12 މާޗް 2022 - 22:02
ދިވެހި ސަރުކާރުން ހުއްދަ ނުދެނީސް އެއްވެސް ގައުމެއްގެ އަސްކަރީ އުޅަނދަކަށް ރާއްޖެ ސަރަހައްދަށް ނުވަދެވޭނެ ކަމަށް ބުނެ، އުތުރު ތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓްރީން މިރޭ ރައްދު ދީފި އެވެ.
އދ. މަހިބަދޫގައި އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި "އިންޑިޔާ އައުޓް" ކެމްޕެއިންގައި ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދީ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހެން ގައުމެއްގެ އަސްކަރީ އުޅަނދެއް އުތުރުތިލަފަޅަށް ވަނުމުގެ ކުރިން ޑިޕްލޮމެޓިކް ކްލިއަރަންސް ހޯދަން ޖެހޭނެ ކަމަށާއި އެއީ ދިވެހި ދައުލަތުގައި އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ހައްގެއް ކަމަށެވެ.
"[އަސްކަރީ އުޅަނދުތައް ވަންނަން] ...ޑިޕްލޮމެޓިކް ކްލިއަރަންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި [އުތުރުތިލަފަޅު] ބޭރުގެ އުޅަނދު ވަންނަން ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ދޮގު ވާހަކަތަކެއް،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އުތުރުތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރަކީ އެމްއެންޑީއެފްގެ ބޭނުންތަކަށް އަމާޒުކޮށް ދިފާއީ ބާރު ބޭނުންވާ ގޮތަށް، ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ތަރައްގީ ކުރާ ތަނެއް ކަމަށް މިނިސްޓްރީން ބުންޏެެވެ. އަދި އެތަނުގެ ސައްތައިން ސައްތަ މިލްކުވެރިކަމާއި ބާރު އޮންނާނީ ދިވެހި ދައުލަތުގެ ކަމަށް ބުނެ ކުރިން ވެސް މިކަމާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ވަނީ ތަކުރާރުކޮށްފަ އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް މީގެ ކުރިން ވިދާޅުވި ގޮތަށް އެ މިނިސްޓްރީން މިރޭ ވެސް ބުނީ ހަތިޔާރާ އެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނޫޅޭނެ ކަމަށެވެ.
"...އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލައި ސިފައިންގެ އަގުވައްޓާާލަން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަން،" މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މުޅި ރާއްޖޭގައި ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކެމްޕެއިންގެ ތެރެއިން އެކި ރަށްރަށަށް ގޮސް އިންޑިއާ ސިފައިން ބޭރު ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
13 March 2022
ކަމަނާ ކިތައްމެ ވަރަކަށް ތިހެން ވިދާޅުވިޔަސް ޔޫޓީއެފް އެއްބަސްވުން ހާމަ ނުކުރަނީސް ތިވާހަކައެއް އެއްވެސް ދިވެއްސެއް ގަބޫލެއް ނުކުރާން. ޔާމީނަކީ ތޯތޯ މީހެއްނޫން އޭނާއަކީ 5 އަހަރުގެ ފުރިހަމަ ވެރިކަމެއް ކޮށް ނިންމައިގެން ފައިބާފަހުރި މީހެއް. އޭނަޔަށް އެވަރުކަމެއް އެގޭނެ ވަރަށްގިނަ ކޮޅު ސިފައިންގެ ތެރޭގައިވެސް އޮންނާނެކަމީ ހުރިހާ ދިވެހިން ގަބޫލުކުރާނެ ހަގީގަތެއް
ބޮކި އަލީ
13 March 2022
މީޑިޔާ އިވެންޓެއް ބާވަފައި ތިޔަ އެގްރިމެންޓް ރައްޔިތުންނަށް ހާމަކޮށް ދޭންވެއްޖެ މިހާރު، އިންޑިޔާ އެމްބެސަޑަރުވެސް ބައިންދައިގެން ތިކަންކުރަންވީނު، ރައްޔިތުން ތިހެންހަމަ ނޫސްބަޔާން ދިނަސް ޤަބޫލެއް ނުކުރާނެ. ދެފުށް ފެންނަ ސިޔާސަތު ކޮބައިތޯ؟ އަވަސް ކުރައްވާ.... އެގްރިމެންޓް ހާމަކުރައްވާ......
