ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ނޭވީ "އައިއެންއެސްް އިންވެސްޓިގޭޓާ" ކަނޑުމަތީގައި.
12 ޖެނުއަރީ 2023 - 11:57
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގެ މަސައްކަތް އުތުރުގެެ ރަށްތަކުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އުތުރުގެ ހއ. ހދ، އަދި ށ. އަތޮޅުގައި މި ސާވޭ ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 19އިން އަންނަ މަހުގެ 28ގެ ނިޔަލަށެވެ. މި ސާވޭގައި ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނާނެ އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" އިން އުތުރު ރަށްތަކުގެ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ސާވޭ ކުރަން އިންޑިއާ ނޭވީގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ" އެ ރަށްތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
މި ސާވޭގައި ކުދި އުޅަނދު ފަހަރުތަކާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް މައުލޫމާތު އެއްކުރުމުގައި ސާވޭ ޓީމުތަކުން ހަރަކާތްތެރިވާނެ ކަމަށް އެ ސިޓީގައިވެ އެވެ.
- ގިރިފަަރުތަކުގެ މައުލޫމާތު އެއްކުރުން
- ރަށްތަކުގެ ކޯސްޓްލައިން ކުރެހުން
- ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް، ޓައިޑްޕޯލް ހަރުކުރުން
މި މަސައްކަތްތައް ކުރުމަށް ސާވޭ ޓީމުތައް 24 ގަޑިއިރު މަސައްކަތް ކުރާނެ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭ އަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމަށާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެކެވެ.
ހައިޑްރޯގްރަފީ ދާއިރާއިން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫގައި ސޮއިކުރީ ޖޫން، 8، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފެއްދާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
އެންމެ ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރަފިކް ސާވޭއެއް ރާއްޖޭގައި ކުރިއަށް ގެންދިޔައީ 2021 ވަނަ އަހަރު އަހަރުގެ ފެބްރުއަރީ އަދި މާޗް މަހުގެ ތެރޭގަ އެވެ. އެ ފަހުން މިދިޔަ އަހަރު ވަނީ މާލޭ ސަރަހައްދާއި އުތުރުގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ނިންމާލައިފަ އެވެ.
މި ސާވޭތަކުގެ ސަބަބުން ދަތުރުކުރަން ބޭނުން ކުރާ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވާނެ ކަމަށާއި ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވެގެން ދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ސޭވޭއަކީ ރާއްޖޭގެ ސަރަހައްދުގެ މައުލޫމާތު އެއްކުރަން އިންޑިއާ އިން ހިންގާ ކަންބޮޑުވާން ޖެހޭ ފަދަ ސާވޭއެއް ކަމަށް ބުނެ އިދިކޮޅުން މީގެ ކުރިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. މިކަމުގައި ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ވެސް ތުހުމަތުކުރެ އެވެ.
އެމްއެންޑީއެފުން މިކަމާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ސާވޭއާ ހެދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެތޯ ކުރި ސުވާލުތަކަށް ބުނެފައި ވަނީ ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށާއި މިއީ އަތޮޅުތެރޭގެ ފަރުތައް ހުރިގޮތް ދެނެގަންނަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފައިދާ ވާނީ ދިވެހި ދަތުރުވެރިންނަށް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީހް
13 January 2023
ތީގޮތްނޭގޭ ކަންކަން ހަމަބުއްދި ހުރިބަޔަކައް އެގޭނެ ތި ވާނުވާ ހަދާނެ އެއްޗެއް ހަދަން ހިތަކަށް ދީނީތި އެވެސް ހަގުރާމަ މަތީ މަނަވަރަކަށް ދިވެހިން މިއުޅެނީ ގިރިފަރު ނޭގިގެންވިއްޔާ ބޮއެހަލާކު
ފަލަސްތީން
13 January 2023
އިންޑިޔާ ބޭރުކޮއްގެ ރާއްޖެ ތަރައްގީވާން ތޮތީ.
