ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އިމްރާން: އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް އިމްރާން ގެންދަވަނީ ދެން ވެސް ކޯލިޝަން ވެރިކަމެއްގެ މުހިއްމު ކަމުގެ މެސެޖްތައް ދެއްވަމުން. -- ފޮޓޯ | މިހާރު
08 ޖެނުއަރީ 2023 - 12:26
ކޯލިޝަން ސަރުކާރެއް ނުވަތަ ގިނަ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ނުކުރެއްވޭ ރައީސަކަށް ރާއްޖޭގެ ވެރިކަން ކުރަން ދެން ފަސޭހައެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އެ ޕާޓީގެ ފޯރިގަދަ ޕްރައިމަރީއާ ދިމާކޮށް އިމްރާން ގެންދަވަނީ ޓުވިޓާއިން ތަފާތު މެސެޖްތައް ދެއްވަމުންނެވެ. މި ވެރިކަމަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދި ހަތަރު ޕާޓީގެ ތެރޭގައި ހިމެނޭ އަދާލަތުގެ ރައީސް އިމްރާންގެ މައިގަނޑު މެސެޖަކީ ރާއްޖޭގައި ދެން ވެސް ކުރެވޭނީ ކޯލިޝަން ވެރިކަމެކެވެ.
އޭނާ ވިދާޅުވީ ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ދެން ރާއްޖޭގެ ވެރިކަން ފަސޭހައެއް ނުވާނެ ކަމަށެވެ. އެހެން ޕާޓީއެއްގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، މި ވާހަކަ ދައްކަވާތީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުން ވެސް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.
އެކަމަކު މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރިއާ ދިމާކޮށް، އެ ވާހަކަ ދައްކަވާ ސަބަބެއްގެ ގޮތުގައި އިމްރާން ދެއްކެވީ، ރައްޔިތުންގެ މަސްލަހަތެވެ.
"ހުރިހާ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ގިނަ ދިވެހިންގެ ވިސްނުމާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރާނެ ގޮތެއް ހޯދައިދިނުމަކީ ސިޔާސީ ލީޑަރުން ހޯދަން ޖެހޭ އަގެއް،" އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށެވެ. އެއީ ޒަމާނުއްސުރެ އިންސާނުން ގަބޫލުކުރަމުން އަންނަ ހަގީގަތެއް ކަމަށް ވިދާޅުވި އެވެ.
މި ވެރިކަމުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު: އިމްރާން ގެންދަވަނީ ކޯލިޝަން ވެރިކަމަކަށް އޭނާގެ އޮތް ތާއީދު ދައްކަވަމުން.
ކޯލިޝަން ދެމެހެއްޓޭ ރައީސަކަށް އިމްރާންގެ ތާއީދު އޮތް ކަަމަށް ވާހަކަ ދައްކަވާއިރު، ނުސީދާކޮށް އެ އިޝާރާތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރާއްޖޭގައި ކޯލިޝަން ވެރިކަމެއް އެންމެ ގިނަ ދުވަހު ހިފެހެއްޓެވި ރައީސަކީ އެމަނިކުފާނެވެ.
މި ވެރިކަން އުފެއްދީ އެމްޑީޕީ މައި ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން އެމްއާރުއެމް ހިމެނޭ ގޮތަށެވެ.
އިއްތިހާދުގެ މި ސަރުކާރު ބަދަހިކުރަން ޕާޓީތަކުން ހިއްސާވާނެ ވަރު ކަނޑައަޅައި ގާނޫނީ ހައިސިއްޔަތު ދޭން ވައުދުތަކެއް ވެސް ވި އެވެ. އެކަމަކު ދައުރު ދެބައިވި އިރު މާ ބުރަދަން ހުރި އެއްބަސްވުންތަކަކަށް ނުވި ނަމަވެސް ރެކޯޑަކީ މިހާތަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަންގެ ލަގަބު ލިބުމެވެ.
