ލ. ގަމުގައި ފްލެޓް އަޅާ ސަރަހައްދު ކޮންނަނިކޮށް ފެނުނު ބުދު -- ފޮޓޯ: މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ
05 ފެބުރުއަރީ 2023 - 14:17
ލ. ގަމުގައި ފްލެޓް އަޅާ ސަރަހައްދު ކޮންނަނިކޮށް، ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން އަޅުކަންކޮށް އުޅުނު ބުދެއް އިއްޔެ ފެނިއްޖެ އެވެ.
ރާއްޖޭގެ ތާރީހާއި ސަގާފަތް ހިމާޔަތްކޮށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ބުނި ގޮތުގައި، ހިރިގަލުން ހަދާފައިވާ އެ ބުދު ފެނުނީ މުކުރިމަގު އަވަށުގައި މިހާރު ފްލެޓް އަޅަމުން އަންނަ ސަރަހައްދުން ނެގި ވެލިތަކުގެ ތެރެއިންނެވެ.
އެތަނުން ނެގި ވެލި ހުރީ އެތަނާ ކައިރި ހިސާބެއްގައި ފުންޏަކަށް ޖަހައިފަ އެވެ. ބުދު ފެނުނީ އެ ވެލިފުނި ފަތުރާލިތަނާ އެވެ.
ގަމުގައި ހިންގަމުން އަންނަ، އެ ޖަމިއްޔާގެ ރައީސް ތޯހާ އަބޫބަކުރު "މިހާރު" އަށް ވިދާޅުވީ އެ ބުދުގައި ހަތް އިންޗި ހުރި ކަމަށެވެ. މިހާރު އެ ބުދު އޮތީ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ މިއީ ރާއްޖެ އިސްލާމްވުމުގެ މާ ކުރިން، ގާތްގަނޑަކަށް މީގެ 900 އަހަރު ކުރިން މީހުން އަޅުކަންކޮށް އުޅުނު ބުދެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
Sculpture of pre-islamic era found today in Laamu Gan. @HeritageMv @MoACHmv @dhuvasmv @Mihaarunews @avasmv pic.twitter.com/SRX2xvka4Z
— Maldives Heritage Society (@MVHeritages) February 4, 2023
"ރާއްޖޭގެ ދައުލަތް މީލާދީން 1153 ގައި އިސްލާމްވީއިރުގައި، ލ. އަތޮޅުގެ މީހުން އިސްލާމްވި ކަމަށް ބުނަނީ 1193-1194އާ ދެމެދުގައި. އެހެންވެ މިއީ އެހާ ކުރީގެ ބުދެއް ކަމަށް ބެލެވޭ."
މީގެ ކުރިން، އެ އަތޮޅު ކަލައިދޫން ވެސް ހަމަ މި ކަހަލަ ބުދުތަކެއް ފެނުނެވެ. އެ އެއްޗެހި ގައުމީ ދާރުލްއާސާރުގައި ބަހައްޓާފައި އެބަހުއްޓެވެ. އެ ބުދުތަކަކީ ވެސް މީގެ 10 ވަރަކަށް ގަރުނު ކުރީގެ އެއްޗެއްސެވެ.
އިހު ޒަމާނުގައި ގަމުގައި ހުންނަ ހަތްތެއްޔަކީ ދިވެހިން ބުދަށް އަޅުކަން ކުރި ޒަމާނުގެ މައި މަރުކަޒުގެ ތެރެއިން އެއްތަން ކަމަށް ބުނެ އުޅެ އެވެ. އެ ހަތްތެލީގެ މިހާރުގެ އުސްމިނަކީ ގާތްގަނޑަކަށް 35 ފޫޓެވެ. ހަތްތެލީގެ އެންމެ ތިރީގެ ވަށަމިނަކީ ގާތްގަނޑަކަށް 315 ފޫޓެވެ.
