ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވި އަލީ ހާލިދު..--- ފައިލް ފޮޓޯ: މިހާރު
28 ޑިސެމްބަރ 2022 - 15:27
ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އަލީ ހާލިދު އައްޔަންކުރަން ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ހަތަރު އަހަރުގެ ދައުރު ހަމަވުމުން އެ ކުންފުނީގެ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމުން އަލީ ހާލިދު ވަނީ މިދިޔަ އާދިއްތަ ދުވަހު ވަކިވެވަޑައިގެންފަ އެވެ. އޭނާގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމްގެ ދައުރު ޖެހިގެން އައި ދުވަހު ހަމަވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ޕީއެސްއެމްގެ އެމްޑީގެ ދެ ވަނަ ދައުރަކަށް ޕްރައިވަޓައިޒޭޝަން ބޯޑުން އަލީ ހާލިދު އައްޔަންކުރައްވާނެ ކަމަށެވެ.
ނަމަވެސް، ޝަމީމް ހަމަޖައްސާފައިވަނީ ރައީސް އޮފީހުގެ އަންޑަ-ސެކްރެޓަރީގެ މަގާމަށް ކަމަށް މިއުވާން ވިދާޅުވި އެވެ.
ޕީއެސްއެމްގެ ގާނޫނުގައިވާ ގޮތުން އެ ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަންކުރެވޭނީ ހަތަރު އަހަރުގެ ދައުރަކަށެވެ. އެ ކުންފުނީގެ ބޯޑުގައި ފަސް މެމްބަރުން ތިއްބަވަ އެވެ.
މެނޭޖިން ޑިރެކްޓަރު ކަމުން އަލީ ހާލިދު ވަކިވުމުން މިހާރު ޕީއެސްއެމްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުހައްމަދު ސައީދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
28 December 2022
މި ރާއްޖޭގެ ވެރިން ޑިމޮކްރަސީ ދަސްކުރީ ކޮންތާކުންބާ! ހުރިހާ މިނިވަން މުއައްސަސާތަކަށް ޕާޓީގެ ޕަޕެޓުން
ފޮނިފޮނިޓައްޕު ކުމާރު
28 December 2022
ތިއަށް ދިވެހިންކިޔަނީ ޒީރޯ ޓޮލަރެންސް.
ޝިފްނީ
28 December 2022
ކިޔާތީ އިވޭ ތިޔަތަނުން މީހުން ލައްވާ މަސައްކަތް ކުރުވާފަ އެތައް ޒަމާނެއް ވާއިރު ވެސް ލާރި ނުދެޔޭ.. ދެން މީހުން މަގުމަތި ވަނީ ލާރި ނުލިބިގެން. 04 އަހަރު ވީއިރު ކުންފުނީގެ މިކަންތައް ރަނގަޅު ނުކުރެވުނު މީހަކު އަނެއްކާވެސް އެމްޑީ އަކަށް. ތިއަށްވުރެ ރަނގަޅު މީހުން މިގައުމުގަ މަދެއްނުވާނެ ގައިމުވެސް. ތީ އަނެއްކާ ބަލަދު އަރާ ވައްތަރު މީހެއްތަ؟
ސަސ
28 December 2022
އިންތިހާބު އަހަރު ސަރުކާރަށް ވަފާތެރި މީހަކު މަގާމުގަ ހުރީމަ ދާނީ ޑިމޮކުރަސީގެ އެންމެ ރީތި ގޮތުގަ
ކޮއްކޮބެ
28 December 2022
މާރުކޭޓު ގޮޅިއަކުން މީހެއް ގެނެސް ތިގޮޑީގަ ބެއިންދިޔަސް ހަމަ އެއްތާކު ޖެހޭނީ. ރައީސް އޮފީހުން ޖަހާ ބުންބެރައް ނަށާލީމަ، ޒިންމާއަދާ ކުރެވުނީއެ.