26 ޑިސެމްބަރ 2022 - 10:25
އެއްބައިވަންތަ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، މ. ކޮޅުފުއްޓަށް މިއަދު ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި އެ މަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ކޮޅުފުށިން މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ ވެސް ރައީސް ވަނީ ހުޅުވައިދެއްވައިފަ އެވެ.
ކޮޅުފުއްޓަކީ ސުނާމީގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ރަށްތަކުގައި ހިމެނޭ ރަށެކެވެ. މީގެ 18 އަހަރު ކުރިން އެރި ސުނާމީގައި އެ ރަށުން 14 މީހުން މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަލަމަޑި.
26 December 2022
ރާއްޖޭގަ ހިގަމުން މިދަނީ އިންޑިޔާގެ ކަޅު ޑޮލަރު.
އޮނަރަބްލް އަފީފު ދީދީ
26 December 2022
ސަރުކާރުގެ ސިޔާސަތާއި ކޮންމެ އަހަރަކު ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރާ ދައުލަތުގެ ބަޖޭޓަކުން "އެއްބައިވަންތަކަމެއް ނުފެނޭ" އޭގެ ބަދަލުގައި ފެންނަނީ ދައުލަތުގެ ޙަޒާނާއާއި މުއްސަނދިކަމާއި ވަސީލަތް އެންމެ ރަށަކަށް ޖަމާކޮށް އެހެން ރަށްރަށުގެ މީހުނަށް މަޖުބޫރީ ހާލަތް މެދުވެރިކޮށް "ކުލީ އަޅުންގެ ގޮތުގައި" އެރަށަށް ޖަމާކޮށް ބީރައްޓެހިންގެ ގޮތުގައި އެރަށުގައި މުޅި އުމުރު ހޭދަކުރާން ޖައްސާފައިވާތަން. ދެން ކޮން އެއްބައިވަންތަ ކަމެއްތޯ އޮންނާނީ.
އައްޔަ.
26 December 2022
ސަޅި ކޮމެންޓެއް. 100 ގެ ވާހަކަ އެއް. މަވެސް އަފީފު ދީދީ އަށް ތިކަމުގައި ތާއީދު. ހުރިހާ ކަމެއް އޮތީ މުޤައްދަސް ރަށް ކޮޅުގެ ބިންވެރިންނަށް.
މަޑަވެލި
26 December 2022
ނުހައްގުން ސިޔާސީ ހުކުން ކުރާ ސަރުކާރު އިސްތިއުފާ.
ޏ ފޯމްމުލައް
26 December 2022
ހަމަ ގައިމުވެސް މަޝެއް ވޯޓެއް ނުދޭނަން.
ށަވިޔަނި
26 December 2022
ދެން ދިވެހިން އެއްބައިވަންތަ ނުވާނެ. އެކި ނަންނަމުގަ އެކި ސިފަސިފައިގައި މުޖުތަމައު ފުނޑުކުރާ ބަޔަކު އެބަތިބި.
ޢެމެރިކާ
26 December 2022
ކަޑަ ސަރުކާރެއް.
މޫސަ
26 December 2022
ސޯލިހު،އަށް މަރުހަބާ، ކިޔާނެކަމެއް ނެތް ،ސޯލިހު އެހެރީ،ޔާމިނު ޖަލަށް ލާފަ،ދެން އަތޮޅު،ތަކަށް ދާނެކަމެއް،ނެތްް،ދެންހުންނާނެ،ކަމެއްނެތް،ހުރީހާ،އަތޮޅުތަކަށް،އެދަނީ،ހަމަވޯޓު،ހޯދަން،ވެގެން،
ރަދީފްއޮފިޝަލް
26 December 2022
ޝަރަފުވެރި ކުރުމަށް!!! ލުލް ލުލް.
ޢެމެރިކާ
26 December 2022
ރާއްޖޭގަ އިންޑިޔާ އެމްބަސީން ސިޔާސީ ޕާޓީތަކައް ރިސްވަތު ދެނީ
48343
26 December 2022
މިނާ ހުންނަނީ ރަށުންބޭރަށްދާން ދުވަހެއް ނައިސްގެން.