ކުޅިވަރު / އަންހެނުންގެ ފްޓްބޯޅަ ޓީމް

ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗުގެ މުސާރައިގެ އިތުރު މައްސަލައެއް

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑޭވޯ ބާބާ: އޭނާ އަށް ދޭން ޖެހޭ މުސާރައިގެ އިތުރު މައްސަލައެއް އެޖެންޓުން ވަނީ ފެންމަތިކޮށްފަ --- ފައިލް ފޮޓޯ: އެފްއޭއެމް

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑޭވޯ ބާބާ އަށް އެފްއޭއެމުން ދޭން ޖެހޭ މުސާރައިގެ އިތުރު މައްސަލައެއް އޭނާގެ އޭޖެންޓުން ފެންމަތިކޮށްފި އެވެ.

ސާބިއާ އަށް ނިސްބަތްވާ ޑޭވޯއާއެކު އެފްއޭއެމުން، މިދިޔަ އަހަރު ޖެނުއަރީ މަހު ކޮންޓްރެކްޓް ހެދީ އެއް އަހަރުގެ މުއްދަތަށެވެ. އޭރު އޭނާ އާއެކު ހެދި ކޮންޓްރެކްޓް މިދިޔަ އަންގާރަ ދުވަހު ވަނީ ހަމަވެފަ އެވެ. ޑޭވޯ ތަމްސީލު ކުރާ އެޖެންޓް ކުންފުނި، ދެކުނު ކޮރެއާގެ ޕީއެންޖޭ ކޯޕަރޭޝަނުން ބުނީ މިދިޔަ އަހަރު އޯގަސްޓް މަހުން ފެށިގެން އެއްބަސްވުން ހަމަވުމާ ހަމައަށް ދޭން ޖެހޭ މުސާރަ ހޯދަން އެދޭނެ ކަމަށެވެ.

މިދިޔަ ޖެނުއަރީން ފެށިގެން ޖުލައި މަހާ ހަމައަށް ދޭން ޖެހޭ މުސާރަ ދީފައި ނުވުމުން، މީގެ ކުރިން މައްސަލަ ފީފާ އަށް ހުށަހެޅި އެވެ. އެފްއޭއެމުން އެ ފައިސާ ދިނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅައި ދޭން ޑޭވޯގެ ފަރާތުން ފީފާގައި އެދުމުންނެވެ. އޭރު އޭނާ އަށް ދޭން ޖެހޭނީ 39,919.34 އެމެރިކާ ޑޮލަރު (615،555 ރުފިޔާ) އެވެ.

ޕީއެންޖޭއިން އޭރު މައްސަލަ ހުށަހެޅީ ޖެނުއަރީން ފެށިގެން ޖުލައި މަހަށް ވާ މުސާރަ ހޯދުމަށެވެ. އެއީ މުސާރަ ނުލިބި ރާއްޖޭގައި އޭނާ ހޭދަ ކުރި މުއްދަތެވެ. ކޮންޓްރެކްޓް އުވާލުމަށް އޭނާގެ ފަރާތުން ވެސް އެދިފައި ނުވުމުން އޯގަސްޓުން ފެށިގެން ކޮންޓްރެކްޓް ނިމުމާ ހަމަ އަށް އޭނާ އަށް މުސާރަ ދޭން ޖެހޭނެ ކަމަށް ޕީއެންޖޭއިން ގަބޫލު ކުރެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގައި ޑޭވޯ ކުޅުންތެރިންނަށް އިރުޝާދު ދެނީ: އޭނާ އާއެކު އެފްއޭއެމުން ހެދި އެއް އަހަރުގެ ކޮންޓްރެކްޓް ހަމަވީ މިދިޔަ އަންގާރަ ދުވަހު --- ފައިލް ފޮޓޯ: އެފްއޭއެމް

"މިފަހަރު ހޯދަން އެދެނީ އޯގަސްޓުން ފެށިގެން މިހާތަނަށް ދޭން ޖެހޭ މުސާރައިގެ ބާކީ ބައި،" ޕީއެންޖޭގެ އޮފިޝަލް ބުންޏެވެ.

"އަހަރެމެން އެންމެ ފުރަތަމަ އެފްއޭއެމްގެ ކިބައިން އެދޭނަން އެކަމަށް. އެފްއޭމުން އެކަން ފުރިހަމަ ނުކޮށްފިނަމަ ދެވަނަ މަރުހަލާއަކަށް ފީފާ އަށް ދާނީ."

އެ މުއްދަތައް ދޭން ޖެހޭ މުސާރައިގެ ޖުމުލަ އަދަދު ހާމަ ކުރާކަށް އޮފިޝަލް ބޭނުމެއް ނުވި އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ގާތްގަނޑަކަށް 35،000 ހާ ޑޮލަރެވެ.

