މި މަހުގެ 29ގަ ދިރާގު ޓީވީ ހުއްޓާލާނެ. -- ފޮޓޯ: ދިރާގު
25 ޖެނުއަރީ 2023 - 17:31
ދިރާގު ޓީވީގެ ކަސްޓަމަރުން، އަލަށް ތައާރަފުކުރާ އެސްއެސް ނެޓުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފި އެވެ.
އެ ޕޯޓަލް ތައާރަފްކުރީ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ހޯދުމަށް ރަޖިސްޓާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ޕޯޓަލް މެދުވެރިކޮށް ރަޖިސްޓީވުމަށް ދިރާގުޓީވީ ކަސްޓަމަރުންނަށް ދިރާގުން ރަޖިސްޓްރޭޝަން ލިންކު ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ލިންކަކީ ދިރާގުޓީވީ ނަމްބަރާއި އެކައުންޓާއި ގުޅުންހުރި ޕާސްޕޯޓު، އައިޑީކާޑު ނުވަތަ ވާކް ޕާމިޓުގެ ނަމްބަރު ހިމެނޭ ލިންކެކެވެ.
އެ ލިންކަށް ވަނުމަށް ފަހު، ފުރިހަމަކުރަން ހުރި ޖާގައިގައި، ނަމާއި، މޮބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެހުމަށް ފަހު، އެކައުންޓު ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ އައިޑީކާޑު، ޕާސްޕޯޓް ނުވަތަ ވޯކް ޕާމިޓުގެ ފޮޓޮއެއް އަޕްލޯޑުކުރުމުން އެސްއެސް ނެޓުގެ ހިދުމަތަށް ރަޖިސްޓާކުރެވޭނެ އެވެ.
އެސްއެސް ނެޓަށް ރަޖިސްޓާވުމުން އެ ކުންފުނިން އިތުރު މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރާނެ އެވެ.
ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލާނީ މި މަހުގެ 29ގަ އެވެ. އެ ޓީވީގެ ހިދުމަތް ހުއްޓާލަނީ ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މަނާކުރުމާ ގުޅިގެންނެވެ.
ދިރާގު ޓީވީ ގަނެފައިވާ އެސްއެސް ނެޓުން ވަނީ އެ ކުންފުނީގެ ޕެޖޭޖުތަކުގެ އަގުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
26 January 2023
ޕެކޭޖުތަކުގެ އަގު ނުޖަހާ ރަޖިސްޓްރީ ވާން އެދުމަކީ ފުރަތަމައިނުންވެސް އެސް.އެސް ނެޓުގެ ވެއްޓުމެކެވެ. ޚިދުމަތަކަށް އެދޭއިރު އެކަމަށް ޗާޖުކުރާނެވަރު ނޭނގި އެޚިދުމަތަކަށް އެދޭނީ ކިހިނެއްތޯ އެސް.އެސް ނެޓަށް ދަންނަވާލަން ބޭނުންވެއެވެ.
ޢަލީ ބަލީ
25 January 2023
ޕޯޓަލެއް ހެދިއަސް ރެޖިސްޓްރީ ވާނީ ޕެކެޖް ތަކުގެ އަގުތައް އެގުމުން
ދޮހޮއްތު
25 January 2023
އައިޑީ ކޮޕީ އަޕްލޯޑުކުރަން ވ އުނދަގޫ