ރާއްޖޭގެ އާސާރީ ތަންތަން ދިރާސާކުރެއްވުމުގެ ގޮތުން އެޗްސީޕީ ބެލް ވަނީ މާޗު 12، 1922 ގައި ގަމުގެ ހަތްތެލި ކޮނުމުގެ މަސައްކަތްކުރައްވައިފަ އެވެ. ބެލް، ހަތްތެލި ކޮނެގެން ނެގި ތަކެއްޗަކީ ބުދެއްގެ މޫނުގެ ބަޔަކާއި އިށީންދެގެން އިންނަ ބައްޓަމަށް ހަދާފައިވާ ކުޑަ ބުދެއްގެ ބަޔަކާއި އަދި ބުދެއްގެ އަތާއި ފައިފަދަ ބައެއް ބައިތަކެވެ.
ހަތްތެލީގެ ކައިރީގައި ހުރި އެކިއެކި އުސްގަނޑުތައް ދިރާސާކުރައްވާ އެ ތަންތަނަކީ ވެސް ބުދު ދީނުގެ މީހުން އަޅުކަން ކުރުމުގައި ބޭނުންކުރާ ތަންތަނާއި އެއްގޮތް ކަމެއް ހުރި ތަންތަން ކަމަށް ބެލް ނިންމެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީރ
06 February 2023
ކޮންތާކުން؟؟؟!! ތީ ސީދާ އިންޑިއާއިން އިމްޕޯރޓުކޮށް ވަޅުލި އެއްޗެއް. ބޭނުމަކީ ގާތިލް މޯދީ ހިތްހަމަޖެއްސުން.
ބަގްސް
07 February 2023
ޒަރީރ ބްރޯ. ތިހާ ގަމާރުއިރު ދުނިޔޭގަ އުޅެނީ ކިހިނެެއްތޯ އަހާލަން ބޭނުން. ހެނދުނު ހޭލައިފަ ދަތް އުނގުޅަން އަމިއްލައަށް އިނގޭތޯ، ސައިބޯން ސައި ތަށިއަޅަނީ ޖޯޑަަށްތޯ ނޫނީ ފާހަނަތައްޓައްތޯ އިނގޭބާ؟
ކަލޮގެޔާ
06 February 2023
ތިވާނީ އިންޑިޔާ މީހަކު އޭގެތެރެއަށް ލާފައި އޮތް އެއްޗަކަށް.
ފީނާ
07 February 2023
ކަނޑުކޮހުންގެ ރަސްގެފާނު ކޮމެންޓް ކޮށްފި.
އެޗް އެމް
05 February 2023
ތިޔައީ ކަނޑުރަންނަމާރިއާ ހަގުރާކުރަން އެހީތެރިވެދޭ ބުދު. މިހާރު ބޭނުމެއް ނުހިފޭ އެއްޗަކަސް އެދުވަސްވަރު އެތައްބައެއްގެ ހިތްހަމަޖައްސާލަދިން އެއްޗެއް. މިހާރު ތިބޭނީ އޭގާގަނޑު ފެނުނީމަ މުގުރާކުދިކޮށްލާން އުޅޭ ބަޔަކާ. އެގާގާޑަށް ގެއްލުމެއްނުދީ ރައްކާތެރިތަނެއްގަ ބަހަޓަން ބޭނުންވާ ބައެއް.
ކަޑަ
05 February 2023
އެތެރެލުރާ މުދަލުގެ ފެންވަރު ޓެސްޓު ނުކުރެވޭ ކާބަންޑޭޓިން ހެދީ ކައުންސިލް ގިފިލިތެރޭ
ދޮން މަނިކު
05 February 2023
ތިޔަފަދަ އެއްޗެހި ފެނުމުން މާލޭ ދާރުލްއާސާރައް ގެންދިޔުމުގެ ބަދަލުގައި އެ އަތޮޅެއްގައި ބެހެއްޓުން ރަނގަޅު
ކަންކުރާ ގޮތް
05 February 2023
ރާއްޖެ ކަހަލަ ކުޑަ ގައުމެއްގަ ތަކެތި އެންމެ ރަގަޅަށް ބެލެހެއްޓޭ ތަނެއްގަ ބެހެއްޓުމަކީ އެންމެ ރަގަޅު ގޮތް. އެކަމު އެ އަތޮޅެއްގަ ރަގަޅަށް ބެލެހެއްޓޭނަމަ އެއަތޮޅެއްގަ ބެހެއްޓުމުން ޓޫރިޒަމަށް ފައިދާވާނެ. އެހެން ގައުމުތަކުގަވެސް ކުރާކަމެއް އެއީ އާސާރީ އެއްޗެހި އެއްތަނެއްގަ ބެލެހެއްޓުން. އެއް ތަނަކުން ހުރިހާ އެއްޗެއް ބަލާލަން ލިބުމަކީވެސް ވާނެ ފަސޭހައެއް.
