ގުރޫޕް އީ ގެ ދެވަނަ މެޗުގެ ކުރިން މުލަކު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ނާލާފުށި ޔޫތު ކުލަބުގެ ކެޕްޓަނުން، ރެފްރީންނާ އެކު ފޮޓޯއަކަށް ހުއްޓިގެން، މި މެޗަށް ފަހު މި ގުރޫޕުގެ ކުޅުން އަދި އޮތީ މަޑުޖެހިފައި.-- ފޮޓޯ: އެފްއޭއެމް
12 ޑިސެމްބަރ 2022 - 11:47
ދިވެހި ޕްރިމިއާ ލީގު 2023/2024 އަށް ކޮލިފައި ވުމަށް އެފްއޭއެމުން ބާއްވާ ސެންޓްރަލް ލީގުގެ އެންމެ ފަހު ގުރޫޕް، ގުރޫޕް އީ ގެ ކުޅުން ރެފްރީން ނެތިގެން މަޑުޖެހިއްޖެ އެވެ.
ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަންގެ ގުރޫޕް އީ ގެ ކުޅުން ވަނީ މިދިޔަ ނޮވެމްބަރު 22 ގައި ފަށައިފަ އެވެ. މެޗުތައް ތާވަލު ކޮށްފައި އޮތީ، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގުރޫޕުގެ ކުޅުން ނިންމާށެވެ.
ޖުމުލަ ހަތަރު ޓީމާއެކު، ވޭވަށުގައި ބާއްވާ އެ ގުރޫޕުގައި މިއަދާ ހަމައަށް ވެސް ކުޅެފައި ވަނީ ފުރަތަމަ ދެ މެޗު އެކަންޏެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ ލެގު ކުޅޭ އުސޫލުން، ގުރޫޕުގައި ބާކީ 10 މެޗު އަދި އޮތީ އެވެ.
އެކަމަކު ރެފްރީންގެ ތާށިކަން ވަރަށް ބޮޑަށް ކުރިމަތިވެ، މެޗުތައް ތާވަލު ކޮށްފައިވާ ގޮތަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
ސެންޓްރަލް ލީގުގެ ގުރޫޕް އީ ގައި ވާދަކުރަނީ މ. މަޑުއްވަރީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވޭވަށު އެކުވެރިންގެ ދިރުން އާއި މުލަކު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަދި ނާލާފުށި ޔޫތު ކްލަބެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 'ރޯޑް ޓު ދިވެހި ޕްރިމިއާ ލީގް 2023/2024' ނަމުގައި އެފްއޭއެމުން މިހާތަނަށް ކުރިއަށް ގެންދިޔަ ނޯތު ލީގުގެ ދެވަނަ ޑިވިޝަނާއި ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަންގައި މިހާތަނަށް ކުޅުނު މެޗުތަކަށް އިންސާފު ކުރި ރެފްރީންގެ ޓީމުތަކަށް ވެސް މުސާރައިގެ ކަންކަން ހަމައެއް ނުޖެހެ އެވެ.
މިއީ އެފްއޭއެމުން ބާއްވާ މުބާރާތްތަކުގައި ރެފްރީންނަށް މުސާރަ ނުދެވިގެން މެދުކަޑާލަން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރު މާލޭގައި އޮތް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވެސް ރެފްރީން ހަމަނުވެގެން މެޗުތައް ފަސްކުރަން ޖެހުނެވެ. އެހެންވެ، އެފްއޭއެމުން މެޗުތައް ކުޅުނީ އެކި ރަށްރަށުންނާއި ސްރީ ލަންކާ އިން ރެފްރީން ގެނެސްގެންނެވެ.
އެފްއޭއެމުން މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމުގެ އަމާޒުގައި މުޅިން އާ ފޯމެޓަކަށް ފެށީ، މާލޭ ޒޯނު ހިމެނޭހެން ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އޯޕަން ޑިވިޝަނުން ތިންވަނަ ޑިވިޝަނަށް އަދި ތިންވަނަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް ދާ ގޮތަށެވެ. މާލެ ޒޯން ފިޔަވައި ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވާ ޓީމުތަކުގެ ތެރެއިން ޗެމްޕިއަންކަން ހޯދާ ތިން ޓީމަކަށް ދިވެހި ޕްރިމިއާ ލީގު 2023/2024 ސީޒަނުން ފުރުސަތު ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް އުންމީދު ކުރި ވަރުގެ ތަރުހީބެއް ނުލިބުމުން އޯޕަން ޑިވިޝަން ނިންމާފައި ފެށީ ދެވަނަ ޑިވިޝަނެވެ. އުތުރު ޒޯންގެ ދެވަނަ ޑިވިޝަންގެ ކުޅުން ނިމިފައި ވާއިރު، އެ ޒޯނުން އުނގޫފާރު ފުޓުބޯޅަ ކްލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބާއި ހއ. ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބާއި ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާއި ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް ކްލަބް އަދި ނ. އަތޮޅުގެ ކެނދިކުޅުދޫ ފުޓުބޯޅަ ކްލަބާއި ހޮޅުދޫ ފުޓްބޯޅަ ކުލަބް ވަނީ އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވެފަ އެވެ.