ކަނބިލި
13 January 2023
މިއީ މި ސަރުކާރުގެ ގޮތެއްފޮތެއް ނެތްކަމުންވާކަމެއް. ގައުމު ބޭރުބަޔަކަށް ވިއްކާލައިގެން ވިޔަސް ވެރިކަމުގައި ތިބެވުމުން އޯކޭ. ސިއްރު އެއްބަސްވުންތައް އެނގެމުން މިދަނީ. ޣައްދާރުންގެ ޣަދަރުވެރިކަމުން މި ގައުމު ސަލާމަތްކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައި
ޑުރެކިއުލާ
13 January 2023
ހެހެ، އިހައްދުވަހު އެމެރިކާގެ އެތައް ބިލިއަން ޑޮލަރެއްގެ ނިއުކުލިއާ ސަބްމެރީނެއް ސައުތު ޗައިނާކަނޑުއަޑީގަ ތިލައެއްގަޖެހި ޗިސްވެފައޮތީ. އެންވެރިކަމުގެ ދިރާސާއާ ސާވޭކޮށްދިނުމާ ތިޔާގިވަނީ މިކަހަލަ ކަންކަމާހެދި. އިނގިރޭސިން އައީ ޒާތެއްގެ ޖަމުއްޔާއެއްގެ ނަމުގަ. ނޫސްތަކާ ސޯސަލްމީޑިއާގަ މުޅިރަށުތެރޭ ޕުރޮޕެގެންޑާ ފަތުރާފަ މިއުޅޭ ގަމާރުންތައް ބޯޓަށްއަރުވައިގެން ފޮޓޯނަގަނަގާތިބެ ޑޭޓާކޮޅު އެއްކޮށްގެން ރައްކާވީ.
ދިވެހިވިންދު
12 January 2023
އިންޑިއާއިން މިނިވަންވާން އެބަޖެހޭ
އެންއެސްއެސް
12 January 2023
ދިވެހިރާއްޖޭގެ ހުރިއްޔާ ހުރި ފަޅަކާ، ގިރިޔަކާ، ހަލަކާ، ކަނޑުގެ ފުންމިން ދިވެހިން ނޫންބަޔަކަށް އިނގުމަކީ ދިވެހިންގެ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް
އައްޑޫ123
12 January 2023
މިހާރުވެސް ޗައިނާ މިކަމުގަ އެހީވެބަލަ އިންޑިޔާ ހީވާނީ އެހެންފަދަ ކަމެއްވެގެން އުޅޭހެން
ފަލަސްތީން
12 January 2023
އިންޑިޔާއިން މިކަންކުރަން ބޭނުންވެފަ ހުރިތާ ކިތަމްމެދުވަހެއް. ރައިސް ޔާމިންގެ ދައުރުގަ މިކަންކުރަން ރޔާމިނު ދެކޮޅުހެދީމަ ރޔާމިނުގެ ވެރިކަން ވައްޓާލަން އިންޑިޔާއިން ފެޝީ
ޢެމެރިކާ
12 January 2023
ޙަގީގަތުގަ މިކަމުގަ ފޮރުވިފަ އޮތީ ކޯއްޗެއްކަމެއް ދިވެހިންނަ ނޭގެ. އިންޑިޔާގެ ހުއްދައެއްނެތި އެއްވެސް ސާވޭއެއް ނެހެދޭނެ ދެނެ.
ތަކުރުބޭގެބަފާބޭ
12 January 2023
ހައިޑްރޯޕޯނިކްސް ހައިޑްރޯގްރަފިކްސް ހެލިކޮޕްޓާބަލަހައްޓަން ބޯޓުޔާޑު މަގުހަދަން ބުރިޖުއަޅަން އޭތިމީތި ހަދަން ކޮންމެ ދެއަތޮޅެއްދޭތެރޭ މަނަވަރެއް ކޮންމެ ރަށެއްގައި ބަޑަހަގެއް މިދަނީ ރަގަޅަށްބާ. ގައުމީދިދަ ބަދަލުވެ ދިދަމެދަށް ގެރިގާޑިއާފުރޮޅެއްއެރީމަ ތިބޭނެ ރަގަޅަށް ނައިބޮލި ސަމުސަލަކުން ބައްލަވައިގަނެވިފަ ގްރަފިކްސްހެދި ހިކިމިރުހުން ދުންވެސްއެޅިފަ.