ވިޔަފާރި / އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް

އާ އިންފްލައިޓް ހިދުމަތްތަކާ އެކު މޯލްޑިވިއަންގެ އޭޓީއާރު ދަތުރުތައް އައްޑުއަށް

މޯލްޑިއަންގެ އޭޓީއާރު ބޯޓުތައް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ގެންނަ އޭޓީއާރުގެ ފުރަތަމަ ކޮމާޝަލް ދަތުރު އައްޑުއަަށް ކޮށްފި އެވެ.

އޭޓީއާރު-72 ގެ މި ބޯޓު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު 5:45ގަ އެވެ. އޭޓީއާރުގެ ބޯޓުތައް ބޭނުން ކުރަން ފެށި އިރު މޯލްޑިވިއަންގެ އިން-ފްލައިޓް އާ ހިދުމަތްތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.މޯލްޑިވިއަންގެ ދަތުރުތަކުގައި ޖޫސްތައްޓެއްގެ އިތުރަށް ޗޮކްލެޓަކާއި ނަޓްސް ޕެކެޓެއް ލިބޭނެ އެވެ.

މޯލްޑިވިއަން އިން އޭޓީއާރު-72 ގެ ދެ ފްލައިޓް ރާއްޖެ ގެނައީ މި މަހުގެ ކުރީކޮޅެވެ.

ޓޫރިސްޓުންތަކެއް އޭޓީއާރް ފްލައިޓުން ފައިބަނީ. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނީގެ މިއިން ކޮންމެ ބޯޓަކުން ވެސް 70 މީހުން އެއްފަހަރާ އުފުލޭނެ އެވެ. މި ބޯޓުތަކުގެ އިންޖީނަކީ އޭޓީއާރުގެ އެންމެ ފަހުގެ އިންޖީނުތަކެވެ. އެއާ އެކު ކުރީގެ ބޯޓުތަކަށް ވުރެ މެއިންޓަނެންސް ހަރަދު 20 ޕަސެންޓް ކުޑަވާނެ އެވެ. އަދި ތެޔޮ ބޭނުން ކުރާ ވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ އެވެ.

މޯލްޑިވިއަން އިން ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތަކަށް ވިއްސަކަށް އަހަރުވެފައިވާ އިރު، އޭގެ ސަބަބުން މެއިންޓަނެންސް ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލް އަށް ވެސް ބުރޫ އަރަމުން ދިޔަ އެވެ. އެހެން ނަމަވެސް އާ ބޯޓުތަކާ އެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓު ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އަލަށް ގެނައި ދެ ބޯޓުގެ އިތުރުން އޭޓީއާރު 42 ޖާގައިގެ ބޯޓެއް ވެސް މި މަހު ތެރޭ މޯލްޑިވިއަން އަށް ލިބޭނެ އެވެ. އެ ބޯޓާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 ބޯޓަށް އިތުރުވާނެ އެވެ.

9 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޭޑަރ

23 January 2023

ތީގެފުލައިޓެއް ގަމުން ފުރައިގެން މާލެދިޔަމަގުމަތީ މީމާ ހިސާބުން އަބުރާލާފަ އައިސް އެޖެއްސީ ކައްދޫއަށް. ކީއްވެކަމެއްނޭގެ.

The name is already taken The name is available. Register?

ޢެޑްމުންޑޯ

22 January 2023

ހުރިހާގޮތަކުންވެސް ޚަރަދު ކުޑަ ފްލައިޓެއް ކަމަށް ތިޔަ ހާމަކުރަނީ ! ވީމާ ، ޢުންމީދުކުރަނީ ޓިކެޓް އަގުހެޔޮ ވާނެކަމަށް !

The name is already taken The name is available. Register?

