އޭއައި ބޮޓުތައް، ގޫގުލް ފުނޑާލަފާނެތަ؟: "ގޫގްލް އާއި ބިންގު ފަދަ ސާޗު އިންޖީނުތައް މިހާރު ދަނީ އޭއައި އާ ދިމާލަށް
02 ފެބުރުއަރީ 2023 - 10:40
ފަހަކަށް އައިސް އާޓިފިޝަލް އިންޓެލިޖަންސް ނުވަތަ އޭއައި ބޭނުން ކޮށްގެން އުފައްދާފައިވާ "ޗެޓްޖީޕީޓީ" ފަދަ ބޮޓުތައް އަންނަނީ ބޮޑު މަގްބޫލުކަމެއް ހޯދަމުންނެވެ. މިހާރު ވާހަކައެއް، ލަވައެއް، ޅެމެއް، ރިޕޯޓެއް ނުވަތަ ސިޓީއެއް ލިޔަން ވެސް ހަވާލުކުރަންވީ އޭއައި އަށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަން ކޮށްދެ އެވެ.
"ޗެޓްޖީޕީޓީ" ފަދަ އޭއައި ބޮޓުތައް ފަރުމާކޮށްފައި ވަނީ އިންސާނެއްގެ ސިކުނޑި މަސައްކަތް ކުރާ ފަދަ ގޮތަކަށް މީހުންނާ ވާހަކަ ދައްކާށެވެ. އެ ޗެޓު ބޮޓުގައި ބޭނުންވާ ކަމެއް ލިޔެލުމުން، އެ ކަންތައް ކޮށްދެ އެވެ.
First #ChatGPT answer which made me pause. pic.twitter.com/nbc9uRoWlA
— Kevin Schawinski (@kevinschawinski) January 12, 2023
ހަމައެކަނީ ޗެޓް ބޮޓުތައް އެކަންޏެއް ނޫނެވެ. މިހާރަކަށް އައިސް، މީހުންގެ މޫނު ސްކޭނު ކޮށް، ކާޓުނަކަށް ބަދަލުކޮށްލާ އޭއައި ފިލްޓާތައް ވެސް މަދެއް ނޫނެވެ. ބައެއް މީހުންގެ ނަޒަރުގައި މިހާރު ސާޗް އިންޖީނުތަކުގެ ބޭނުން ކެނޑެނީ އެވެ. ސުވާލަކީ، އެ ބޮޓުތައް "ގޫގުލް" އާއި "ބިންގް" ކަހަލަ ކުންފުނިތަކުގެ ދުވަސް ދުއްވާލަފާނެ ހެއްޔެވެ؟
ޖީމެއިލް އުފެއްދި ޕޯލް ބުހެއިޓްގެ ނަޒަރުގައި، ކުރިއަށް އޮތް ދެ އަހަރު ތެރޭ، އޭއައި ބޮޓުތައް، ސާޗު އިންޖީނުތައް އިނދަ ޖައްސާލާނެ އެވެ. "އޭއައި، ސާޗް އިންޖީނުތަކުގެ ރިޒަލްޓް ޕޭޖުގެ ދުވަސް ދުއްވާލާނެ. އެއީ އެ މީހުން އެންމެ ގިނައިން ފައިސާ ހޯދާ ވަސީލަތަކީ،" ޕޯލް ކުރި ޓްވީޓެއްގައި ބުންޏެވެ.
Google may be only a year or two away from total disruption. AI will eliminate the Search Engine Result Page, which is where they make most of their money.
— Paul Buchheit (@paultoo) December 1, 2022
Even if they catch up on AI, they can't fully deploy it without destroying the most valuable part of their business! https://t.co/jtq25LXdkj
އޭއައިއާ އަރާ ހަމަކުރި ނަމަވެސް، ސާޗް އިންޖީނު ވިޔަފާރިތަކުގެ އެންމެ ފައިދާހުރި ބައި ދުއްވާނުލައި، އެކަން ނުކުރެވޭނެ ކަމަށް ޕޯލް ބުންޏެވެ.