ސެނަބައްޑާ
13 March 2022
ޔޫޓީއެފްގަ ގަނޑުވަރެއް އަޅައިފަ އެތާގަ ޔާމީނު ބައިންދަންވީނު އޭރަށް ބަރު ހަތިޔާރުތަކާ ހުރިހާއެއްޗެއް ފެންނާނެއްނު
މަރިޔާ
13 March 2022
ދުވާލު މެންދުރުގެ އިރު ދައްކާފަ، މީ ސާދަވިލޭރެއޭ އެހެރަ ފެންނަނީ ސާދަވިލޭރޭގެ ހަނދޭ ބުނީމާ އަހަރެމެން ޤަބޫލު ނުކުރިޔަސް، އެއީ ތެދެކޭ ކިޔައި އެވާހަކަ ޤަބޫލުކުރާނެ ބަޔަކު ތިބެދާނެ
ގޯޕާލް
13 March 2022
މި މީހުން ދައްކާ ވާހަކައަށްވުރެ ރައްޔިތުން މިކަމުގައި ގަބޫލުކުރަނީ އިދިކޮޅުން ދައްކާ ވާހަކަ. އަހަރެމެން މިތިބީ ހަމަ ވިކި ހުސްވެފަ.
ގޯޕާލް
13 March 2022
މި މީހުނ
ޔޫޓީއެފް
13 March 2022
"އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލައި ސިފައިންގެ އަގުވައްޓާލަން..." ދިފާއީ ވަޒީރުގެ ޕާޓީއިން އެއްއިރަކު އެކަކުވެސް ނުކުރާފަދަ އަމައްޔާތް ކަމެއްގެ ވާހަކަ އެ ދައްކަނީ. ދެން ކިހާ ވަރެއްވާނެ. ކޮންމެ ކަމެއްވެސް މިއޮންނަނީ ޔެލޯޕާޓީން ކުރާއިރު ރަގަޅުވެފަ އެހެން ޕާޓީއަކުން ކުރީމަ ގޯސްވެފަ.
އޮޅުވާލާފަ
13 March 2022
އެމީހުންގެ ބަޔާނުގައި އެއޮތީ ބޭރު އުޅަނދުތަކޭ ބުނެފަ. އެބުނަނީ އިންޑިއާ ނޫން ހުރިހާ ގައުމުތަކަކުން ހުއްދަ ނަގަންޖެހޭނެ ވާހަކަ..؟؟
އަލީ އަލީ
13 March 2022
އެއްބަސްވުން ހާމަ ކުރަން ނުކެރިގެން ތިޔައުޅުއްވަނީ ކީއްވެހޭ! ހުއްދަދޭނެ! އިންޑިއާ ދެކޮޅަށް ޗުއްޕްވެސް ބުނެލަން ނުކެރޭނެ! ދައްތަމެން ކުފޫ ހަމައެއް ނުވޭ ޑިފެންސް މިނިސްޓަރުކަން ކުރާކަށް!
ވަހުތާން
13 March 2022
ކަމަނާ ނޫންތޯ ބުނީ، އެއީ ފިނދަނަތަކެކޭ؟ އަދި ތިމީހުންގެ ވަޢުދެއް ނޫންތޯ ސިފައިންގެ އުވާލުން؟ މިހާރު ނަމެއްގަ ހުއްޓަސް އެއީ ބާރެއް ނެތް ބައެއް ނޫންތޯ؟ ކުރިން ބުނީމެއް ނޫންތޯ މިތާކު އިންޑިޔާގެ އެއްމެ ސިފައިންގެ މީހަކުވެސް ނުހުންނާނެއޭ؟ ދެން ތިބުނީ އެމީހުންގެ އަތަކު ހަތިޔާރެއް ނުހުންނާނެއޭ؟ އިހަކަށް ދުވަހު އެމީހުން ގެނައި ފޮށިތަކަކީ ހަތިޔާރު އުފުލާ ކަހަލަ ފޮށިތަކެއް ނޫންތޯ؟ ދެން ދުވަސްކޮޅަކުން ބުނާނީ އެމީހުންގެ އަތަކު ނިއުކުލިއަރ ހަތިޔާރެއް ނެތޭ!