ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް އާއި އާޖެންޓީނާގެ ލިއޮނެލް ސްކޮލާނީ: ދެ ކޯޗުންނަށް ވެސް ވަނީ މީޑީއާގެ ފާޑުކިޔުން އަމާޒު ވެފަ --- ފޮޓޯ: އޭއެފްޕީ
13 ޑިސެމްބަރ 2022 - 09:27
ލުސައިލް (ޑިސެމްބަރު 13) - ވޯލްޑް ކަޕު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނަ ކްރޮއޭޝިއާ އާއި އާޖެންޓީނާ ކޯޗުން ކަމަށްވާ. ޒްލަޓްކޯ ޑަލިޗް އާއި ލިއޮނެލް ސްކޮލާނީ އަށް ވެސް މީޑީއާގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އާޖެންޓީނާގެ ކޯޗު ސްކޮލާނީ އަށް މީޑީއާގެ ފާޑުކިޔުން އަމާޒުވީ ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް މޮޅުވުމުން، އާޖެންޓީނާގެ ކުޅުންތެރިން ނެދަލެންޑްސްގެ ކުޅުންތެރިންނަށް ބޭއިހުތިރާމް ކުރާ ގޮތަށް އުފާފާޅު ކުރުމުންނެވެ. ޑަލިޗް އަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ޓީމުގެ ކުޅުމާ ބެހޭގޮތުންނެވެ.
ސްކޮލާނީ ވެސް ވަނީ އޭނާގެ ޓީމ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް ވެސް އޭނާ ބޭނުމެއް ނުވި އެވެ.
"އަހަރެން ބޭނުން މި މައުލޫ މިހާހިސާބުން ނިންމާލަން،" ސްކޮލާނީ ބުންޏެވެ.
އާޖެންޓީނާއަކީ އެކަހަލަ ސުލޫކެއް ގެންގުޅޭ ޓީމެއް ކަމަށް ހީކުރާ ހިޔާލަށް ނިމުމެއް ގެންނަން ޖެހޭ. އަހަރެމެން ނެދަލެންޑްސް އަށް އިހުތިރާމް ކުރަން. މިހާރު ކްރޮއޭޝިއާ އަށް ވެސް އިހުތިރާމް އެބައޮތް. ސައުދީ އަރަބިއްޔާ އަތުން ބަލިވެގެން ވެސް އަހަރެމެން އެއްވެސް އެއްޗެއް ނުބުނަން.
"އަހަންނަކަށް ގަބޫލެއް ނުކުރެވޭ ކުޅިވަރުގެ އުސޫލާ ހިލާފު ސުލޫކެއްގެ އަހަރެމެން ގެންގުޅުނުކަމަށްކަށް. އަދި ރެފްރީއެއް ވެސް ހުރި. އެކަހަލަ އުސޫލެއް އަހަރެމެން ގެންގުޅޭކަމަށް ހިވާ ހިޔާލު ދޫކޮށްލަން ޖެހޭ."
ނެދަލެންޑްސްގެ މައްޗަށް ޕެނަލްޓީގައި ކާމިޔާބު ހޯދުމަށް ފަހު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ނެދަލެންޑްސްގެ ކުޅުންތެރިންނަށް ބޭއިހުތިރާމް ވާގޮތަށް އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް
ކްރޮއޭޝިއާގެ ކޯޗު ޑަލިޗްގެ ޓީމަށް މިފަހަރުގެ ވޯލްޑް ކަޕުގައި މެޗުގެ ފުރިހަމަވަގުތުގައި ނަތީޖާ ނެރެވުނީ އެންމެ މެޗެއްގަ އެވެ. ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލާ ސީދާ އަމާޒުކޮށް އޭނާގެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އޭނާ ގެންގުޅޭ ޓެކްޓިކްސްގެ ސަބަބުން ބަލަން ފޫހިވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުން އޭނާ ފުއްދާލި ކުރު ޖަވާބަކުންނެވެ.
