ޚަބަރު / ފ. ބިލެއްދޫ

ފުރަތަމަ ހާފިޒަށް ރަށުގެ އެންމެ ހޫނު މަރުހަބާ!

އައިފާއަށް ރަށުން ހޫނު މަރުހަބާއެއް ކިޔަނީ: އުމުރުން 17 އަހަރުގައި އެނާއަކީ އެ ރަށުގެ ފުރަތަމަ ހާފިޒް.

ރަތް ދޫލައިގެ މަރުހަބާއަކުން ފ. ބިލެތްދޫގެ ފުރަތަމަ ހާފިޒު، އައިމިނަތު އައިފާގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ގުރުއާން ހިތުދަސްކޮށްގެން މިދިޔަ ބުރާސްފަތިދުވަހު އެނބުރި ރަށަށް ދިއުމުން އޭނާއަށް ކިޔާފައި ވަނީ އެ ރަށުން ދުވަހަކު ވެސް މީހަކަށް ކިޔާފައި ނުވާ ވަރުގެ މަރުހަަބާއެކެވެ. ސިޔާސީ މީހުން ދިއުމުން މާފަތި އަޅުވައި މަރުހަބާ ކިޔަން ރައްޔިތުން ނުކުންނަ ރަށަކަށް ނުވިޔަސް އައިފާ ރަށަށް ފޭބިއިރު ރަތް ދޫލަ އަޅައި މުޅި ރަށް އޮތީ މަރުހަބާއަށް ސަފު ހަދާލައިފަ އެވެ.

ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް ވިދާޅުވީ އައިފާ ހޯދީ މުޅި ރަށަށް ތާރީޚީ ކާމިޔާބެއް ކަަމަށެވެ.

"މި ރަށުގައި އަލަށް ކުއްޖަކު ގުރުއާން ހިތުދަސްކޮށް ހާފިޒް ކަމުގެ ސަނަދު ނަގައިގެން އައީ. ބޭނުންވީ އެ ފަޚުރުވެރި ކާމިޔާބީގައި މުޅި ރަށް ބައިވެރިވާން،" އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ކަންކަމުގައި މިގޮތަށް އެންމެން ނުކުންނަ ރަށެއް ނޫން މިއީ."

ރަތް ދޫލައިގެ މަރުހަބާއެއް ކިޔަން ރައްޔިތުން ސަފު ހަދާލާފައި.

އާބާދީގައި 1،400 މީހުން ހިމެނޭ ރަށުގެ ކައުންސިލުން އިސްނަގައިގެން، ރަށުގެ އެހެން އިދާރާތަކާއި ރައްޔިތުން ގުޅިގެން ވަނީ ކާމިޔާބީ ފާހަގަކުރަން ކުލަގަދަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. ހިތްވަރު ދިނުމުގެ ގޮތުން 25،000ރ. ވެސް ކައުންސިލުން އައިފާއަށް ހަދިޔާކުރި އެވެ.

"ހުރިހާ ރައްޔިތުން ބައިވެރިވެ ބޭނުމަކީ އެއްބައިވަންތަކަމާ އެކު ތިބެ ކުދިންނަށް އެފަދަ ކަންކަމުގައި ހިތްވަރުދިނުން، އެހެން ކުދިން ޝައުގުވެރިކުރުވުން،" އޭނާ ވިދާޅުވި އެވެ.

ބިލެތްދުއަކީ، އޭނާ ވިދާޅުވި ގޮތުގައި، އިލްމީ އަދި އިޖުތިމާއީ ކަންކަމުގައި އެ ނަމޫނާ ދައްކާ ރަށެކެވެ.

އައިފާއަށް ބިލެތްދޫން މަރުހަބާ ކިޔަނީ: މުޅި ރަށް އޭނާއަށްޓަކައި ފަހުރުވެރިވޭ

ކައުންސިލުން ބުނިގޮތުގައި ކުޑައިރުއްސުރެން ވެސް ގުރުއާނަށް ލޯބިކުރާ އަދި ގިނަ މުބާރާތްތަކެއްގައި ވެސް ކާމިޔާބީ ހޯދާފައިވާ އައިފާއަށްޓަކައި މުޅި ރަށް ފަހުރުވެރިވެ އެވެ.

"އެންމެން ވެސް ވަރަށް އުފަލުން ތިބީ. ރަށުގެ ދަރިއަކު މި ރަށަށް ތާރީހީ ކާމިޔާބެއް ހޯދައިދިނީމަ،" އަސްލަމް ވިދާޅުވި އވެެ.

14 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 2%
icon inlove icon inlove 77%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމީލުބެ

30 January 2023

ވަރަށް އުފާވެއްޖެ! ދަރިވަރަށާއި ޢާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން! ދުޢާއަކީ ތިމަގުގައި ސާބިތުކޮށްދެއްވުން. ރަށުގެ އަހުލުވެރިންނާއި ކައުންސިލުން ދެއްކެވި އެއްބައިވަންތަކަމަށް ޝުކުރުދަންނަވަން!