ޕޯލް ވަނީ ސާޗް އިންޖީނުތަކުން އެކަން ކޮށްފާނެ ގޮތް ވެސް އޭނާގެ ނަޒަރުގައި ކިޔައިދީފަ އެވެ.
"މިހާރު ހުންނަ ސާޗް ބާގެ ބަދަލުގައި އޭއައި ބޮޓެއް ބޭނުންކޮށްފާނެ. ދެން ބޭނުންވާ އެތި އެހުމުން އޭގެ ސަމަރީ އެއް ކިޔައިދޭނީ. އެއީ ހަމަ ޕްރޮފެޝަނަލް ރިސާޗާއެއް ކައިރި އަހާލުން ފަދަ ކަމެއް. އެކަމު، އިންސާނަކަށް އެތައް އިރަކުން ވާ ކަމެއް، އޭއައި ކުރާނެ ހިނދުކޮޅެއް ތެރޭ،" އޭނާ ބުނެފައިވެ އެވެ.
ވިޔަފާރިތަކުގެ ޓެލެފޯން ޑިރެކްޓްރީތައް ހިމެނޭ "ދަ ޔެލޯ ޕޭޖަސް" ގެ ދުވަސް ގޫގުލް އިން ދުއްވާލިހެން، އޭއައިން ގޫގުލްގެ ދުވަސް ދުއްވާލާނެ ކަމަށް ޕޯލް ބުނެ އެވެ.
ގޫގުލް އިން ވެސް ދާދި ފަހުން ވަނީ ޗެޓް ބޮޓުތަކުގެ މަގްބޫލުކަމާ އެކު މި އަހަރު ތެރޭ އޭއައި ހިމެނޭ 20 ޕްރޮޑަކްޓެއް ދައްކާލާނެ ކަމަށް ބުނެފަ އެވެ. އަދި "ބިންގް" ގެ ސަމާލުކަން ވެސް އޭއައިއާ ދިމާލަށް ދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޭއައި ބޮޓުތަކުގެ އަސަރު ވިޔަފާރިތަކަށް ކޮށްފާނެތީ ބޮޑެތި ގިނަ ކުންފުނިތަކުން އަންނަނީ ކަންބޮޑުވުން ފާހަގަކުރަމުންނެވެ. އަދި "ޗެޓްޖީޕީޓީ" ފަދަ ބޮޓުތަކާއެކު މަކަރު ހަދާ މީހުން ގިނަވާނެ ކަމަށް ބުނެ، ޔުނިވާސިޓީތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު، ގިނަ ބަޔަކު އަންނަނީ އޭއައި ޗެޓް ބޮޓުތަކަށް ތައުރީފްކޮށް، އެ ބޭނުން ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުއްވާލާނެ
03 February 2023
ޔެލޯ ޕޭޖަސްގެ ދުވަސް ގޫގަލް ދުއްވާލީމަ، ގޫގަލްގެ ދުވަސް އޭއައިއިން ދުއްވާލީމަ، އޭއައިގެ ދުވަސް ދާނެ ގޮތެއްވެސް އަދި ވާނެ.
ސަންދަރޯސް
02 February 2023
ގޫގުލް ގެ ދުވަސް ގޮސް ސުންދަރ ޕިޗޭ މަގުމަތި ވާތަން ދެކެން ބޭނުން... ފޭސްބުކް، އެޕަލް، މައިކްރޮސޮފްޓް އަށްވެސް މިހާލު ޖެހެން އެދެނީ. އެއީ އެތައް ބިލިަން ބައެއް ގެ ލޭ ބޮއެގެން އުޅޭ ކުންފުނިތަކެއް ވީމަ...
ނުދަންނަ
05 February 2023
ކާކުގެ ލޭބުއީ
ސަންދަރޯސް
13 February 2023
މަގޭ ލޭ