ކޮއެލް އައިވެއާގެ "އަކިރި ސީރީޒް"ގައި ހިމެނޭ އައިނެއް. -- ފޮޓޯ: ކޮއެލް އައިވެއާ
23 ޖެނުއަރީ 2023 - 13:58
އައިނު ވިއްކާ ލޯކަލް ބްރޭންޑް "ކޮއެލް އައިވެއާއިން" އާ އައިނެއް މިއަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އެ ބްރޭންޑުން ބުނި ގޮތުގައި މި އަހަރު ނެރުމަށް ތައްޔާރުވާ އާ ރިލީޒަކީ ޒަމާނީ ތަފާތު ޑިޒަނެއްގެ ދެ ޖިންސަށް ވެސް ކަމުދާނެ އައިނެކެވެ. އަދި އެއީ ދެ ޖިންސުގެ މީހުންނާ ވެސް ގުޅޭނެ ޑިޒައިނެއް ކަމަށް އެ ބްރޭންޑުން ބުންޏެވެ.
އެ ބްރޭންޑުގެ އާ އައިނު ނެރޭނެ ވަކި ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.
މި ޕޭޖު މެދުވެރިކޮށް އެ ބްރޭންޑުގެ އައިނު ގަނެވޭނެ.
"ކޮއެލް އައިވެއާ" ގެ ޕޭޖުން އެ ބްރޭންޑުގެ ފުރަތަމަ ސީރީޒް "ރަން އަކިރި"ގެ ތިން ވައްތަރެއްގެ ޑިޒައިންއެއް ހިމެނޭ އައިނު ލިބޭނެ އެވެ. އެ ތިން ވައްތަރަކީ އަންހެން އަދި ފިރިހެނުންނަށް ހާއްސަ "ސަރަނގު" އަދި "ދޮހޮއްކޮ" އާއި އަންހެނުންނަށް ހާއްސަ "މަރިޔަނބު" އެވެ.
"ކޮއެލް"އިން ބުނި ގޮތުގައި "މަރިޔަނބު" ޑިޒައިންކޮށްފައި ވަނީ ބުރުގާ އަޅާ މީހުންނަށް ހާއްސަކޮށް، ބުރުގާއިން އައިނުގެ ޑިޒައިން ނުގެއްލޭ ގޮތަށެވެ.
ކޮއެލް އައިވެއާ އަކީ ދިވެހި ބްރޭންޑެއް. -- ފޮޓޯ: ކޮއެލް އައިވެއާ
"ރަން އަކިރި ސީރީޒް" ގައި ހިމެނޭ ހުރިހާ ޑިޒައިނެއްގެ އައިނު ތިން ލެންސުކުލައިގައި ލިބެން ހުންނާނެ އެވެ. އެ ސީރީޒްގެ އައިނުތައް ފަރުމާ ކުރުމުގައި ދިވެހިވަންތަކަން ދައްކައިދިނުމުގެ ގޮތުން ލިޔެލާގެ ޑިޒެއިން ބޭނުންކޮށްފައިވެ އެވެ.
"ކޮއެލް އައިވެއާ"ގެ އައިނު ދިވެހި އުފެއްދުންތެރިންނަށް ހާއްސަ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ވެސް ލިބެން ހުންނާނެ އެވެ.
ކޮއެލް އައިިވެއާ އަކީ ދިވެހި އުފެއްދުމެކެވެ. އެ ބްރޭންޑުގެ ފުރަތަމަ ސީރީޒް ނެރެފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނބިގޮއްޔެ
25 January 2023
ތީގެ އައިނެއް އަޅާލަން ލިބޭނެ ކަމުގެ ހުވަފެން ބަލަބަލާ ހުރެހުރެ ލޯކައިރީގަ ރޫ ޖެހުނު އިރުވެސް ނުލިބުނު ?
ކިމް
24 January 2023
އުފައްދަނީ ޗައިނާގަ. ރާއްޖެއަކު ނޫން
ކާޑޭޟިއަން
24 January 2023
އައި ޕޯން ވެސް އުފައްދަނީ ޗައިނާގަ، ޔޫއެސް ބްރޭންޑެއް ކަމައްވަނީ.
ކިމްސް ވައިފް
25 January 2023
ޖޭ ބޮކި..
ހުވަދޫ އަލިބެއްޔާ
23 January 2023
ފައްކާ އިނގޭ.. ކޮބާ "ކަލޯ" އަދި ކުޑަ ކުދިންނަށް ޚާއްސަކޮށް އަންހެން "ދިޔެ" ފިރިހެން "ހުތާ" ވައްތަރުތައް.. މި ކޮމެންޓް ފެންނާނެ ކަމަށް އުންމީދުކުރަން..