineDOTcom
10 December 2022
ޓުވީޓުން ހާމަކޮށްދޭން ބޭނުންވަނީ ކޮންކަމެއްބާ؟؟ އަޅުގަނޑަށް ދޭހަވީ ކުށްވެރިން ރަނގަޅަށް ނުބެލެހެއްޓޭކަން، ބަލަހަށްޓާމީހުންގެ ފަރުވާކުޑަކަން ނުވަތަ ނާގާބިލުކަން، ކޯޓަށް ހާޒިރުކުރާ ވަގުތު (ޖަލުން ނެރޭވަގުތު) އަރައިގެން ތިބޭ ފައިވާނާ ދެންހުރި އެއްޗެހި ބަދަލުކުރާއިރު ނޭންގި ދާނެބާ؟ މިއީ ކުށްވެރިން ގޮވައިގެން ކޯޓަށްދާމީހުނާ ގުޅިގެން ހިންގޭނެ ޖަރީމާއެއް، ވީމާ ކޮމިޝަނާ އޮފް ޕްރިޒަން ގެ ޓްވީޓުން ހާމަވަނީ މުޅި މުއައްސަސާގެ ކަންކަން ހިނގާލެއް ދޯދިޔާކަން
ކަކުނިބޯ
10 December 2022
ޖަލުގެ އެޖެންޓުންލައްވާ ވިޔަފާރި ނުކުުރވެންޔާ ނޫހަށްއަރާނެ އަތުލާގަންނާނެ
މުޝީރު
10 December 2022
މިއީ ކަރެކްޝަންގެ ވެރިން ޓްވީޓްކުރަން ޖެހޭކަހަލަ ކަމެއްކަމަކަށް ނުފެނޭ. ކޯޓްއަށް ގެންގޮއްސައި ގެންނައިރު ކުށްވެރިޔާ ފައިވާންބަަދަލުކޮށްފައި ހުރިކަންއެއީ ކަރެކްޝަންގެ އިހުމާލެއް ނޫންތަ އަޅެފަހެ؟
ވަހީދުބެ
09 December 2022
ޖަލަށް މީހާ ވައްދާއިރު އޮރިޔާން ވެސް ކޮށްގެން ބަލާފާސްކުރާ ވާހަކައަކީ ދޮގެއްތާދޯ
ނޭނގެދޯ
10 December 2022
މީހާ އޮރިޔާން ކުރިއަސް ފައިވާން ދަށްފުށް ނުބަލަނީ ތޯއްޗެ؟