އެސްޓީއޯ ރަމަޒާން ބާޒާރު ފެށުމުގެ ހަފްލާއަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ތައްޔާރުކޮށްފަ. -- ފޮޓޯ: އެސްޓީއޯ
22 ޖެނުއަރީ 2023 - 23:27
ރޯދަ މަހަށް ހައްސަކޮށް އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް ބާއްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިރޭ ފަށައިފި އެވެ.
އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހަފްލާއެއްގައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.
އެ ޕްރޮމޯޝަނާ ގުޅޭ ގޮތުން އެސްޓީއޯގެ ޝޮޕް މޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ އެ ޕްރޮމޯޝަނުގައި ގިނަ އައިޓަމްތަކަކުން ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ހޯމްއެެޕްލަޔަންސް ހިމެނޭނެ އެވެ. އަދި މި އަހަރުގެ އެ ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ދެ މީހަކަށް އުމްރާ ދަތުރެއް ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް: ރޯދައަށް ހިންގާ ޕްރޮމޯޝަނުގައި ޓީވީން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ. -- ފޮޓޯ: އެސްޓީއޯ
ސައީދު ވިދާޅުވި ގޮތުގައި ގްރޭންޑު އިނާމުގެ އިތުރުން އިތުރު ތިން ނަސީބވެރިއަކަށް އަގުހުރި އިނާމުތަކެއް ދޭނެ އެވެ. އަދި އެ ޕްރޮމޯޝަނުގައި ޓީވީން ބޮޑު ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށާއި ޓީވީ ގަންނަ ކަސްޓަމަރުންނަށް ބަންޑްލް އިނާމުތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެސްޓީއޯ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން އެސްޓީއޯ މަކީޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމުގައި ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެކެއްގަ އެވެ.
އެ ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވެވޭނީ 500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. އެ އަދަދަށް ވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ.
އެސްޓީއޯ "ރަމަޒާން ބާޒާރު" ކުރިއަށް ދާނީ އޭޕްރިލް މަހުގެ 29ގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy