ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ، ޣާޒީ ސްކޫލްގެ ޕްރިންސިޕަލަކަށް

ޣާޒީ ސްކޫލަށް އަލަށް އަައްޔަނުކުރި ޕްރިންސިޕަލް ބަޝީރާ.-- ފޮޓޯ: ތާޖުއްދީން ސްކޫލު

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލުކަން ކުރެއްވި ބަޝީރާ މުހައްމަދު، ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ޣާޒީ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކުރުމުން އެ މަގާމަށް ބަޝީރާ ވެސް ލުމުން ހޮވުނީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަންކުރީ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރެއްވުމުންނެވެ.

ޣާޒީ ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި އެންމެ ފަހުން ހުންނެ މަރިޔަމް މުހައްމަދު ވަނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުކޮށްފަ އެވެ.

ތައުލީމީ ދާއިރާއާ 1989 ވަނަ އަހަރު ގުޅިވަޑައިގަތް ބަޝީރާ، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އިސްކަންދަރު ސްކޫލުގަ އެވެ.

މިހާރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 33 އަހަރު ވަނީ ވެފައި ވާއިރު، އެންމެެ ފަހުން ހުންނެވީ ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށެވެ. އެ ސްކޫލާ ބަޝީރާ، ގުޅިވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ.

ބަޝީރާއަށް ޣާޒީ ސްކޫލްގެ ޕްރިންސިޕަލްކަން ދިނީ އެ ސްކޫލްގެ މުވައްޒަފުންތަކެއް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިއިރު ވެސް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު ނާޅާ ކަމަށް ބުނެ އިހުތިޖާޖުކޮށްފައި ވަނިކޮށެވެ.

ބައެއް ބެލެނިވެރިން ތުހުމަތުކުރާ ގޮތުގައި އެ ކޮރަޕްޝަންގެ އަމަލުތަކުގައި އެ ސްކޫލުގެ އިދާރީ މުވައްޒަފުންނާއި ޓީޗަރުންގެ އިތުރުން ޕީޓީއޭގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެޑިއުކޭޝަނުން ވަނީ އިހުތިޖާޖުކުރުން ކުށްވެރިކޮށް އެކަން ކުރި މުވައްޒަފުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

13 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 38%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުޅުމާލޭ

23 December 2022

ރަނގަޅު ކަނބަލެއް ހުޅުދޫގެ ފަޚުރުވެރި ދަރިއެއް. އެކަމަކު ހުޅުދޫ ގެ ތަޢުލީމެއް ނެތި މީސްކޮޅު ހުސްވަނީ. ހުޅުދޫގައި މިހާރު ހުރީ އެންމެ ޕްރީސްކޫލެއް ޕްރައިމަރީ ސްކޫލެއް ވެސް ނެތް. އަމުދަކުން މަތީ ސާނަވީއަށް އެއްވެސް މަގެއް ނެތް.

The name is already taken The name is available. Register?

އިއްޒަތު

22 December 2022

ކޮބާހޭ ކުރީގެ ޕްރިންސިޕަލްގެ ކޮރެޕްޝަންގެ މައްސަލަތައް ކޮންދުވަހަކުންތޯއެކަންކަންބަލަނީ!

The name is already taken The name is available. Register?

ރަމަ

22 December 2022

ޣާޒީ ސްކޫލްގެ ކޮރަޕްޝަން ހިންގީ އެންމެމަތިން ފެށިގެން އެންމެ މަތިން ފެށިގެން ގުޅިގެން ރޭވިގެން. މިސަރުކާރުންކުރާ ވައްކަން ނުބެލޭނެ އެބަޔަކަށްދޭނީ ޕްރޮމޯޝަން އެއްށްފަހު ބޭނުން ތަނަކުން ހަމައެފެންވަރުގެ އެހެން މަޤާމެއްދޭނެ. މީހަޤީގަތް،

The name is already taken The name is available. Register?

ބޮޑުމީހާ

22 December 2022

ހިތުހުރިހާ ވަރަކަށް ކޮރަޕްޝަން ހިންގީމަ ބަދަލު މިކުރަނީ ޖެހިގެން ހުރި ސްކޫލަށް....މިއޮތީވާ ގައުމެއް

The name is already taken The name is available. Register?

މިިިމަންޖެ1ލލލ

22 December 2022

ދެން ކާކުތަ ތާޖުއްދީނަށް ލީ؟

The name is already taken The name is available. Register?

2010

23 December 2022

ޢެބައޮތް އިއުލާނު ކޮށްފަ

The name is already taken The name is available. Register?

ާބެއްޔާ

22 December 2022

އިދާރީ މުވައްޒަފުގެ މައްސަލަ ބަލަނީ ކޮންއިރަކު ހޭ؟

The name is already taken The name is available. Register?

ކީއްވެތަ

22 December 2022

ސްކޫލުތަކުގެ ޕްރިންސިޕަލުން އަދި ޑެޕިޔުޓީ ޕްރިންސިޕަލުންވެސް ވަކި މުއްދަތަކަށް އަައްޔަންކުރެވޭ ގޮތަށް އޮތުމުން ބަދަލު ފެންނާނެކަމަށް ލަފާކުރެވޭ!!! ބައެއް ޕްރިންސިޕަލުން ތަންހަރުވެ އިތުރު ކުރިއެރުމެެއް ނާންނަ ފަހަރުތައްވެސް ހުރޭ.

The name is already taken The name is available. Register?

މިސާލު؟

22 December 2022

އިސްކަންދަރު، ސީއެޗް އެސްސީ، އައްޑޫ ހައި ސްކޫލު،، ދަރުމަވަންތަ، ހދ އޭއީސީ. ދިޔަމިގިލި،

The name is already taken The name is available. Register?

ފަޒީލާ ފަޒީ

22 December 2022

ތިބަދަލު އެބައޮތް މެޒުމަތީ. އަމަލު ނުކުރަނީ މާލޭގެ ޕްރިންސިޕަލުން މިނިސްޓްރީއަށް ވަދެ އަޑުގަދަ ކުރުމުން ޓޭބަލް ކުރި ގޮތަށް އަމަލު ކުރަން ނުކެރިފަ އޮތީމަ.

The name is already taken The name is available. Register?

ތަންހަރުވެހަ

22 December 2022

ގާޒީ އިސްކޫލުގެ ޑެޕިއުޓި ހިންނަވަރު މޫސައެއީ އޭގެ މީހެއް

The name is already taken The name is available. Register?

މޫސަ10

22 December 2022

އިސްކަންދަރު ސްކޫލު ދޯ؟

The name is already taken The name is available. Register?

ހުސެއިލާ ހަމްޒާ

22 December 2022

ހިތަށް އަރާ މާލޭގެ ސްކޫލް ތަކުގެ ޕްރިންސިޕަލް ކަމަކީ ދުނި އުމުރަށް ހިބަވާ މުދަލެއްބާއޭ. އަބަދު އެއްބަޔަކު އެކި ދިމާލަށް އަނބުރަނީ، މާ ބަސް އަހާ ޔޭސް މެޑަމް ކުދިން ކޮޅަކީބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454