ކައުންސިލުން ބުނިގޮތުގައި އަވަހަށް އެ މައްސަލަ ހައްލުނުކޮށްފި ނަމަ އެ ރަށުގެ ބައެއްގެ ގެދޮރު ގެއްލިދާނެ.
ގއ. މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ހަލުނުކޮށްދިނުމުން އެ ރަށު ކައުންސިލުގެ އާންމު ޖަލްސާ ރަށުގެ ގިރާ ސަރަހައްދުގައި ބޭއްވުން -- ފޮޓޯ: މާމެންދޫ ކައުންސިލް
13 ޑިސެމްބަރ 2022 - 13:34
ގއ. މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން، އެ ރަށު ކައުންސިލުގެ އާންމު ޖަލްސާ ރަށުގެ ގިރާ ސަރަހައްދުގައި މިއަދު ބާއްވައިފި އެވެ.
އެ ޖަލްސާ ބޭއްވީ އެ ރަށުގެ އުތުރުކޮޅުގައި ގިރާ ސަރައްހަދުގައި ގޮނޑިއާ މޭޒު ބަހައްޓައިގެންނެވެ. މުޅި ސަރަހައްދުގައި ކައުންސިލްގެ ކަންބޮޑުވުންތައް ލިޔެފައި ހުރި ބޯޑުތައް ވެސް ބަހައްޓާފައި ހުއްޓެވެ. އެ ޖަލްސާ އަށް ރަށު ރައްޔިތުންނަށް ދައުވަތު ވެސް ދިނެވެެ.
މާމެންދޫ ކައުންސިލުން ބުނި ގޮތުގައި އެ ޖަލްސާގެ މައިގަނޑު މަގްސަދަކީ އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައެއް ހައްލެއް ހޯދުމެވެ.
ގއ. މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ހަލުނުކޮށްދިނުމުން އެ ރަށު ކައުންސިލުގެ އާންމު ޖަލްސާ ރަށުގެ ގިރާ ސަރަހައްދުގައި ބޭއްވުން -- ފޮޓޯ: މާމެންދޫ ކައުންސިލް
ޖަލްސާގެ އެޖެންޑާގައި އޮތީ އެ ރަށުގެ ރަށް ގިރުމުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައުމާ މެދު މަޝްވަރާކުރުމާއި އަދި އެ ރަށާ އެއް ފަޅެއްގައި އޮންނަ ހުޅިމެންދޫ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނިފައި ނުވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މާމެންދޫ ކައުންސިލުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްސާ ފަށަމުން އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު އަޒީޒް ވިދާޅުވީ ރަށަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ކައުންސިލުގެ ޖަލްސާތައް ދެން ބާއްވާނީ މައްސަލަތައް ހުރި ތަންތަނުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ރަށް ގިރާ މައްސަލަ ހައްލުކުރަން އެ ރަށު ކައުންސިލުގެ ކުރީގެ ދައުރުގައި ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި ކަމާބެހޭ އެހެން އިދާރާތަކަށް ވެސް ހުށަހަޅައިގެން އެ މައްސަލަ ހައްލުކުރަން ކައުންސިލުގެ މި ދައުރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިޔަސް، އަދިވެސް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގއ. މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ހަލުނުކޮށްދިނުމުން އެ ރަށު ކައުންސިލުގެ އާންމު ޖަލްސާ ރަށުގެ ގިރާ ސަރަހައްދުގައި ބޭއްވުން -- ފޮޓޯ: މާމެންދޫ ކައުންސިލް
"ހަގީގަތުގައި މި ރަށް މިހާރު ގިރަމުންދާ ރޭޓަށް ބަލާ ނަމަ ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި ސަރަހައްދުން މީހުން ހުސްކުރަން ޖެހޭ ހާލަތަކަށް ހިނގައިދާނެ،" އަޒީޒް ވިދާޅުވި އެވެ.