"އަހަރެމެން ބޭނުން ވަނީ މެޗުން މޮޅުވެ ނަތީޖާ ނެރެން. އަހަރެމެން މިތިބީ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި. އެހާހިސާބަށް އާދެވުނީމަ ހުރިހާ ވާހަކައަކަށް ނިމުން އާދޭ،" ޑަލިޗް ބުންޏެވެ.
ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއިން ވަނީ އާޖެންޓީނާ މައްޗަށް 3-0 ން ކުރި ހޯދައިފަ އެވެ. މިއީ އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ތިންވަނަ ފަހަރެވެ.
ޑަލިޗް ބުނީ މިރޭގެ މެޗަށް ނުކުންނައިރު ޕްރެޝަރުގައި އޮތީ އާޖެންޓީނާ އަށް ކަމަށެވެ.
"މިއީ އެ ޓީމަށް ވަރަށް މުހިންމު މެޗެއް. އަހަރެމެންގެ ސަޕޯޓަރުންނަށް ވުރެ ގިނައިން އެ މީހުންގެ ސަޕޯޓަރުން ގިނަ ވާނެ. އެވެދާނެ އަހަރެމެންނަށް އުނދަގުލަކަށް. އެކަމަކު އަހަރެމެން ޝަކުވާ ކުރާކަށް ނެތިން. އަހަރެމެން މި ކުޅެނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް އެހެންވީމަ އަހަރެމެން މެޗުގައި ހިތްހަމަޖެހިގެން ކުޅޭނަން."
ލުސައިލްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
13 December 2022
ކޯޗުންގެ ވާހަކަ ބަހައްޓާ. އާޖެންޓީނާ މިމެޗުން މޮޅުވާނެ ކަމަށް އުއްމީދުކުރެވޭ! މައްސަލައަކީ އަކުންޔާ ސަސްޕެންޑުގަ ހުރީމަ. އެތަން ރިޕލޭސްކުރާނީ ނިކޮލަސް ޓަގްލިއަފީކޯ. މިމެޗުގަ ޑިމާރިއާ ފުރަތަމަ 11 ގަ ހިމެނޭނެ.
ސަކަރާތް
13 December 2022
އެންމެން ބުނާނެ ރޮނަލްޑޯއަކީ އޭ ފޮނި އިމެއްލަ އެދުމުން ފުރިފައިވާ ޕެޓިއުލަންޓް ކުޅުންތެރިއާ އޭ އެކަމަކު މެސީ އެއުޅުނީ ކިހިނެތް؟ ހިތްތިރި މަޑުމައިތިރި މީހާ ފެނުނީ ވޯލްޑް ކަޕް ސެމީއަށް ދިއުމުން މުޅިން އެހެން ގޮތަކަށް. މުސް ކުޅި ކަފާ އުމުރުގެ ހޮލެންޑް ކޯޗް ކުރިމައްޗަށް އަރާ އެހެދީ ކޯޗެއް!!؟
އެމްބާޕޭ
13 December 2022
މެސީގެ އެނިގްމެޓިކް، ލެޖެންޑްރީ ލާޖާރ-ދެން-ލައިފް އިމޭޖް ޚަރާބް ކޮއްލަން އޭނަ ނެގީ ފަޅި ސިކުންތެއް. އެއަސްވުރެ ބޮޑު އޯން ގޯލެއް ސްކޯކުރެވޭނެތަ!