މީގެ ކުރިން ވެރިކަމަށް ހެދި ކޯލިޝަންތައް މާ ގިނަ ދުވަހެއް ނުވެ ވަނީ ރޫޅިފަ އެވެ. އޭގެ ތެރޭގައި 2008 ގައި ކުރީގެ ރައީސް ނަޝީދު ހެއްދެވި ކޯލިޝަނާއި 2013 ގެ ވެރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވި ކޯލިޝަން ހިމެނެ އެވެ. އިއްތިހާދުވި ޕާޓީތައް ވަކިވެ މި ދެ ފަހަރު ވެސް ފެނުނީ ސަރުކާރާ ދެކޮޅަށް ތެދުވެ ސިޔާސަތުތަކަށް ފާޑުކިޔައި ވެރިކަމަށް ދަތިކޮށް ހެދި ތަނެވެ.
އިމްރާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ކޯލިޝަން އެކުލަވާލި އިރު އެއްބަސްވެވުނު ގޮތަށް މުޅިން ނުދިޔަ ނަމަވެސް ކަންކަމުގައި ދެއްވާ މަޝްވަރާ އާއި ހިޔާލު އަޑުއައްސަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އެ ޔަގީން ކަމަކީ މިހާތަނަށް ޕާޓީތަކަށް އެކުގައި ތިބެވުނު އެއް ސަބަބެވެ. ލީޑަރުންގެ ހިތްހަމަނުޖެހުންތަކާއި ހިޔާލުތަފާތުވުން އަދި ހިތްނޭދޭ ކަންކަން ހިނގާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވަނީ މި ކޯލިޝަން ވެރިކަމުގެ މަތީގައި ދައުރު ދެބައިވި ގޮތަށް ލީޑަރުންނަށް އެކުގައި ތިބެ ފަސް އަހަރު ނިންމާލެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގޭމާނަ
09 January 2023
އެމީހަކު ކޯލިޝަނެއްގަ ނެތްނަމަ އަބަދުވެސް މަސްލަހަތު ނަގާލާ ވެރިކަމާ ތޮޅި މަގުމައްޗަށް ނިކުމެ މުޒާހަރާކުރާނެ ވާހަކަ ރީތިކޮށް އެބުނީ. ޝޭހުންގެ ކަންކަން މި ހާލުގަ ހުރީމަ ދެން ތިބި މީހުންގެ ހާލު އަދި މާ ބޮޑުވާނެނޫންބާ.
ޙަސަން ތަކުރު
09 January 2023
ކޯލީޝަނާ ނުލާ ވެރިކަމަށް ނާދެވޭ ގޮތަަށް ޤާނޫނު ހަދާފައި އޮތީ މި އިމްރާނު މެންނަށް ފައިދާ އަކަށް. ޤައުމާ ރައްޔިތުންނަށް މިކަމުން ވަނީ ގެއްލުން. މިހާރު މި އޮންނަ ގޮތުން ފުރަތަމަ ބުރުގައި 50 % ނުލިބޭ ނަމަ ދެވަނަ ބުރަކަށް ގޮޮސް ކޯލީޝަން ހަދައިގެން ނޫނީ ވެރިކަމަކަށް ނާދެވޭ. މީގެ ބަދަލުގައި 50 % ނުލިބުނަސް އެންމެ ގިނައިން ވޯޓު ހޯދާ ބަަޔަކަަށް ވެރިކަމަށް އާދެވޭ ގޮތް ހަދަންވީ. އޭރުން އިންތިޚާބުތައް މަދުކުރެވި ބޭކާރު ސިޔާސީ މަޤާމުތައްވެސް މަދުކުރެވޭނެ.
މުންޑު އުއްޗު
09 January 2023
2012 ވަަނަ އަހަރުން ފެށިގެން އެމްޑީޕީ ދައްކަމުން އައީ ކޯލިޝާނަކާއި ނުލާ އެއްބުރުން ރިޔާސީ އިންތިޚާބް ކާމިޔާބްކޮށް އެމްޑީޕީގެ ވެރިކަމެއް ޤާއިމްކުރުމުގެ ވާހަކަ. ރައީސް ޞާލިޙް ޕްރައިމަރީން ނާކާމިޔާބްވުމުން މިހާރުގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް އަވަހަށް ތަންފީޒުކޮށް، އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދު އާއި އެއްކޮށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރަން ނިކުންނާނެ. ރައީސް ޞާލިޙް އާއި އެކު ކޯލިޝަން ޕާރޓްނަރުން ރިޔާސީ އިންތިޚާބް އަންނަ އިރަކު ނުތިބޭނެ.
