މާލެ އިން ފުރާ ބައެއް؛ ޗުއްޓީއާ ދިިމާކޮށް ގިނަ ބަޔަކު ދަނީ ރަށްރަށައް ފުރަމުން .-- ފޮޓޯ: މިހާރު
26 ޑިސެމްބަރ 2022 - 13:49
މި ދުވަސްވަރު ހޭންޑް ފުޓް އެންޑް މައުތު ބައްޔާއި އަރިދަފުސް ރޯގާ އާއި ލޮލުރޯގާ، އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރު ކަމަށާއި މި ޗުއްޓީ ތެރޭގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ.
މި ދުވަސްވަރަކީ ބައެއް ގައުމުތަކުގައި ކޮވިޑް ފެތުރެމުން ދާކަން ދުވަސްވަރަކަށް ވާތީ، އެކަމަށް ރައްކާތެރިވުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ. އެގޮތުން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށާއި މީހުން ގިނަ ތަންތަނުގައި މާސްކް އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރޯގާ ޖެހި ބަލިކޮށް އުޅޭ ނަމަ މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި ރޯގާ ޖެހިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.
ހޭންޑް ފުޓް އެންޑު މައުތު ބަލިން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮވުމަށާއި ބަލި ޖެހިފައިވާ ނަމަ ކުދިން ބޭރަށް ނުގެންދިއުމާއި ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވާތީ، ޑެންގީ އިން ރައްކާތެރިވުމަށް މަދިރި އުފެދޭހެން ހުންނަ ތަންތަން ނައްޔާލުމަށާއި ގެއިން ބޭރަށް ނިކުންނަ ނަމަ މަދިރި ލޯޝަން ކަހަލަ އެއްޗެއް ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެެއެމްސް
27 December 2022
ކާބޯތަކެތި ހަދާ ގެންގުޅުމުގަ ބޮންދުން އުޅޭހާ ދުވަހަކު ސާފުތާހިރު ނޫންކަމުން ފެތުރޭ ކަންކަން ފެތުރޭނެ!