ސަން ސިޔާމް މީޑިއާ ގްރޫޕްގެ ސީއޯއޯ މުހައްމަދު އާސިފް (މ) އެ މީޑިއާގެ ބައެއް މުވައްޒަފުންނާ އެކު -- ފޮޓޯ: ސަން ސިޔާމް މީޑިއާ
26 ޑިސެމްބަރ 2022 - 12:57
ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ ސަން ސިޔާމް މީޑިއާ ގްރޫޕުން އަލަށް ފަށާ ކޭބަލް ޓީވީގެ ހިދުމަތަށް ބަދަލުވާން ބޭނުންވާ ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ މީޑިއާ ގުރޫޕުން މިއަދު ބުނެފި އެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ "އެސްއެސް ނެޓްވޯކް" ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ ކޭބަލްގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ދިރާގުގެ ކަސްޓަމަރުންނަށް އެސްއެސްނެޓްގެ ހިދުމަތަށް ފަސޭހައިން ބަދަލުވެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މަނާކުރުމާ ގުޅިގެން އަންނަ ޖެނުއަރީ މަހުގެ 29 އިން ފެށިގެން ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
ނަަމަވެސް ދިރާގުން "އެސްއެސް ނެޓްވޯކް"އާ އެކު ކުރި މަޝްވަރާގެ މަތިން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެ ފަރާތާއެކު ވަނީ އެއްބަސްވެފަ އެވެ.
"އެސްއެސް ނެޓްވޯކް"ގެ ބަޔާނުގައި ބުނީ އެ ކުންފުނިން މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ދިވެހިން މިހާރު އާންމުކޮށް ބަލަމުން އަންނަ ޗެނަލްތަކާއި މުޅިން އާ ޗެނަލްތައް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ދޭ ކޭބަލް ޓީވީގެ ހިދުމަތުގެ އަގުތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށާއި އަގުތައް ހުންނާނީ ރާއްޖޭގެ އާންމު އަގުތަކުގެ ނިސްބަތުން ހެޔޮ އަގެއްގައި ކަމަށް ވެސް ބުންޏެވެ.
އެސްއެސް ނެޓްގެ ހިދުމަތް މެނޭޖުކުރާނީ ސަން ސިޔާމް މީޑިއާއިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޘަރީފް
22 January 2023
ޕެކޭޖްތަކުގެ ޑީޓެއިލްސް އެއް ނުދީ. ފަސޭހައިން ބަދަލުވެވޭނެ ގޮތެކޭ ބުނީމަ، ބަދަލެއް ނުކުރެވޭނެ.
ޢާމި
27 December 2022
ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ބޭސިކް ޚަބަރު ބަލާލެވޭރު.. އެންމެ ކުޑަމިނުން އެވަރުވެސް ނުވޭ... ރޭޑިޔޯ ވެސް ފީނުދައްކާ އަޑުއިވޭ ގޮތަށް ހަމަ ސަރުކާރު ޓީވީ ވެސް ފޯރުކޮށްދެވެންވާނެ އެއީ ބޭސިކް ކަމެއް ފައިސާ ނުދައްކާ ހަބަރުވެސް ނުފެނޭ...