ހޮޓްކިންގ
08 January 2023
އިމްރާނަށް ތިނޫން ގޮތެއްނޯއްނާނެ. ވީމާ މަގާމުގެ ދަހިވެތިކަމުގާ ތިހައަރާމު އުޅުން އުޅެންވެސް ކޯލިޝަނޭ ފަޅޮލޭކިޔަނީ.
ހުސޭނިކާ
08 January 2023
ވަރަށްރަގަޅު ވާހަކައެއް. އަހަރުމެންކަހަލަ މީހުންނަށް ހިހޫތަނުން ކައިގެން ތިބެވޭނީ މިކަހަލަ ކޯލޭސަނެއްގައި ބަދެވިތިބެގެން.
ޓަކިޔާބޭގެޅިޔަނު
08 January 2023
ކޯލިސަން އެއީ ގުރޫޕު ހަދައިގެން ގައުމު ހަލާކުކޮށްލުން. ވެރިއަކަށް ހުންނަމީހާގެ އާރެއްބާރެއް ނުހުންނަ އުރައްޕެއްނުވާ ސިސްޓަމެއް. ގުރޫޕު ކުޅިކުޅެގެން ގައުމުގެ ފަސާދަކޮށް ކައިހުސްކޮލާނެ ސިސްޓަމަކުން ސަލާމަތްވުމަށް ރައްޔިތުން ވިސްނަންޖެހޭ.
ބޮޑުމީހާ
08 January 2023
އަންނިއާއި ޔާމިން މިމީހުން މިޖަހާ ސަކަރާތެއް ޖަހަން ކުޅިބަލަން ނުތިބޭނެ. އެއީ ހަގީގީ ލީޑަރުންނަކީ،ސައްޕެއްޖަހައި ބޭރުކުރަންވީމަ އެކަންކުރުމުގެ ހިތްވަރު ލީޑަރެއް ވިއްޔާ ހުންނަންވާނެ. އިބޫ ވާ ގޮތަކީ މިމީހުން ރުއްސަން ހަދައިގެން ޕްރޮޖެކްޓްތައް ލަސްވެ ސަރުކާރު މަތިބަރުވެ ދަރަނިބޮޑުވެ، އެމްޑީޕީގެ ފަލްސަފާވެސް ގެއްލުވާލަައިފި
އެމްސް
08 January 2023
ވަރަށް ގިނަފަހަރަށް ރަގަނޅު ކަންކަން ފަަސޭހައެއް ނުވާނެ، އަދި ފަސޭހަ ކަންކަން ރަގަނޅެއްވެސް ނުވާނެ!
ފިކުރު
08 January 2023
ކޯލިޝަން ދެމިއޮތީ ބަޑު ފުރޭވަރަށް ރައްޔިތުންގެ މުދާ ދީގެންކަން ރައްޔިތުންނަ އެގެއެވެ.އެހެންނަ ތި ކޯލިޝަން ނޯންނާނެއެވެ.މިހާރުތިތިބީ ކޭވަރުން ގްޑުވާލަށް ވެސް ނުކެރިފައެވެ.އަބިންނަ މިނިސްޓަރުކަމާއި ވިޔަފާރި ކުރަށް ބިންތަކާއި ރިސޯޓު ހަދަން ފަޅާއި ރަށްތަކާއި ސުކޫލު ހިންގުމަށް ކުރީންދިން ފީ ގެ 2 ގުނަކޮއްލުމާއި ކުރީން ހިންގި އެއަރޕޯޓާއި އެތާގައިވާ 3 ރަށްދީގެން ހިަފަހަށްޓާ ކޯލިޝަންވީމާ ލަދުވެތިނޫންތޯ ؟ ތިކަހަލަ ކޯލިޝަން ދެން މިގައުމަކަށް ބޭނުންނުވެއެވެ.
މަ ބުނީ
08 January 2023
އިބޫ ކައިރީ ބުނެބަލަ ތިމަންނާމެން މަޖޮލީސް ގޮނޑިއަށް ނެރުނު ހަމަ އެކަލުވެސް ނުހޮވުނޭ ވީމަ ކޯލިޝަނަށް 10 ގޮނޑި ދޭ ށޭ. އެގޮތް ސަޅިވެފަ މާ ފަސޭހަވެފަ ހަރަދު ކުޑަވެފަ މާ މަޖާ ވާނެ !!