ދ. ކަނޑިންމައިގައި ތަރައްގީކުރާ ރިސޯޓްގެ ކުރެހުމެއް: މި ރަށް އަންނަ މަހު ހުޅުވާނެ.
14 ޖެނުއަރީ 2017 - 17:48
އަލަށް ހުޅުވާ ދ. ކަނޑިންމަ ރިސޯޓުން 250 ވަޒީފާ އަށް ހުޅުވައިލުމަށް ނިންމައިފި އެވެ.
ކަނޑިންމަ މޯލްޑިވްސްގެ އޮފިޝަލަކު ޓްރެވަލް ވެބްސައިޓަކަށް އިއްޔެ ވިދާޅުވީ އަންނަ މަހު އެ ރިސޯޓް ހުޅުވުމުގެ ކުރިން، ވަޒީފާތަކަށް މީހުން ހޯދުމަށް އެކި ރަށްތަކުގައި އޯޕަން ޑޭތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެ އާއި ސ. ހިތަދޫ އަދި ހުޅުދު އާއި ފުވައްމުލައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދ. ކުޑަހުވަދޫ، މާއެނބޫދޫ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 65 ޕަސެންޓް ވަޒީފާތައް ދިވެހިންނަށް ހާއްސަކުރުން،" އޮފިޝަލް ވިދާޅުވި އެވެ.
ކަނޑިންމަ ރިސޯޓަކީ އެންމެ މަތީ ފެންވަރަށް ތަރައްގީކުރާ ރިސޯޓެކެވެ. އެ ރިސޯޓުގައި 11 ކެޓަގަރީއެއްގެ 274 ކޮޓަރި ހުންނާނެެ އެވެ.
ކަނޑިންމަ ރިސޯޓް ހުޅުވާއިރު، ރާއްޖޭގެ އެންމެ ބޮޑު ޕޫލް ވެސް އޮންނާނީ އެ ރަށުގަ އެވެ. އަދި ޖިމް އާއި ވޯޓާ ސްޕޯޓްސް އާއި މެރިން ބައިލޮޖީ ސްކޫލަކާއި ކިޑްސް ކްލަބެއްގެ އިތުރުން ކެއުންބުއިމުގެ ހިދުމަތް ދޭ 10 ރެސްޓޯރަންޓް ވެސް ވަނީ ހަދައިފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ އާ ރިސޯޓް އަންނަނީ ހުޅުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު ވެސް ގާތްގަނޑަކަށް 15 ރިސޯޓް ހުޅުވާފައިވާއިރު، މި އަހަރުގެ ތެރޭގައި އިތުރު 20 ރިސޯޓް ބާޒާރަށް ނެރެން ވެސް ވަނީ ނިންމައިފަ އެވެ. އެ ތަންތަން ތަރައްގީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ހުޅުވާއިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ. އެގޮތުން އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އިންޓަކޮންޓިނެންޓަލް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސސ
15 January 2017
ދިވެހިރާއްޖެޔަކީ ޕިކްނިކް އައިލޭންޑެއް!