އާދަނު123
27 December 2022
ދިރާގު ޓީވީ ހިދުމަތް ކެނޑިގެން ނުވާނެ، މި ގާނޫނަކީ ވަކި ބަޔަކަށް މަންފާ އެއް ހޯދުމަށް ހެދި ގާނޫނެއް ދިރާގު ހިއްސާ ވިއްކާލީ ވެސް އެމްޑީޕީ ސަރުކާރުން އެކަން އެނގިހުރެ މިވަރު ކަމެއް ކޮށްގެން ނުވާނެ ދިރާގަކީ ދިވެހިންގެ ކުންފުޏެއް
އަގުހެޔޮވާނެ ބަ
27 December 2022
މީޑިޔާނެޓް ވެސް އަގުހެޔޮ! އަގުހެޔޮ ކުރާ ގޮތަކީ ކުޑަކުދިންގެ ޕެކޭޖް، ހިންދީ މޫވީސް ޕެކް، އިންގްލިޝް މޫވީސް... ނިވްސް.. އިންފޯޓެއިން.. ސްޕޯޓްސް... މިހުރިހާ ޕެކެއް ނަގަން އެބަޖައްސާ! އާއިލާއެއްގަ ތިބެނީ އެކިއޭޖްގެ އެކި ހޮބީގެ މެމްބަރުން. ޅަދަރިން، ޒުވާން ކުދިން އަންހެންވެރިން ފިރިހެންވެރިން. ވަކިބައެއް އެކަހެރި ކުރެވޭނެތަ؟ ޖެއްސުމާ މޮނޮޕޮލީ ނޫން ކޮންކަމެއް؟
ހަޖަމް
26 December 2022
އެސް އެސް ނެޓްވޯކްގެ %50 ހިއްސާ މީޑިއާނެޓްއަށް ވިއްކާލާ އެސް އެސް ނެޓްވޯކް އިތުރަށް ފައިސާ ކޮޅެއް ލިބިގެންދާނެނު، ދިރާގުން ހިދުމަތް ދިންއަގުގެ ދެގުން ވާނެ ޖައްސާލަން ޖީއެސްޓީ ވެސް ބޮޑުވަނީނު ދައްކާނެ އުޒުރެއްވެސް އެބްއޮތެންނު މިނޫން ގޮތެއްނުވާނެ އަޅެބަލަން ތިބެމާހިގާބަލަ
ހޯހޯހޯ
26 December 2022
މީޑިއާތަކުން ކުރާހާވެސްކަމަކީ މޮނޯޕޮލީހޯދާފަ އަގުބޮޑުކުރުން. އަހަރުމެން ބޭނުންވަނީ އެއްވިޔަފާރިއެއްކުރާ ގިނަމީހުން އުފެދެން. ތިކަމަށް ހެއްލުންވުމުން އެންމެގާތްވާނީ ގެއްލުމާ. މިހާރުވެސް އެތައް މިލިއަން ޑޮޮލަރެއް ކޯޓަކަށް ދައްކަންޖެހިފައެބައޮތް. އެފައިސާ ނުދައްކައިގެން ހަރުމުދާ ވިއްކަންޖެހިއްޖެނަމަ، ތިތަން ނީލަމަށްލުމަކީ ވަރަށް ގާތްކަމެއް. އަހަރެންވާ ހޯހޯ!
ބޮޑުމީހާ
26 December 2022
ޝުކުރިއްޔާ އިބޫ ކިޔާފަ އަތްޖަހާނެ ބަޔަކުވެސް ނެތީބާ!ވެރިކަމެއް ނިމިގެން މިދަނީ ރައްޔިތުންނަށް ވުރެ މަހުޖަނުން އިސްކުރުމުގަ.
ޒިންދާބާދު
26 December 2022
އެސްއެސް ނެޓް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު އެސްއެސް ނެޓް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު އެސްއެސް ނެޓް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު އެސްއެސް ނެޓް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު އެސްއެސް ނެޓް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު އެސްއެސް ނެޓް ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު
ޔެންޑެބުޅިން
26 December 2022
ވާނީ އެހެން... ވާނީ މިހެން... މަ އޭރުވެސް ބުނީމެއްނު... ކަލޭނޭ ވަހީ އަންނަނީތަ ނޫނީ ހަމަ ބާޖުބަރަން މޮޅުކަން ދައްކާލާ ހިތްވަނީތަ، ނޫނީ ދެން ކޮން ކަމެއްތަ ތިޔަ ވަނީ؟ އެވެރިން އަގު އިއުލާނުލުރާންދެން ކެތްތެރިކަމާއެކީ މައިތިރިވެގެން ތިބެބަލަ. އަގު ބޮޑިއްޔާ މީޑިޔާނެޓު ނަގާފަ، ހެވިއްޔާ އެވެރިން ނަގާފަ، އަމިއްލަޔަށް "ހަނާނުވެ" ނިކަން ތިބެބަލަ! މަގޭ ވާހަކަޔަކީ، އަހަރެންގެ އޮޕްޝަނަކީ ހަމައެކަނި ދިރާގު ޓީވީކަން.
އަހުމިއްޓޭ
26 December 2022
ހެދި ޑީލްތައް މިއޮށްފެންނަނީ.