ފައިސާ އާ ގުޅޭ ގިނަ މައްސަލަތަކެއްގެ ތެރޭ އެފްއޭއެމް ވަނީ ތާށިވެފަ އެވެ. ކަރަންޓް ބިލްގެ ގޮތުގައި ސްޓެލްކޯ އަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން ސްޓެލްކޯއިން އެފްއޭއެމް ހައުސްގެ ކަރަންޓް ވެސް ކަނޑައިލި އެވެ.

އޮކްޓޯބަރު 2021 ގައި ޅ. ކުރެއްދޫގައި ގައުމީ ޓީމުން ކުޅުނު މެޗުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މެދުވެރިވެގެން އެފްއޭއެމް އަށް ދިން ފައިސާ، އަހަރަކަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް ކުޅުންތެރިންނަށް ބަހާފައެއް ނުވެ އެވެ. އެ މެޗުން ލިބެން ޖެހޭ 1.2 މިލިއަން ރުފިޔާގެ ތެރެއިން 1.1 މިލިއަން ރުފިޔާ އެފްއޭއެމް އަށް ލިބިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ޑޭވޯ: މުސާރައިގެ މައްސަލަ ޑޭވޯ މި ވަނީ ދެވަނަ ފަހަރަށް ފެންމަތިކޮށްފަ --- ފައުލް ފޮޓޯ: އެފްއޭއެމް

އެ މައްސަލަ ފެންމަތިވުމުން އެ ފައިސާ ދޭނެ ކަމަށް ބުނި މުއްދަތު މިދިޔަ އޮކްޓޯބަރު މަހު ފަހަނައަޅައި ދިޔަ އިރު ވެސް އެ ފައިސާ ނުދެ އެވެ. އެފްއޭއެމުން އޭރު ބުނީ އެ ފައިސާ އެ އެސޯސިއޭޝަންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ.

އެ ފައިސާ ދީފައި ނުވަނީ ދެ ސަބަބަކާ ގުޅިގެން ކަމަށް އެފްއޭއެމުން ކުރިން ބުންޏެވެ. ފުރަތަމަ ސަބަބަކީ އެ މެޗުގައި ގައުމީ ޓީމަށް ފައިސާ ދޭނެ ކަމަށް ބުނި ކުންފުނިތަކުގެ ތެރެއިން، ވިލާ އިން ދޭން ޖެހޭ 100،000 ރުފިޔާ ދީފައި ނުވުމެވެ. އަނެއް ސަބަބަކީ ނޮވެމްބަރު 2021 ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމުގެ ނަތީޖާ ދަށްވުމުން، ޓީމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އެކަމަކު ވިލާއިން އެ ފައިސާ ދީފައި ނުވި ނަމަވެސް މި މަހު ކުރީކޮޅު އެ ފައިސާ ދޭނެ ކަމަށް ބުންޏެވެ. ކުރެއްދޫގެ މެޗާ ގުޅިގެން، އުއްޗު ސީދާ ދެއްވީ 500،000ރ. އެވެ. ދެން ހިމެނެނީ އެސްޓީއޯ އިން ދިން 500،000ރ. އާއި ދިރާގުން ދިން 100،000ރ. އެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިހާބޮޑުކަމެއް

20 January 2023

މި ބައްސާމު އައިފަހުން މިގައުމުގެ ފުޓްބޯޅައިގެ ޚަބަރަކަށް މިއޮންނަނީ ކޮންމެވެސް ބަޔަކަށް ދޭންޖެހޭ ލާރި ނުދޭ ވާހަކަ،ނުވަތަ އިލެކްޝަނެއްގެ ވާހަކަ ނުވަތަ، އަލުން ހޮވަން ކެމްޕޭން ކުރާވާހަކަ. އެހެން ގައުމުތަކުގެ ޚަބަރު ތަކުގައި މިއޮންނަނީ މުބާރާތްތަކަށް ތައްޔަަރުވުމާއި، ތައްޔާރުކުރާ ގައުމީ ޓީމުގެ ވާހަކަ، ނޫނީ މޮޅެތި ޓީމުތައް އެކުވެރި ކަމުގެ މެޗުތައް ކުޅެން އަންނަ ވާހަކަ. ދެން އަހަރެމެންގެ ފުޓްބޯޅަ އަބުރާ ލިބޭނެބާ؟

The name is already taken The name is available. Register?

ބޭބެ.

19 January 2023

ބަންގުރޫޓުވީމާ ތިނޫން އަޑެއް ނީވޭނެ، ދެން ކުރާނީ ފައިސާ ޗާޕް

The name is already taken The name is available. Register?

އިޙްސާސް..

19 January 2023

ދަރަނިމައްޗަށް ދަރަނި.. އެފްއޭއެމް އިނދަޖައްސާލި ބައްސާމު ހެވިފަ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454