މެންޓަލިސްޓް
15 January 2017
ރާއްޖޭ އިންޓަރނޭޝަނަލް ބުރޭންޑްތަކުގެ ރިސޯޓްތަކުގައި ސާރވިސްޗާޖް ދޭ ގޮތަށް ތިޔަތަނުންވެސް ސާރވިސްޗާޖްދޭނެކަމަށް އުއްމީދުކުރަން ،، މިހާރުވެސް ދިވެހިންހިންގާ ތަންތަނާއި ބޭރުމީހުން ހިންގާ ތަންތަނުގެ ސާރވިސްޗާޖްދިނުމުގައި ވަރަށްބޮޑެތި ތަފާތުތަކެށް ހުރޭ ،، މިވަނީ ކީއްތޯ އެބަޖެހޭ ޓްއަރިޒަމް ރެގިއުލޭޓަރީ ބޮޑީކަމުގައި ވާ ޓްއަރިޒަމް މިނިސްޓްރީއިން މިކަންބަލާ " މަޓީ " އާއިގުޅުގެން މިކަންކަން ރަގަޅުކުރަން ،، ހަމައެކަނި ރިސޯޓްއޯނަރ މުއްސަނދިވިޔަކަސް އެނިމުނީއެއްނޫން ،، އެބަޖެހޭ އެތަނުގައި ސާރވިސް ދޭންތިބޭމީހުންވެސް ހިއްހަމަޖެހިގެން ޖީބަށް ހެޔޮވަރަށް ފައިސާ ލައިގެން ތިބެވޭގޮތަކަށް ނިންމަން ،،، ވަރަށްވެދުން
ލޮލް
15 January 2017
"އަޅުގަނޑުމެންގެ އަމާޒަކީ 65 ޕަސެންޓް ވަޒީފާތައް ދިވެހިންނަށް ހާއްސަކުރުން،" ބަލަ ތިޔައީ ދެން ދިވެހިންނަށް ވަޒީފާ ދޭން މަޖުބޫރު މިންވަރެއްނު؟ އަމާޒު ތިއަށްވުރެ މަތިކޮށްލިނަމަ ދޯ.
ލޮލް ދެތިކި ޕީ
15 January 2017
އަމާޒު އެހުރީ ބިދޭސީންނަށް. 65% ވަޒީފާއޭ ކިޔައިގެން އެއަޅުވާލަނީ އަނދުނެއް. ލިބޭ ހުރިހާ ޑޮލަރެއް އެހެން ރިސޯޓުތަކެކޭ އެއްގޮތަށް ގައުމުން ބޭރަށް ނުވަތަ މަހުޖަނުންގެ ޖީބަށް. ވަރަށް ވެދުން.
ޙަމްދާން އ ގ
15 January 2017
ގައުމުގެ ހާލަތު: ވަޒީފާއަކަށް ކުރިމަތިލިޔަށް ޖަވާބެއް ނުލިބޭނެ. ލިބޭނީ ލާ އެޕްލިކޭޝަންގެ ތެރެއިން 1/20 އެޕްލިކޭޝަނަށް. ވަޒީފާއަށް ލަނީ ޝަރުތު ކިތަންމެ ފުރިހަމަވެގެންކަމުގައިވީ ނަމަވެސް ވާގޮތް. ވެފަ ހުރިގޮތް. ހިތާމަ ކުރަން. ކޮންމެ ކަމެއްވެސް ކުރަމުން މިދަނީ އަމިއްލައަށް ނުވަތަ ރައްޓެހިންނަށް ނުވަތަ އާއިލާއަށް ފައިދާވާގޮތަށް. މުޖުތަމައުއަކަށް ނޫން. ކުންފުންޏަކަށް ނޫން. ތަރައްގީ ވަނީ ކިހިނެއް. ތަނަކަށް ކޯޓޭޝަނެއް ފޮނުވިއަށް ވަކިން ގުޅާލާފަ އެބެ ބުނޭ އަގު ބޮޑުކޮށްލާށޭ ދޭނަމޭ. އަސްލު އެހެން މީހަކަށް ބީލަން ކާމިޔާމުކޮށްދޭން. ބުނެފަވެސް އެބަހުރި. އަގު ތިރިނުކުރީމަ ކޮންމެވެސް އެހެން ސަބަބެއް ދައްކައިގެން ނުލިބޭ ގޮތް ހަދާލަނީ. މިދައްކަނީ މިގައުމުގެ އެންމެ ބޮޑެތި ކުންފުނިތަކުގެ އުޅޭ ދިވެހިންގެ ވާހަކަ. ހިތާމަހުރި. އެކަމު ތަރައްގީއޭވެސް ކިޔޭ. ނުވަތަ މިތަން މިގައުމު ސަކަރާތޭވެސް ކިޔޭ. އެކަމު އަމިއްލަ ނަފުސު ތެދުވެރިވުން ކޮބާ؟
ޙުސައިން
14 January 2017
މިހާރު ވަޒީފާތަކައް މީހުން ނަގާ ނިމިފަ، ތި ގޮތައް އިއުލާން ކުރަނީ ދަޅަދައްކަން....