ތަރަ މެއްސީ
13 December 2022
އެންމެން ހީކުރަނީ މެސީއަކީ އެއްކަލަ މަޑުމައިތިރި، ބޭކާރު ކަންކަމާ ނުބެހޭ، ދަނޑުމަތީ އަޚުލާގުގެ ލާމަސީލު ނަމޫނާއެއްކަމަށް. އެކަމަކު ބަލާ މިފެނުނު މަސްޒަރެއް. މީ ހަމަ އަސްލުވެސް މެސީގެ އުޅުުން ހުންނަގޮތް ކަންނޭގެ. ކާމިޔާބީގައި އަޚުލާގުގެ ކަންފުޅެއްވެސް ނެތް. ދުނިޔޭގެ އިހުތިރާމު ލިބިގެންވާ ނެދަލޭންޑުގެ ކޯޗުކުރިމަތީ ޖެއްސި ހަޑި ވައްތަރު ބަލާ... ތަށިލިބިއްޖެއްޔާ އޭނަ އޭނަ ކިހިނެއްބާ އުޅޭނީ
ޕެސީ
13 December 2022
މެސީއަކީ ކުޅިވަރު ދަނޑުގައާއި ދަނޑު ބޭރުންވެސް އަޚްލާގު ހިފަހައްޓާ މަދު ސްޓާރުންގެ ތެރެއިން އެކެއް. އެހެނަސް އެއީ ވެސް އިންސާނެއް. ނެދަލެންޑުގެ ކޯޗާއި ކުޅުންތެރިން ބޭނުންވީ މެޗުގެ ކުރިން މެސީއާއި އާޖެންޓީނާ ކުޅުންތެރިންނަށް ބޭއަދަބީ ކޮށް ބަސްތައް ބޭނުންކޮށްގެން އެ ޓީމު ޕްރެސަރަށް ދުއްވާލަން. މިކަމުގައި މެސީ އެކަނި ގޯސްކުރެވޭކަށް ނެތް. ފުރަތަމަ ގޯސް ހެދީ ނެދަލޭންޑުން. ް
ނަގިއްޔާ
13 December 2022
ނެދަލޭންޑްސްގެ މެޗުގައި ވަރަށް ހަންބަލް ކަހަމަށް އެންމެން ގަބޫލުކޮށްގެންތިބި މެސީ ކަަހަލަ އައިކޮނިކް ފިގާއެއްގެ ފަރަތުން ފެނުނީ ވަރަށް ދަށުދަރަޖައިގެ ހުތުރު އަމަލެއް. އެގޮތަށް އަނެއްޓީމަށް ޑިސްރެސްޕެކްޓްކުމަކީ މީހުން ފޫހިވެ، އެޓީމު ބަލިވާތަން ބަލާން ބޭނުންވާނެ ކަމެއް. ވަރަށް ހީވެ، ބްރެޒިލް ކޮރެއާ މެޗުގައި ނަށާ ޖެހިގެން އައިމެޗުން ބަލިވިގޮތަށް މެސީ ޓީމަށް އެލަނޑު ލިބޭނެހެން. ފުޓް ބޯޅައަކީ ފާޑެއްގެ އެއްޗެއް، އަބަދުވެސް ބެލެންސް އައުޓް އެޓް ދައެންޑް
ޑި ޕޯލް
13 December 2022
މެސީ އިޒް ކުއައިޓް އެންޑް ހަމްބްލް އަންޓިލް ޔޫ ކްރޮސް ދެޓް ލައިން!
ކެލާ
13 December 2022
މައްސަލައަކީ މެސީ ވީމަ ދިފާޢުކުރެވޭ. އެހެންމީހެއްނަމަ ކިހިނެއް ވާނެބާ. މެސީގެ ޢަމަލުތަކާ އިންޓަވިއުގެ ތެރޭގައި ބަހުރުވަވެސް ވަރަށް ދަށު ދަރަޖަ، އެއީ ހަގީގަތް.
އެސިސްޓެންޓް ކޯޗް
13 December 2022
ކްރޮއޭޝިޔާގެ ކޯޗްގެ ޖަވާބު ހަމަބަރާބަރު. ކޮންމެހެން ގިނަގޯލުޖެހުމެއްނޫން މީގެ ބޭނުމީ. ބޭނުންވަނީ ނަތީޖާ ނެރެން. ކޯޗް އެބުނީ ހަމަ ރަނގަޅަށް. މިރޭގެ މެޗުންވެސް ނަތީޖާ ނެރޭނެކަމަށް އުއްމީދުކުރަމެވެ.