ޓީއެމްއޭގެ ޗެކިން ސިސްޓަމަށް މައްސަލަ ޖެހިފައި ވަނީ ހޮނިހިރު ދުވަހު. -- ފޮޓޯ: ޓީއެމްއޭ
02 ޖެނުއަރީ 2023 - 12:17
ޓީއެމްއޭގެ ޗެކިން ސިސްޓަމަށް މިދިޔަ ހޮނިހިރުދުވަހު ދިމާވި މައްސަލަ ހައްލުވެ، ޝެޑިއުލާއެއްގޮތަށް ދަތުރުތައް ކުރިއަށްދާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.
ޓީއެމްއޭގެ ޗެކިން ސިސްޓަމަށް ދިން "މެލްވެއާ އެޓޭކެއް"ގެ ސަބަބުން ދަތުރުތައް ހުއްޓި، ރިސޯޓުތަކަށް ފުރަން ގޮސް ތިބި ޓޫރިސްޓުން އެއާޕޯޓުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ.
ޓީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އެ އެއާލައިނުގެ ޗެކިން ސިސްޓަމަށް މައްސަލަ ދިމާވި ނަމަވެސް ފާއިތުވި ދެ ދުވަހު ވެސް މެނުއަލްކޮށް މަސައްކަތްތައް ކުރި ކަމަށެވެ. ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށާއި، މިއަދު ހެނދުނުން ފެށިގެން ޓީއެމްއޭގެ ޗެކިން ސިސްޓަމުން މަސައްކަތްތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ރާއްޖެއަށް އަންނަ ގިނަ ޓޫރިސްޓުން ރިސޯޓުތަކަށް ދަނީ ޓީއެމްއޭގެ ސީޕްލޭނުތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޖޫ ބާބާ.
02 January 2023
ޓީއެމްއޭ އަކީ މުޅިންވެސް ބިދޭސިން އުލޭ ކުންފުންޏެއް. ދިވެހިންނަށް ވަޒީފާގެ ފުރުސަތުނުދޭ މިފަދަ ކުންފުނިތަކަށް ޤައުމުގެ މުޅި އިޤްތިސޯދު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދިނުމަކީ ނުރައްކާތެރިކަމެއް.
ނާމްދި ކާނޫ
02 January 2023
މިވަރުގެ ބޮޑު ކުންފުންޔެއްގެ ސިސްޓަމް ފަތުރުވެރިންނަށް އެހާ މުހިންމު ދުވަހެއްގައި ޑައުންވުން އެއީ ވަރަށް ދެރަކަމެއް! ސިސްޓަމްތަށް ރަންގަޅަށް ނުބަލަހައްޓާކަން މިކަމުން ދޭހަވަނީ! ސިސްޓަމްތަށް ރަންގަޅަށް ނުބަލަހައްޓާ އެއިންވެސް ފައިސާކޮޅެއް ސަލާމަތްކޮށްލީތޯ؟
އޮނަރަބްލް އަފީފު ދީދީ
02 January 2023
ނުވަދިހައިގެ ފަހުކޮޅު ރާއްޖެއައި ދަތުރުވެރިއަކު ކެނަޑާއިން ބޯޓެއް ކުއްޔަށް ހިފައިގެން އައިސް މިތަނުގައި ފެއްޓިވިޔަފާރިން އެނާގެ އެއަރޓެކްސީ ކުންފުންޏަކީ ދުނިޔޭގެ އެންމެބޮޑު ފުލީޓްއޮތް ސީޕްލޭން ކުންފުންޏަށް ހަދައިފި. # އެކަމަކު ފަތުރުވެރިކަމުގެ ވިޔަފާރިއަށް އިޤްތިސޯދު ބަރޯސާވެފައިއޮތް ރާއްޖޭގެ ޤައުމީ އެއަރލައިން ކުންފުނި ބަޤުރޫޓްވި އަދަދުވެސް ނޭގޭހާ ގިނައަދަދަކަށް ބަޤުރޫޓްވެ އެކަމުގެ ރިކޯޑް އޮތީ ދިވެހި ޤައުމީ އެއަރލައިން ކުންފުނީގެ އަތުގައި.
އޮނަރަބްލް އަފީފު ދީދީ
02 January 2023
ސިޔާސީ މަޤުސަދުތަކެއްގެ ބޭނުމުގައި ދައުލަތުގެ ޙަޒާނާ އިން ހަރަދުކޮށްގެން އެންމެ ދެހާސްމީހުން ތިބިރަށްރަށުގައިވެސް މާލޭސަރުކާރުންދަނީ ތިންހަތަރު ބިލިޔަންރުފިޔާގެ ޑޮމެސްޓިކް އެއަރޕޯޓްއަޅަމުން. # މީގެބަދަލުގައި ފައިދާބޮޑު އާމްދަނީއެއްލިބޭ (ޑޮލަރުން އާމްދަނީ ލިބޭ) ސީޕްލޭންގެ ވިޔަފާރި ފުޅާކުރުމަށްޓަކާ ޤައުމީ އެއަރލައިން ކުންފުންޏަށް ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ޒޯން ޙާއްސަކޮށްފައި ސަރުކާރުން އެކުންފުނީގެ ފުލީޓް އިތުރުކުރަން 10 ބޯޓް ގަނެދޭންވީ ނޫންތޯ.