އަލީ ސޯލިހު: އޭނާއަކީ މީޑިއާއާ ގާތް ބޭފުޅަކަށް ވާތީ ބެލެވޭ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ވެސް އޭނާގެ އެއް ޒިންމާއަކަށް ވާނީ ޕީއާރު ކަންތައް
29 ޖެނުއަރީ 2023 - 10:09
އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މުހިންމު އެއް ބައިވެރިޔާ ޖޭޕީގެ ސްޕޯކްސް ޕާސަންގެ މަގާމު ވެސް ފުރުއްވާ އަލީ ސޯލިހު އެންމެ ފުރަތަމަ ހުންނެވީ ކުރިން ހިންގި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އެކަމަކު، ވަކި ހިސާބަކުން ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އޭނާ މިހާތަނަށް ހުންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއަކީ މީޑިއާއާ ވަރަށް ބީރައްޓެހި ތަނެއް ކަމަށް ވާއިރު، އަލީ ސޯލިހާ ހަވާލު ކުރާނެ އެއް މަސައްކަތަކީ ބެލެވޭ ގޮތުގައި އެ މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންގެ ބައެވެ. އަލީ ސޯލިހަކީ މީޑިއާއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށް ވާއިރު ޓެކްނޮލޮޖީ މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީގައި ވެސް އޭނާގެ އެއް މަސްއޫލިއްޔަތަކަށް ވީ އެއީ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއަކީ އެތައް ބައެއްގެ ހިތްހަމަނުޖެހުން ޒަމާންތަކެއް ވަންދެން އޮތް ތަނެކެވެ. އެކަމަކު، އާންމުންގެ މަގުބޫލު ކަމެއް އަދިވެސް ނުހޯދެ އެވެ.
އެ މިނިސްޓްރީގައި މިހާތަނަށް ހުންނެވީ އެންމެ ސްޓޭޓް މިނިސްޓަރެކެވެ. އަލީ ސޯލިހާއެކު އެ މަގާމުގައި މިހާރު ދެ ބޭފުޅަކު ތިއްބަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުމާ
30 January 2023
މީކާކު.ބަލަދު އަރާފަތިބި މީހުން.ގާސިމްއަށްދިން ހަދިޔާއެއްދޯ.
ގޮށް މުއް
30 January 2023
މި ދެން ކިހާ ދެރަ ކަމެއް. މިކަހަލަ ހުރިހާ ދެއުޅިއެއް ނުވާ މީހުންނަށް މަޤާމުތައް ދީ ހުސްކޮށްފި. 7 މަސް ބާކީ.
ޖަލީލީ
30 January 2023
މި ސޮރުމެން މިތިބެނި ދައުލަތަށް ބަލަދު އަރާފަ. އެއް މަގާމުން އަނެއް މަގާމަށް. މަގާމުން ވަކިވިޔަސް ޕެންޝަނާއި އެހެން އިނާޔަތް ތަށް
ޖުން
30 January 2023
ރިޔާސީ ޕުރައިމަރީގެ ގާސިމްގެ ހަދިޔާ.
ޢެކްސިް
29 January 2023
މިއުޒިކަލް ޗެއަރސް
ބޮޑުމީހާ
29 January 2023
ރައީސަށް ވޯޓް ނުލިބެންވީ ކީއްވެ؟ 1200 ސިޔާސީ މަގާމު. 3 ޕާޓީ. 60 ބިލިއަނުން ގައުމު ދަރުވައިލައިފި، އާބާދީއާއި ނުބައްދަލު ޕްރޮޖެކްޓް ހިންގަނީ ރައްޔިތުންނަށް ހެޔޮއެދޭތީ ނޫން. ޕާޓީގެ ކޮންމެވެސް މީހަކަށް ކަޓްދޭން. ރައްޔިތުންނަށް ހެޔޮ އެދޭނަމަ ފްލެޓް އަޅާނެ، ޖީއެސްޓީ ބޮޑުނުކުރާނެ، ޑޮލަރު ތިޔާގިވާނެ، 1200 ސިޔާސީ މަގާމެއް ނޯންނާނެ، ކޮރަޕްޝަން ބަލާނެ، މަސާޖް ޕާލާތައް ހުއްޓުވާނެ،
ޖުޖިިިިުު
29 January 2023
ވައިޖހާމެނަށް ރަނގަޅެއްނު، މާސްޓާސް އޮތަސް މިއުޅެނީ ޖޮބެއް ނުލިބިގެން
މެޒޯ
29 January 2023
ފައިސާ ދައުލަތުގައި ގިނަވީމާ އުފައްދާ މަގާމްތައް ތީ،
ފެށުން
29 January 2023
އިންތިހާބަށް މަކަރުހަދަން އެންސީއައިޓީ އަވަށްޓެރިންނަށް ދޭންވެގެން ޖޭޕީ މީހުން ބޭރުކޮށްލަނީ.
އެނގޭނެ
29 January 2023
އެއްވެސް ތާކަށް ބޭނުން ނެތީ ތޯ އެވެ. ކެތްތެރި ވެރިއެއް ހުރީތީ