ކުމާރު
14 January 2017
ރަނގަޅު މުސާރަ އަށް ދޭ ވަޒީފާއެއް ވެއްޖީއާމުން ބޭރުމީހެއް އުޅޭނީ........ ތި އޮޕެންޑޭ ކިޔައިގެން ދިވެހިންނަ ހުށަހަޅާނީ އާދައިގެ 200 ޑޮލަރުގެ ވަޒީފާތައް ދެން ބުނާނެ ދިވެހިން ނުލިބުނޭ ދެން އެވީ 100 ޑޮލަރު ދީފަ އިންޑިއާ ބންގާޅުން މީހުންގެންނަން....... ދިވެހި ސަރުކާރުގެ މުވައްސަސާތަކައްވެސް އިނގޭ މީކަން ކަން ހިނގާ ގޮތަކީ!!؟
މުގާބޭ
14 January 2017
ކުމާރަށް ދިވެހިންގެ ވައްތަރު ވަރަށް ރަގަނޅަށް އެބަ އިނގޭ. ކުމާރަކީ ބޭރުމިހެއްކަމަށް ވިޔަސް ދިވެހިންނަށް ތިހުންނަ ހިތްހެޔކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. ކުމާރު ތިބުނީ ހަމަ ތިކަން އޮން ގޮތް.
މުޙައްމަދު
14 January 2017
ހަހަހަހަހަހަހަ! ތިޔޮއްގެން ޓީވީން ޕީ ޕީ ލޮގޯ ދައްކަނީ
ބިލީޖީން
14 January 2017
ކަޑިންމަ ރިސޯރޓް އިން 250 ވަޒީފާ ދިވެހިންނަށް އިއުލާން ކޮށްލީއެވެ. ދެން ހުރިހާ ކުދިން ވެސް ރިސޯރޓް ތަކަށް ގޮސް ވެންޑިންގް މެޝިނަށް ޑްރިންކް އަޅާ ގޮތަށް އެނަރޖީޑްރިންކްސް ނުބޮއި އަދި ރަލާ ބިއަރު ވެސް ނުބޮއި ފެގް ވެސް ފުލު ފުލުގައި ގިރުނބާ އަކުން ވައިދަމާ ގޮތަށް ނުދަމާ ގުޑް ޖޮބް އެއް ރިސޯރޓް ތަކުގައި އަދާ ކޮށް ރިސޯރޓްގެ މަތީ މަގާމް އަށް 7 އަހަރު ދުވަސް ތެރޭގައި އާދެވޭ ތޯ މަސަައްކަތް ކުރަންވީއެވެ. އިޓްސް އަ ވެރީ ގުޑް ލައިފް އެން އިޓް ސީމްސް ޔޫއާރ ގޮއިންގް ޓު ބިކަމް އަ މަނީ ޕްރިންޓިންގް މެޝިންގް. ޑޫ ތިންގްސް ފައިން. އޯއް، އޯއް، އޯއް، މަމެން ދިވެހި ކުދިންނަކީ މާ އިންޓެލިޖެންޓް ކުދިން ކަމަށް އެންމެން ވެސް ގަބޫލުކުރެެއެވެ. ޔޫއާރ ދަ ވަންސް. ވީއާރ ދަ ވަންސް. ބީ އިން ދަ ވަންސް. އޯވަރ ދެއަރ، އޯވަރ ހިއަރ، ޑާންސް، ޑާންސް، ޑާންސް، މާމާ އޯލްވޭޒް ޓެލް މީ ބީ ކެއަރފުލް، ހެހޭހޭ، ހެހޭހޭ، ހެހޭހޭ، ބިލީޖީން އިޒް ނޮޓް އަވަރސް.
ދާދިފަސް
14 January 2017
ބޮޑުވެގެންވާ ދޮގެއް ތިހެދީ. ތިޔަތަނުން 10 ޕަސެންޓް ދިވެހިންނަށްވެސް ވަޒީފާއެއް ނުލިބޭނެ.
ިހދ
14 January 2017
ތިހުރިހާ ކަމެއްވޭ " ހދ " ވީމަ ނުވޭ