"މިހާރު ވެސް ބައެއް ގޭގެއަށް ލޮނު ވަދެ، ބައެއް ގޭގައި މީހުންނަށް ދިރިނޫޅެވޭ ހިސާބަށް މި ވަނީ ގޮސްފައި."
އެ ސަރަހައްދާ ކައިރީގައި ހުރި އެއް ގެއެއްގެ ފެން ލޮނުވެގެން އެތަނުގައި ނޫޅެވިގެން ބަޔަކު މިހާރު އެހެން ގެއަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުނި އެވެ. އަދި އުދަ އަރާ ދުވަސްވަރު ވެސް ގެތަކަށް ވަރަށް ބޮޑަށް ލޮނުގެ އަސަރުކާރާ ކަމަށް ބުންޏެވެ.
ކައުންސިލުގެ ބައެއް މެމްބަރުން ވިދާޅުވިގޮތުގައި، އެ މައްސަލައާ ގުޅިގެން މަޝްވަރާކުރުމަށް ރައީސް އޮފީހުން އެޕޮއިޓްމަންޓެއް ހަމަޖައްސައިދިނުމަށް އެދުނު ފަހުން ދެ މަސްވީއިރު ވެސް އަދިވެސް ޖަވާބެއް ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލޫ
14 December 2022
"ރަށަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ކައުންސިލުގެ ޖަލްސާތައް ދެން ބާއްވާނީ މައްސަލަތައް ހުރި ތަންތަނުގައި ކަމަށެވެ." ފާހާނައިގެ ޖަންގްޝަންގެ މައްސަލައެއް ދިމާވެއްޖެއްޔާ ޖަންގްޝަންގަ؟ ކަލޯމެނޭ ގަޅިވިޔަސް ތިދެން ބޮޑުވަރު؟؟
ވަގުހިފަނާ
14 December 2022
ކޮބާތޯ ދާއިރާގެ މެމްބަރު .ދާއިރާއިން ވަގުހިފަން މަޖިލީހަށް ވެއްދި މެމްބަރު 12 މިލިއަން ރުފިޔާގެ ކަންނެލި އޮޑިއެއްގައި ބެހިގެން ދިޔަހަބަރުލިބޭ؟
ބަކުރުބޭ
13 December 2022
މިހާރު ހުންނާނީ ގިރުން ހުއްޓިފާ
ޙުރާ
13 December 2022
އަމިއްލައަށް ގޮނޑިގަނޑުވެސް ތިގިރާ ގޮނޑުދޮށު ބެހެއްޓުނުބާ! ފޮޓޯ ނަގައިގެން ކަންވާނީ ވަރަށް މަދު ބަޔަކަށް! ތީ އަދި އެލެވަލް އެއް ނޫން!
މުންޖިޗޭ
13 December 2022
ސޮހޮލޭއަށް ފޮޓޯ ފޮނުވީމަ ބުނާނީ ތިޔަކަން ޙައްލުކޮށްދެވޭނީ މިއަންނަ އަހަރު ނިމޭކޮޅުމަތީގައޭ، އަދިބުނާނެ ވަރަށް ނާޒުކު ތިމާވެށްޓެކޭ، ނާޒުކުކަމުން ތިމަންނަގެ ދެލޮލުން ކަރުނަކަމަށް ހޯސްލާފައި ބޭފީ ހުސްލެޔޭ، ހިތުގައިޖެހުނުވަރުން ތިންދުވަސްވަންދެން ކާއެތިކޮޅެއްވެސް ނުކެވުނޭ، ސެމީފައިނަލުގެ މެޗުތައް ނިމުނީމަ ތިޔަކަމާބެހޭގޮތުން އަދި މަޝްވަރާކޮށްފަ ޖަވާބެއްދޭނަމޭ، ތިޔަކަންވެސް ކޮށްދޭނަމޭ، ނުވާނެކަމެއް ނޯންނާނެޔޭ، ހުރިހާކަމެއްވެސް ވާނެޔޭ.