ސެންޓްރަލް ލީގުގައި ފަސް ގުރޫޕެއް ހިމެނެ އެވެ. މިހާތަނަށް އެއްވަނަ ޑިވިޝަނުގެ ޖާގަ ހޯދާފައި ވަނީ، ގުރޫޕް އޭ އިން ކްލަބް އޭދަފުށްޓާއި ގުރޫޕް ބީ ގެ އެއް ވަނަ ހޯދި ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި ދެ ވަނަ ހޯދި ކ. ގުޅި ފުޓްބޯޅަ ކްލަބްގެ އިތުރުން ގުރޫޕް ސީ އިން އއ. މާޅޮހާއި ގުރޫޕް ޑީ ގެ އެއްވަނަ ނިލަންދޫ ސްޕޯޓްސް ކުލަބާއި ދެވަނަ ލިބުނު ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތާ
13 December 2022
މީ ވަރުގަދަ ބައްސާމެއްނުން... މީނަގެ ވާހަކަ ކިޔާލަލިޔާލާ ކިހާ ދުވަހެއް ވަންދެން ތިބެންވީ!!! ކަރެޕްޝަން 0 ޓޯލަރެންސް ސަރުކާރު..
އެއްކަލަ އިބުރާ
13 December 2022
ރެފްރީންނައް ދެވޭނީ ބައްސާމް ކައިގެން ބާކީވިއްޔާ އެއްނު؟
ކިހާބޮޑުކަމެއް
13 December 2022
ބައްސާމޫ ހުރިހާ ހިދަކު އެއްވެސް ބަޔަކަށް އަދި ގައުމީ ޓީމަށްވެސް ލާރި ނުލިބޭނެކަމީ ޔަގީން ކަމެެއް. އަދިތިއިން އެއްވެސް .މުބާރާތެއް ނިންމާުނުލެވި ކެންސަލްވުމަކީ ވަރަށްކައިރި ކަމެއް.
ހޭނަކަތް
12 December 2022
ތީވާނެ ވަރަކީ ހުރިހާ އެސޯސިއޭސަނަކުން ވެސް ލިބޭ ލާރި ޖީބައް ، ހާސްކޮއް ބާސްކެޓް އެސޯސިއޭސަނުން
ވޮޗްމޭން
12 December 2022
ރެފްރީން ނުކުމެ ބައްސާމަ ރަތް ކާޑު ދައްކައިގެން ވެސް މި ގައުމުން ބޭރުކުރަންޖެހޭ.
ފުކެއް ބޮޑުވަރު
12 December 2022
ތިވަރުންވެސް ބަގުޑި ބައްދައިގެން ނުހުރެ ދެން ބައްސާމު ވެސް ވެއްޖެކަންނޭނގެ ތިކަމުން ދުރައްދާން ނުވިއެންނު. ގައުމީޓީމް ކުޅުންތެރިންނަށޭ ކިޔާފަ މީހުންދޭ ރުފިޔާވެސް ދެނީކީނޫން. ދެން ނާގާބިލުވިޔަސް ފުކެއް ބޮޑުވަރުމީ
އާރީ
12 December 2022
ބައްސާމު 2 ޕެންޓް ހައުސް ވިއްކާލާގެން ތިހޯދަބަ.. އޭނަ ކޮންތަކުން ހޯދިލާރިއެއްބާ.. ކުޑަކަމުން ދެތަން އެއްކޮއްލާގެނޯ އުޅެނީވެސް
ޟާނު
12 December 2022
ޅާރި ނުދިނަސް މީގެ ކުރިންވެސް ރެފްރީން މެޗް ކުރިޔަށްގެންދޭ ހަމަ އެކަނިމުސާރަ މައްސަލައެއް ނޫން ހިންގަން ހުންނަ މުހައްމަދު އަމޫޒު ބޭނުން ވަނީ ރެފްރީން ނަށް ބިރު ދައްކައިގެން ކަންކަންކުރަން ކުރީގެ ގިނަ ސީނިއަރު ރެފްރީންތުބެނީ ދުރުކޮށްލާފަ ރެފްރީން މިހިސާބަށް ދާންޖެހުނީ މިހައްމަދު އަމީޒުގެ ސަބަބުން.އެހެން ރަށްރަށުގަ ރެފްރީންގޮސް މުބާރާް އެބަހިންގާ
ލޯބި
12 December 2022
ބަންސާމް އިސްތިއުފާ