The name is already taken The name is available. Register?

ސަޑަލް

30 January 2023

މަރުހަބާ!

The name is already taken The name is available. Register?

ލުޖައިންއެމްވީ

29 January 2023

މިކުއްޖާގެ އާއިލާއިން މިވަނީ ނަމޫނާ ދައްކާފައި. އުއްމީދަކީ މިކަހަލަ ކުދިންތައް އިތުރުވެގެން ދިޔުން. މަރުހަބާ.

The name is already taken The name is available. Register?

ހ‫ިންނަވަރު ޖުމާންޖީ ރިޓާން

29 January 2023

ރ‫ާއްޖެތެރޭ މީހުން ކަމެއް ކުރީމަ ހާދަ ވަރަކަށް ތިޔަ ހިރުވަނީ ކީއްވެ

The name is already taken The name is available. Register?

ޗަނބޭލީ

29 January 2023

ވަރަށް ހިއްވަރުގަދަ މާޝާﷲ.

The name is already taken The name is available. Register?

އާރުޓީ

29 January 2023

ރުފިޔާ ނޫޓު ގައިގައި ތަތްކުރަނީ ކީއްކުރަން ކަމެއް ގެޓެއްނުވޭ! ރާއްޖެތެރޭމީހުން ކޮށްފާނެ ކޮންމެކަމެއްވެސް

The name is already taken The name is available. Register?

މާލޭން

29 January 2023

ތިބޭފުޅާތީ ރާއްޖޭންބޭރު ރަށެއްގެ ބޭފުޅެއްތޯ؟ ރާއްޖެތެރެ ނޫން ރަށެއް ދައްކަބަލަ މިރާއްޖޭން.

The name is already taken The name is available. Register?

ކ.މާލެ.

29 January 2023

ކ.އަތޮޅު މާލެ އަކީ ރާއްޖެތެރޭގެ ރަށެއް. އެކަން އޮޅުވާލަން ނޫޅޭ.

The name is already taken The name is available. Register?

ކޮރަލް

29 January 2023

މިފަދަ ރަނގަޅު ކަންކަމު ގައި ރަށުގެރައްޔިތުން އެއްވެގެން އުޅޭތަން ފެންނަނީ ވ މަދުންނެވެ. މިއީ ނަމޫނާ ރަށެކެވެ. ކައުންސިލް އާ ރައްޔިތުންގެ ގުޅުން ވ ރަނގަޅަށް ހާމަ ވެ އެވެ. ޕާޓީ ސިސްޓަމް އައުމުގެ ކުރީން ރަށްރަށުގަ އޮތީ މިފަދަ ބަދަހި ގާތް ގުޅުމެކެވެ.

The name is already taken The name is available. Register?

އައްބެ

29 January 2023

މާޝާﷲ. މާތްﷲ ތިފަދަ އެންމެހާ ކުދިންގެ ހިތްއަލުކުރައްވާ ހަނދާން ގަދަކުރައްވާ ދޭވެ! އާމީން

The name is already taken The name is available. Register?

ގެދާނޯމޮސް

29 January 2023

طاهر ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ. 56:79 އަދި ދަރިން ތާހިރުކަމާއެކު ތިބުމަށް ބޭނުންވާނަމަ މިފޮތާ ކައިރި ކުރުވާށެވެ. އައިފާ ހޯދި ކާމިޔާބަށް ރާއްޖޭގެ ހުރިހާ މުސްލިމު އަޚުންނާއި ޢުޚުތުންގެ ނަމުގަ ތަޙްނިޔާ ދަންނަވަމެވެ.

The name is already taken The name is available. Register?

ޙުސައިން

29 January 2023

ما شاء الله ، الحمد لله ވަރަށް އުފާ ވެއްޖެ. އުފަލުން ރޮވިއްޖެ. އައިފާއަށް ވަރަށް ބޮޑަށް މަރުޙަބާ އަދި ފ.ބިލެއްދޫގެ ކުޑަބޮޑު ރައްޔިތުންނާ މުއައްސަސާތަކުން ތި ދެއްކީ އަގެއް ނުކުރެވޭ ފަދަ ނަމޫނާ ސިފައެއް. ފ.ބިލެއްދޫގެ ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް މަރުޙަބާ އަދި ޝުކުރިއްޔާ ތިޔަފަދަ ނަމޫނާއެއް އެހެން ރަށތަކަށް ދައްކާދިނީތީ. ސިޔާސީ ކަންކަމަކާ ނޫން ހޭބޯ ނާރާ ރައްޔިތުން ނެރެ ސަފަށް އަތުރަންވީކީ. މިފަދަ ދެ ދުނިޔޭގެ ކާމިޔާބު އޮތްކަންކަމުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454