ކުޅަނދޭ
13 December 2022
ކުޅަނދޭމެން އުޅޭނީ ތިހެން އަބަދުވެސް….ގިރާ ތާނގައި ޖަލްސާ ، ކަނޑަށް،ރަށު އޮފީހަށް މަސްކޮޅު ، ފުޓުބޯޅަ ދަނޑުގައި ކަރާ މިރުސް ހައްދަން ، ހުސް ގަޅި ކަންތަކުގައި……އެހެން ވެގެނޭ ކުޅަނދު މަދު ވާހަކަ ދައްކަނީ…..
ތިއީ ޖަލްސާއެއް ނޫން!
13 December 2022
ފާޑުފާޑުގެ ލިޔުންތައް ދަމައިގެން ބާއްވާނީ ޖަލްސާއެއް ނޫނެވެ! ތިއީ ދެއުޅިއެއްނުވާ ސޮހޮލުންތަކެއް މަބޮޑޭ ވާންވެގެން ކުރިކަމެކެވެ. ބޮޑު ޓައީ އަޅައިގެން ކަލޭމެން ގޮސް މޫދުގަ ބަކަނުތެޅީ ކީއްވެގެން ހެއްޔެވެ؟ ރަށްގިރާ ވާހަކަ ދައްކަން ގިރާ ސަރަހައްދަށް ދިޔަގޮތަށް، ރާޅުޖަހާފައި ރަށް ގިރާލާތީ ރާޅުތަކުގެ ތެރޭ ބަކަތެޅުން މާރަނގަޅު ވާނެނޫންހެއްޔެވެ!
ޑިސްއޮނަރަބަލް ޑީޑީ
13 December 2022
އެއުޅޭ ބޮޑުވަޒީރަކީ ތިރަށުގެ ޗާންސެލަރެއްނަމަ ތިޔަބައްދަލުވުން ބާއްވާނީ މޫދުގާ. ނޫނީ ފަރުމަތީގާ. ނޫނީ ކަނޑުއަޑީގާ.
އަހުމަދު ް
14 December 2022
މީހުންގަނޑު ފިތި މަރުނުވަނީސް އެއްބަޔަކު ދުރުކުރަންޖެހޭ. ފޮޓޯ ޖަހައިގެން ކަންތައްވާނީ އެވަރު މީހުނަށް. މިސާލަކަށް ނަޝީދު، ކަނޑު އަޑީ ޖަލްސާއަށް މުޅި ދުނިޔޭގެ ސަމާލުކަން. ތިކަމާ ގުޅާލަފާނެ ތޯއްޗެއް. އެހެންނާ އެވަރުވެސް ނުވާނެ. ގެއެއްގެ ކާމޭޒާ ގޮނޑިތައް ގެންގޮސްގެން ޖަލްސާ ބޭއްވިޔަސް ރަށްގިރުމެއް ނުހުއްޓުވޭނެ. ހެހެހެ. ރަނގަޅަށް ވިއްޔާ ގިނަވާނީ ނޫނީ އެއްކޮށްވެސް ތިއީ ޕީޕީ ކުދިންކޮޅެއްދޯ؟ މަ ހީހީ ހަލާކު؟
ހަރީފް
13 December 2022
މާމެންދޫއާއި އެއްފަޅެއްގައި ރަށެއް އޮންނަކަން އެނގިފަނެތް..ކައުންސިލުން ދޮގުހަދަނީ.
ހަސަނު666
13 December 2022
ތަންދޮރު ނޭގި ވާހަކަ ނުދައްކާ މަޑުން ހުރޭ… ގޫގްލް މެޕް 32 ފަހަރު ބަލާލަން އިލްތިމާސް ކުރަން
ޢާޟޯހު
13 December 2022
ތިޔަ ކައުންސިލަށް ކަމެއް ނުވާތީ މަޝްހޫރުވާން ވެގެން ކުރި ކަމެއް. ހާދަ ގިނަ ރައްޔިތުންގެ ތާއީދު ވެސް އެބަ އޮތޭ. މީހުން ގަނޑު ތޮއްޖެހިފައި