އެޗް އެމް.
05 February 2023
ތިޔައީ ކަނޑުރަންނަމާރިއާ ހަގުރާކުރަން އެހީތެރިވެދޭ ބުދު. މިހާރު ބޭނުމެއް ނުހިފޭ އެއްޗަކަސް އެދުވަސްވަރު އެތައްބައެއްގެ ހިތްހަމަޖައްސާލަދިން އެއްޗެއް.
މާދަމާ1
05 February 2023
މާދަން ނުކުންނަންވާނެ ދީން ޙިމާޔަތްކުރަން.
އަހާލާ
05 February 2023
މިހާރު މިގައުމުގަ ތިބޭނެ ތިއީ ކޮން އެއްޗެއްކަން އެނގޭވަރުގެ މާހިރުން. އެމީހުންނަކީ މިގައުމަށް އަރާ ތިބި އިންޑިއާ މީހުން. އިންޑިއާ ސަފީރަށްވެސް އެނގޭނެ ތިއީ ކޮން އެއްޗެއްކަން. އެމީހުން ތި އެތި ގެންދަން ބޭނުންވެސް ވެދާނެ އޭގެ ގައިގެ ބާކީބައި ހަދާފަ ތިޔަ ބޯ އޭގަ ހަރުކުރަން.
ވާދޫ ކަލޭގެފާނު
05 February 2023
ތިކަހަލަ ބުދު ގެންގުޅެންޏާ ބަދުނަސީބު ކަންތަކާލައިގަންނާނެ! އަވަހަށް ތި މުގުރާފަ ގާކޮޅު މާކަނޑަށް ފައްތާލާ
ށަވިޔަނި
06 February 2023
ނަމްރޫދު ގެ ދުވަސްވަރާއި ފިރުޢައުނުގެ ދުވަސްވަރާއީ ޙަމޫރާބީ ގެ ދުވަސްވަރުގެ ބުދުތައް ތާރީޚީއެއްޗެހީގެ ގޮތުގައި ރަސޫލާގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ސަލާމަތުން ތިބި. މުޅިދުނިޔޭގެ ސުޕަރ ޕަވަރަކަށް މުސްލިމުން ތިބިއިރުވެސް އެތަޅާނުލާ. އިހަށްދުވަހު ނިކުށް ބަޔަކަށް މިހުރިހާކަމެއް އެނގެނީ. އާސާރުތައް ތަޅާލާފަ އެއިން އިބްރަތް ލިބިގަންނަނީ ކިހިނެއް؟ އެފަދަ ތަންތަނަށް ގޮސް ބަލާ އިބްރަތް ލިބިގަންނަން އަންގަވާފައިވޭ.
ހާމިދު ޝާހިދު
05 February 2023
އެހެންވީމާ ލ. އަތޮޅު މީހުން އިސްލާމް މިވީ މާފަހުންތާ! ފަހަރުގައި މާލެއަށްވުރެއް ކުރިންވެސް އިސްލާމްވީ ބަޔަކު ތިބެދާނެ، މާދުރުން، ފުވައްމުލަކު އައްޑޫ ހިސާބުގައިވެސް! ހުރިހާ ބުދެއްގެ ސައިންޓިފިކް ތަހުލީލެއްކޮށް ތިކަން އެބަޖެހޭ ދެނެގަންނަން. އެންމެފަހުން އިސްލާމުވި ރަށްރަށް ކާބަފައިންގެ ދީން ދޫނުކުރާންވެގެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓިކަމަށްވަނީ! ދަތުރުފަތުގެ ދަތިކަމާ ހެދިވެސް މިވާހަކަ ފެތުރެން 3،4 އަހަރު ހޭދަވެދާނެ.