ކަޗާ ބަދަން

21 January 2023

ވަރަށްވެސް އުފާ ވެއްޖެ މިއަދު މި ޙަބަރު ކިޔާލާފަ. ސަބަބަކަށް ވީ ޤައުމީ އެއާލައިންއަށް އިތުރު ވި ޙިދުމަތް އެނގުނީމައެވެ. " ޖޫސްތައްޓެއްގެ އިތުރުން ބަދަން ޕެކެޓެއްވެސް " ލިބޭ ވާހަކަ ކިޔާލަން ލިބުމުންނެވެ. ވަރަށްވެސް ފުރިހަމަ އެވެ. އިތުރަށް ފުރިހަމަ ކުރަންވީ އެއްވެސް ކަމެއްނެތެވެ. ދެކޮޅަށް 3500 ރފ ދައްކާފަ ވެސް ދެން މި ޖެހުނީ ދާންތާ ތިޔަ އިތުރުވި ޙިދުމަތް - ބަދަން ކާން ރަން އިލޮށިން.

The name is already taken The name is available. Register?

ދޮހޮއްތު

21 January 2023

ފޮނި އަނގަ ނުތަޅާ އަގުހެޔޮ ޓިކެޓަށްވީ ވައުދު ފުއްދާ

The name is already taken The name is available. Register?

ބޮހުއްތު

22 January 2023

އަގުހެޔޮ ޓިކެޓް ވައުދުފުއްދައިފި. ފަހުމިނެޓު ޓިކެޓްގަނެފަ އަގުބޮޑޭ ނުކިޔާ ބްރޯ.

The name is already taken The name is available. Register?

ބަކުންބޭ

21 January 2023

ދަތުރު މަތީ ހޭދަވާ ވަގުތު ކުޑަވިތަ؟

The name is already taken The name is available. Register?

އަލީ އަސްފާގު

21 January 2023

ފުވައްމުލަކާއި އައްޑޫގެ ރައްޔިތުން ތިބީ ޓިކެޓުގެ އަގު ބޮޑުކަމުން ހަދާނެ ގޮތް ހުސްވެފައި. އެމީހުން ތިބީ ރަށު ބަންދުވެފައި. އައްޑޫ އާއި ފުވައްމުލަކު މީހުނަށް މާލެ އަންނަން 2 ކޮޅަށް ބޮލަކަށް 3300 ވަރު ހަރަދުވޭ. ވީމާ ސަރުކާރަށް މި އާދޭސް ކުރަނީ 2 ކޮޅަށް 2000 ރުފިޔާވަރަށް މި އަގުތަށް ތިރިކޮށްލަ ދެއްވާށޭ މި ދަތުރުތަކަކީ ޑޮމެސްޓިކު ދަތުރު ތަކެއް ނޫންތޯއޭ.

The name is already taken The name is available. Register?

ތަކުރަށް ބަހެއް

22 January 2023

ތިދެން ހާދަ ހެއްވާ ވާހަކައެކޭ. އެންމެންވެސް ގެންގުޅެނީ އެންމެފަހުގެ އައިފޯނު. ގޭގެ ސިޓިންރޫމުގަ ހުންނަނީ ބިއްގަނޑު ވަރުގެ ބޮޑެތި ޓީވީ. ދުއްވަނީ އެންމެފަހުގެ އަގުބޮޑު ކާރާ ސައިކަލް. ޖަހަނީ އެންމެ ފަހުގެ އޮރިޖިނަލް ސެންޓު. އެކަމަކު ޓިކެޓެއް ގަންނަންވީމަ އަގުބޮޑުވެގެން ގޮތްހުސް ނޭވާ ހާސްވެ ރަށު ބަންދުގަ.

The name is already taken The name is available. Register?

ދނދނ

23 January 2023

ކޮމެންޓް ޓައިޕްކުރަން އެނގުމަކީ ކޮންމެހެން ކޮމެންޓްކުރަންޖެހޭ ސަބަބެއްނޫނެވެ. ތިބުނާ އައްޑޫ ފުވައްމުލަކަށްދާން ޓިކެޓެއް ހޯދަބަލާށެވެ. ހުރިހާ ފްލައިޓްތައް ދަތުރުކުރަނީ ފުލްކޮށްނެވެ. މައުމޫނު ޒަމާނަށްފަހު ޓިކެޓް ނުގަނެވިގެން ކަނޑުބޯޓުގައި އައި އައްޑޫ ފުވައްމުލަކު މީހަކު ނެތެވެ. އެންމެންވެސް އުދުހެނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454