ރާއްޖޭގައި އުފައްދާ ދަޅުގައި ބަންދުކޮށް މާކެޓަށް ނެރެފައިވާ ދަޅުތަކެއް --ފޮޓޯ: ކޮކާ ކޯލާ
10 ފެބުރުއަރީ 2023 - 20:15
ކޮކާ-ކޯލާގެ ކުންފުނިން އުފައްދާ ބުއިންތަކާ އެކު އެ ކުންފުނިން އުފައްދާ ބޮނަކުއާ ފެންފުޅިއެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ޕްރޮމޯ ޕެކް"ގެ ނަމުގައި ފެށި އެ ޕްރޮމޯޝަނުގެ ދަށުން ބޮނަކުއާ ފެންފުޅިއެއް ލިބޭނީ ކޮކާކޯލާ، ކޮކާ ކޯލާ ޒީރޯ ޝުގާ، ސްޕްރައިޓް، ފެންޓާ ސްޓްރޯބެރީ އަދި ފެންޓާ އޮރެންޖުގެ 1.25 އަދި 2 ލީޓަރުގެ ފުޅިއަކާ އެކު އެވެ.
ކޮކާ ކޯލާ ކުންފުނިން ބުނި ގޮތުގައި އެ ޕްރޮމޯޝަނަކީ ހޫނު ދުވަސްތަކުގައި ފެންބޯ މިންވަރު އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި މި ދުވަސްވަރަކީ ހޫނު ގަދަވެފައިވާ ދުވަސްވަރަކަށް ވާއިރު ފެން ބޯ މިންވަރު އިތުރުކުރަން ޖެހޭ ކަމަށާއި، މި ޕްރޮމޯޝަނުގެ ބޭނުން ހިފައި ގަންނަ ބުއިމާ އެކު ލިބޭ ފެން ފުޅި ބުއިމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
އެ ޕްރޮމޯޝަނުގެ ދަށުން 1.5 ލީޓަރުގެ ފެންފުޅިއެއް ލިބޭނެ އެވެ.
ބޮނަކުއާ ފެނަކީ ކޮކާކޯލާ ކުންފުނިން ރާއްޖޭގައި އުފައްދާ ފެނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy